ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު. ފުލުހުން އިސްލާހުކުރުމުގެ މަސައްކަތް ލަސްކަމަށް ތަކުރާރުކޮށް ގެންދަވަނީ ވިދާޅުވަމުން. ފައިލް ފޮޓޯ/މިހާރު
19 ސެޕްޓެމްބަރ 2019 - 13:39
ޒަމާނީ ޑިމޮކްރަސީއަކަށް ރާއްޖެ މިސްރާބުކުރަން، އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް މަޖުބޫރުވެވަޑައިގެންނެވި، ޖަލުގައި އީވާން ނަސީމް މަރާލުމުގެ ހާދިސާއަށް މިއަދު 16 އަހަރު ވީއިރު، ފުލުހުން އިސްހާކުރުމުގެ މަސައްކަތް ކުރިއަށް ދަނީ ލަހުން ކަމަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
މާފުށީ ޖަލުގައި އީވާން ނަސީމް މަރާލީ، ސިފައިން އަނިޔާކޮށްފަ އެވެ. އަދި އެކަމާ ރުޅިއައިސް ތިބި ގައިދީން މައިތިރިކުރަންސިފައިން ބަޑިޖެހުމުން އިތުރު ހަތަރު ގައިދީއަކު މަރުވި އެވެ.
ސެޕްޓެމްބަރު 19، 2003 ގައި ޖަލުގައި ދިވެހި ސިފައިން ހިންގި މި ލޭއޮހޮރުވުމާ އެކު، މާލޭގައި ވެސް ހަމަނުޖެހުން ހިނގައި، ފުލުހުންގެ ބައެއް އިމާރާތްތަކުގައި ރޯކުރި އެވެ.
ހަތިޔާރު ނެތް ދިވެހިންތަކަކާ ދެކޮޅަށް ދިވެހި ސިފައިން ހިންގި މި އަނިޔާވެރިކަމަށް 16 އަހަރު ވުމާ ދިމާކޮށް، މިހާރުގެ ރަައްޔިތުންގެ މަޖިލިހުގެ ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި ޑިމޮކްރަސީގެ ހަރަކާތް ފެށުނީ އީވާންގެ މަރާއި އޭގެ ފަހުން ޖަލުގައި ހިނގި ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން ކަމަށެވެ.
މި ހާދިސާ ހިނގި އިރު ސިފައިންނާއި ފުލުހުން ވަތްކެއް ނުކުރެ އެވެ. ފުލުހުންނަކީ މަދަނީ ބައެއްގެ ގޮތުގައި ހަމަޖައްސައި، މުޅިން ވަކި އިދާރާއެއްގެ ގޮތުގައި ތައާރަފުކުރީ އޭގެ އަހަރެއްހާ ދުވަސް ފަހުންނެވެ.
ނަޝީދު ވިދާޅުވީ ފުލުހުން އިސްލާހުކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް ނުދިއުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ.
15 years ago today, the police division of NSS beat Evan Naseem to death in Maafushi jail. Then they shot unarmed inmates who protested Evan’s murder. Those killings sparked riots in Male’, and the start of the democracy movement. It’s worrying police reform is not moving faster.
— Mohamed Nasheed (@MohamedNasheed) September 19, 2019
ފުލުހުން އިސްލާހުކުރުމުގެ މަސައްކަތް އަވަސްކުރަން ނަޝީދު މީގެ ކުރިން ވެސް ތަކުރާރުކޮށް ވަނީ ގޮވާލައްވައިފަ އެވެ.
ޖަލުގެ ލޭ އޮހޮރުވުމާ ގުޅިގެން މައުމޫން އިސްލާހީ އެޖެންޑާ، 2004 ގައި އިއުލާންކުރެއްވި އެވެ. އަދި އޭގެ ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ފަހުން ސިޔާސީ ޕާޓީތައް ރަޖިސްޓްރީކުރުމުގެ ފުރުސަތު ހުޅުވާލެއްވި އެވެ.
މައުމޫންގެ ސަރުކާރާ ދެކޮޅަށް އާންމުން ނުކުމެ، ފުރަތަމަ ބޮޑު އެއްވުން، ޖުމްހޫރީ މައިދާާންގައި ބޭއްވީ އޮގަސްޓް 12-13، 2004 ގަ އެވެ. އެކަމަކު ސިފައިން ނުކުމެ އެ އެއްވުން ރޫޅާލައި، އެތައް ބަޔަކު ހައްޔަރުކޮށް، ކުއްލި ނުރައްކަލުގެ ހާލަތު ވެސް އިއުލާންކުރި އެވެ.
ޖަލުގެ ހަމަނުޖެހުންތަކަށް ފަހު ސަރުކާރާ ދެކޮޅަށް އުފެދުނު ރުޅިވެރިކަމުގައި، ނަޝީދު ވެސް ހައްޔަރުކޮށްފާނެތީ އެމަނިކުފާނު އިނގިރޭސި ވިލާތަށް ވަޑައިގެން، އަރުވާލެއްވިގެން ހުންނެވި އެވެ. އެނބުރި ރާއްޖެ ވަޑައިގަތީ އެމްޑީޕީގެ ހަރަކާތްތައް ފެށުމާ އެކު 2005 ގަ އެވެ. އަދި އޮގަސްޓް 12-13ގެ އަހަރީ ދުވަސް ފާހަގަކުރަން ޖުމްހޫރީ މައިދާނަށް ވަޑައިގެން މުޒާހަރާކުރައްވަން އުޅުއްވަނިކޮށް، ފުލުހުން އެމަނިކުފާނު ހައްޔަރުކުރި އެވެ.
މައުމޫންގެ ވެރިކަމުގައި އެތައް ފަހަރަކު ޖަލަށް ލި، ނަޝީދު ރައީސްކަމުގެ މަގާމު ހޯއްދެވީ އާ ގާނޫނުއަސާސީގެ ދަށުން ބޭއްވި ފުރަތަމަ ރިޔާސީ އިންތިހާބުގައި، 2008 ވަނަ އަހަރު، މައުމޫން ބަލިކުރައްވައިފަ އެވެ.
އެމްޑީޕީގެ ސަރުކާރާ ދެކޮޅަށް އާންމުން ކުރި މުޒާހަރާ ބޮޑުވެ، އެންމެ ފަހުން އެކަމުގެ ތެރެއަށް ފުލުހުންނާއި ސިފައިން ވެސް ވަދެ ހިންގި ހަމަނުޖެހުންތަކަށް ފަހު، ނަޝީދު އިސްތިއުފާ ދެއްވީ ފެބްރުއަރީ 7، 2012 ގަ އެވެ. އެމަނިކުފާނާއި އެމްޑީޕީން އޭރު ވެސް އަދި މިހާރު ވެސް ގަބޫލުކުރަނީ އެއީ ފުލުހުންނާއި ސިފައިން ގެނައި ބަގާވާތެއް ކަމަށެވެ.
އެކަމަކު އެ މައްސަލަ ތަހުގީގުކުރި ރިޔާސީ ކޮމިޝަނުން ނިންމީ، ނަޝީދު އިސްތިއުފާ ދެއްވުމުގައި އެއްވެސް މަޖުބޫރުކަމެއް ނެތް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޖާދޫގަރު
19 September 2019
ފުލުހުން އިސްލާހު ކުރުމުގެ މަސައްކަތް ލަހެއް ނޫން. - ރައީސް ނަޝީދު މިއީ މާދަމާގެ ސުރުޚީ. ވަރަށް ބޮޑަށް ޝުކުރިއްޔާ!
އަސްނާ
19 September 2019
ފުލުހުންގެ މުއައްސަސާއިން ޓްރެފިކް ޕޮލިސް ސިޓީ ކައުންސިލާ ހަވާލުކުރާވާހަކަ އަޑުއެހިން. އެއްވެސް ކަހަލަ ތެދު ވާހަކައެއްތޯ؟
ފިޔު
19 September 2019
ބޭކާރު ހުސްއަގަ ނުތަޅާ މަޑުންހުރެބަލަ!
ވަތަން އިސްކުރަންޖެހޭ
19 September 2019
ފަހުޒަމާނުގާ މަކަރުވެރި މީހުންގެ ފަހަތުގާ މީހުން ދުވާނެ. ޤައުމަށް ވާނީ ގެއްލުން.
މަންޑޭލާ
19 September 2019
ނަޝީދު ހޮވާކަ އެމްޑީޕީ މީހުންވެސް ބޭނުމެއްނުވޭ މިހާރަކު.
ޝޮކްތެރަޕީ
19 September 2019
ނަޝީދަކީ ރާއްޖެދެކެ ލޯބިނުވާ މީހެއްކަން ނަޝީދުގެ އަމަލްތަކުން ފާހަގަވޭ. މިހާތަނަ ނަޝީދުގެ އަމަލްތަކުން ދިވެހި ދައުލަތަ ލިބުނީ ގެއްލުން.
އޭނަ
19 September 2019
ވެރިކަންގެއްލުނީމަ އަދިވެސް ހިތުގަ އޭގެ ގިލަންވެރިކަން ނުފިލާ. ކިހެނެއް ހެދީމަ ތި ހަސަދައެއްފިލާނީ
ހަބީބު
19 September 2019
އަޅުގަޑުވެސް ވެސް ތާއީދު މަނީކުފާނުންގެ ހިޔާލްފުޅާ. ފުލުހުންގެ ތެރޭގައި އެބަތިބި ވަރަށް ބޮޑަށް ސިޔާސީވެފައިވާ ފުލުހުން. އެމީހުންގެ ވިސްނުންހުރީ މުޅިންއެހެންގޮތކަށް ވައިރުވެފައި. ރަގަޅުނުވާނެ.
ހީލަތަ
19 September 2019
މަކަރާ ހީލަތުން ވެރިކަމަށް އެރީ ދެން ކޮންހިތްހަމަ ޖެހުމެއްތަ ލިބޭނީ. މީނަގެ ވެރިކަމުގަ ހުރިހާ ފުލުހުން ނެތިކޮށްލި ނަމަ ވެރިކަމާހެދި މޮޔަގޮވަނީ
މުހައްމަދު25
19 September 2019
ގައުމް ފަސާދަކުރުމުގައި މި ވަރުގެމީހެއް ނުހުންނާނެ ، 2008 އ ވެރިމަކަމައް އަރާ ތިމަސްސަލަތަތް އިންސާފްްގެ ކުރިމައްޗައްގެންނަން ނުކެރިހުރި ފިޑިޔެއްމިއީ ... އިންސާފް ހޯދަން އިބަޔެއް ، ފެއިލްވެފާތިބީ . ޖާހިލް ފިކުރް ނެތިކޮއްލަންޖެހޭ..