12 ނޮވެމްބަރ 2019 - 16:20
ސުޕްރީމް ކޯޓުގެ ޕްރޮޓޮކޯލް ޑިވިޒަންގެ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އާތިކާ އިބްރާހިމްގެ މައްސަލަތަކެއް ތަހުގީގުކުރަމުން ދާތީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން އޭނާ މިއަދު ސަސްޕެންޑްކޮށްފި އެވެ.
ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވައިދުގެ ދަށުން، ވަކި ގޮތެއް އަންގަންދެން އޭނާ ސަސްޕެންޑްކުރި އިރު މި މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލްގެ ބައެއް ޒިންމާތައް ވެސް އަދާކުރައްވަނީ އޭނާ އެވެ. އޭނާ އަށް އެ ޒިންމާތައް ހަވާލުކޮށްފައިވަނީ ސެކްރެޓަރީ ޖެނެރަލް ޑރ. ހުސައިން ފާއިޒު މަސްއޫލިއްޔަތުތަކުން ދުރުކޮށް އޭނާގެ މައްސަލަތަކެއް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހަޅައިގެން ބަލަން ނިންމުމަށް ފަހުގަ އެވެ.
ކޯޓުތަކުގެ ގާނޫނާއި ފަނޑިޔާރުންގެ ގާނޫނަށް ފަހުން ގެނައި އިސްލާހުތަކާ ގުޅިގެން ސުޕްރީމް ކޯޓުގެ އިދާރީ އެންމެ އިސް މީހަކީ ފާއިޒު ކަމަށް މުވައްޒަފުންނަށް އަންގަވައި މަސްއޫލިއްޔަތު އަދާކުރެއްވުމުގައި އޭނާ އިހުމާލުވެފައިވާ ކަމަށް އުއްތަމަ ފަނޑިޔާރު ވަނީ ވިދާޅުވެފަ އެވެ. މި ތުހުމަތުތަކާ އެކު އޭނާ ވަޒީފާ އިން ވަކިކުރަން އިންޒާރު ދިން ކަމަށް ބުނެ އުއްތަމަ ފަނޑިޔާރުގެ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އަންނަނީ ބަލަމުންނެވެ.
ބައެއް ފަނޑިޔާރުން ބޭނުންވާ ކަންކަން ކޯޓު ތެރޭގައި ނުފޫޒު ބޭނުންކޮށްގެން ކުރުވަނީ އާތިކާ މެދުވެރިކޮށް ކަމަށް މުވައްޒަފުން ތުހުމަތުކުރެ އެވެ. އުއްތަމަ ފަނޑިޔާރުގެ ޕާސަނަލް ސެކްރެޓަރީއެއްގެ ގޮތުގައި ވެސް މަސައްކަތްކުރައްވަނީ އާތިކާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިހީ
13 November 2019
މީނަވެސް ދެން މަސްސޫރު ވީ ދޯ.އަދި ކުރިޔައްވުރެ ފޮނިވާނެ..
މީކޮ
13 November 2019
އޮއްހޯ ޕާސަނަލް ސެކެއްޓެރީ
މިވެސް
13 November 2019
އަދިވެސް ނަންވާނީ ރ ޔާމީން
ހުޅުނބު
13 November 2019
ކޮން ނަންވުމެއްތަ؟؟ ބަލަ މި ބައިގަނޑު ބޭރުކޮށް ޤާބިލި އާ މީހުން ލާށޭ އަހަރެމެން ވޯޓު ދީގެން ސަރުކާރު ގެނެސް މަޖިލީހުގެ ސުޕަރ މެޖޯރިޓީ ދިނީ.. ހޭބަލި ނުވެ މަޑުން ތިބެ ބަލަ.. ތެޅުނު ތެޅުނު ހެން ދާނީ ހުޅުނބު
އުޅުނބު
13 November 2019
ގާބިލުވަނީ ވަކި ކުލައެއް ހުރުމުން. ތިޔަ ކިޔާ ގާބިލިއްޔަތެއް ނުފެންނާނެ އެހެން ކުލައެއްގެ ކަމަކަށް ކިރިޔާ ތާއީދުކޮށްލިއަސް.
ހިތާމަވެރި
13 November 2019
ފަހުޒަމާނުގެ އަލާމާތްތައް މި ފެންނަނީ ..... ފިތުނަ އުފެއްދުން. މިއީ އޮފީސްތަކުގައި ކަންތައް އޮންނަ ގޮތް. އެންމެ ގާތްކޮށް ބޮޑެތި ވެރިން ގެންގުޅޭނީ އެ މީހުން ބޭނުންވާ ކަހަލަ މައުލޫމާތު ގެނެސްދޭ މީހުން.
ތަހްމީނާ
12 November 2019
ތީ ވާ އާތިކާއެއް
ކޮތަރު
12 November 2019
އާތިކާ ހަލާކުކުރިމީހަކީ އުއްތަމަ ފަނޑިޔާރު.
ސުޖޫން
13 November 2019
އުއްތަމަ ފަނޑިޔާރުގެ ޕާރސަނަލް ސެކެރަޓަރީއަކީ އުއްތަމަ ފަނޑިޔާރުގެ ލަފަޔާއި އިރުޝާދުގެ ދަށުން އޭނާ އަންގާ އެންގުންތަކާ އެއްގޮތަށް މަސައްކަތް ކުރަންޖެހޭ މުވައްޒަފެއް. އެގޮތަށް މަސައްކަތް ކުރީމަ މި ގޯސްވީ. ނުކުރިނަމަވެސް ގޯސްވަނީ. ސަލާމަތެއް ނެތެއްނުން؟ ތިކަހަލަ މަޤާމުތައް އުވާލަންވީ
ހެޔޮ
13 November 2019
ނުޖެހޭ އަންގާ ކޮންމެ އެންގަކަށް ޢަމަލު ކުރާކަށް.. ވަޒީފާގެ އެއްބަސްވުމަލާ ޖުޑިޝިއަރީގެ މުވައްޒަފުން ޢަމަލުކުރަން ޖެހޭ ޤަވާއިދެއް އޮވޭ އޭގެ ދަށުން އުޅުނީމަ ހުންނާނި ހެޔޮކޮށް
ކޮތަރު
12 November 2019
އުއްތަމަފަނޑިޔާރުގެ ކަންތަށް މާމައްޗަށްމިދަނީ.. މީނާއެބަޖެހެ ވަކިކުރަން.
އިޔާނު
12 November 2019
ޖޭ އެސް ސީ އިން މި މައްސަލަ ބަލަން ޖެހޭ!
ހޭކެނޑޭ
12 November 2019
އާތިކާ އެއް ބާތިކާއެއް ކިޔާނެކަމެއް ނެތް. އާތިކާ ސަސްބެންޑް ކުރަންޖެހުނު ގޮތް ޙުދު އާތިކާ އަށާއި ކޯޓު ތަކުގައި މަސައްކަތް ކުރާ މުޥައްޒަފުން ނަށް ވެސް ވ ސާފުކޮއް އެނގޭނެ. ތިކަން ކުރަން ލަސްވެސް ވެއްޖެ.
ޑީޖޭއީ
12 November 2019
އުއްތަމަ ފަނޑިޔާރާ ދެކޮޅަށް ބަޔާނެއް ދޭން އިންކާރުކުރީމަ އޭނައަށް ބިރުދެއްކުމަށް ޑީޖޭއީ މެދުވެރިކޮށް ޖޭއެސްސީން ކުރާކަމެއް ތިއީ. މިގޮތަށް މީހުންގެ އަބުރު ކަތިލާ ވަޒީފާގެ ބިރުދެއްކުމަކީ ބަލައިގަނެވޭނެ ކަމެއްނޫން.
ލަގަބު
12 November 2019
ކޮން އުއްތަމައަކަށް؟ މިހާރު ހުރި މީހާއާ ދެކޮޅަށް އަދި ބަޔާން ނުދެވި ނެތެއްނުން.