ޚަބަރު / އެޓާނީ ޖެނެރަލްގެ އޮފީސް

މުއައްސަސާތަކާއި ވެރިން ހިންގި އިންސާނީ ހައްގުތަކާ ޚިލާފް އަމަލުތަކަށް އިންސާފު ހޯދައިދިނުމުގެ ބިލް އެކުލަވާލައިފި

ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު: ދައުލަތުގެ މުއައްސަސާތަކާއި ވެރިން ހިންގި ހައްގުތަކާ ޚިލާފް ޖަރީމާތައް ބެލުމުގެ ބިލް ވަނީ އެކުލަވާލާފައި --- ފޮޓޯ/މިހާރު

ދައުލަތުގެ މުއައްސަސާތަކުން ނުވަތަ އެތަންތަނުގެ ވެރިންގެ ފަރާތުން ހިންގާފައިވާ އިންސާނީ ހައްގުތަކާ ޚިލާފް ޖަރީމާތައް ބަލައި، އަނިޔާ ލިބުނު ފަރާތްތަކަށް އިންސާފު ހޯދައިދިނުމަށް އިންތިގާލީ އިންސާފުގެ ބިލެއް ބަންޑާރަ ނައިބުގެ އޮފީހުން އެކުލަވާލައި، ރައީސް އޮފީހަށް ފޮނުވައިފި އެވެ.

ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ޖެނުއަރީ، 2012 އިން ފެށިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގަތުމާ ހަމައަށް ނިޒާމީ ސިފައެއްގައި ދައުލަތުގެ މުއައްސަސާތަކުން ނުވަތަ އެފަދަ މުއައްސަސާތަކުން އިންސާނީ ހައްގުތަކާއި މިނިވަންކަމާ ޚިލާފަށް ހިންގާފައިވާ ޖަރީމާތައް ބަލައި، އަނިޔާ ލިބުނު ފަރާތްތަކަށް އިންސާފު ހޯދައި ދިނުމަށްޓަކައި އިންތިގާލީ އިންސާފުގެ ބިލް އެކުލަވާލައި، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ރައީސް އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

އެ ބަޔާނުގައިވާ ގޮތުން އެ ބިލްގެ މަގްސަދު ހާސިލް ކުރުމަށްޓަކައި އިންތިގާލީ އިންސާފުގެ އޮމްބަޑްސްމަންގެ އޮފީހެއް ގާއިމްކޮށް، އެ ބިލުގެ ދަށުން ބައެއް މަސްއޫލިއްޔަތުތައް އެ އޮފީހާ ހަވާލު ކުރެވޭނެ އެވެ. އެގޮތުން ދައުލަތުގެ މުއައްސަސާތަކުން ނިޒާމީ ގޮތެއްގައި ރާވައިގެން ހިންގާފައިވާ އަމަލުތަކުގެ ސަބަބުން މީހެއްގެ ހައްގެއް ގެއްލިފައިވާ ނަމަ، އެފަދަ މައްސަލަތައް ބެލުމާއި އެކަންކަން ހިނގާފައިވާ ފުޅާމިން ބެލުން ވެސް އެ އޮފީހާ ހަވާލު ކުރެވޭނެ ކަމަށް އެ ބަޔާނުގައިވެ އެވެ.

މީގެ އިތުރުން އެފަދަ ކަންކަމުގައި ޒިންމާވާންޖެހޭ ފަރާތްތައް ހޯދައި، ޖަވާބުދާރީ ކުރުވުމާއި އެކަމުގައި ޖިނާއީ އަމަލެއް ހިމެނޭ ނަމަ، ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމާއި މަދަނީ ދައުވާ ކުރަން ބަންޑާރަ ނައިބަށް ފޮނުވުމުގެ އިތުރުން އަނިޔާ ލިބުނު ފަރާތްތަކަށް ބަދަލު ހޯދައި ދިނުމަކީ ވެސް އެ ބިލުގެ ދަށުން އޮމްބަޑްސްމަންގެ އޮފީހުގެ ޒިންމާއެއް ކަމަށް ކަނޑައެޅޭނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

ނިޒާމީ ސިފައެއްގައި ހިންގާފައިވާ އެފަދަ އަމަލުތަކާ ގުޅިގެން މުއައްސަސާތައް އިސްލާހު ކުރުމާއި އެފަދަ ކަންކަން ތަކުރާރު ވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަތުން ވެސް އޮމްބަޑްސްމަންގެ އޮފީހުގެ ޒިންމާއެއްގެ ގޮތުގައި އެ ބިލުގެ ދަށުން ކަނޑައެޅޭނެ ކަމަށް އެ ބިލުގައިވެ އެވެ.

23 ކޮމެންޓް, 27 ރިއެކްޝަންސް

icon happy icon happy 59%
icon sad icon sad 0%
icon angry icon angry 41%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހޮޓްކިންގ

23 October 2019

ނިކަން ހޭއަރާ ތިބެ ޤާނޫނު ހަދާތި. ދުވަސްކޮޅަކަށް ހަދާ ޤާނޫނަނުވާނެކަން ވިސްނާތި. ތިހުރިހާކަމެއް ބަލާދުވަސް އަދި ފަހުން އޮތީ. މިސަރުކާރު ނިމުނީމާ އެންމެން ގޮސް އިނގިރޭސިވިލާތާއި ޖަރުމަނުގައި ނުތިބެވޭނެކަންވެސް ވިސްނާތި.

The name is already taken The name is available. Register?

5989

23 October 2019

މިސަރުކާރުން ހެދިނުހެދިއެއްނޭނގި ބަހާލި 1 ބިލިއަން ރުފިޔާގެ މައްސަލަ ބަލަން ތި ޒީރޯ ރަލަންސް ކިޔާ މީހާއަށް ނުދަންނަވާނަންތަ؟ މމޕރސ ގެ ނަން ދިގުވީމަތަ އެ އެކަނި ފެންނަނީ. އަދީބުގެ ޖަރީމާއަށްވުރެ މިސަރުކާރުން ހިންގާ ޖަރީމާތަށް މާގިނަ. ބޮސްކާލިސްއަށް ބިޑްކާ ނުލާ ދީގެން މިއުޅޭ ގުޅީފަޅު ހިއްކުމަކީ ކުރިއަށް އޮތް މައިޖަރީމާއެއް. އޭސީސީ ނިދާފަ. ބޮޑު ޓޮލަރަންސް ނިދާފަ.

The name is already taken The name is available. Register?

88888

23 October 2019

ގާނޫނު ހަދާ ދުވަހާ ހަމައަށް ހިންގި ޖަރީމާތަށް ބަލާ ގާނޫނުތަ؟ ގާނޫނަކީ ވަކި ދުވަހަކަށް އޮންނަގޮތަށް ހަދާއެއްޗެއްކަން އަދި މިއެނގުނީ. 17 ނޮވެމްބަރ 2018 ގެ ފަހުގެ ޖަރީމާތައް ބެލުން މި ގާނޫނުން އިސްތިސްނާވާނެތާ. އެބައި ހިމެނޭކަށްވެސް ނޯންނާނެ. ފުރަތަމަ ބިގަށް ދައުލަތުގެ ހަޒާނާއިން ނުހައްޤުން 72 މިލިއަން ދިން މައްސަލ އޮތީ.

The name is already taken The name is available. Register?

98909

23 October 2019

މިއޮތްގާނޫނު ހަދާ މަޖިލީހަކީ ބޭކާރު ބައެއް. އެމީހުން ގާނޫނު މިހަދަނީ ލިމިޓެޑް މުއްދަަތަކަށް. 2018 ނޮވެމްބަރ 17 ގެ ކުރިއަށް ހިނގާ ގާނޫނުތައް. އޭގެފަހުން ދައުލަތް ހުސްކޮށްލާ ގައުމު ވިއްކާލާ، ފެނުންތާކުން ފޭރުން އޯކޭ.

The name is already taken The name is available. Register?

ފފފފ

23 October 2019

މިމީހުން ބޭނުމެއްނުވޭދޯ މިހާރު މިހިންގާ ޖަރީމާތަށް ހުއްޓުވާކަށް. ސަރުކާރުން ކުރާ ކަންކަން ބަލަންބޭނުންނުވަނީ ސަރުކާރުގެ މަޖްލިހެއް އޮތީމަ. އެކަމަކު ރައްޔިތުން ބޭނުންވާނީ، ކުރިން ގާނޫނެއްނެތި ބޮޑެތި ޖަރީމާތަށް ހިންގާފައިވާތީ ދެން އެފަދަކަމެއްވިޔަނުދިނުމަށް ގާނޫނެއް މިވަގުން މިވަގުތަށް ހަދާ މިހާރުން މިހާރަށް އެކަން ހުއްޓުވޭނެ ގޮތެއް ހެދުން.

The name is already taken The name is available. Register?

ޢަލީ،

23 October 2019

އެ އޮފީހުގެ ނަމަކަށް " މިނިސްޓްރީ އޮފް ޖަރީމާ އެފެއަރޒް " ކިޔުން ވަރަށް ރަނގަޅުވާނެ.

The name is already taken The name is available. Register?

ތާރަބޭ

23 October 2019

ހިތްހަމަނުޖެހޭ ކޮންމެ މީހަކު ދުއްވާލަން އޭނާ މާޒީގައި ކޮށްފައިއޮތް ކަމަކީ ކުށަކަށްހަދާ ގާނޫނުތައް ގެނެސް އެމީހާ ޖަލަށްލުމަކީ ނިކަން ފަސޭހަކަ ކަމަކަށް މިހަދަނީ. މުޅިދުނިޔެއިން މަނާ ބައިނަލްއަގްވާމީ ގާނޫނީ އެންމެ ބޮޑުކުށަކީ ގާނޫނުން ބޭރުން އަމަލުކޮށް އަނިޔާވެރިކަމަށް މަގުފަހިކުރުން. މިހާރު މިފެށީ އެކުޅި.

The name is already taken The name is available. Register?

ލކލކ

23 October 2019

ރާއްޖޭގެ އާބާދީ ބޮޑު ޕަސެންޓަކީ މިހާރު ގާނޫނީ އިލްމު ކިޔަވާ ނުވަތަ ކިޔަވައިގެން ތިބި މީހުން. އެންމެންދަންނަކަމެއް. އެކަމެއްކުރި އިރު އެއީ ގާނޫނުން ކުށަކަށް ނުވާނަމަ ފަހުން ހަދާ ގާނޫނަކުން އެކުށަށް އަދަބު ނުދެވޭނެކަން. ކަނޑައެޅިގެން ރޫލް އޮފް ލޯއާ ހިލާފުކަމެއް. މިއީ އަނިޔާވެރިކަމަށް މަގުފަހިކުރުވާ ނުބައި ކަމެއް.

The name is already taken The name is available. Register?

ޝާކިރު

23 October 2019

ދައުލަތުގެ އެޓަރނީ ޖެނެރަލްގެ ޝަރުތު ހަމަނުވޭ. ޖެނެރަލް ޕްރިންސިޕަލް އޮފް ލޯގައި ބުނެފައިވަނީ. ފަހުން ހަދާ ގާނޫނަކުން ކުރިން ކުރި ކުށަކަށް އަދަބު ނުދެވޭނެ ކަމަށް. ގާނޫނުގެ އެންމެ އަސާސީ މަބްދައު ނޭނގޭ މީހަކީ ގާނޫނީ އިލްމު އެނގޭ މީހެކޭ ނުބުނެވޭ. ތިއޮތް ސެޓްފިކެޓަކީ ފޭކެއްތޯ ފުރަތަމަ ބަލަންވީ.

The name is already taken The name is available. Register?

ގގގގގގ

23 October 2019

މިހާރު މިހިންގަމުންދާ ޖަރީމާތަކާއި، ބަދަލުދިނުންތަކާއި، ބިޑަކާނުލާ މާސިންގާ ޕްރޮޖެކްޓްތައް ހިތުހުރި މީހަކަށް ދިނުމުގެ ކަންކަން ނުބަލާ މާޒީ ކޮނެގެން ކުރެވޭނެ އެއްކަމެއްވެސް ނޯންނާނެ. މާޒީން އިބްރަތް ލިބޭނީ. މިއީ ރައްޔިތުން ގަޅި ހައްދަން ކުރާކަންތައް. އެއްވެސް ގާނޫނީ ނިޒާމެއްގައި ނޯންނާނެ، ކުރިން ކުރިކަމަކަށް ފަހުން ހަދާ ގާނޫނަކުން އަދަބު ދިނުމެއް. މިފަދަ ކަމެއް ފެށިއްޖެނަމަ ކުރިން ކުށްނޫން އެތަށްކަމެއް ކުށަށްހަދާ އަނިޔާވެރިކަންއިންތިހާއަށްދާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454