މަޖިލީހުގެ ބަޖެޓް ކޮމިޓީގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވާހަކަދައްކަވާ އިރު ސަރުވަޝް (ވ)ގައި. --ފޮޓޯ:ނިޝާން އަލީ/މިހާރު
03 އޮކްޓޯބަރ 2019 - 14:21
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ބޯޑުގެ ޗެއާމަނަކަށް ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް، އަހުމަދު ސަރުވަޝް ހަމަޖައްސައިފި އެވެ.
އޭނާ އެ މަގާމަށް ހަމަޖެއްސީ ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ފިނޭންސް މިނިސްޓަރަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުންނެވެ. މޯލްޑިވްސް ސެންޓަ ފޮ އިސްލާމިކް ފައިނޭންސް ލިމިޓެޑާއި މީރާ ބޯޑުގައި އޭނާ ކުރިން އުޅުއްވި އެވެ.
ގާނޫނަށް ފަހުން ގެނައި އިސްލާހުގައިވާ ގޮތުން މީރާގެ ބޯޑުގައި ތިއްބަވާނީ ފިނޭންސް މިނިސްޓްރީގައި ޓެކުހާ ގުޅޭ ކަންކަން ބެލެހެއްޓުމަށް ފިނޭންސް މިނިސްޓަރު ކަނޑައަޅުއްވާ ފަރާތަކާއި ރައީސް އައްޔަން ކުރައްވާ ފަސް މެމްބަރެއްގެ އިތުރުން ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން އެވެ. އަދި ބިލް ތަސްދީގު ކުރާތާ ގިނަވެގެން 30 ދުވަސް ތެރޭގައި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން އާއި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އަލުން ބޭފުޅުން އައްޔަން ކުރަން ޖެހޭނެ ކަމަށް ވެސް އެ ބިލްގައިވެ އެވެ.
މީގެ އިތުރުން ޓެކުހާ ގުޅޭ ނިންމުންތައް އިސްތިއުނާފް ކުރުމުގެ އުސޫލުތަކަށް ބަދަލު ގެނައުމަށް ވެސް އެ އިސްލާހުގައި ހިމަނާފައިވެ އެވެ. އެގޮތުން މީރާއިން ކަނޑައަޅާ ޓެކްސްގެ އަދަދާ މެދު ހިތްހަމަނުޖެހިގެން އިސްތިއުނާފް ކުރުމުގެ ކުރިން އެ ފައިސާ އެއްކޮށް ދައްކަން ޖެހޭ ގޮތަށް ގާނޫނުގައި ކުރިން އޮތަސް، އެ އިސްލާހު އޮތްގޮތުން މީރާއިން ދައްކަން އަންގާ އަދަދުގެ 30 ޕަސެންޓް ދެއްކުމަށް ފަހު އިސްތިއުނާފް ކުރެވޭނެ ކަމަށް ވެސް އެ އިސްލާހުގައި ހިމަނާފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައިމަން000
03 October 2019
ސަރުވަޝް އަކީ ފަހުގެ ތާރީޚުގައި ރާއްޖޭގެ ފިސްކަލް ޕޮލިސީއެއް އެންމެ ބޮޑެތި އިސްލާހީ ބަދަލު ގެނައުމުގައި އެންމެ އުސްކޮށް ހުރި ފަރާތް. މީރާގެ ފުރަތަމަ ސްޓްރެޓިޖިކް ޕްލޭނު އެކުލަވާލައި ލިޔުނު ފަރާތް. ރާއްޖޭގެ ޓެނިސް ސިސްޓަމަށް ހެޔޮ ބަދަލެއް އަންނާނެކަމަށް އުއްމީދު ކުރެވޭ.
ފޮނި ސޮރު
03 October 2019
ޓެނިހޭ ؟ ޓެކްސް ބްރޯ
ބަބުރަންޖީ ހާޖީ
03 October 2019
ޝަރުވަހޭ؟ އަޑުއެހިތާންގާ މިހުރީ.
މަރި
03 October 2019
ރައްތިތުން ވާ ވައްދައިގެން މީރާގެ ބޯޑު ތިޔަ ސިޔާސީކޮށްލީ، މިނިސްޓަރަކު އައްޔަންކުރާ މީހަކު ތިޔަލެއްވީ ބޯޑުގެ ޗެއަމަންއަކަށް، ދެން ވާނެގޮތް ވިސްނަލާ، މިހާރުވެސް މިނިސްޓަރުންގެ ފެންވަރުގެ އެބތިބި ހެސްކިޔާފަ ޓެކްސް ދައްކަން ޖެހި ނުދައްކާ މީހުން، މިމީހުންގެ ޕްރެޝަރު ނާންނަގޮތަކީ ނެތްގޮތެއް، މުޅި ތަން ހަލާކުވީ ކުރިއަށްވުރެ ބޮޑަށް، ވައްލާހު އައުލަމް
10000
03 October 2019
ޔާމިނުގެ ދުވަސްވަރު ފިނޭންސް ހެދި ހުރިހާ ނުބައެއްގެ މުގުލުގާހުރި މީހާ މީ
ކާއްޓޭ
03 October 2019
މީ އަބަދަށް ފެހި ސޮރެއްތަ؟ ހުރިހާ ޒަމާނަކަށް ހެޔޮވަރު
ހިލްމީ އެމް.ޓީ
03 October 2019
ރަނގަޅު ސޮރެއް އެކަމަކު ކުރީ ސަރުކާރުގަ ހުރެގެން އެބަހުރި ސަރުކާރު ކުންފުނިތަކާއި އެއްކޮށް މިސޮރުގެ އަމިއްލަ މަސްލަހަތު ހިމެނޭ ކުންފުންޏަކާއި އެކު ވިޔާފާރީގެ މުއާމަލާތު ތަކެއް ހިނގާފަ. ބޮޑަށް ބުރަވެވުނީ މަޤާމްގެ ނުފޫޒްގެ ބޭނުން ކޮއްގެން ކުރާކަމެއްހެން. އެހެންވީމަ އިޙްލާސްތެރިކަމާއިމެދު ސުވާލު އުފެދޭ
ފައްތާހ
03 October 2019
މީރާގެ ޤާނޫނުން ކުރިން އޮތްގޮތުން ސަރުކާރަކަށް ބޭނުން ބަޔަކަށް ޓެކްސް މާފުކޮށް ކަންތައް ނުކުރެވޭ. ޔާމީނު ގެ ނުލަފާކަމުން އަތް ނުބާނައި އޮތެކޭ ނޫން. ނިޔަތް ނުބައިވީމާ ނުބައިވާނެ ކިތަންނެ ޤާނޫނު ފުރިހަޔަސް. އެހެނަސް މިހާރު ޤާނޫނު ތިޔަކޮށްލެވުނީ ވީކް ކުރިޔަށްވުރެ ްްްްްްްްްްްްްްްްް
ސަތޯ
03 October 2019
ގުޑްލަކް ބްރޯ. ތިދަނީ ޤާނޫނު ކޮށާ ކުދިކޮށްފައި ވަކި މޮޅުތަކެއްވާނެ ކަމަށް. ޔަޒީދު ބޭރުކޮށްފައި ޤާނޫނު ނުކޮށިނަމައޭ ބުނާނެ ދުވަސް އަންނާނެ ް
ލަޓޯ
03 October 2019
ބޮޑެތި ބިޒްނަސްތަކުން ޓެކްސް ދެން ދައްކާނީ 30 ޕަސެންޓު ބާކީ ދައްކާނީ ޤާނޫނުގެ ހުރިހާ މަރުހަލާތައް ފުރިހަމަ ކޮށްފައި. އެމީހުން ޓެކްސް ކޮންސަލްޓެންޓުން ގެންގުޅޭ. އަވަހަށް ނުދެއްކުމަކުން ކޮންސަލްޓެންޓުންނަށް ދައްކަންޖެހޭ އިތުރު ފީއެއް ނޮއޮންނާނެ. އެޕީލު ކޮށްލަ ކޮއްލާ ތިބެންވީ ދެން.
ކާއްޓޭ
03 October 2019
އަނދިރި ވިޔަފާރިކުރާ ކަމަށް މަޝްހޫރު މީހުން ތިކަހަލަ ތަންތަނަށް ލީމާ ކަމަކު ނުދާނެ. ނޫސްތަކުން ވަނީ ދާދި ފަހުން ޚާއްސަ ފޮޓޯތަކެއް ފެނިފައި. އެއިން އެނގޭ މިއީ ކީއްކުރާ ބައެއްކަން