އެނާޖީ ޑްރިންސްގެ ބާވަތްތަކެއް
06 ނޮވެމްބަރ 2019 - 16:22
ރާއްޖެ އަށް ކޮންމެ ދުވަހަކު 8،000 ލިޓަރުގެ އެނާޖީ ޑްރިންކް އެތެރެކުރާ ކަމަށް ކަސްޓަމްސް އިން މިއަދު ބުނެފި އެވެ.
އެ އިދާރާ އިން ކުރި ޓްވީޓެއްގައި ބުނީ މިދިޔަ އަހަރުގެ ތަފާސް ހިސާބަށް ބަލާއިރު އެކި ވައްތަރުގެ ތިން މިލިއަން ލީޓަރުގެ އެނާޖީ ޑްރިންކްސް އެތެރެކޮށްފައިވާ ކަމަށެވެ. މި ނިސްބަތުން ބަލާއިރު މިއީ ދުވާލަކަށް 8،000 ލިޓަރެވެ.
Did you know? Approximately 3 million liters of energy drinks were imported to Maldives last year. pic.twitter.com/7lcc9fv9N7
— Maldives Customs (@CustomsMv) November 6, 2019
މި އަދަދުގެ ގިނަކަން ތަސައްވުރުކޮށްދިނުމުގެ ގޮތުން ކަސްޓަމްސް އިން ކުރި ޓްވީޓެއްގައި ބުނީ ކޮންމެ ދުވަހަކު، 2،000 ލިޓަރުގެ ކަޅު ހަމުގެ ހަތަރު ހަމުގެ އެނާޖީ ޑްރިންކް އެތެރެކުރާ ކަމަށެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖޭގައި މަރުވާ މީހުންގެ 84 ޕަސެންޓަކީ ގައިންގަޔަށް ނާރާ ބަލިތަކުގައި މަރުވާ މީހުންނެވެ. ދުންފަތުގެ އިސްތިއުމާލުކުރުމާއި އެނާޖީ ޑްރިންކް ފަދަ، ސިއްހަތާ ބީރައްޓެހި ތަކެތި ބޭނުންކުރުން އިތުރުވުމަކީ ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް، ސިއްހީ މިފަދަ މައްސަލަތައް އިތުރުވާން ދިމާވެފައިވާ ސަބަބެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިތަދޫ ހުސެން
06 November 2019
މި އާޓިކަލް އެކު އެނާޖީ ޑްރިންކް ފޮޓޯ ލެވިގެން ނުވާނެ. އެއީ ވެސް އިޝްތިހާރުކުރުން އިނގޭތޯ!
ޒިންދަގީ
06 November 2019
ބަލަންވީ އެއްޗަކީ ތިޔަ ނިސްބަތުން، ދައުލަތަށް ލިބެންޖެހޭ ޑިއުޓީ ނެގިފަހުރިތޯ؟؟ އެނަރޖީ ޑްރިންކް ތިވަރަށް އެތެރެކުރަނީ ކޮންކަމެއް އޭގެން ވާތީތޯ ނުވަތަ ކުރަންތޯ؟؟ ތީގެންވާ ސިއްޚީގެއްލުމުން އާސަންދަ މެދުވެރިކޮށް ކިހާފައިސާއެއް ހޭދަކުރޭތޯ؟؟
ާއަހުމޭ
06 November 2019
ރަނގަޅު. އެހެންވީމާ އާބާދީގެ 0.5% މަދުން ކޮންމެ ދުވަަކު ދަޅެއްމިބޮނީ.
ޖަމީލުބެ
06 November 2019
ދިވެހިންގެ ބަދަލުވަމުން އަންނަ ކެއިންބުއިމުގެ ސަގާފަތް ތިކަމުން ހާމަވޭ
ހަމީދި
06 November 2019
ތިޔައީ ހުއްޓުވަންޖެހޭ ކަމެއް..އެކިފާޑުގެ ނޫޑްލްސް މައިލޯޕަކެޓް ފަދަ ކުދިންގެ ހަލާކު.. ހެލްތުން ފާސްކޮށްގެން ވަކި ކޮލިޓީއެއްގެ ތަކެތި ނޫނީ މަނާ ކޮށްބަލަ..މަނާކަމެކޯ ބޭރުގައި ކިޔަންނޭންގޭ ބަހުރުވަ ތަކުން ލިޔެފައިވާ ތަކެތި ވިއްކުން.އެކަމު ފިހާރަތައް ބަލާ ޗެކްކުރާ ބަޔަކު ނޫޅޭ..އަގު ހެޔޮވީމަ ގަނެގެން ގެންދަނީ...
ލަކްމަން
06 November 2019
މީ ޒުވާނުންނާއި ޒުވާންއުމުރަށް އަޅާ ކުދިންގެ ހަލާކު...ހަމައެކަނި އެނަރޖީ ޑްރިންކްސް ބޮއިގެން އުޅޭ ކުދިން އެބައުޅޭ...
ސަންޕަ އަހަންމަދު
06 November 2019
ބޯނެމީހުން ތިބިއްޔާ އެތެރެވެސްކުރާނެ. އެތެރެކުރަންޏާ ބޯންވެސްބޯނެ.
1828
06 November 2019
ކިތައްމެ ބައިވަރު ތި އެއްޗެހި އެތެރެކުރިޔަސް ފަރުވާލެއް ނެތް. ހިލޭ ދިނަސް ނުބޯނަން.