ޚަބަރު / އެންޓި ކޮރަޕްޝަން ކޮމިޝަން

އެމްބިއުލާންސް ގެނައުމުގެ ބީލަން އަލުން އިވެލުއޭޓް ކުރަން އޭސީސީން އަންގައިފި

ރާއްޖޭގެ ރަށްތަކަށް ގެނައުމަށް ގެނެސްފައިވާ އެމްބިއުލާންސްތައް ހަވާލު ކުރުން: ފޮޓޯ: ނިޝާން އަލީ/މިހާރު

ރާއްޖެއަށް 15 އެމްބިއުލާންސް ގެންނަން ހުޅުވާލި ބީލަމުގައި ހެޔޮ އަގު ހުށަހަޅާފައިވާ ކުންފުނިތަކުގެ ބަދަލުގައި އަގު ބޮޑުކޮށް ހުށަހެޅި އިންޑިއާގެ ކުންފުންޏަކަށް އެ މަސައްކަތް ދިނުމުން އެ ބީލަން އަލުން އިވެލުއޭޓް ކުރުމަށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފިނޭންސް މިނިސްޓްރީ އަށް އަންގައިފި އެވެ.

އިންޑިއާގެ ކުންފުންޏެއް ކަމަށްވާ މޯހަން މުތާ އެކްސްޕޯޓްސް (އެމްއެމް އެކްސްޕޯޓްސް) އަށް އެ ޕްރޮޖެކްޓް ދޭން ފިނޭންސް މިނިސްޓްރީން މިދިޔަ މަހު ނިންމީ، އެންމެ ކުރު މުއްދަތެއްގެ ތެރޭގައި އެމްބިއުލާންސް ގެނެސްދިނުމަށާއި އެންމެ ހެޔޮ އަގު ހުށަހެޅި އޭޑީކޭ ޓްރޭޑް އެންޑް ޝިޕިން އިން ހުށަހެޅި އަގަށް ވުރެ 780،180ރ. ބޮޑުކޮށެވެ.

އެ މައްސަލަ އޭސީސީ އަށް ވެސް ހުށަހެޅީ އޭޑީކޭ ޓްރޭޑް އިންނެވެ.

Ambulance gennan India kunfugnah dhinumun ACC ah

Ambulance gennan India kunfugnah dhinumun ACC ah

The most trusted news source in the Maldives

Mihaaru

އެމްބިއުލާންސް ގެންނަން ދިން މައްސަލަ އޭސީސީއަށް ހުށަހެޅުން---

އޭސީސީގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، އެ ބީލަން އަލުން އިވެލުއޭޓް ކުރުމަށް ފިނޭންސް މިނިސްޓްރީ އަށް އަންގާފައިވާ ކަމަށެވެ. އަދި އެ މައްސަލައިގެ ތަހުގީގު މިހާރު ވެސް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

މިދިޔަ ހަފްތާ ހޯމަ ދުވަހު އޭސީސީން އެގޮތަށް އަންގާފައި ވަނީ ބީލަންތައް އިވެލުއޭޓް ކުރުމުގައި ހަމަހަމަ ކަމެއް ގެންގުޅެފައި ނުވާތީ އެވެ. އަދި ހުށަހެޅި ހުރިހާ ބީލަމެއް އިވެލުއޭޓް ކުރުމަށް އޭސީސީން ވަނީ އަންގައިފަ އެވެ.

ފިނޭންސް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަލުން އިވެލުއޭޓް ކުރަން އޭސީސީން އެންގުމުން އެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އޭޑީކޭ ޓްރޭޑިން އިން ހުށަހެޅީ 59-89 ދުވަހާ ދޭތެރޭ އެމްބިއުލާންސްތައް ގެންނަން 7.9 މިލިއަން ރުފިޔާ އެވެ. ދެ ވަނަ އަށް އެންމެ ހެޔޮ އަގު ހުށަހެޅި އެމްއޯ ޓްރޭޑުގެ އަގަކީ 90 ދުވަހުގެ ތެރޭގައި ތަކެތި ގެނެސްދިނުމަށް 8.4 މިލިއަން ރުފިޔާ އެވެ. ނަމަވެސް ބިޑް ކާމިޔާބު ކުރި މޯހަން މުތާ އިން ހުށަހަޅާފައިވަނީ 90 ދުވަހުގެ ތެރޭގައި އެމްބިއުލާންސް ހަވާލުކުރާ ގޮތަށް 8.7 މިލިއަން ރުފިޔާ އެވެ.

އެ މައްސަލަ ފެންމަތިވެފައި ވަނިކޮށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ނޫސްވެރިންނަށް ވިދާޅުވެފައި ވަނީ، އެއްވެސް މަޝްރޫއެއް ވަކި ބަޔަކަށް ދޭން ނިންމައި އެގޮތަށް ފިނޭންސް މިނިސްޓްރީން އަމަލުކޮށްފައި ނޯންނާނެ ކަމަށެވެ. ބީލަމަށް ހުޅުވައިލުމުން ކުރިމަތިލާ ކުންފުނިތަކުގެ ތެރެއިން އެ މަޝްރޫއު ކަށަވަރުވަނީ އެންމެ ކުރު މުއްދަތަކާއި އެންމެ ހެޔޮއަގު ހުށަހަޅާ ބަޔަކަށް ނޫން ކަމަށާއި ޓެކްނިކަލް އިވެލުއޭޝަންގައި ވެސް ގިނަ ކަންކަމަށް ބަލާ ކަމަށް އޭނާ ވިދާޅުވި އެވެ.

Bidthah haama kan boduvaane, Corruption eh nuhimeneyne: Ameer

Bidthah haama kan boduvaane, Corruption eh nuhimeneyne: Ameer

The most trusted news source in the Maldives

Mihaaru

ކޮރަޕްޝަން ނުހިންގާ ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވުން--

އެމްއެމް އެކްސްޕޯޓަކީ ސަރުކާރުގެ އެކި ޕްރޮޖެކްޓްތައް ނަގައިގެން ރާއްޖޭގައި ވިޔަފާރި ކުރާތާ އެތައް އަހަރެއް ވެފައިވާ ކުންފުންޏެކެވެ. ކާޑުގެ ބާވަތްތައް އެތެރެކުރުމުން ފެށިގެން ގޮސް އިންފްރާސްޓްރަކްޗާގެ ޕްރޮޖެކްޓްތައް ވެސް އެ ކުންފުނިން ހިންގަ އެވެ.

އެމްބިއުލާންސް ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާން ކުރީ މިދިޔަ އޭޕްރީލް 18 ގަ އެވެ. ބީލަން ހުށަހަޅަން ދިން މުއްދަތު މެއި 12 ގައި ހަމަވިއިރު ގިނަ ކުންފުނިތަކަކުން ކުރިމަތިލި އެވެ. ޖޫން 19 ގައި ފިނޭންސް މިނިސްޓްރީން ވަނީ އެ ބީލަން ބާތިލްކޮށް އަލުން ހުޅުވާލައިފަ އެވެ.

15 ކޮމެންޓް, 20 ރިއެކްޝަންސް

icon happy icon happy 85%
icon sad icon sad 0%
icon angry icon angry 15%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަރުވާލި އާދަނުގެ ސިޔާސީ ހާސަރު

25 October 2019

އަހުމަދު ސާއިލް އަލީ ލިއުމުގެ އަހުލުވެރި ފަރާތް އެމް-އެމް-އެކްސްޕޯޓް ރާއްޖޭގައި ވިޔަފާރި ފަށާފައިވީ 1985 ފެށިގެންނެވެ.

The name is already taken The name is available. Register?

falcon_autho

24 October 2019

ހެލްތުގައި ތިބޭނެ މިނިސްޓަރ ބޮލަށް ވަރަށް ފަސޭހައިން ވަދެލަން އެނގޭފަދަ ތަޖްރިބާ ކާރުން. ކޮންމެހެން ނުޖެހޭނެޔޯ ދޭން ބޭނުންވީމާ އަގު ބޮޑުތޯ ކުޑަތޯ ބަލަން. މިނިސްޓަރަށް ދައުލަތުގެ މާލިއްޔަތުގެ ގާނޫނާ ޚިލާފަށް ކަންކުރެވޭނެ ގާނޫނީ ބާރު ގާނުނުގައި އޮންނާނެޔޯ؟ ޚިދުމަތް އަވަސްކުރާށޯ ދިނީ.

The name is already taken The name is available. Register?

ވަދީފާ

25 October 2019

ކިހާ ދެރަކަމެއް މި ދެން؟ ހަބަރު ކިޔާލީމަވެސް ނޭގުނު ދޯ މިއީ ހެލްތު މިނިސްޓަރުގެ ދައުރެއް އޮތް ކަމެއް ނޫންކަން؟ އެެއޮތީ ސާފު ބަހުން ލިޔެފައި އިންޑިޔާ ކުންފުންޏަށް ޕްރޮޖެކްޓް ދޭން ނިންމީ ފިނޭންސް މިނިސްޓްރީއިންނޭ! ސާބަސް އެކަމަކު!

The name is already taken The name is available. Register?

ހުއްބުލް ވަތަން

24 October 2019

ކޮބާތަ މިޔޮއްހާދުވަހު އަނގަމަޑުނުވެގެން އުޅުނު ޓްރާންސްޕޭރަންސީމެން!!

The name is already taken The name is available. Register?

ޙަމްދޫން

25 October 2019

ކަލޯ އޭތީ މައިތިރި ވެއްޖެ ވެރިމީހާ ވެރިކަމާ ހަވާލު ވީމަ

The name is already taken The name is available. Register?

ހެކިވެރި

24 October 2019

އަލުން ބިޑް އިވެލުއޭޓް ކުރަން އެންގިއިރު އެންބިއުލެސްތައް ގެނެސް ނިމިއްޖޭ. ރަނގަޅު، ވައްކަން ނުކުރެވޭނީ މިހާކަން ވަރަށް.

The name is already taken The name is available. Register?

ކަކުނިބޯ

24 October 2019

އެއްއަގެއް އޮތްނަމަވެސް ތިޔަ މަސައްކަތް އޭޑީކޭ އަށް ލިބެންޖެހޭ ސަބަބަކީ އެމް އެމް އެކްސްޕޯރޓް އިން ޖީއެސްޓީ އެއް ދައުލަތަކަށް ނުލިބޭނެ އަދި ބީ ޕީ ޓީ އެއްވެސް އިގޭ ދެން ސަޕްލައިކޮށްދޭ ވެހިކަލްގެފެންވަރު ނޭންގެނީ އެވެސް އެގޭނަމަ ލިޔެލީމުސް އެއަށް ބެލުމަށްފަހު އެމްއެމް އެކްސްޕޯޓް އަށް ލިބުމަކީ އެކަށީގެންވާކަމެއް

The name is already taken The name is available. Register?

falcon_autho

24 October 2019

ފިނޭންސް މިނިސްޓަރަށް އޮވެޔޯ ޓެކްސް ނުހިމަނާ ބިޑްކުރާށޭ ބުނުމުގެ ބާރު. ތިޔަނޫނަސް މިލިއަން ރުފިޔާގެ ބިޑްތައް ބޭރުމީހުންނަށް ދިނުމަށްޓަކައި އިޢުލާން ކުރާއިރުވެސް އެބަ ބުނޭ މިބިޑަށް އަގުހުށަހަޅާނީ ޓެކްސް ނުލަޔޭ. ސަބަބަކީ ރާއްޖޭގެ ގާނޫނުތަކަށް ފިލައިގެން އިންޑިޔާ ކުންފުނިތަކަށް ބިޑް ކާމިޔާބުކުރެވޭގޮތް ހެދުން. ދާދި ފަހަކުން ކަސްޓަމްސް އިންވެސް އެކަހަލަ ކަމެއް ކޮށްފި.

The name is already taken The name is available. Register?

ޖެފްރީ

24 October 2019

އެމްޓީސީސީއިން ތިޔަ އެމްބިއުލަންސް ގެންނަށް ހަވާލުކުރީ ކީއްވެތޯ؟

The name is already taken The name is available. Register?

އަހުމަދުބޭ

24 October 2019

ތިކަން ތިޔަގޮސްފައިވަނީ ރަގަނޅަކަށޭ ނުބުނެވޭނެ، އެއީ ޢޭޑީކޭ އަކީ ތިފަދަ ކަމަކަށް އެއްމެ އެކަށޭނަ އެއްކުންފުނި، އަދި އެމްބިއުލެންސަކީ ކޯއްޗެއްކަންވެސް އިނގޭބައެއް، އަދި އަގުވެސްކުޑަ މުއްދަތްވެސް ކުޑަ އެހެން ވީއިރު ތިކަން ގޮސްފައިވަނީ ރަގަނޅަކަށޭ ބުނެވޭކަށްނެތް.

The name is already taken The name is available. Register?

ކަކުނިބޯ

24 October 2019

އަމިއްލަ އެދުމަށް ގޮސް ހުސްނުވާނރ އޭޑީކޭ އެއް، ހަލާކުވެފަހުރި ވެހިކަލް ގެނެއްސަ ސިޔާސީގޮތުން ޕްރެޝަރު ނުކުރާނެ އޭޑީކޭ އެއް މުހާރުވެސް އެންމެ އަގުހެޔޮ ސިއްހީހިދުމަތް ދޭފަރާތް އޭޑިކޭ ހޮސްޕިޓަލް މުއްދަތު އިތުރުކުރާކަށްވެސް ނުޖިހޭނެ ސަރުކާރަކަށް

The name is already taken The name is available. Register?

ކުޑޭ

24 October 2019

ދެން މި އޭސީސީއާ ހެދި ސަރުކާރަށް ކަމެއްކުރެވޭނެބާ؟

The name is already taken The name is available. Register?

ރާއްޕެ

24 October 2019

ވަގުން ވަގު.ރަނގަޅަކަށް ނުކުރޭ އެއްކަމެއްވެސް.ގުދޯ ގުދޯ މިގޮވަނީ.ޔާމިން ސަރުކާރަށްވުރެން މާގޯސް ވާނެ 5 އަހަރު ނިމޭއިރު މިދާގޮތަށް ދަންޏާ.

The name is already taken The name is available. Register?

ދސދަ

24 October 2019

ެހެހެ،، ޒީރޯ ޓޮލަރެންސް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454