ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމެއް: ސުޕްރީމް ކޯޓުން ޖޭއެސްސީއަށް ހުރަސް އަޅަން އުޅޭ ކަމަށް ބުނެ އެ ކޮމެޓީގެ ކުއްލި ބައްދަލުވުމެއް މިރޭ ބާއްވަން ވަނީ ނިންމާފައި -- ފޮޓޯ/މިހާރު
01 ނޮވެމްބަރ 2019 - 19:55
ސުޕްރީމް ކޯޓުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މަސައްކަތަށް ހުރަސް އަޅަން އުޅޭ ކަމަށް ބުނެ ރައްޔިތުން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ ކުއްލި ބައްދަލުވުމެއް މިރޭ ބާއްވަން ނިންމައިފި އެވެ.
އެ ކޮމިޓީގެ ބައްދަލުވުމެއް ކުއްލި ގޮތަކަށް ބާއްވަން ނިންމީ ސުޕްރީމް ކޯޓުން ބައެއް ގާނޫނުތަކަށް އަމަލު ނުކުރުމަށާއި ޖޭއެސްސީ އާއި ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ ގާނޫނީ ޒިންމާ އަށް ހުރަސް އަޅަން މަސައްކަތް ކުރާ ކަމުގެ މައުލޫމާތު ލިބިފައިވާތީ ކަމަށް ބުނެ އެވެ.
ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުން ތާވަލް ކޮށްފައިވަނީ މިރޭ 9:00 އަށެވެ.
ޖުޑިޝަރީ ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ތާވަލް ކުރިއިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި ކޯޓުތަކުގެ އިސް ފަނޑިޔާރުން ހިމެނޭ ޖުޑީޝަލް ކައުންސިލްގެ ބައްދަލުވުމެއް ވެސް މިރޭ ބާއްވާ ކަމުގެ މައުލޫމާތު ވަނީ ލިބިފަ އެވެ. އެކަމަކު އެކަން ކަށަވަރެއް ނުވެ އެވެ.
ސުޕްރީމް ކޯޓުން ބައެއް ގާނޫނުތަކަށް އަމަލު ނުކުރަން އުޅޭ ކަމަށް ބުނެ މަޖިލީހުގެ ކޮމިޓީ ބާއްވާއިރު، އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެެ އިތުރު ތިން ފަނޑިޔާރެއްގެ މައްސަލަ ޖޭއެސްސީން މިހާރު ދަނީ ބަލަމުންނެވެ. އަދި އެ ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އަބްދުﷲ ދީދީ ވެސް ދާދި ފަހުން ވަނީ މަގާމުން ވަކިކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފުޅި
01 November 2019
ޢަހަރުމެން ވޯޓުދިނީ ކޯޓުތައް އިސްލާހުކޮށް މިނިވަންކުރުމަށް. ޢެކަމަކު އަޑުތައް އިވޭގޮތުން ހިސާނު ރުހިވަޑައިނުގަންނަވާ އެކަކަށްވެސް ތިޔަތާކު ނީނދެވޭނެ. .
ބޭން
02 November 2019
ކޮން ވޯޓެއްތަ ލިބިގެން ތި އުޅެނީ؟ ބޭން އެމްޑީއެން އޭ ކިޔާބަލަ.
ފަރު
01 November 2019
ޙިސާން މާވަރަކަށް ޖުޑިޝަރީއަށް ތިޔަ ނުފޫޒު ފޯރުވާ އަތްބާނަނީ
ޙަލައިށާ
01 November 2019
ޖޭ.އެސް.ސީ އޮޕަރޭޓް ތިވަނި ސިޔާސީ ÷ޕާޓީއެއްގެ ގޮތްޕެއްހެން. ފެންނަނީ އެމް.ޑީ.ޕީގެ ނުފޫޒު ކޯޓުތަކުގެ މައްޗަށް ފޯޜުވާތަން.
އެދުރުބޭ
01 November 2019
މިހާރު ދެނަކަންތައް މާ މައްޗަށް ތިޔަ ދަނީ މިޤައުމު އިސްލާޙުކުރަން ބޭނުންނަމަ ހުރިހާ ފަނޑިޔާރުން އެކީ އެއްފަހަރާ އިސްތިއުފާ ދިނުން ބުއްދިވެރިކަމަށްދެކެމެވެ. މިހާރު ވަކި ބަޔަކަށް މުޅީ ޤައުމު ހިތަކަށް ލިބިގެން ހަދާނެ ނަހަދާނެ ގޮތެއްނޭނގިގެން ހިތާދޫ މީހަކަށް ހުދު ފޮށައެއް ލިބިގެން ކުރާނެ ނުކުރާނެކަމެއްނޭނގިގެން މުޅި ޤައުމު ހިލާލާ މަންޒަރުބަލަން ފަނޑިޔާޜުން ތިބުމަކީ ރަނގަޅުކަމެއްނޫން ހުރިހާ ފަނޑިޔާރުން އިސްތިއުފާދީފަ ދުރަށްޖެހިލާ
އަލީ!
01 November 2019
ބަލަ މެޖޯރިޓީއަހަރުމެންދިނީ ކޮންމެސްކަމަކު، އަދިވެސް ފަނޑިޔާރުންގެ ކިބައިން ސަލާމަތެއްނުވި!
އޭޑީ
01 November 2019
މި ގައުމުގެ ގާނޫނު ހަދާ މަޖްލީހުގައި އެމްޑީޕީގެ 65 ގޮނޑި އޮއްވާ، ބަޢާވާތް ކުރަން ހިތުލުމަކީވެސް މޮޔައިން ނޫނީ ނުކުރާނެކަމެއްދޯ! އުއްތަމަ ފަނޑިޔާއާއި، ސްޕްރީމް ކޯޓުގައި ތިބި ބައެއް ފަނޑިޔާރުން (ކުރީގެ ފަނޑިޔާރުން) ހަގީގަތް ގަބޫލުކޮށް ހަމަ ބިމަށް ތިރިވުމަށް ގޮވާލަމެވެ. ދިވެހިރައްޔިތުންގެ ނިންމުމަށް އިޙްތިރާމްކޮށް މަގާމުތަކުން އަޒުލުކުރުމުގެ ކުރީން އިސްލާހުވާށެވެ. ގަދަބާރުން މިއަދު ހެދޭނެ ހަމަ އެއްވެސް އެއްޗެއްނެތެވެ. ވަރަށް ދެރައެވެ
ލަގޮނޑި
02 November 2019
65 ގޮޑި އަށް ވުރެން ބާރު ގަދަ ފަރާތެއް ވެވެ.
ލަކުޑި ހަމީދު
01 November 2019
"ކޯޓުގެ ފަނޑިޔާރުންނާއި ކޯޓުތަކުގެ އިސް ފަނޑިޔާރުން ހިމެނޭ ޖުޑީޝަލް ކައުންސިލްގެ" އެއީ ކޯޗެއް؟ ކޮން ހައިސިއްޔަތަކުން އުފައްދާފަވާއެއްޗެއް؟
އެގީއްޖެ ދޯ
02 November 2019
ޤާނޫނީ ހައިސިއްޔަތު.
ފުލް ބެކް
01 November 2019
ކިތައް މީހުން ތިބެގެންތަ ތި ކޮމެޓީގެ ނިންމުމެއް އަންނި ރައީސް ޤަބޫލް ކުރައްވާނީ..މިހެން މިބުނީ ޕީޖީ ބިޝާމް ވަކިކުރަން ތި ކޮމެޓީ ފާސްކުރި މައްސަލަ އަށް ވީ ގޮތުން ނެވެ.ހެހެހެ
ކަރީމުއްދީން ބާޝާ
01 November 2019
އެމްޑީއެންއާ ގުޅޭ ކުއްލި ބައްދަލުވުމެއް ބާއްވަބަލަ. ބޯހަލާކު.
ހެޔޮ ހިތުން
01 November 2019
ސުޕްރީމް ކޯޓަށް ޖޭއެސްސީ ހުރަސް އަޅާ މައްސާ ވެސް ނިމުމަކަށް ގެންނަން ޖެހެއެވެ.