09 އޮކްޓޯބަރ 2019 - 11:37
މިއަހަރު ނިމޭ އިރު ބަޖެޓުގެ 80 ޕަސެންޓް ހާސިލްވާނެ ކަމަށް ފިނޭންސް މިނިސްޓްރީން އިއްޔެ ބުނެފި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ފިނޭންސް މިނިސްޓްރީގައި ބޭއްވި "ނުވަގަޑި" ގައި ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް އަހުމަދު ސަރުވަޝް އާދަމް ވިދާޅުވީ، ސަރުކާރުގެ ހިންގުން މިހާރު ދާ ސްޕީޑުގައި ދާ ނަމަ ރިކަރެންޓް ހަރަދަށް ކަނޑައަޅާ ވަރު އެއްކޮށް ހަރަދުވާނެ ކަމަށެވެ.
ސަރުވަޝް ވިދާޅުވީ، ޕްރޮޖެކްޓްތައް އެވޯޑްކޮށް، މަސައްކަތް ފެށޭ ހިސާބުން ޕްރޮޖެކްޓްގެ އެޑްވާންސަށް 15 ޕަސެންޓް ހަރަދުކުރާނެ ކަމަށެވެ. މިއާ އެކު ވެސް ބަޖެޓުން އެ އަދަދުތައް ފެންނަން ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ބަޖެޓުގައި ކަނޑައަޅާފައިވާ ގިނަ ޕްރޮޖެކްޓްތަކެއްގެ ހަރަދުތައް މި އަހަރު ނިމުމުގެ ކުރިން ހިނގަން ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ބިން ހިއްކުން ކަހަލަ މަޝްރޫއުތައް ވަރަށް އަވަހަށް ނިމި ވެސް ދާނެ. ބޮސްކާލިސް ކަހަލަ ބަޔަކު އައިސްފި ނަމަ ހަފުތާއެއް ތެރޭ ނިމޭ ކަހަލަ މަސައްކަތްތައް،" އޭނާ ވިދާޅުވި އެވެ.
ސަރުކާރުން އެއް ބިލިއަން ރުފިޔާގެ 42 މަޝްރޫއުއެއް ފަށާފައި ވާއިރު ޓެންޑާ ބޯޑް މެދުވެރިކޮށް 136 މަޝްރޫއެއް އެވޯޑް ކޮށްފައިވެ އެވެ. އޭގެ އަގު 3.8 ބިލިއަން ރުފިޔާ އަށް އަރާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެފައިވެ އެވެ.
ބަޖެޓްގެ މަޝްރޫއުތައް ހިންގުމުގައި، ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ކަންކަން ކުރާއިރު، ޕްރޮޖެކްޓްތަކުގެ ބިޑް ކާމިޔާބު ނުވާ ކުންފުނިތަކުން މައްސަލަ ހުށަހަޅާ ކަމަށާއި މި ހުރިހާ ކަމެއް ނިންމައި މަސައްކަތް ކުރަން ޖެހޭތީ މަސައްކަތްތައް މަޑުޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މި ކަންކަމަށް ފަރިތަވެ، ސަރުކާރުގެ ނިޒާމުތަކަށް ރައްޔިތުންގެ އިތުބާރު ބޮޑުވުމުން، ޕްރޮޖެކްޓްތައް ހިންގުން އަވަސް ވާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
ބަޖެޓުގެ 80 ޕަސެންޓް ހާސިލުވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ލަފާކުރާ އިރު ޕީއެސްއައިޕީ އަށް ކަނޑައަޅާފައިވާ ބަޖެޓުގެ 78 ޕަސެންޓް ވަރު ހަރަދު ވާނެ ކަމަށް އެ މިނިސްޓްރީން ލަފާކުރެ އެވެ.
ޕީއެސްއައިޕީ މަޝްރޫއުތަކަށް 7.2 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާ އިރު މިހާތަނަށް ހަރަދުވެފައިވަނީ 2.6 ބިލިއަން ރުފިޔާ އެވެ. މިއަހަރުގެ މިހާތަނަށް ދައުލަތުން ވަނީ 19.1 ބިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. މި އަހަރަށް ކަނޑައަޅާފައިވާ ބަޖެޓަކީ 31.9 ބިލިއަން ރުފިޔާ އެވެ. ސަރުކާރުން އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓު މިމަހުގެ 31 ކުރިން މަޖިލީހަށް ފޮނުވަން ޖެހެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައިރޮން
09 October 2019
ބަޖެޓް އެއޮތީ ފާސްކޮށް ސަތޭކަ ޕަސެންޓްވެްސް ސަރުކާރަށް ހާސިލުވެފައި. 32 ބިލިޔަން ރުފިޔާގެ ބަޖެޓް ހާސިލްވެފަ. ނުކުރެވުނުކަމަކީ ހެޔޮގޮތުގައި ބަޖެޓް ހޭދަކުރުން. އޮޅުވާލުން މަޤުސަދަކަށް ވާނަ ކިތަންމެ ގޮތަކަށް ވާހަކައިގެ ޖުމުލަތަށް ބައްޓަން ކުރަވިދާނެ. އެކަމަކު ގައުމު ކުރިޔަށްދާންވާ ގޮތުގެ އާޗިޓެކްޗަރަލް ޕޮލޭނެއްވެސް ޑިޒައިނެއްވެސް މޮޑިލްއެއްވެސް ނެތީ. ހަމައެކަނި ފޯކަސް ހުރީ މާލެ ތޮއްޖައްސަން. ރިއަލްއިސްޓޭޓް ވިޔަފާރި ކުރަން.
ގަރޫޑާ
09 October 2019
ތެދެއްއެއީ 80 ޕަސެންޓް ހާސިލްކުރިބަޔަކު ކޮއްލައިފި ރައިއްޔަތުންނައް ދޮންކަޅު އަންގާނުލާ. އަބަދުވެސް ކިޔަނީ ފަށައިފި ޕްރޮޖެކްޓްތައް ހިގަނީ ކުރިޔައްދަނީ؟؟؟؟؟؟. ކަލޯ މިސަރުކާރުން ޕްރޮޖެކްޓްތައް ތިހިންގަނީ ޖައްވުގަތަ؟.
ސަަަސަ
09 October 2019
ބޮސްކާލިސްއޭ ކިޔާއިރު ރާއްޖޭގަވެސް އެބައޮތް އެވަރުގެބޮޑު ބޯޓެއް. ފައިސާ ހުސްކުރާނެގޮތަކާމެދު އަބަދުވެސް ވިސްނަނީ. ދެފަހު ބަޖެޓް ފާސްކޮށްފި. ހަމަހުސްވަނީ. ކުރިކަމެއް ލޮލަކަށްނުފެނޭ. ވަނެއޭ ކުރެވެއޭ ވަމުންނޭ އަބަދުކިޔަނީ އެކަމަކު ލޮލަކަށް ނުފެނޭ ބަޖެޓް ހަމަހުސްވަނީ. ޖޯކެއްތަ ތިކިޔަނީ
އަލީ ރާޖާ
09 October 2019
ދަވާލުމައްތަ ތިކިޔަނީ ހާސިލްވުމޭ. އެއީ ފެންނަނީ ދަވާލާތަން ވިއްޔާ. މުޅި ބަޖެޓް ދަވާލައިފި ހަމަސް ނުވަނީސް.