10 ސެޕްޓެމްބަރ 2019 - 19:39
އިސްލާމް ދީނަށް ފުރައްސާރަ ކުރާ ކަމުގެ ތުހުމަތުގައި ގދ. ތިނަދޫން މިއަދު މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކޯޓް އަމުރެއްގެ ދަށުން އެ ފިރިހެން މީހާ ހައްޔަރު ކޮށްފައި ވަނީ ދީިނަށް ފުރައްސާރަކޮށް ސޯޝަލް މީޑިއާގައި ޕޯސްޓްތައް ކުރަމުންދާ މައްސަލައާ ގުޅިގެން ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ހައްޔަރުކޮށްފައިވަނީ 38 އަހަރުގެ ދިވެއްސެކެވެ.
ތިނަދޫ ކައުންސިލް މެމްބަރަކު ވިދާޅުވިގޮތުގައި ދީނަށް ފުރައްސާރަ ކުރާ ކަމަށް ތުހުމަތު ކުރެވޭ މީހާ އެ ރަށަށް ދިރިއުޅުން ބަދަލު ކުރީ ވަރަށް ފަހުންނެވެ. މާލޭގައި ދިރިއުޅުނު އެ މީހާ އެ ރަށަށް ބަދަލުވީ ދީނަށް ފުރައްސާރަކޮށް އުޅޭތީ ލިބޭ އިންޒާރުތަކާ ގުޅިގެން ކަމަށް، ރަށު ތެރޭގައި ދެކެވޭ ވާހަކަތަކާ ހަވާލާދީ ކައުންސިލް މެމްބަރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުތް އާދަނު
11 September 2019
މިމީހުންނަށް ސަޕޯޓުކުރާ މީހުން ޓްވީޓަރ ގައި ގިނަވާނެ. އެމީހުން ވެސ ްހުއްޓުވަން ޖެހޭ
ބޮލިތަކުރު
11 September 2019
ހިދާޔަތުގެއަލިކަން ލިބިގަނެ އެއިން ބަރީއަވެދާ އިންސާނާގެ ނިކަމެތިކަމާއެވެ. ދަންނަމީހުން ބުނާގޮތުން ދީނަށް ފުރައްސާރަކޮށް މަގުއޮޅިގެންދަނީ ވިސްނުމުގައި ބަލިކަށިންހުންނަ ތިމާހިތަށް އަރާކަންތައްތަކުގެ ހަގީގަތް އޮޅުންފިލުވުމުގެ ގާބިލިކަން ނުހުންނަމީހުންނެވެ. ކަންތައްތައް އެހެންމީހުންގެ ވިސްނުމުން ތަރުޖަމާކޮށްހަދާމީހުންނެވެ. މިހަކަލަމީހުން މީހަކު ހިނިއަސްފިއްޔާވެސް ހޭނެ، ރުޅިއަސްފިއްޔާ ރުޅިއަންނާނެ ރޮއެފިއްޔާރޯނެ ވާނުވާނޭގުނަސް ހެޔޮ
ކޮއިމަލާ
11 September 2019
ދުނިޔޭގެ އެންމެ ވަރުގަދަ ސައިންޓިސްޓުންނޯ ދެން!؟
ޙިނި
11 September 2019
ދީނައް ފުރައްސާރަ ކުރާމީހުން ހުއްޓުވަންޖެހޭ ސުއޫދުގެ ރިޕޯޓުންވެސް އެންގޭ ، މި މަރުތަކުގެ ފެށުން ގުޅިފައިވަނީ މިކަމާކަން
އޭތީސްޓު
11 September 2019
މިކަހަލަ މީހުންނަށް ސަޕޯޓު ދޭ މީހުންތަށް ހޯދާ ފިޔަވަޅު އަޅާ، ދީނަކީ އިސްލާމް ދީން ކަން ނޭގޭ ބަޔަކު ވިއްޔާ މިތަނުން ފާބައިގެން ދޭ... ހޯމް މިނިސްޓަރ އިމްރާން އަށް ގޮވާލަން ދީނަށް ފުރަށްސާރަ ކޮތް، އެހެންމީހުނގެ ބުރައިން ވޮޟްކުރަން އުޅޭ އެއްމެންނާ ދޭތެރޭ ފިޔަވަޅު އަޅަން...
7896
11 September 2019
ދިވެހިންނަށް ހަމައެކަނި ކަމަކަށް ވާނީ ފައިސާއާ ކުޅުނީމަ. އެދެން ލެއާ ކުޅެވުނީ. ނަގޫ ޖެހިތާ ބޯޖަހާ އެހޯދަން ދުވާނެ. ބަޔަކު ގަޔާވާނީ އެބަޔަކަށް މުހިންމު އެއްޗެހީގެ ވާހަކަ އައިމަ.
އޭ.އެން
11 September 2019
ދުލުގަ ކައްޓެއް ނެތީމާ ބޭނުންގޮތަކަށް ތަޅުވަނީ ކޮންމެ މީހަކު.ދީން ނޭގޭނަމަ ދަސްކޮށްބަލަ 14 ސަތޭކަ އަހަރުކުރިން އޮތީ ދީން ފުރިހަމަ ކުރައްވާފަ.ދީނަށް އިތުރެއްވިޔަސް އުންޏެއްވިޔަސް ނުގެނެވޭނެ. ފަސާދަ ކުރާމީހުންނަށް އަދި ދީން ދޫކޮށް ކާފަރުވާ މީހުންނަށް އޮތީ ޝަރުއީ ހަމަތަކުގެ މަތިން މެރުން. އަމިއްލައަށް ކޯޓުން ބޭރުން ހުކުމް ތަންފީޒެއް ނުކުރެވޭނެ. ކޯޓުން ކުރެވޭ ހުކްމްތައް ޤަބޫލުކުރަންޖެހޭ.
ސަކީނާ
11 September 2019
ދީން ގަބޫލު ނުކުރުމާއި ކުރުމަކީ އެމީހެއްގެ އަމިއްލަ ކަމެއް. އެކަމަކު އެއްވެސް ދީނަކަށް ފުރައްސާރަކުރުމަކީ ރަނގަޅުކަމެއްނޫން.
އަލީ މުގައްވިމް
11 September 2019
އެއީ އަމިއްލަކަމެއްނޫން.އެހެން ނޫންނަމަ ކަލޭ އުފެދުނީވެސް އަމިއްލައަށް.ދިވެއްސަކަށްވެހުރެ އިސްލާމްދީންއާ ދެކޮޅުވުން އެއީ އޮޕްޝަނެއްނޫން.ތިއީ މިހާރު މިއުޅޭ އޯޕެން މައިންޑް ގޫރޫޕުންވެސް ފަތުރާ ސްލޯގަންއަކީ.3ފަހަރު ނަސޭހަތްތެރިވުމަށްފަހު ވެސް އިސްލާމްދީނަށް ރުޖޫޢުނުވެއްޖެނަމަ ސީދާ ރަޖަމް އެމީހަކަށް ހައގުވެގެންވަނީ.މިއީ އިސްލާމީ ޝަރީޢާ އެއްމެފުރިހަމަގޮތުގައި ތަންފީޒްނުކުރާތީ ވާގޮތް
ގާބޯ
11 September 2019
އިލްމުވެރިން މީނައަށް ދީން އޮޅުން ފިލުވައި ދޭން ޖެހެއެވެ. ޝައްކާއި ވަހުމްތައް ފިލުވައިދޭންވީއެވެ. އަޅަމެން އެންމެންނަށް ހެޔޮ ވިސްނުން ދެއްވާށި. އާމީން.
ރަދީފް
11 September 2019
މީނަގެ ހިމާޔަތުގަ ނިކުންނާނެ ބޭރުގެ އެކިއެކި ޖަމާއަތްތަކުން.ބަލަންތިބެމާ ދޯ.
ފފފފ
11 September 2019
މިސަރުކާރުންވެސް ހިމާޔަތް ނޫންތޯ އެދިނީ. ޖަމާއަތެއް އަންނާނީ ސަރުކާރުން އެއްޗެއް ނުދިނީމަ.
ޙަސީ
11 September 2019
ތިޒާތުން ހައްޔަރު ކުރަންޖެހޭ މީހުން ވަރަށްވިނަ. ސޯޝަލް މީޑިއާއަށް ބަލާލީމަ ފެންނާނެ.