ޑޯޓްމަންޑުގެ އޯބަމަޔަން (ވ) އަތުން ބޯޅަ ހޯދަން ރެއާލް މެޑްރިޑުގެ ސާޖިއޯ ރާމޯސް މަސައްކަތްކުރަނީ. --ފޮޓޯ: އޭއެފްޕީ
28 ސެޕްޓެމްބަރ 2016 - 09:57
ޑޯޓްމަންޑް (ސެޕްޓެމްބަރު 28) - ޗެމްޕިއަންސް ލީގުގައި ރޭ ބޮރޫޝިއާ ޑޯޓްމަންޑާ 2-2 އިން ރެއާލް މެޑްރިޑް އެއްވަރުވެ، ޖެހިޖެހިގެން ތިން ވަނަ މެޗުން މޮޅެއް ނުލިބި ނިންމާލަން ޖެހުމުން ވަރަށް ބޮޑަށް ހިތްހަމަނުޖެހިއްޖެ ކަމަށް ރެއާލުގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފި އެވެ.
ސްޕެނިޝް ލީގުގައި ވިޔަރެއާލް އަދި ލަސް ޕަލްމަސްއާ އެއްވަރުވެފައިވަނިކޮށް ރޭ ޑޯޓްމަންޑާ އެއްވަރުވީ ފަހު ވަގުތެވެ. މެޗުގެ 17 ވަނަ މިނެޓުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ރެއާލަށް ލީޑު ނަގައިދީފައިވަނިކޮށް ޑޯޓްމަންޑުން އެއްވަރުކުރީ 43 ވަނަ މިނެޓުގައި ޕިއެރޭ-އެމެރިކް އޯބަމަޔަން ޖެހި ލަނޑުންނެވެ. ދެ ވަނަ ހާފުގައި، 68 ވަނަ މިނެޓުގައި ރަފައެލް ވަރާން ރެއާލަށް އަލުން ލީޑު ނަގައިދީފައިވަނިކޮށް ޑޯޓްމަންޑުން ދެ ވަނަ ފަހަރަށް އެއްވަރުކުރީ 87 ވަނަ މިނެޓުގައި އަންދްރޭ ޝޫލާ ޖެހި ލަނޑުންނެވެ.
"ޖެހިޖެހިގެން ތިން ވަނަ މެޗުން މި އެއްވަރުވީ. ކުޅުންތެރިން ވަރަށް ރަނގަޅަށް ކުޅުނު. މި ނަތީޖާ ގަބޫލުކުރަން އުނދަގޫ. އަހަރެމެންނަށް ހައްގު މިއަށް ވުރެ ރަނގަޅު ނަތީޖާއެއް. އެކަމަކު މިއީ ގޯސް ނަތީޖާއެއް ވެސް ނޫން،" ޒިދާން ބުންޏެވެ.
ޒިދާން ބުނީ މެޗު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް ބައިކޮޅަށް ގޯލެއް ވަނުމުން ވަރަށް ބޮޑަށް ހިތްދަތިވި ކަމަށާއި ހާއްސަކޮށް ކުޅުންތެރިން އެހާ ރަނގަޅަށް ކުޅެމުން އަންނަނިކޮށް އެހެންވުމުން އިތުރަށް މާޔޫސްވި ކަމަށް އޭނާ ބުންޏެވެ.
ގްރޫޕް އެފް ގެ އެއް ވަނައިގައި ހަތަރު ޕޮއިންޓާ އެކު ރެއާލް އޮތްއިރު ދެ ވަނައިގައި އެ އަދަދަށް ޕޮއިންޓް ހޯދައިގެން އޮތީ ޑޯޓްމަންޑެވެ. ތިން ޕޮއިންޓާ އެކު ސްޕޯޓިން ލިޒްބަން ތިން ވަނައިގައި އޮތްއިރު ހަތަރު ވަނައިގައި ޕޮއިންޓެއް ނުލިބި އޮތީ ލީގާ ވޯސޯ އެވެ. ރޭ ވޯސޯ އަތުން 2-0 އިން ސްޕޯޓިން ވަނީ މޮޅުވެފަ އެވެ.
ޗެމްޕިއަންސް ލީގުގައި ގްރޫޕް އީ ގައި ރޭ އިންގްލެންޑުގެ ޓޮޓެންހަމް ހޮޓްސްޕާސް ވަނީ ރަޝިއާގެ ސީއެސްކޭއޭ މޮސްކޯ އަތުން 1-0 އިން މޮޅުވެފަ އެވެ. މޮސްކޯގައި ކުޅުނު މި މެޗުގައި ޓޮޓެންހަމްގެ ހަމައެކަނި ލަނޑު ޖެހީ 71 ވަނަ މިނެޓުގައި ޖެހީ ސައުތު ކޮރެއާގެ ހެއުން މިން-ސޮން އެވެ. އަނެއް މޮނާކޯ އާއި ބެޔާ ލެވަކޫސަން ވަނީ 1-1 އިން އެއްވަރުވެފަ އެވެ. ހަތަރު ޕޮއިންޓާ އެކު އެއް ވަނައިގައި މޮނާކޯ އޮތްއިރު ދެ ވަނައިގައި ތިން ޕޮއިންޓާ އެކު އޮތީ ޓޮޓެންހަމް އެވެ. ލެވަކޫސަން އަށް ދެ ޕޮއިންޓް ލިބިފައިވާއިރު ސީއެސްކޭއޭ މޮސްކޯ އަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝާޒިން ( ކާށިދޫ )
28 September 2016
އޭއް ވާނުވާބޭ ... މެސީ އޭ ކިޔާފަ ތި އަނގަ ހުޅުވަނީ ... ރެއާލް އެއް ނެތް އަދި މި ސީޒަން އަކު ބަލިވެފަކާ އެތް އެކަމް ތި ހިތުނގަދަ ކޮއްގެން އުޅޭ މެސީ ގެ ޓީމް ވަނީ އެއްވަރު ވިތާ ބަލި ވެސް ވެފަ ވީމާ އަދި ނެތް އަނގަ ހުޅުވޭކަށް
ވާނުވާބެ
28 September 2016
ހައްހައްހައް. ކޮބާތަ މެސީ އަށް އަނިޔާވީމާ އަލްހަމްދު ލިއްލާހި ކިޔާފަ އުޅުނު މީހުންތައް މިހާރު. ރީތި ވެއްޖެއެއްނު.
ކޯޓު
28 September 2016
ރެއާލް ޖެހިޖެހިގެން ކިތަންމެ މެޗަކުން އެއްވަރުވިޔަސް މެސީގެ ޓެކްސް މައްސަލައެއް ނުއޮބޭނެ! ޓެކްސް މައްސަލައިގައި މެސީ މަކަރު ނުހެދިކަމަކަށް ނުވާނެ! ހަޖަމްކޮށްލާ!
ވާނުވާބެއްޔާ
28 September 2016
މެސީއަކާއި މިހަބަރަކާއި ކޮން ގުޅުމެއް ހުރީ؟ ވާނުވާގަ ހުރެގެން ކިޔޭ ނުކިޔޭ ނޭނގި ޒާތީވިޔަސް ތީ ދެންބޮޑުވަރު.
ކޯޓު
28 September 2016
ވާނުވާ ބެއްޔާ ކަލޭ ދޯ އެންމެ ފުރަތަމަ މެސީގެ ނަން ޖަހާފައި ކޮމެންޓުކުރީ! ކަލޭ ތީ ހަމަ ވާނުވާގައި ހުންނަ މީހެއްކަން މިހާރު ކަށަވަރުވެއްޖެ!
ވާނުވާބެއްޔާ
28 September 2016
ވާނުވާބެއްޔާ އާއި ވާނުވާބެޔާ އެއީ ދެމީހެއް. އެހެންވީމާއި އެވާހަކަ ދަންނަވާލަން. ދެން ހަބަރާ ނުގުޅޭ ވާހަކަ ދައްކަންޏާ އެވާހަކަވެސް ބުނެވޭނެވާހަކަ ދަންނަވާލަން. ވާނުވާބެ ހުރީ ނިކަން ރަގަޅަށް ވާނުވާގަ.