ކްރިމިނަލް ކޯޓުގެ އިސް ގާޒީ ހައިލަމް.---ފޮޓޯ: މިހާރު
04 ނޮވެމްބަރ 2019 - 10:31
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭނު ޖަހައި ދަމާފައި ގެންދާތައް ފެންނަ ކުރެހުމަކުން، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމް ނަސްރުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވެ ކޯޓުގެ ވައިބަ ގްރޫޕެއްގައި ފޮނުއްވި މެސެޖެއް އާންމުވެއްޖެ އެވެ.
ކްރިމިނަލް ކޯޓްގެ ރެކްރިއޭޝަން ކްލަބްގެ ވައިބާ ގުރޫޕަށް ހައިލަމް އިއްޔެ ފޮނުއްވި ޕޯސްޓްގައި ފެންނަނީ ނޮވެމްބަރު 3، 1988 ގައި ކުލީ ސިފައިންނާއެކު ރާއްޖެ އެރި އަބްދުﷲ ލުތުފީ އާއި ސަގަރު އަހުމަދު ނާސިރާއި އެ ބަގާވާތުގައި ބައިވެރިވި ބައެއް މީހުންގެ އިތުރުން ރައީސާއި މަޖިލީހުގެ ރައީސާއި ސަރުކާރުގެ ބައެއް ވެރިންގެ ކަރުގައި ޗޭނު ޖަހަފާއިވަނިކޮށެވެ. އެ ބޭފުޅުންގެ ކަރުގައި ޖަހާފައިވާ ޗޭނު ހިފަހައްޓައިގެން ހުރި ކަމަށް އެ ކުރެހުމުގައި ފެންނަނީ ނޮވެމްބަރު 3 ގެ ބަތަލު ޝަހީދު ހުސައިން އާދަމެވެ.
ހައިލަމް ވައިބާ ގުރޫޕަށް ފޮނުއްވި މެސެޖް--
އެ ކުރެހުމުގައި "އެ އިއްޒަތާއި ގަދަރު، ފޭރިގެންފިއޭ މިއަދު" އޭ ވެސް އެ ކުރެހުމުގައި ލިޔެފައި އިނދެ އެވެ.
ހައިލަމްގެ މި މެސެޖު ލީކުވެފައި މި ވަނީ މަނީ ލޯންޑްރިންގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހުކުމް އިއްވުން މާދަމާ އަށް ތާވަލްކޮށްފައި ވަނިކޮށެވެ. އެ މައްސަލަ ބައްލަވަނީ ހައިލަމެވެ.
ކްރިމިނަލް ކޯޓްގެ ގާޒީއަކަށް ހައިލަމް އައްޔަން ކުރެއްވީ ވެސް ޔާމީންގެ ވެރިކަމުގައި މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެވެ. އަދި އެ ކޯޓުގެ އިސް ގާޒީ ކަމަށް އޭނާ އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ މެދު ތެރޭގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުހައްމާކަލޯ
06 November 2019
ކިޔޭނުކިޔޭ ނޭގޭ ދެލޯސަލާމަތުން ނުހުންނަ މީހުން ނަށްވެސް ޤާޒީންކަމުގެ ވަޒީފާ ހަވާލު ކުރަނީތޯ؟
ހަބޭސް222
05 November 2019
މިހާ ދައްފެންވަރުގެ ފަނޑިޔާރުން މިތާ މިތިބެނީ ކިހިނެއް ދެން ހަދާނީ، ހެޔޮނުވާނެ ކޯޓުތަކަކީ ރައްޔިތުންގެ އިތުބާރު ހިފޭތަނަކަށް ހައްދަވައި ދެއްވާ!
ބަކުރު އަހުމަދު
05 November 2019
މަޤާމުގައި ހުންނަވައިގެން ނުކުރެއްވޭނެ ކަންތައްތައް ހުންނާނެ، އެފަދަ މަޤާމުތަކުގައި ތިއްބަވާ މުވައްޒަފުންނަކީ މިފަދަ ކަންކަން ކުރުމަށް އެހާ މުނާސަބު ބައެއްނޫން. ނަމަވެސް ކުރެއްވުނު ކަމާ ދެރަވެ މަޢާފަށް އެދިވަޑައިގެންކަމީ ވަރަށްވެސް ޚުލްޤު ހެޔޮކަމުގެ ފާލަކަށް ނޫނީ ނުވާނެ. ސުކުރިއްޔާ
ާއަނިޔާއާއި ދެކޮޅު
05 November 2019
މިފެންވަރުގެ މީސްމީހުން ފަނޑިޔާރު ކަމުގަ ބައިތިއްބާކަށް ވެސްނުވާނެ ތިމާޔަށް ކިޔޭނުކިޔޭއެއްނޭގޭ. ހެދޭނެހެދޭ ނެއެގޭ
ފަޑިޔާރު
04 November 2019
ފަޑިޔާރުންގެ ގަވާއިދުގައޮވޭ ފަޑިޔާރަކު ދައްކާވާހަކައަކުން، ނުވަތަ ފާޅުކުރާހިޔާލަކުން ނުވަތަ އެނޫންވެސްގޮތަކުން، ފަޑިޔާރުގެ މިނިވަންކަމާއި މުސްތަޤިއްލުކަމާއި އިންސާފުވެރިކަމާމެދު ސުވާލު އުފެދޭނެ ނުވަތަ އުފެދިދާނެ އެއްވެސް ކަމެއް ނުކުރުން އަދި ސިޔާސީ ގޮތުން ވަކި ފަރާތަކަށް ބުރަވެހުރެ ވާހަކަ ނުދެއްކުން. ޢަދި ސިޔާސީ ހިޔާލުތައް ފާޅުކޮށް ސިޔާސީކަމެއްގައި ނޫޅުން. ؟؟؟؟
ވަހީދު
04 November 2019
މަޖުލިސް މެންބަރުގެ ވަޒީފާއަކީ ޤާނޫނު ހެދުން. ޤާޒީގެ ވަޒީފާއަކީ އެޤާނޫނުގައި އޮތް ގޮތަށް ޙުކުމް ކުރުން. ރައީސްގެ ވަޒީފާއަކީ އެޙުކުމާއި އެއްގޮތަށް ތަންފީޒު ކުރުން. ވީއިރު ޤާޒީން މިޒާތުގެ ކަމެއް ކުރީމަ އަހަރުމެން ގަޔަށް ހިނިއަރަނީ ކީއްވެބާ؟ އަނެއް ދެބާރުން މުޅިން ވެސް ޤާނޫނާއި ޚިލާފަށް ކަން ކުރާ އިރު ހިންޏެއް ދައްކާނުލާ.
މިހެންވް
05 November 2019
ފަޑިޔާރުންގެ ގަވާއިދުގައޮވޭ ފަޑިޔާރަކު ދައްކާވާހަކައަކުން، ނުވަތަ ފާޅުކުރާހިޔާލަކުން ނުވަތަ އެނޫންވެސްގޮތަކުން، ފަޑިޔާރުގެ މިނިވަންކަމާއި މުސްތަޤިއްލުކަމާއި އިންސާފުވެރިކަމާމެދު ސުވާލު އުފެދޭނެ ނުވަތަ އުފެދިދާނެ އެއްވެސް ކަމެއް ނުކުރުން އަދި ސިޔާސީ ގޮތުން ވަކި ފަރާތަކަށް ބުރަވެހުރެ ވާހަކަ ނުދެއްކުން. ޢަދި ސިޔާސީ ހިޔާލުތައް ފާޅުކޮށް ސިޔާސީކަމެއްގައި ނޫޅުން. ؟؟؟؟
ޟަކުނު
04 November 2019
ޤާޒީ އެއްގެ ގޮތުގައި އެންމެ ރަގަޅު ނިންމުމެއް އިއްވަން ހުވާކޮށްގެން ހުރި ބޭފުޅަކު ތިޔަކުރީ ވަރަށް ދަށުދަރަޖައިގެ ގޮތްކުޑަ ޢަމަލެއް. ރާއްޖޭގެ ކަންތައްތައް މިދަރަޖައަށް ދިއުމީ ހިތާކުރާ ކަމެއް.
1234
04 November 2019
ހާސްނުވޭ ދެން އަންނަ ވެރިކަމެއްގަ ހައިލަމަށް އެޓާނީ ޖެނެރަލްކަން ލިބޭނެ..
ހެޔޮ ހިތުން
04 November 2019
ނަޝީދު، މަޖްލީސްގެ ރިޔާސަތު ބަލަހައްޓާ ގޮތް އެމްޑީޕީ އަށް ކަމުދޭތަ؟ އިޚްލާސްތެރި ކަމާއެކު ޖަވާނު ދީބަލަ..
އައިންތު
04 November 2019
ވަރަށް ފައްކާ އެތިބެނީ ރައީސުންނަކީ
އީނާ
05 November 2019
އަސްލުވެސް ދޯ؟ ވަރަށް އަދަބުކުޑަ ގޮތަކަށް އިންނަނީ.
ޔަގީނޭ
04 November 2019
ކުލޮރިން ޖަހައިގެން ދޮންނަން ވެފަ އޮތް ތަނެއް.