ގަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުރި ވެހިކަލްތަކެއް: މިދިޔަ ހަފްތާގައި ވެސް ފުލުހުން ވަނީ ގަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުރި 76 ވެހިކަލެއް ޓޯކޮށްފައި. -- ފޮޓޯ: ހުސައިން ވަހީދު/ މިހާރު
02 އޮކްޓޯބަރ 2019 - 01:01
ގަވާއިދާ ޚިލާފަށް ވެހިކަލް ޕާކްކުރުން މާލޭގައި އާއްމުވެފައިވާ ތިން ސަރަހައްދަކުން ވެހިކަލް ޓޯ ކުރަން ފަށަން ފުލުހުން މިރޭ ނިންމައިފި އެވެ.
ފުލުހުން ބުނީ އެ ސަރަހައްދުތަކުގައި ގަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ ވެހިކަލްތަކަށް ޚާއްސަ ސަމާލުކަމެއް ދީގެން ޓޯ ކުރަން ފަށާނެ ކަމަށެވެ.
1. ބޮޑުތަކުރުފާނު މަގުގެ ހުޅުމާލެ ފެރީ ޓާމިނަލް ހިސާބުން ފެށިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑޮލަރު އޭޓީއެމް އާ ދެމެދު.
2. އަމީނީ މަގުގެ ބީއެމްއެލް ކަސްޓަމާ ސާވިސް ސެންޓަރު ސަރަހައްދު.
3. ކަނބާއައިސާ ރަނި ހިނގުމުގެ އައިޖީއެމްއެޗް ސަރަހައްދު.
މި ސަރަހައްދުތަކަށް ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށް ބުނި ނަމަވެސް، އެހެން ސަރަހައްދުތަކުުގައި ވެސް ގަވާއިދާ ޚިލާފަށް ވެހިކަލް ޕާކުކުރާ ނަމަ ޓޯކުރާނެ ކަމަށް ފުލުހުން ބުންޏެވެ.
Traffic Management Department's Weekly Statistics from 21st of September 2019 to 27th of September 2019 pic.twitter.com/1wnkOyC0Xh
— Maldives Police (@PoliceMv) September 29, 2019
އާދިއްތަ ދުވަހު ފުލުހުން ކުރި ޓްވީޓެއް
މާލޭގައި ޓްރެފިކް މައްސަލަތަކުގެ ތަފާސްހިސާބު ކޮންމެ ހަފްތާއަކު ފުލުހުން އަންނަނީ އާންމުކުރަމުންނެވެ. އާދިއްތަ ދުވަހު ނެރުނު ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ހަފުތާގައި ވަނީ 76 ވެހިކަލެއް ޓޯ ކޮށްފަ އެވެ. އަދި ގަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުރި 481 ވެހިކަލެއްގައި ވަނީ ސްޓިކާ ޖަހައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަލީ ރާޖާ
03 October 2019
އިގްތިސާދީ ޕްރޮޖެކްޓެއް ނުހިންގި ލާރި ލިބޭނެ ގޮތެއް ނެތި ދައުލަތް ބަނގުރޫޓްވީމާ އާއްމު ރައްޔިތުމީހާ ފެލައިގެން ސަރުކާރު މުވައްޒިފުންނަށް މުސާރަ ދޭން ލާރި ހޯދަނީ. ޕާކް ކުރަން ތަން ނުދައްކާ ސްޓިކާ ނުޖަހާނަމޭ ބުނީ ހަމަ ކަލޭމެން ދޯ
ޖޫލިއާން
02 October 2019
އެއުޅެނީ އެކިރަށްރަށުން ނަންބަރުނަގަން މާލެއަށް ޖަމާވާ 60 ހާސް ބޮންދުންނަށް ޖާގަހަދަން.
އަލީ ވަހީދު
02 October 2019
ސްޓިކާވެސް ޖަހަންވީ، ޓޯވ ވެސް ކުރަނވީ، ހިތުހުރިގޮތަކަށް ހިތުހުރިތަނަކު އެއްވެސް ވެހިކަލެއް ޕާރކް ކުރެވިގެން ނުވާނެ، ދަނގަޑުކެނޑޭނީ ދަނގަނޑުން، ޓްރެފިކް ޕޮލިސްއަށް ދަންނަވާނީ އެންމެ އިންޗިއެއްވެސް ދޫނުދެންވާ ތިކަމުގަ ކުރިއަށް ވަޑައިގަންނަވާށޭ.
ސޯލްޓް
02 October 2019
ވަރަށް ޒިއްމާދާރުގޮތަކަށް ފުލުހުންގެ މިހާރުވެސް އޮޕަރޭޓްކުރަނީ. ގައިވާއިދާ ހިލާފަށް ޕާކްކޮއްފަ ހުންނަށް ކޮއްމެތަނަކުން ވެސް ޓޯކުރެވެންވާނެ. އަދި އިސްޓިކާވެސް ޖެހެންވާނެ. ވަކިސަރަހައްދަކުންނޭކިޔާފައި ޓޯކުރަން ނިއްމީ.
އިޙްސާސް
02 October 2019
ވެހިކަލް ފާކުކުރާނެ ތަނެއް މާލޭގަ ވަކި އެބައޮތްތަ؟ ޤަވާއިދާ ހިލާފަށް ކާރުތައް ރަޖިސްޓުރީކޮށް މިތަނަށް ނުކަތާވަރަށް ސައިކަލު އެތެރެ ކުރަންޏާ ވާނެގޮތް ތިވަނީ. ދެންވެސް މާލެއަށް ވެހިކަލް އެތެރެ ނުކުރެވޭ ގޮތް ހަދާ. އަދި ބާވެފަ ހުންނައެއްޗެހި ނައްތާލާ.
ހަސަނު
02 October 2019
ވަަށް ރަނގަޅު ކަމެއް.. ވެހިކަލް ގެންގުޅޭމީހުން އުޅެނީ މާލޭ މަގުތައް އަމިއްލަ ގޯއްޗަށް ހަދައިގެން... މާލޭގެ ބިމަކީ އަގުބޮޑު އެއްޗެއް.. މަގުމަތީ ޕާކުކުރާނަމަ ބޮޑު އަގެއް ނަގަން ޖެހޭނެ...
ދޮންމަނިކެ
02 October 2019
މަގުތަކުގައި ކުލަކެހިގެންގޮސް އެޔެއް މިޔެއް ސާފެއް ނުވޭ
މުހަންމާކަލޯ
02 October 2019
ކޮންމެހެންވެސް ރައްޔިތުން ފެލައިގެން ސަރުކާރަށް ލާރި ހޯދާ ދެވޭތޯ ބަލަންވާނެ ވަރިހަމަ ކަރުބުޑަށް އަތްބާނާފަ ގޮހޮރު ދަމައިގަނެގެންވެސް ދައުލަތަށް ލާރިއެއް ހޯދާދެވޭތޯބަލަ
ގަނޑިޔަ
02 October 2019
ޑިމާންޑު ހައި ވާނެ! ސަރުކާރަށް އިތުރު އިންކަމެއް ލިބޭނެ! ކޮންމެ ސައިކަކުން 750.00
ގަނޑިޔަ
02 October 2019
ޑިމާންޑު ހައި ވާނެ! ސަރުކާރަށް އިތުރު އިންކަމެއް ލިބޭނެ! ކޮންމެ ސައިކަކުން 750.00