05 ނޮވެމްބަރ 2019 - 12:24
ވައިބާ ގުރޫޕަކަށް ލެއްވި ކުރެހުމެއްގެ ސަބަބުން ގާޒީއަކަށް މިހާތަނަށް ކުރިމަތިވެވަޑައިގެންނެވި އެންމެ ބޮޑު އަދަބު ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމަށް މިވަނީ ލިބިވަޑައިގެންފަ އެވެ. ސުވާލަކީ ޖޭއެސްސީން އޭނާ ސަސްޕެންޑްކުރި ސަބަބަކަށް ވި ކުރެހުމުގެ އަސްލު "ވެރިފަރާތަކީ" ކޮބައި ހެއްޔެވެ؟
ނޮވެމްބަރު 3 ގެ އެންމެ އިސް ދެ ޓެރަރިސްޓުން ކަމަށް ވާ އަބްދުﷲ ލުތުފީ އާއި ސަގަރު އަހުމަދު ނާސިރާ އެކު ހިލިހިލާ ޖަހާފައި ތިއްބާ ދައްކައިދޭ ކުރެހުމުގައި ހިމެނޭ އެހެން ބޭފުޅުންގެ ތެރޭގައި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯޯލިހާއި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ މިހާރުގެ ރައީސް މުހައްމަދު ނަޝީދު ހިމެނިވަޑައިގަނެ އެވެ.
މިއީ މިހާރުގެ ސަރުކާރާ ދެކޮޅު އަދި ޕީޕީއެމަށް ތާއީދުކުރާ "އޮށްވަޅު" ނަމަކަށް ކިޔާ ސޯޝަލް މީޑިއާ އެކައުންޓަކުން އާންމުކުރި ކުރެހުމެކެވެ. ނަސްރުގެ ދުވަހުގެ ހެޔޮ އެދުންތައް ފޮނުވަން ބޭނުންކުރި އެ ކުރެހުމުގައި ލިއެފައި ވަނީ "އެ އިއްޒަތާއި ގަދަރު، ފޭރިގެންފިއޭ މިއަދު" މިހެންނެވެ. ކުރެހުމުގައި "އޮށްވަޅު" ގުރޫޕުގެ ލޯގޯ ވެސް ޖަހާފައިވެ އެވެ.
- އެ އިއްޒަތާ ގަދަރު، ފޭރިގެން ފިއޭ މިއަދު -#NasrugeDhuvas #BadiBuraasfathi #Maldives pic.twitter.com/7MxDHTqIph
— @ovvalhu (@ovvalhu) November 3, 2019
އޮށްވަޅު ޓްވިޓާ އެކައުންޓުން ޕޯސްޓް ކުރި ފޮޓޯ
މި އެކައުންޓުން ކޮންމެ ދުވަހަކުހެން ޕީޕީއެމަށް ތާއީދުކޮށް އެކި ޕޯސްޓްތައް އާންމުކުރެ އެވެ. އަދި ސަރުކާރު ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީ އަށާއި ސަރުކާރުގެ ކަންކަމަށް ވަރަށް ބޮޑަށް ފާޑުކިޔަ އެވެ. ހާއްސަކޮށް ނަޝީދަށް އަމާޒުކުރާ ފާޑުކިޔުންތައް ގިނަ އެވެ.
ކުރެހުމުގައި ހިމެނޭ މީހުންގެ ކަރުގައި ޖަހާފައިވާ ޗޭނު ހިފަހައްޓައިގެން ހުންނަ ސިފައިންގެ މީހާ ވައްތަރުކޮށްފައި ވަނީ ނޮވެމްބަރު 3 ގެ ބަތަލު ޝަހީދު ހުސައިން އާދަމާ އެވެ.
ހައިލަމް ވައިބާ ގުރޫޕަށް ފޮނުއްވި މެސެޖް--
ހައިލަމް ވިދާޅުވާ ގޮތުގައި އޭނާ އެ ކުރެން ބޭނުންކުރެއްވި އިރު އޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް ނަޝީދު ހުންނެވިކަން އެނގިވަޑައެއް ނުގަންނަވަ އެވެ. އެހެންކަމުން ދެ ބޭފުޅުންގެ އަރިހުން އޭނާ މައާފަށް އެދިވަޑައިގަތެވެ.
ހައިލަމް ސަސްޕެންޑްކުރުމާ އެކު ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހުކުމް އިއްވުމުގެ މަޖިލިސް ވެސް ވަނީ ކެންސަލްކޮށްފަ އެވެ. ޔާމީންގެ ޝަރީއަތް ކުރިއަށް ގެންދެވީ ހައިލަމެވެ. ހުކުމް އިއްވުން ތާވަލްކޮށްފައި އޮތީ މިއަދު އެކެއް ޖަހާ އިރަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ށޯށި
07 November 2019
ލޮލް! ތިފޮޓޯ ތީ ހަމަ ތެދު
އާދު
07 November 2019
މީ މޮޅު ކުރެހުމެއް މެޑެލްވެސް ދޭންޖެހޭވަރުގެ ކުރެހުމެއް އެހެންވެދޯ ސިއްސައިގެން ގޮސް މިވަރުކަމެއްސަރުކާރަކުން ކުރާނީ ހީއެއްނުވޭ ތިބައިގަނޑަކައް ކައިރި މުސްތަގުބަލެއްގަ ތިފޮޓޯހަޔާތން ބޭރުކޮއްލެވޭނެހެނެއް ފަހަރެއްގަ މަރުދުވަހާހަމަޔައްވެސް ތިކަން އޮންނާނެ ހާދަ އަސަރެކޭ ކޮއްގެން އެއުޅެނީ "ކުޑަކުރެހުމަކުން މުޅިހަޔާތު ގެ އިއްޔެ މިއަދު މާދަން ދައްކާލަދިނީ"
ރީތި މޫސަ
06 November 2019
ފޮޓޮއަކުން ކުއްސާބިތުނުކުރެވޭއިރު ކާޓޫނަކުން ކުއްސާބިތުކޮށްފި މީވަރަށް ވާހަކަ
ޤާބިލިއްޔަތުމަކެއްނޫން
06 November 2019
ފެންނަނީ އެތެރޭގައިހުރި ހަސަދަ، ޤާބިލިއްޔަތުމަކެއްނޫން
ރިހިރޭ
06 November 2019
ކޯޓުގެ ފަނޑިޔާރު ތިއަށްވުރެ ތަސައްރަފު ފުދެންވާނެ. ތި ބަލާލީމާ ކުޑަކުއްޖާއަށްވެސް އެހަކަލަ ކަމެއް ފެންނާނެ. އެހެންވީމާ ހައިލަމް ކުރައްވާ ހުކުމަށް ވާނީ ކިހިނެއްބާ؟ ހައިލަމް އުޅުއްވި ޔާޟީނުގެ ފަނޑިޔާރު ބަޔާން ހުށަހެޅުއްވިގޮތް ކަމު ނުގޮސްގެން. މިހާރު މިވީ ކިހިނެއް. ވާނުވާ ނޭނގޭ ހާލަތުގައި ހުންނަވައި ޓްވީޓްކުރައްވަނީ. ކަމަކުނުދޭ. އަދި ފަނޑިޔާރުކަމަށް ތަސައްރަފުވެސް ނުފުދޭ. އަވަހަށް އިސްތިޢުފާ ދެއްވާ.
މަރިއްކޮ
06 November 2019
- ގާޒީންނަކީ އާއްމު މީހުންނާ ޚިލާފަށް ވަރަށް އަބުރުވެރިކޮށް އުޅެންޖެހޭބައެއް. - ގާޒީންނަކީ އާއްމު އެއްވުންތަކަށާއި މުޒާހަރާފަދަ ތަންތަނަށް ދާންޖެހޭބައެއް ނޫން - ގާޒީންނަކީ މީސްމީޑިއާ ބޭނުންކުރާއިރު އާއްމު މީހާ ފަދައިން އެ ބޭނުންކޮށް ހިތުހުރި ޕޯސްޓްތައްކޮށްގެންވާނެ މީހުނެއްނޫން. - ގާޒީންގެ ވަކި ޝަރުޠުތަކެއް ހުންނަންޖެހޭ. - ގާޒީއަކަށްވެވޭ ކޮންމެ މީހަކަށް މި ޝަރުޠުއެނގެންވާނެ. - ހައިލަމް އާ މެދު އެޅި ފިޔަވަޅު ރަނގަޅު.
ސަލަފު
06 November 2019
ބަލަ ތިޔަ ޕޮޓޯ ގަންނަންބޭނުން
ސޭބޫ
06 November 2019
މި ގަރުނުގެ އެންމެ ސަޅިފޮޓޯ
ޝޮކްތެރަޕީ
06 November 2019
އަދުލު އިންސާފަކީ ﷲ ދެއްކެވިމަގު. ދީނައް ފުރަސްސާރަ ކުރާ ބަޔަކަ އަދުލު އިންސާފު ރަގަޅެއް ނުކުރެވޭނެ.
އޭޝް
06 November 2019
ދީނަށް ފުރައްސާރަ ނުކުރާމީހަކު މިޤައުމުގަ އެބަ އުޅޭތޯ؟ ހަމަކަށަވަރުން ނަމާދު އަޅައިފި މީހާ ދީން މުގުރައިފިއެވެ. މިހެން ޙަދީޘްގަ ނުވޭތޯ؟
ނީނނޭ
06 November 2019
ހަމަ ބަރާބަރު