ހިތާމަވެރި ހާދިސާގައި އަނިޔާވި ހަލީމް
09 އޮކްޓޯބަރ 2019 - 19:12
ރ. އަތޮޅު ފަޅުރަށެއްގެ ބޭރުގައި ސްނޯކްލިން އަށް ގޮސް އުޅުނު ޒުވާނެއްގެ ފައިގައި ޑިންގީއެއްގެ ބުރަފަތިން ޖެހި ފައި ބުރިވެއްޖެ އެވެ.
ރ. ނެއޮ ކިޔާ ފަޅު ރަށެއްގެ ބޭރުގައި ފީނަށް އޮއްވައި އަބްދުﷲ ހަލީމް، 27، ގައިގައި ޖެހުނީ އެ އަތޮޅުގައި ހަދާ ރިސޯޓެއް ކަމަށްވާ ކޮއްޓަފަރުގައި ދުއްވާ ޑިންގީއެކެވެ.
އޭނާ އަށް އުނގޫފާރު ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު މިހާރު އަންނަނީ މާލެ އަށް ގެނައުމުގެ މަސައްކަތްކުރަމުން ކަމަށް އާއިލާއާ ހަވާލާދީ ފުލުހުން ބުންޏެވެ.
ލިބިފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ވާތު ފައިގެ ކުޑަހުޅު މަތިންނެވެ. ފައި ވަކި ނުވެ ހަރުލާފައި އޮންނަނީ ކުޑަކުޑަ ތަންކޮޅަކުންނެވެ. ކުޑަހުޅު މަތިން ބުރިވުމުގެ އިތުރުން ވެސް ބުރަފަތިން ޖެހި ފައިގެ އެހެން ތަންތަން ވެސް ވަރަށް ބޮޑަށް ކަފައިގެން ގޮސްފައި ހުއްޓެވެ.
ފުލުހުން ބުނީ މި ހާދިސާ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަމްދީ
10 October 2019
ޥ ދެރަ އަވަސްސިފާއަކައް އެދެން
މޮޔަސޭޓް
10 October 2019
އަވަސް ޝިފާއެއް މިންވަރު ކުރައްވާށި. އާމީން
ސަލާހު
10 October 2019
ބޮޑުމޫދުގަވެސް ހާދިސާ އެއްގަމުގަވެސް ހާދިސާ! ވަރައްދެރަ ސުވާނެއް ފައިބުރިވީމަ ދިވެން މިހީވަރައް ފަރޫވާކުޑަބަޔެއް
ނުދެކެން!
09 October 2019
ބުރަފަތި ހުންނަ ޑިންގީއެއް ވާހަކަ ދުވަހަކުވެސް ނާހަން!
ކީކޭ
10 October 2019
އައުޓްބޯޑް އިންޖީން އެޅި ޑިންގީއެއްގެ ވާހަކަ އަޑުއެހިންތަ؟
ރަޓު މީހާ
09 October 2019
ޒުވާނާ އަށް އަވަސް ސިފާ އަކަށް އެދެން.. ހާދިސާ ތަޙްޤީޤް ކުރެވެން ޖެހޭނެ..
ޖުލައި
09 October 2019
އަދިވެސް ޕްރޮޕެލަރ ގާޑު މަޖުބޫރު ކުރާކަށް ނުވޭތަ.؟ މިވާހަކަ ބުނެވުރު ވަރެއްވެސް ނޭގެ މިހާރު.
އޮގަސްޓަސް
09 October 2019
އައްދެ، އެ މީހުން މަޖުބޫރު ކުރެވޭތޯ އުޅޭނީ ކޮންމެވެސް އިންޝޫރަންސެއް، އަސްލު މައްސަލަ އޮތްތާކު ބާއްވާފަ. ދެން ފަހެ ފީނާ މީހުންނަށް އިންޝޫރަންސް ޕެކޭޖު ހަދައި ވިއްކާ ހުއްޓެވެ.
ރިޔާޒް
10 October 2019
ޕްރޮޕެލަރ ގާޑެއް ނޫން މަޖުބޫރު ކުރަންވީ. ސިކުޑިން ވިސްނަން މަޖްބޫރު ކުރަން ވީ.
ހިތާ
09 October 2019
އަވަސް ޝިފާއެއް މިންވަރު ކުތައްވާ ކެއްތެރިކަން މިންވަރު ކުރައްވާށި.
ޖ
09 October 2019
މީވަރަށް ވެސްހިތާމަވެރި ހަބަރެއް އަވަސްސިފާ އަތަކަށްއެދެން
ޙުސެއިން
09 October 2019
ފޮޓޯ ފެނިފަ ހީބިހިނަގައިގެން ދިޔައީ ، ވ ދެރަ
އަށްޑޫ ކަތީބު
09 October 2019
އަވަސް ޝިފާޔަކަށް އެދެން.