އޮޔާ ދިޔަ އިރާން ބޯޓުގައި ތިބި ބައެއް މީހުން -- ފޮޓޯ: ފުލުހުން
03 ނޮވެމްބަރ 2019 - 12:49
އދ. މަންދޫގެ ބޭރުން އޮޔާ ދިޔަ އިރާންގެ ބޯޓަކަށް ފުލުހުން މިއަދު ހެނދުނު އެހީތެރިކަން ފޯރުކޮށްދީފި އެވެ.
ފުލުހުން ބުނި ގޮތުގައި އެ ލަކުޑި ބޯޓު އޮޔާ ދާން ފެށީ އިންޖީނު ހުއްޓިގެންނެވެ. އަދި އެ ބޯޓު ފެނުނު އިރު އޭގައި އިރާނު ހަތް ފިރިހެނުން ތިބި ކަމަށް އެތަނުން ބުންޏެވެ.
އެ ބޯޓު އޮޔާ ދާ ކަމުގެ މައުލޫމާތު ފުލުުހުންނަށް ލިބުނީ މިއަދު ހެނދުނު 8:30 ހާ އިރު ކަމަށާއި އެކަން ސިފައިންނަށް އެންގި ކަމަށް ވެސް އެތަނުން ބުންޏެވެ. މި ކަމުގައި ބަލަންޖެހޭ ކަންތައްތައް ބަލަމުން އަންނަ ކަމަށް ވެސް އެތަނުން ބުންޏެވެ.
މި މައްސަލައާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުންނެއް ހިއްސާއެއް ނުކުރެ އެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މިދިޔަ މަހު ފެނުނު އީރާން ބޯޓެއްގައި 70 ކިލޯގެ މަސްތުވާތަކެތި ހުއްޓެވެ. އެ މައްސަލައިގައި ހިމެނޭ މީހުންގެ ފޮޓޯ އާއި މައުލޫމާތު ފުލުހުން މިދިޔަ މަހު އާންމު ކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަައްދުފަހަނައަޅައިފި
03 November 2019
ނޯވޭ މަސްވެރިން ނޫޅެ ދިވެހީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އޮޔާގޮސްގެންނެއް، އަހަރުމެންވެސް ނުދަން އިރާނު ކަނޑުއޮޅިން މަސް ކީކުރަން އެހެންއެޗެއްވެސް ހޯދާކަށް!
މމަންދޫ
03 November 2019
ޑެލިވަރީ ނިމުނީމަ ބޯޓު އޮޔާދިޔައީކަމު ހެދުންވެސް އޮތް ފުރުސަތެއް....ކީއްވެ ރާއްޖޭގެ ސަރަޙައްދަށް އައީ....ކޮބާ ބޭނުމަކީ؟ ޝިޕްމެންޓެއް ހަވާލުކޮއްލީތަ
ްއަދުރޭ
03 November 2019
ގޯހެއްއުޅޭހެން ހާދަހީވޭ..!
އަހުމަދުބޭ
03 November 2019
އީރާނު މީހުންގެ ކިބައިން އަހަރުމެންނަށް ސަލާމަތެއްނެތެއްނު، މިހާރުވެސް ޖަލުގައި އެބަތިބި އީރާން މީހުން، ތިޔަމީހުން ސަހަލަ ކަމެއްގައެއްނޫން ތިޔައުޅެނީ، ރަގަނޅަށް އެބަޖެހޭ ބަލަން
އަސަރު2
03 November 2019
ތީތި ޗެކްކުރަންޖެހޭ.. ތީ ގޯހެއް