ހުޅުމާލޭގައި އިއްޔެ ރޭ އިފްތިތާހުކުރި ޓޫރިސްޓް ހެލްޕް ޑެސްކް -- ފޮޓޯ: ފުލުހުން
29 ސެޕްޓެމްބަރ 2019 - 12:18
ޓޫރިސްޓް ޕޮލިސްގެ ހެލްޕް ޑެސްކްތަކެއް ހުޅުމާލޭގައި އިއްޔެ ބަހައްޓައިފި އެވެ.
ހުކުރު ދުވަހު ފާހަގަކުރި ދުނިޔޭގެ ޓޫރިޒަމް ދުވަހާ ގުޅުވައިގެން މި ހެލްޕް ޑެސްކުތައް ބަހައްޓާފައިވަނީ ޓޫރިސްޓުން އެންމެ ގިނަ ކަމަށް ފާހަގަކުރެވޭ ތަންތަނުގައި ކަމަށާއި ޓޫރިސްޓުންނަށް ދިމާވާ މައްސަލަތައް ގާތުން ބަލައި އެހީވެދޭނެ ކަމަށް ވެސް އެތަނުން ބުންޏެވެ.
Tourist Police Help Desk ifthithaahu koffi pic.twitter.com/jTxSXDdIGV
— Maldives Police (@PoliceMv) September 29, 2019
ފުލުހުން މިއަދު ކުރި ޓްވީޓެއް
ޓޫރިސްޓުންނަށް ރައްކާތެރި އަދި އަމާން މާހައުލެއް ހޯދައިދޭން އެ ދާއިރާގައި މަސައްކަތްކުރާ އެހެން މީހުންނާ ގުޅިގެން މަސައްކަތްކުރާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި ހެލްޕް ޑެސްކުތައް ބަހައްޓަން ބޭއްވި ހަފުލާގައި ޓޫރިސްޓުންނާއި އާންމުންނަށް ހުޅުވާލައިގެން މޫދު ކުޅިވަރުތަކެއް ކުރިއަށް ގެންދިޔަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިސޫ
29 September 2019
ޓޫރިސްޓް ޑެސްކް ބެހެއްޓީމަ ނިމުނީ ދޯ..އެމީހުން ގޮވާއިން އުޅޭބަޔަކި ލައިސަންސްޑް ބަޔަކަށް ނުވިޔަސް.ހަކުރު ބޯ މީހުންނަ ބޮންޑުނާ އުޅުނަސް.ޓުވަރިޖަން ދުވަސް ފަގަގަކުރިމަ ނިމުނި.ކޮބާ ޓުވަގައިޑުންގެ އިހުސާސް ތަށް.އެމީހުން ގެ ހައްގު.ޓުވަ ކުރަނި ހަަމަ ޓުވަގައިޑުން ތޯ.މިނިސްޓްރީން އެޕްރޫވަލް ދިން ފާސް އޮތް މީހުން ތޯ.
ދޮނާބެ
29 September 2019
ތަނުގެ ރައްޔިތުންނަށް ރައްކާތެރި އަމާން މާހައުލެއް ހޯދާނުދެވޭ ބަޔަކަށް ޓޫރިސްޓުންނަށް ކަމެއް ކޮއްދެވޭނެތަ....ހެ ހެ ހެ
ފުންއަސަރު
29 September 2019
އަސްލު ކަންވީގޮތް އެނގުނު އިރު، އެމީހުން ބޭނުންވީ ބަނޑުހައިވެފަ ތިބީމަ ކާންދާން. އެމީހުން ބޭނުންވީ ހުޅުމާލޭގާ ހުންނަ ފިޝްމާކެޓް ރެސްޓޯރަންޓަށްދާން. ކީކޭބުނާނީ. އަސްލު މަށަށް ބުނެވޭނީ މަށަށްވުރެ މިތަންތަން ހަދާފަ ހުޅުވާމީހުންވެސް މާ ގަމާރޭ. މީދެން މީހަކު ރެސްޓޯރަންޓަކަށް ކިޔަން ރަނގަޅު ނަމެއްބާއޭ އަހަރެންގެ ހިތަށްއެރި.
ފުންއަސަރު
29 September 2019
ވަރަށް ސަޅިކަމެއްތީ. ބައެއް ފަހަރު ޓޫރިސްޓުން އުޅޭ ވާނުވާ ނޭނގިގެން. އެފަދަ ވަގުތެއްގާ މަމެންކަހަލަ ބަސްނޭގޭމީހަކަށް ކޮށްދެވޭނޭ މާކަބޮޑުކަމެއްނޯވޭ. ކުރިން ދުވަހަކު ދިމާވިކަމެއް. އޭގެ ދޮން ހަތަރުވަރަކަށް މީހުން މަގާތު މިއަހަނީ ކޮބާހޭ ފިޝްމާކެޓް. މާބޮޑުއެއްޗެއް މަށަށް ނޭނގުނަސް އެބުނި އެއްޗެއް ވަރަށް ރަނގަޅަށް މަށަށް ދޭހަވެއްޖެ. އަހަރެންކުރިކަމަކީ ޔޫގޯމާލެ މިހެންކިޔާފާ އެމީހުން ކާރަކަށްލާފާ ޑްރައިވަރުގާތު ބުނީ މަސްމާރުކޭޓަށް ގެންގޮސްދޭށޭ!
އަސްތާ
29 September 2019
ތި ޔުނިފޯމް ގަ ނެއް އެއްވެސް ވިޒިޓް މޯލްޑިވްސް ސްޓައިލެއް، މީ ބީޗާ މޫދާ ވިއްކައިގެން ކަިބޯއި އުޅޭ ގައުމެއް ދޯ.
ރަދީފް
29 September 2019
ވަަރަށް ބިޔަ ބޮޑު ޕްރޮޖެކްޓެއް.އެެެހެންނޫންތޯ!!! ވ.ވެދުން