ޚަބަރު / މެމްބަރު ގާސިމް އިބްރާހިމް (މާމިގިލި)

ނަހުލާ ބޭޒާރު ކުރަން އުޅުމުން ގޮވީ އަތަށް: ގާސިމް

ޓްރާންސްޕޯޓް މިނިސްޓްރީގެ މުވައްޒަފުން މަސައްކަތަށް ފަރުވާ ކުޑަވެގެން މިނިސްޓަރު އައިޝަތު ނަހުލާ ދެއްކެވި ވާހަކަތައް އާންމުކޮށް ބަދުނާމު ކުރަން އުޅުނު މީހުންނަށް އެކަން ކާމިޔާބު ނުވިކަމަށް ވިދާޅުވެ ނަހުލާގެ ދިފާއުުގައި ފިރިކަލުން، އަދި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހީމް މިރޭ ވާހަކަ ދައްކަވައިފި އެވެ.

ރައްޔިތުން މަޖިލީހުގެ ކުރީގެ މެމްބަރު އަބްދުﷲ ޔާމީން ރަޝީދާއި ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އިސްމާއިލް ސޮފްވާންގެ އިތުރުން ބައެއް އާންމުން މިރޭ ވަނީ ޖޭޕީއަށް ގުޅިފަ އެވެ. އެ މީހުންގެ ފޯމާ ހަވާލުވެވަޑައިގަތީ ގާސިމެވެ. އެ ހަލްފާގައި ގާސިމް ވަނީ ހަގު އަނބިކަނބަލުން ނަހުލާގެ ދިފާއުގައި ވާހަކަ ދައްކަވައިފަ އެވެ.

Badhunaamu kuran aamukuri vaahaka in Nahula ah thaureef!

Badhunaamu kuran aamukuri vaahaka in Nahula ah thaureef!

The most trusted news source in the Maldives

Mihaaru

ބަދުނާމު ކުރަން އާންމު ކުރި ވާހަކައިން ނަހުލާއަށް ތައުރީފް

ޓްރާންސްޕޯޓް މިނިސްޓްރީގެ ބައެއް މުވައްޒަފުންނާ ނަހުލާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަތަކެއްގެ ރެކޯޑިން އިއްޔެ ވަނީ ބައެއް ޓީވީތަކުންނާއި ސޯޝަލް މީޑިއާގައި އާންމު ކޮށްފަ އެވެ. އޯޑިއޯގައި ނަހުލާ ކަންބޮޑުވުން ފާޅުކުރެއްވީ ޓްރާންސްޕޯޓް މިނިސްޓްރީގެ ހާލަތާ މެދުގަ އެވެ. ރައްޔިތުންނަށް ހިދުމަތް ދޭންޖެހޭ ތަނެއްގެ ހާލަތު ދަށް ފެންވަރެއްގައި އޮތް ވާހަކަ އެވެ. ހާޒިރީ އަށް ފަރުވާ ކުޑަކުރުމާއި އޮފީހުގައި ވަގުތު ހޭދަނުކޮށް ކޮފީގައި ތިބުން ގަބޫލު ނުކުރެއްވޭ ކަމަށް ވިދާޅުވި އެވެ.

މިރޭގެ ހަފްލާގައި ގާސިމް ވިދާޅުވީ ބަޔަކު އެ އޯޑިއޯ އާންމު ކުރީ ނަހުލާ ބޭޒާރު ކުރަން ކަމަށާއި ނަމަވެސް އެކަން "ގޮވީ އަތަށް" ކަމަށެވެ.

"ގޯސްކޮށްލާނަމޭ ހީކޮށް އެކަމަނާ ދެއްކެވި ވާހަކައެއް ވީޑިއޯއެއް ނެރުނީމަ ރައްޔިތުންގެ ރުހުން ލިބުނީ (ނަހުލާއަށް)،" ހިނިފުޅުވަޑުވަމުން ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ގަވައިދަށް އަމަލު ކުރުމަށާއި ވަގުތަށް ފަރުވާތެރިވުމަށް އަންގާ ވެރިން ދެކެ ގިނަ މުވައްޒަފުން ރުޅި އަންނަ ކަމަށެވެ. އެކަން އެހެން އެވަނީ ފަރުވާ ކުޑަކޮށް މަސައްކަތް ކުރަން ބޭނުންވާ މީހުން ގިނަކަމުން ކަމަށް ގާސިމް ވިދާޅުވި އެވެ.

"ވަރަށް ގިނަ ބަޔަކު އުސޫލުގައި އޮންނަ ގޮތެއް އަމާ ބުނީތީ ފަރަށް ދާހެން ކަންކުރުން. މުސާރަ ލިބެންޏާ ނިމުނީ. އެކަމަކު އެބައި މީހުން ބޭނުންވޭ މަގާމުގެ ކުރިއެރުންވެސް. ބޮޑު މުސާރަވެސް،" އާންމުކޮށް ޖަލްސާތަކުގައި ނަހުލާއަށް ތައުރީފް ކުރައްވާ ގާސިމް ވިދާޅުވި އެވެ.

"ގަޑިޔަށް ނާންނަންޏާ މަސައްކަތް ނުކުރަންޏާ މިނިސްޓަރަކު އެކަމާ ނޫޅެ ކާކުތޯ އެކަމާ އުޅޭނީ؟"

Enme hinguntheri eh vazeerakee Aisha: Gasim

Enme hinguntheri eh vazeerakee Aisha: Gasim

The most trusted news source in the Maldives

Mihaaru

ނަހުލާއަށް ތައުރީފް ކުރައްވާ ގާސިމް ކުރިން ދެއްކެވި ވާހަކަފުޅު--

ޓްރާންސްޕޯޓް އޮތޯރިޓީގެ މުވައްޒަފުންތަކެއް ސަންގު ޓީވީ މެދުވެރިކޮށް އެ އޯޑިއޯ އާއްމުކުރީ، އެތަނުގެ ހާޒިރީ ރިޕޯޓެއް ނަގައި ސިވިލް ސާވިސް ކޮމިޝަނަށް ފޮނުވާފައި ވަނިކޮށެވެ. އެއީ، ގިނަ މުވައްޒަފުންތަކެއް ވަޒީފާ އިން ވަކިކުރުމުގެ ޕްލޭންގެ ދަށުން މިނިސްޓަރު ކުރެއްވި ކަމެއްގެ ތުހުމަތާ އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަނީ ޕެޓިޝަނެއް ވެސް ހުށަހަޅައިފަ އެވެ. އެ ޕެޓިޝަންގައި އެދިފައި ވަނީ ނުހައްގުން ވަޒީފާ އިން ވަކިކުރުން ހުއްޓުވައި ދިނުމަށެވެ.

މިނިސްޓަރު ނަހުލާއާ ގުޅޭ ޝަކުވާތަކެއް މުވައްޒަފުން ރައީސް އޮފީހަށް ހުށަހަޅުއްވާފައިވާތީ އެކަމަށްވެސް ގާސިމް ރައްދު ދެއްވި އެވެ. އޭނާ ވިދާޅުވީ މަސައްކަތް ނުކުރާތީ އަޅާ ފިޔަވަޅެއް ރައީސަށް ބަދަލު ކުރެވޭނެ ގޮތެއް ނޯންނާނެ ކަމަށެވެ.

ސިވިލް ސާވިސް ބައެއް މުވައްޒަފުން ވިސްނާ ގޮތުގައި އެމީހުން ފަރުވާ ކުޑަ ނަމަވެސް ވަޒީފާ އިން ވަކި ނުކުރެވޭނެ ކަމަށާއި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށް ގާސިމް ވިދާޅުވި އެވެ. ފަރުވާ ކުޑަވުމާއި ވަގުތަށް ނާންނަ ނަމަ ވަޒީފާ އިން ވަކި ކުރެވެން ޖެހޭ ކަމަށްވެސް ގާސިމް ވިދާޅުވި އެވެ.

"އެކަމާ އަޑު އުފުލާ ހެދުމަކުން އެކަން ކުރާ މީހާއަށް މަލާމާތް ރައްދުވުން ނޫން ކަމެއް ނުވާނެ،" ގާސިމް ވިދާޅުވި އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގައި ކޮރަޕްޝަން ބޮޑު ވާހަކައަކީ އެންމެން ދަންނަ ހަގީގަތެއް ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. އަދި އެ ކޮރަޕްޝަންގެ އަމަލުތައް ހިންގަނީ ނަހުލާ ނޫން ކަމަށާއި އޭނާ އެފަދަ ކަމެއް ނުކުރައްވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

ނަހުލާ ކުރައްވާ މަސައްކަތަކީ ވަރަށް މުހިންމު މަސައްކަތެއް ކަމަށް މިރޭ ވެސް ވިދާޅުވެ ގާސިމް ވަނީ ތައުރީފް ކުރައްވައިފަ އެވެ.

އެ އޯޑިއޯ ލީކްކޮށްލުމާ އެކު ގިނަ ބަޔަކު ވަނީ ނަހުލާ އަށް ތައުރީފްކޮށް ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކޮށްފަ އެވެ.

41 ކޮމެންޓް, 131 ރިއެކްޝަންސް

icon happy icon happy 68%
icon sad icon sad 2%
icon angry icon angry 30%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގެއްލުން

02 October 2019

2023 ގައި ރައީސްކަމަށް އަންނަން ފައިނަގާމީހާރޯފިލާފައި ހުރި ވަރު. ސިވިލްސާވަންޓަކާމެދު މިނިސްޓަރެއް ނޫން ފިޔަވަޅު އަޅާނީ. ސިވިލްސާވިސް ކޮމިޝަން މެދުވެރިކޮށް ފިޔަވަޅު އެޅޭނީ.

The name is already taken The name is available. Register?

ޢަލީ

02 October 2019

ނަހުލާ އައްތާއީދު... މިއަދު ބާރަވަރަކަށް ފަހަރު ޕަކްލިކް އެގްޒަމިނޭޝަން އަށް ގުޅައިފިން، އަދި ފޯނު ނުނަގައި...

The name is already taken The name is available. Register?

ބުރޭކިން ނިއުސް

02 October 2019

ބުރުމާ އަތަށް ގޮވާފި؟

The name is already taken The name is available. Register?

ްއަދުރޭ

02 October 2019

ވިލާގަވެސް އުޅޭ ނަހޫ އެބުނިކަހަލަ މުވައްޒަފުން.

The name is already taken The name is available. Register?

ހަސަނާބެ

02 October 2019

ދެން ކޮބާ މުވައްޒަފުންގެ ހައްގު؟ ވެރިކަމަށް އަންނަން އުޅުނު އިރު ދެއްކީ އެވާހަކަ. ވެރިކަން ލިބުނީމާ މުވައްޒަފުންގެ ހައްގެއް ނެތް. ހިތާމަހުރި.

The name is already taken The name is available. Register?

ސޫޖީ

02 October 2019

މުވައްޒަފުންގެ ހައްގު ގެއްލިފަ ކޮބާތަ؟ ދިވެހި ރައްޔިތުންގެ ފައިސާއިން މުސާރަ ނަގާ މުވައްޒަފުން މަސައްކަތައް ފަރުވާކުޑަ ކުރާނަމަ ޖެހޭ ފިޔަވަޅު އަޅަން!

The name is already taken The name is available. Register?

ފަޤީރުކޮއެ

02 October 2019

އައިޝާ މިކުރާކަމަކީ ކަންކަން ކުރަން ނޭންގުނީމަ މުއައްޒަފުން ނުބައި ކުރަނީ މަސްނުބޭނުނީމަ ކަނޑު ނުބައި ކުރާގޮތައް. މުއައްޒަފުންގެ ހުންނަ އައިބުކަންތައްތަކީ ބަވާ ފަލީހަތްކޮށްގެން ކުރާކަންކަމެއްނޫން. އިސްލާޙްކުރަން ބޭނުންނަމަ ނަސޭހަތްދީ ތަމުރީނު ކުރުވަންޖެހޭނީ. ދިވެހި ސަރުކާރުގެ މުއައްޒަފުންނަކީ ޤާސިމުގެ މުދާގަނޑެއްނޫން. ހިތުހުރިގޮތަކަށް ކަންތައްކުރާކަށް

The name is already taken The name is available. Register?

ޤާސިމު ބެ

02 October 2019

ރޭގަ އަތަށް ގޮވި އެތި ތެރޭގައި ބުރުމާ ހިމެނިއްޖެ!

The name is already taken The name is available. Register?

ބޮޓުން

02 October 2019

އޯކޭ ސޭޓު.އެކަމު ޖޭޕީގަ ލީޑަރަކަށް އައިޝާ ހުރިނަމަ ތިޔަ ޕާޓީއަށް ތަންތަނުން ހޮވައިގެން ތިޔަ ގެންނަ ކުނި ނުގެންނާނެކަން ކަށަވަރު.މާރީއްޗަށް ހިންގާނެ. މިހާރު އައިޝާއަކީ މަމެންގެ ރީނދޫ ފިކުރުގެ ވިސްނުމުގެ ކަނބަލެއް. އެހެންތާވާނީ އެކަމަނާގެ މުޅި އާއިލާއަކީވެސް އެމްޑީޕީގެ މެންބަރުން ވިއްޔާ ފިކުރަކީ ގަދަކަމުން ބަދަލުވާއެއްޗެއް ވެސް ނޫން. އަދި ބުނަން އައިޝާ ބޭޒާރުކުރަން އުޅުނީ މިހަރު ކައިރިކޮށްގެން ތިޔަ އުޅޭ ޕީޕީ ޑީފެކްޝަނުން ވައްދައިފަ ތިބި ބޮޓުންތައް

The name is already taken The name is available. Register?

އަބްދުއްالله

02 October 2019

އަތަކަށްނޫން ގޮވީ.... އަނގަޔަށް. ބޭޒާރުވީ، ވަކަރުގޭ ކުއްޖެއްގެ އަނގަ އޮތްކްން.

The name is already taken The name is available. Register?

ޢެހެންތަ ހީވަނީ

02 October 2019

ޓުރާންސްޕޯޓްގަ މަސައްކަތް ކުރާމީހުން ތިނަހުލާއަށްވުރެ މޮޅުވާނެ އެބަޔަކަށްހުންނާނީމަސައްކަތުގެ ތަޖްރިބާލިބިފަ . ނަހުލާއަކީ ތިއީ މުވައްޒަފުންނާމެދު ތާހިރު ބަހުރުވައަކުންމުއާމަލާތެއްވެސް ކުރަންއެގޭމީހެއްވެސްނުންކަންއެގުނީ ތަނުގަ މަސައްކަތްކުރާމުވައްޒަފުންގެ އަގުވަޒަންނުކޮށް އެބަޔަކު ސައިޒް ކުރެވޭތޯ އުޅުން އެއީ މިނިސްޓަރުގެ ގާބިލް .ކަމެއް ނެތުން ބޭރުކުރަންވީކީ ނިކަމެތިންނެއްނުން ބޭރުވާން ވީފުދިފަވިތުރުވާކަމަށްތިބުނާމަހުޖަނު .

The name is already taken The name is available. Register?

އަސްލުހާލަތު

02 October 2019

ހޫން ކަލޭމެންނަށް ޤާބިލެއް ނުވާނެ ކަމެއް ރަނގަޅު ކުރަން އުޅޭ އެކަކުވެސް.. ވަޒީރު ނުޖެހޭ ތަނުގަ ހުރި އެންމެ ޤާބިލުމީހާއަށް ވާކަށްވެސް. ގަޑި ނުޖެހޭށޭ ރަސްމީ ގަޑީގަ ކޮފީގަ ނުތިބޭށޭ ހާޒިރީއަށް ފަރުވާ ކުޑަނުކުރާށޭ ބުނީމަ އެއީ ހަރުކަށި ހުތުރު ބަސްކަމަށް ބަލަންޏާ މި ރާއްޖޭގަ ދެން އެއްކަމެއް ރަނގަޅު ކުރަން އުޅޭނެކަމެއް ނެތް. މި ކަހަލަ ވަޒީރުން މަދުވީމެފަ ތިޔަ ކަހަލަ ހޮޅި ވާހަކަ ދައްކާ މީހުން ގިނަވީމަ ބޮއްސުންލަނީ ސަރުކާރުގެ އޮފީސްތައް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454