24 ސެޕްޓެމްބަރ 2019 - 14:10
ފުވައްމުލަކުގައި ސަރުކާރުން އިމާރާތް ކޮށްދީފައިވާ ފްލެޓްތަކުގެ ތެރެއިން 40 ފްލެޓުން ބޯހިޔާވަހިކަމަށް އެދުމުގެ ފުރުސަތު ފުވައްމުލަކު ސިޓީ ކައުންސިލުން ހުޅުވާލައިފި އެވެ.
ފުވައްމުލަކުގައި ސަރުކާރުން 200 ފްލެޓެއް އިމާރާތް ކޮށްދީފައިވެ އެވެ. މި ފަހަރު މި އިއުލާން ކުރީ މީގެ ކުރިން ދޫނުކުރަން އިއުލާން ނުކުރާ 60 ފްލެޓްގެ ތެރެއިން 40 ފްލެޓަށެވެ.
ފުވައްމުލަކު ސިޓީ ކައުންސިލުން ބުނީ، ފުވައްމުލަކު ރައްޔިތުންނަށް ހާއްސަ ކޮށްފައިވާ ފްކެޓްތަކުގެ ތެރެއިން 35 ފްލެޓަށާއި އެ ސިޓި އަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ މީހުންނަށް ކަނޑައަޅާފައިވާ ފްލެޓްތަކުގެ ތެރެއިން މި ފަހަރު ހުޅުވައިލި ފަސް ފްލެޓް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 23 ވަނަ ދުވަހާ ހަމައަށް އޮންނާނެ ކަމަށެވެ.
މި ފަހަރު 40 ފްލެޓަކަށް ކުރިމަތިލާން ހުޅުވާލި އިރު، ކުރިން އިއުލާންކުރި 140 ފްލެޓަށް އެދި ފޯމު ހުށަހެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވި މީހުންގެ ޕޮއިންޓް ލިސްޓް މިދިޔަ މަހުގެ ތެރޭގައި ފުވައްމުލަކު ސިޓީ ކައުންސިލުން އާންމުކޮށްފައިވެ އެވެ.
ސަރުކާރުގެ ބޯހިޔާވަކަމުގެ ޕްރޮގްރާމްގެ ދަށުން ފުވައްމުލަކުގައި އިތުރު 800 ހައުސިން ޔުނިޓް އަޅަން މި ސަރުކާރުން ވެސް ވަނީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަވަށު މީހާ
25 September 2019
ދެން ފްލެޓް މީހުންނާ ހަވާލު ކުރަނީ ކޮންދުވަހަކުތަ؟
ުުުިުޔިުިުޔތުޔ
24 September 2019
ފުވައްމުލަކުން ބިން ހުސްވީ ކޮން އިރަކު؟