އެމްޑީއެން އިން ނެރެފައިވާ ރިޕޯޓުގެ ކަވަރު: ދީނާ ހިލާފު ބައެއް ވާހަކަތައް އޭގައި ހުރި
03 އޮކްޓޯބަރ 2019 - 17:10
ރާއްޖޭގައި ދީނީ ގޮތުން ހަރުކަށިކަން އޮތް މިންވަރާ ގުޅޭގޮތުން މޯލްޑިވިއަން ޑިމޮކްރަޓިކް ނެޓްވޯކް (އެމްޑީއެން) އިން ނެރެފައިވާ ރިޕޯޓުގައި ބައެއް ކަންކަން ގެނެސްފައި ވަނީ ދީނީ ގޮތުން އެންމެ ރަނގަޅަށް ނޫން ކަމަށް ބުނެ އެ ޖަމިއްޔާ އިން މާފަށް އެދި، ރިޕޯޓު އަނބުރާ ގެންގޮސްފި އެވެ. އެމްޑީއެންގެ މި ނިންމުން އައީ އެ ރިޕޯޓުގައި އިސްލާމްދީން އަދި ކީރިތި ގުރުއާން ގައި ކަނޑައެޅިގެން ބަޔާން ކުރައްވާފައިވާ ބައެއް ކަންކަމާ ޚިލާފަށް ބައެއް ވާހަކަތައް ލިޔުމުން އެތައް ބައެއްގެ ފިއްތުންތަކާ ހެދި އެވެ.
"ޕްރިލިމިނަރީ އެސްސެމެންޓް އޮން ރެޑިކަލައިޒެޝަން އިން ދަ މޯލްޑިވްސް"ގެ ނަމުގައި އެމްޑީއެން އިން ނެރުނު ރިޕޯޓުގައި އިސްލާމްދީނާ ދެކޮޅު ކަންކަން ފާހަގަކޮށްފައިވެ އެވެ. އެގޮތުން ރާއްޖޭގެ ތައުލީމީ ނިޒާމުގައި ކިޔަވައިދޭ ފޮތްތަކުގައި ހަރުކަށި ވިސްނުމަށް ބާރުއަޅާ ވާހަކަ ހުރި ކަމަށް ބުނެ، ކީރިތި ޤުރުއާނުގެ ނައްސުން އައިސްފައިވާ ބައެެއް ކަންތައްތަކާއި ހަދީސްތަކުގައިވާ ބައެއް ކަންކަން ރިޕޯޓުގައި ފާހަގަކޮށްފައި ވެ އެވެ.
ގުރުއާނުުގެ ނައްސުން އައިސްފައިވާ ކަންތައްތަކާ ދެކޮޅަށް ލިޔެފައިވާ އެއް ވާހަކަ އަކީ ރަސޫލާގެ އިސްރާ އާއި މިއުރާޖްގެ ދަތުރުފުޅަކީ ސައިންޓިފިކް ގޮތުން ގަބޫލު ނުކުރެވޭނެ ވާހަަކައެއް ކަމަށް ބުނެފައި ވުމެވެ.
މި ވާހަކަތަކާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. އަދި އެމްޑީއެން ބަންދު ކުރުމަށް ގޮވާލައި، ސޯޝަލް މީޑިއާގައި އަޑު އުފުލަމުން އެބަދެ އެވެ.
އެކަމާ ގުޅިގެން އެ ޖަމިއްޔާ އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެއީ ރާއްޖޭގައި ދީނީ ގޮތުން ހަރުކަށި ފިކުރު ފަތުރާ ގޮތްތަކާއި އެ ފިކުރުގެ އަސަރު ރާއްޖޭގައި އަށަގެންފައިވާ މިންވަރު ބެލުމަށް ކޮށްފައިވާ މަސައްކަތެއް ކަމަށާއި އެކަމަކު ރިޕޯޓުގައި ބޭނުންކޮށްފައިވާ ބައެއް ބަހުރުވަ އާއި ވާހަކަތައް އެންމެ ރަނގަޅަށް ގެނެވިފައިވާ ނުވާ ކަމަށް ގަބޫލުކުރާ ކަމަށެވެ. އަދި އެކަމާ ގުޅިގެން އާއްމުންގެ ތެރޭގައި ހިތްހަމަނުޖެހުން ފާޅުކޮށްފައިވާކަން ދެނެގަންނަ ކަމަށް ބުނެ، އެކަމަށް މާފަށް އެދިފައި ވެ އެވެ.
"އެހެންވެ، ރިޕޯޓު ވަގުތީ ގޮތުން އަނބުރާ ގެނެސް، ދީނީ އިލްމުވެރިއެއްގެ އެހީގައި ރިޕޯޓު އިސްލާހުކުރުމަށް ނިންމާފައިވާ ވާހަކަ ދަންނަވަމެވެ،" ނޫސް ބަޔާނުގައި ބުނެފައި ވެ އެވެ.
އެމްޑީއެން އިން ބުނިގޮތުގައި، އެއީ އިސްލާމްދީނާއި ދިވެހި ސަގާފަތާއި ގާނޫނުތަކަށް އިހްތިރާމް ކުރާ ޖަމިއްޔާ އެކެވެ. އެކަމަކު އެ ރިޕޯޓާ ގުޅިގެން، އެ ޖަމިއްޔާގެ މެމްބަރުންނާއި މުވައްޒަފުންނަށް ފުރައްސާރަކޮށް، ފުރާނައަށް ގެއްލުން ދޭނެ ކަމުގެ އިންޒާރު ދެމުންދާ ކަމަށާއި އެކަމަކު އޭގައި ޒިންމާދާރު ގޮތަކީ، ގޯހެއް ހެދިފައިވާ ނަމަ، އެކަން ރަނގަޅު ކުރުމަށް ނަސޭހަތްތެރިވުން ކަމުގައި ބުންޏެވެ.
އެ މައްސަލަ ފުލުހުން ވެސް މިހާރު ދަނީ ބަލަމުންނެވެ.
ފުލުސް އޮފީހުން ބުނީ އެމްޑީއެންގެ މީހުން ހިމެނޭ ގޮތުން ވަކި ބައެއްގެ ފޮޓޯ ޖަހައިގެން އެ މީހުންގެ މައުލޫމާތު ހިމަނައި އެއީ އިސްލާމްދީން ނައްތައިލަން މަސައްކަތްކުރާ ބައެއް ކަަމަށް ބުނެ އެ މީހުންނާ މެދު ނަފްރަތު އުފައްދަން މަސަައްކަތް ކުރާ މައްސަލައެއް ބަލަމުން އަންނަ ކަމަށެވެ. އަަދި ބުނީ އިސްލާމްދީނާ ޚިލާފު ވާހަކަތައް ރިޕޯޓުގައި ހިމެނި މައްސަލަ ބަލަނީ، އެމްޑީއެންގެ މީހުން ހިމެނޭ ގޮތުން ވަކި ބައެއްގެ ފޮޓޯ ޖަހައިގެން އެ މީހުންގެ މައުލޫމާތު ހިމަނައި އެއީ އިސްލާމްދީން ނައްތައިލަން މަސައްކަތްކުރާ ބައެއް ކަަމަށް ބުނެ އެ މީހުންނާ މެދު ނަފްރަތު އުފައްދަން މަސަައްކަތް ކުރާ މައްސަލައިގެ ތެރެއިން ކަމަށް ފުލުހުން މިއަދު ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލިފު!
05 October 2019
އެކަމަށް މަޢާފު ދެވޭނެ އެއްވެސް ފަރާތެއް ﷲ ފިޔަވައި ނުވޭ! މަޢާފަށް އެދެންޖެހޭނީ ﷲގެ ޙަޟްރަތުން! އެއީ ތައުބާވުން! ތައުބާ ވެއްޖައީމޭ ބުނުމަކުން ނުފުދޭނެ! ތައުބާވިކަން އެނގޭނީ އިސްލާހް ވުމުން! ދެވަނަފަހަރު އެފަދަކަމެއް ކުރުމުން ދޭހަވަނީ ތައުބާ ނުވާކަން އެހާއިރުން އެނާއަށް އަދަބު ޙައްޤުވީ!
އުދުހޭ
04 October 2019
ކެނެޑާއިން ފަންޑުކުރި ހިސާބުން އެބައެނގޭ މި ރިޕޯޓް އޮންނާނެ ގޮތް
އުދުހޭ
04 October 2019
އެހެންވިއްޔާ ދެން ވައްކަން ކޮށްފައިވެސް މާފަށް އެދުނީމަ ނިމުނީތާ؟
ބޮޑު ކަކުނި
04 October 2019
ﷲ ގެ ކޯފާ ލައްވާނެކަމަށް އަނގާފައިވާ ކަމެއް ކުރުމުން އަހަރެމެން މަޢާފުދޭކަށް ނުޖެހޭނެ. އެބައިމީހުން ތައުބާވެ ﷲ އެބައިމީހުންގެ ތައުބާ ނުލައްވާހާހިނދަކު އަހަރެމެންނަކަށް ކުރެވޭނެ މާފެއްނެތް.
ނޫސް ބަލާމީހާ
04 October 2019
އީސާ ޢަލައިހިއްސަލާމް އަކީ ﷲ ގެ ދަރިއެއްކަމަށް މިބައިމީހުން ޤަބޫލުކުރަނީ ސައިންޓިފިކް ކޮން އުޞޫލަކުންކަން ބުނެދެވިދާނެތަ.
ލޮލްދަކް
04 October 2019
މާފަށް ްްްްް އެދުނު ވައްތަރު ނުޖަހާ. ޢަދިވެސް ސޯސަލްމީޑިއާގަ ހަޖޫ ޖަހަނީ
ކިޔުންތެރިވެރި
04 October 2019
ކަނޑައެޅިގެން ބޮޑު ޖިނާއީ އަދި ގައުމީ މަސްލަހަތަށް ނުރައްކާތެރި ޖަރީމާއެއް ހިންގާބަހައްޓާފަ ތިޔަހެން ސަލާމަމަތް ވެވެންޏާ ކުށްވެރިވެގެން ފިޔަވަޅުއަޅަންޖެހޭ އެކަކުވެސް ނުހުންނާނެ.
ދީނަށްލޯބި
04 October 2019
ތިޔަ ރިޕޯޓް ލިޔުނު މީހުން ހިތުގައި އޮތީ އިސްލާމް ދީނަށް ނަފްރަތު ކަމުގައިވާނަމަ ތިޔަބައިމީހުން ނިކަމެތި ކުރައްވައި ނުކުޅެދުންތެރި ކުރައްވައި ބަލިކަށި ކުރައްވާށި! އެމީހުންގެ ހިތުގައި ދީނަށް ނަފްރަތު ކަމެއް ނެތް ކަމުގައި ވާނަމަ އެމީހުނަށް ހެޔޮ ރަޙްމަތް ލައްވާށި!
ގޯސް
04 October 2019
މިރިޕޯޓްލިއުނު އެންމެންނަށް ޖަލުހައްގުވެއްޖެ. ކަލޭމެންނަށް ސައިންސް އެނގޭނީ ކޯޗެއް. ﷲ ދެއްވިމިންވަރެއްލިބޭނީ. ޢެހެންވީމާ ކަލޭމެންނަކީ ނުކުޅެދުންތެރިކަން ހުރުބައެއް. ކަލޭމެން އެމެރިކާގެ ހަނދުގެވާހަކަގަބޫލުކުރޭ. ޢެކަމަކު ހެ ހަނދު ހެއްދެވި ފަރާތުން އެކަލާންގެރަސޫލާ މިއުރާޖު ކުރެއްވިވާހަކަތިޔަ ގަބޫލުނުކުރަނީ.
ޙުސައިން5
04 October 2019
ތި ޖަމުއްުޔާ އުވާލާ. މަގުމައްޗަށް ނެރެން މަޖުބުރު ނުކުރޭ. ނިކުންނަން ޖެހިއްޖެއްޔާ ނިކުންނާނަން. ޕޮކިހުން ވެސް ހޭޓް ސްޕީޗް އޭ ކިޔާފަ ނިކުންނަންވީ މިމީހުންނާ ދެކޮޅަށް އަޑު އުލާ މިހުންނާ ދެކޮޅަކަށް ނޫން. ރޫޓް ކޯސްއާ ދެކޮޅަށް ނިކުމޭ. ރިޕޯރޓް ލިޔުނު މީހުން ހޯދާ އެމީހުންގެ މައްސަލަތައް ބަލާ.