އުމްރާ
28 އޮކްޓޯބަރ 2019 - 12:37
އުމްރާ އަށް ގެންދިއުމުގެ ގަވާއިދަށް ސައުދީ ސަރުކާރުން ގެނައި ބަދަލުތަކާ ގުޅިގެން، ރާއްޖެ އިން އުމްރާ އަށް ދާ މީހުންގެ އަތުން ނަގާ ފީ ވެސް ބޮޑުކޮށްފި އެވެ.
އުމްރާ އަށް ދާ މީހުންގެ އަތުން ސައުދީން ކުރިން ނަގަމުން އައީ، 2،000 ރިޔާލެވެ. އާ ގަވާއިދަށް މިދިޔަ މަހު އަމަލުކުރަން ފެށުމާ އެކު މި ފީ ވަނީ އުވާލައިފަ އެވެ.
މީގެ ބަދަލުގައި، ހެލްތު އިންޝުއަރެންސް ހިމެނޭ ގޮތަށް އާ ފީތަކެއް ނެގުމަށް ވަނީ ކަނޑައަޅައިފަ އެވެ. ސައުދީ ސަރުކާރުން ނަގާ ޓެކްސްތައް ވެސް ވަނީ އިތުރުކޮށްފަ އެވެ. މި ބަދަލުތަކާ އެކު މިފަހަރުގެ އުމްރާގެ ވިސާގެ ފީ ވެސް ކުރީ އަހަރުތަކަށް ވުރެން ބޮޑުވެފައިވާ ކަން ވިސާ ޖަހައިދިނުމުގެ ހުއްދަ އޮންނަ ސީޕްރިއާ އިން އުމްރާ ގްރޫޕްތަކަށް ވަނީ އަންގައިފަ އެވެ.
ވިސާ އާއި ޓެކްސް އަދި އެހެނިހެން ފީގެ ގޮތުގައި ރާއްޖެ އިން އުމްރާ އަށް ދާ މީހެއްގެ އަތުން ކުރިން ނަގަމުން އައީ ގާތްގަނޑަކަށް 100 ޑޮލަރު، (1،542ރ.) އެވެ. އެކަމަކު ސައުދީ ސަރުކާރުން އަލަށް ގެނައި ބަދަލާ ގުޅިގެން، ވިސާ އަދި ދަތުރުފަތުރާއި ޓެކްސް ފީގެ ގޮތުގައި ނަގާ އަދަދު 250-300 (3،855-4،626ރ.) އަށް ބޮޑުވާނެ ކަމަށް ބައެއް ގްރޫޕްތަކުން ލަފާކުރެވެ އެވެ.
ރާއްޖޭގައި، އެކި ގްރޫޕްތަކުން އުމްރާ އަށް މީހުން ގެންދަން ނަގަނީ އެކި ވަރަށެވެ. އެގޮތުން، 25،000ރ.-39،000ރ އާ ދެމެދުގެ އަގުތައް އުޅެ އެވެ. އުމްރާ އަށް މީހުން ގެންދިއުމުގެ ހުއްދަ މި އަހަރު ވަނީ، 25 ކުންފުންޏަކަށް ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނުއޮޅުވާ
29 October 2019
ކުރިން ނަގަމުން އައީ ޑަބްލް އެންޓްރީ ވިސާ އުވާލީ ރަސްގެފާނުގެ ހެޔޮފުޅުކަން ދެއްކުމަށް. އެ ހެޔޮފުޅުކަންމަތީ ހުރެ ހުރިހާ އުމްރާވެރިން އަތުން ވިސާ ފީ ނަގަން އޭރު ވަނީ ނިންމާފައި. މިއީ އާ ޚަބަރެއްނޫން. މިކަން ހިއްސާ ކުރުން މާ ލަސްވީ
ްުައުމުރާ
28 October 2019
ކިތަންމެ ބޮޑު ބަތްޔެއްވިޔަސް އަދި ކުޑަ ބަތްޔެއްވިޔަސް އުމުރާވެރިންނަށް ވެސް ސައުދީގަ ބޭސްފަރުވާ ވެސް އަދި ބޭސްވެސް ހަމަ ހިލޭ ލިބެނީ
ރައްޔަތުމީހާ
28 October 2019
ސައުދީ އެމްބަސީ އެއް މާލޭގައި ހުންނަންޏާ ދެން ޓްރެވަލް އެޖެންޓަކަށް ފައިސާ ދައްކައިގެން ވިސާ ހޯދަނީ ކީއްކުރަންތަ؟ އުމްރާ އަށް މީހުން ފޮނުވާ ގްރޫޕަކީ ދިވެހި ސަރުކާރުގައި ރަޖިސްޓްރީ ކޯށްގެން ހިންގާ ބައެއް. އެހެންކަމުން އެމީހުނަށް ވިސާ އަށް އެދި އެމްބަސީ އަށް ނުދެވެންވީ ކީއްވެ؟ ނޫސްވެރިން މިކަހަލަ ކަންކަން އޮޅުންފިލުވައިދީބަލަ.
އަލީ!
28 October 2019
މިކަމާދެކޮޅަށް ޓުވިޓަރ ގަ އުޅޭ ޝޭހުންނަށް އެއްޗެއްބުނަންކެރޭބެބާ؟؟!!
އިންޓަލެކްޓު
28 October 2019
ހައްޖާ އުމްރާ އާ ގުރުއާން ކިޔަވައިދިނުމުގަ ފައިސާއާ ނުލާ ނުކުރެވެނީބާ؟ ސައުދިން ނަގާހާ ތެލުން ހައްޖާ އުމްރާވާންބޭނުން ހުރިހާ މުސްލިމުންނަށް އެކަން ކުރެވޭނެ. މިހާރު ދީން މިއޮންނަނީ ވަކިބަޔެއްގެ މިލްކަކަށް ހަދާ ނިންމާފަ.
ފުރާތު
28 October 2019
ދީނީ އަޅުކަންތަކުން ވިޔަފާރި ކުރުމަކީ މަގޭނަޒަރުގައި ކުރެވިގެން ވާނޭ ކަންކަމެއް ނޫނެވެ.
ރަނގަޅަށް ކިޔާލާ
28 October 2019
"އުމްރާ އަށް ދާ މީހުންގެ އަތުން ސައުދީން ކުރިން ނަގަމުން އައީ، 2،000 ރިޔާލެވެ. އާ ގަވާއިދަށް މިދިޔަ މަހު އަމަލުކުރަން ފެށުމާ އެކު މި ފީ ވަނީ އުވާލައިފަ އެވެ." "ވިސާ އާއި ޓެކްސް އަދި އެހެނިހެން ފީގެ ގޮތުގައި ރާއްޖެ އިން އުމްރާ އަށް ދާ މީހެއްގެ އަތުން ކުރިން ނަގަމުން އައީ ގާތްގަނޑަކަށް 100 ޑޮލަރު" 553 + 100 ޖުމްލަ 633 ޑޮލަރު ފީގެ ގޮތުގައި ނަގާ އަދަދު 250-300 (3،855-4،626ރ.) އަށް ބޮޑުވާނެ 633 - 300 => އެންމެ މަދުވެގެން ވެސް 353 ޑޮލަރު އަގުހެޔޮ
މުހަންމާ
28 October 2019
މީ ބޮޑު ޖަރިމާއެއް، ސައުދީން ނަގަނީ ވިސާ ފީގެ ގޮތުގައި ގައިގަނޑަކަށް 80 ޑޮލަރު، އަދި އިންޝުއަރަންސް ލީމަ މިއަދަދު ތަންކޮޅެއް ބޮޑުވާނެ، އަކަމަކު ސީޕްރިއާއިން މިކަމަށް 260 ޑޮލަރު ނަގާ ކަމަށް ވަނީ، މީބޮޑު ވަރު، ފޮރިން މިނިސްޓްރީގެ ކަމަކީ ދަތުރު ކުރުން، މިކަހަލަ އަސާސީ ކަންކަމަށް އަޅާނުލާ
ރަންދެލި
28 October 2019
ރިލިޖަސް ޓޫރިޒަމް. ސައުދު ރަސްގެފާނުގެ އާއިލާ އަކީ މި އުންމަތަށް ޖެހިފަ އޮތް ބޮޑު މުސީބާތެއް. މައްކާ މަދީނާ މިވެރިން އަތުން މިނިވަން ކުރަން ޖެހޭ
ނޫރާނީމާ
28 October 2019
ޕްރިންސް މުޙައްމަދުގެ ޕޮލިސީދޯ.. ފުކެއް ބޮޑުވަރު،،
ދޮންދީދީ
28 October 2019
ސައުދީ މީހުނގެ މަސައްކަތަކީ ކެއުން. ފޮނިޓައްޕު އެބުނާހެން އަހަރަކު 6 ބިލިއަން ޑަލަރު ކައިލާ.