އިންޑިޔާގެ ޓްރިވެންޑްރަމްގައި ހުޅުވި، މޯލްޑިވިއަންގެ އޮފީސް-- ފޮޓޯ: މޯލްޑިވިއަން
16 ސެޕްޓެމްބަރ 2019 - 17:42
މޯލްޑިވިއަން އިން ޓްރިވެންޑްރަމްގައި އެ އެއާލައިންގެ އޮފީހެއް ހުޅުވައިފި އެވެ.
މޯލްޑިވިއަން އިން ޓްރިވެންޑްރަމަށް ދަތުރުތައް ފެށީ 2008 ވަނަ އަހަރު އެވެ. މިދިޔަ 11 އަހަރު ޓްރިވެންޑްރަމުން ހިދުމަތްތައް ދެމުން އައީ އޭޖެންޓުން މެދުވެރިކޮށެވެ.
އައިލެންޑް އޭވިއޭޝަންގެ ޕަބްލިކް ރިލޭޝަންސް މެނޭޖާ މޫސާ ވަސީމް ވިދާޅުވީ، ޓްރިވެންޑްރަމްގައި ހުޅުވި އޮފީހުން، ކަސްޓަމަރުންނަށް ވީހާ ވެސް ގާތުން ހިދުމަތްތައް ދެވޭނެ ކަމަށެވެ.
"އެ އޮފީހުން މޯލްޑިވިއަން އެހެން ހުރިހާ އޮފީހަކުން ދޭ ހިދުމަތްތައް ދެވޭނެ،" އޭނާ ވިދާޅުވި އެވެ.
ޓްރިވެންޑްރަމްގެ ޕޫތީ ރޯޑްގައި ހުޅުވި މި އޮފީހުން ޓިކެޓް ނެގުމާއި ފްލައިޓްތަކާ ގުޅޭ މައުލޫމާތު ސާފުކުރެވޭނެ އެވެ.
މޯލްޑިވިއަން އިން އަންނަނީ ޓްރިވެންޑްރަމަށް ކޮންމެ ދުވަހަކު ދަތުރު ކުރަމުންނެވެ. މޯލްޑިވިއަން އިން އެ އެއާލައިންގެ ދަތުރުތައް އިތުރު މަންޒިލްތައް ފުޅާ ކުރުމަށް މަސައްކަތްތަކެއް ވަނީ ފަށައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިހުސާނާ
17 October 2019
ވަރަށް ހިންގުންތެރި ޑީއެމްޑީ އެންނު ހުންނަނީ އެ ތަނުގަ!
މޯޑޫ
16 September 2019
ޓްރިވެންޑްރަމުގައި މޯލްޑިވިއަން އޮފީހެއް ހިންގާތާ ކިތަންމެ އަހަރެއް. އެތާ ތިބޭ ދިވެހި މުވައްޒަފުންވެސް. މެނޭޖަރަކުވެސް ހުރޭ. އެތަނުގައި ޖަހާފައިންނަނީވެސް އެހެން.
ލޯޔަރުޝަމީމު
16 September 2019
ޕީސީބީން މަޖުލިސްގެ ރައިސްއަށް ފޮނުވި ސިޓީ ސޯޝިއަލް މީޑިއާގައި ބާރަށް ފެތުރެމުން އެބަދޭ. އެސިޓީގައިވަނީ މުސާރަ ބޮޑުކުރިތޯ އޮޅުން ފިލުވަން އައިލެންޑުއޭޥިއޭޝަން އަށް އެންގުމުން މުސާރަ ބޮޑުނުކުރާކަމަށް ބުނެ ޕީސީބީއަށް ދޮގުހެދިކަމަށް.ސަރުކާރުގެ ރަސްމީއިދާރާއަކަށް ދޮގުމައުލޫމާތު ދިނުމަކީ ކުށެއް އާޒިމާޝުކޫރަށް ދައުލަތުން ކުރާ އެއްދައުވާއަކީ އޭސީސީއަށް ދޮގުމައުލޫމާތުދިނުން. ހުއްދަނެތި މުސާރަ ބޮޑުކުރިމައްސަލައިގަ އައިލެންޑުއޭވިއޭޝަން ވެރިން ވަނީ އަދާފަ
އަލީފާއިޒު
16 September 2019
ސަފީރުއައިސާދީދީ ގެންގޮސްގެން ހުޅުވާވަރު އޮފީހެއްނޫން ތިއަކީ. ފޮޓޯނަގަން މީޑިއާ އިވެންޓު ކުރިއޭޓުކޮށްލަން ކޮއްލާހާ ޚަރަދު
ފުރުސަތު
16 September 2019
އެކަމު ކޮންމެ ފަހރަކު އިންޑިއާއިން ޓިކެޓް މިނަގަނީ މޯލްޑިވިއަން އޮފީހަކުން..އެތައް އަހަރެއް ވެއްޖެ..އޭރު އޮފީސް ތިގޮތައް ރެބަން ކަނޑާފަ ނުހުޅުވަނީދޯ.ނޫނީ އެއޮފީސް އެހެން ތަނަކަށް ބަދަލުކުރީތަ..ނުނީ މޯލްޑިވިއަންގެ ހަބަރެއް ޖަހާލަން ކުރިކަމެއްތޯ..ކޮސްމޯ ހޮސްޕިޓަލުން 5ވަރަކަށް މިނިޓުން ދެވޭހިސާބުގައި މޯލްޑިވިއަންޖަހާފަ ހުރި..އިންޑިއާއަށްދާ ގިނަ ބަޔަކަށް އިނގޭނެ.
ސައުދީ
17 September 2019
އެއަށް ކިޔަނީ މޯލްޑިވިއަން އެޖެންޓް އޮފީސް، އެއީ މޯލްޑިވިއަންގެ އޮފީހެއް ނޫން، އެއީ އެޖެންޓް އޮފީހެއް. ފުރުސަތުމެން ދުވާލަކު ދެ ފަހަރު ރާއްޖެ ބޭރުވާއިރުވެސް އަދިވެސް ވަރަށް ނާތަހުޒީބުދޯ. މޯލްޑިވިއަން ޖަހާފައި އިންނަ ކޮންމެ އޮފީހެއް އެއީ އަދި މޯލްޑިއަންއިން ހިންގާ ތަނަކަށް ނުވެދާނެ އޭގެ ބައިވަރު ތަންތަން މާލޭގައި ވެސް ހުރޭ. އަސްލު މާ ބޮޑަށް އެނގުމާ ނާތަހުޒީބުކަން އަދިވެސް. ބޯހަލާކު
ބަބުރުލް ސަލީމް
16 September 2019
އަދިކިރިޔާ....... މަހީކުރީ ޓުރިވެންޑުރަމްގާ ރާއްޖޭގެ އޮފީސްތައްވެސް ހުންނަކަމަށް.
Ali Rasheed
16 September 2019
ބޭނުމަކީ ކޮބާ