ފުވައްމުލައް: މިއަދުން ފެށިގެން އެއީ ސިޓީއެއް
22 ސެޕްޓެމްބަރ 2016 - 15:18
ފުވައްމުލަކަކީ ސިޓީއެއްގެ ދަރަޖަ ލިބިގެންވާ ރަށެއް ކަމުގައި ރައީސް އަބްދުﷲ ޔާމީން މިއަދު ކަނޑައަޅުއްވައިފި އެވެ.
ރައީސް ޔާމީން ސޮއި ކުރައްވައި، ނެރުއްވި ގަރާރެއްގައި ވަނީ ސިޓީއެއްގެ ދަރަޖަ ދެވޭ ރަށްރަށުގައި ހުންނަންޖެހޭ ޝަރުތުތައް ފުވައްމުލަކުގައި ފުރިހަމަވެފައިވާ ކަމަށް ގަބޫލުފުޅު ކުރެއްވޭތީ، އެ ރަށަށް ސިޓީއެއްގެ ދަރަޖަ ދެއްވީ ކަމަށެވެ. އެހެންވެ އެ ގަރާރު ތަންފީޒު ކުރުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ކުރަން ކަމާއި ބެހޭ މުއައްސަސާތަކަށް އަންގަވާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
ފުވައްމުލަކަކީ ސިޓީއެއްގެ ގޮތުގައި ހަމަޖެހުމާ އެކު، އަންނަ ޖެނުއަރީ މަހު ރާއްޖޭގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ފަހު އެ ރަށުގައި އޮންނާނީ ސިޓީ ކައުންސިލެކެވެ. މިހާރު އެ ރަށުގައި އޮންނަނީ އަތޮޅު ކައުންސިލަކާއި ކޮންމެ އަވަށަކަށް ރަށު ކައުންސިލެއް ކަމަށްވިޔަސް އިންތިޚާބަށް ފަހު ކައުންސިލްތައް ދެން އުވިގެންދާނެ އެވެ.
ފުވައްމުލަކަށް ސިޓީއެއްގެ ދަރަޖަ މި ލިބުނީ ސިޓީ ކައުންސިލް ހިމެނޭ އަތޮޅުތަކުގެ ޖުމްލަ އާބާދީގެ ގޮތުގައި އޮންނަންޖެހޭ އަދަދު ރައްޔިތުންގެ މަޖިލީހުން ދަށް ކުރުމުންނެވެ. ސިޓީ ކައުންސިލްގެ ދަރަޖަ ދިނުމަށް މަދުވެގެން 25،000 މީހުންގެ އާބާދީއެއް އޮންނަންޖެހޭ ގޮތަށް ކުރިން ގާނޫނުގައި އޮތަސް މިދިޔަ އަހަރު މަޖިލީހުން ވަނީ އެ އަދަދު 10،000 އަށް ދަށްކޮށްފަ އެވެ.
ފުވައްމުލަކަކީ ސިޓީއެއްގެ ދަރަޖަ ލިބުނު ތިން ވަނަ އަތޮޅެވެ. ކުރިން ސިޓީއެއްގެ ދަރަޖަ އޮންނަނީ މާލެ އާއި އައްޑޫގަ އެވެ.
ފުވައްމުލަކަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް ކުރީގެ ރައްޔިތުންގެ މަޖިލީހަށް ބައެއް ބިލްތައް ހުށަހެޅިޔަސް އެއިން އެއްވެސް ބިލެއް މަޖިލީހުން ފާހެއް ނުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހަރެން
23 September 2016
އައި ވެންޓް ފޯކްލޭން މި އީދުގަ. ދަ ވޯސްޓް ތިންގް އިޒް ފެންވަރަން ޖެހެނީ ފުޅަ ވަސްދުވާފެނުން. މަގުތަށް ހީވަނީހަމަ ލިޓުލް ސިންގަޕޯހެން. އަހަރެން މީއެރަށުމީހެއްވެސް ނޫން އެކަމް ހިތަށް ތަދުވާވަރުން ބުނެލީހަމަ.
ބޭޝަރަމް
23 September 2016
ސިޓީއަކީ ފަޚުރުވެރިވާފަދަ ނަންބޯޑެއް ނޫން!! އެއީ، އެތަނަކުން އެކަށޭނަ ޚިދުމަތް ލިބޭތަނެއް!! ލާމަރުކަޒީ ގާނޫނަށް ހަދާނެއެއްޗެއް ހަދާފަ ރާއްޖޭގެ ރަށްތަކުގައި ދެން ކީއްކުރަންތޯ ސިޓީގެ ނަންބޯޑު އަޅުވަނީ!!
މަރީ
23 September 2016
ޙަމަހެވެނީ .އަހަރުމެން މިއުޅެނީވެސް ސިޓީއެއްގަ.ވާއެއްވެސް ކަމެއްނެތް އާދައިގެ ހުމެއްއަޔަސް މާލެއަށް ދުއްވައިގަންނަން މިޖެހެނީ.ދެން ހެވިފަ ތިބޭ..ސިޓީއެއް ވިއްޔާ..
ސާދާސީދާ
23 September 2016
94000 ވަޒީފާ އުފެއްދުމުގެ ވަޢުދުގެ ދަށުން އިތުރު 6 ވަޒީފާ އުފެދި، 8 އަވަށުގެ ކައުންސިލުތަކުގެ 40 ވަޒީފާ ގެއްލުނީ! ފެންވަރަންޖެހެނީ ޗަކައިގެ އަސަރުހުންނަ ފެނުން. ނަރުދަމާ ނިޒާމެއްނެތް! މަމެން މިކަހަލަ މަޅިއަކުނުޖެހޭނަން!
އާމިނަތު
23 September 2016
ކުރިއައް އޮތް 50 އަހަރު ތެރޭގައިވެސް ބޭންކު އޮފް މޯލްޑިވުސް ނޫން އެހެން ބޭންކެއް ތިޔަ ސިޓީއަކައް ނުދާނެ... ތިޔަ ކުޑަރަށުގެ އާބާދީ އަކީ ކުދި ބޮޑު 5789 މީހުން
ތެދެ
23 September 2016
ދޮގޮ ނިހަދަ، ދޮގޮ ހެދުމަކީ ވިޔާޔާ ނިވޭ ކަމެއް
އަވަ
23 September 2016
ކޮންތަނަކުން ހޯދި ތަފާސް ހިސާބެއްތޯ؟؟؟ ތަންކޮޅެއް ޒިއްމާދާރުވެބަލަ. އޭރުން ތިމާގެ ގަމާރުކަން އެހެން މީހުންނަށް ނޭގޭނެދޯ؟
ާަަަްއަފީފު
23 September 2016
ކުރިއަށް އޮތް 50 އަހަރޭ. މަންޖެ ވަރަށް މޮޅު.
ޙަމްދާން
22 September 2016
ޝަކުވާ ޝަކުވާ. ކޮންމެ ކަމެއް ކުރިޔަސް. ޑިވެހިން ހާދަ އިހްސާންތެރިކަން އަދި ޝުކުރުވެރިކަން ދަށޭ
އޯ!
22 September 2016
މިހާރު ތިބޭނެ ރައްޔަތުން ވަރަށްހެވިފަ. އެހެޔޮވާނެ ނުކައި ތިބެންޖެހުނަސް.
އެމް.އެމް.ޖީ އިބޫ
22 September 2016
ކައުންސިލަރުން މަދުކޮށްލައި ބަޖެޓަށް ލުއިކޮށްލަން ފަސޭހަ މަގެއް....
ފުވައްމުލަކި މީހާ
22 September 2016
ސިޓީއެއްގެ ދަރަޖަ ދިނަސް އަހަރެމެން ނުހެއްދޭނެ. ނަން ބޯޑަކުން ކޮން ފައިދާއެއް އޮތީ؟ ސިޓީއަކުން ލިބެން ޖެހޭ އެއްވެސް ޚިދުމަތެއް ނުލިބޭ. ތިކަހަލަ ސްޓަންޓް ނުޖައްސާ ވޯޓެއް ނުލިބޭނެ. މިތާ އުޅެނީ ގަމާރުންނެއް ނޫން
ގގ
22 September 2016
އެއްރަށަށް ސިޓީ އުރައެއްގެ ދަރަޖަ ލިބުނު އިރު ދެރަށް ފަޅު ރަށެއްގެ ދަރަޖަލިބުނީ!