ެުއުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ (މ) ފަނޑިޔާރު އާދަމް މުހައްމަދު
14 ނޮވެމްބަރ 2019 - 14:23
އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ފަނޑިޔާރުކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖުޑިޝަަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިިން ނިންމާފައި ވަނީ ރަނގަޅަށް ކަމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
ޖުޑިޝަރީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުން އެގޮތަށް ފާސްކުރީ ބައްދަލުވުމުގެ އިއްތިފާގުންނެވެ.
ޖުޑިޝަރީ ކޮމިޓީން ބެލީ އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު ވަކިކުރަން ނިންމި ނިންމުމުގައި ފުރިހަމަ ކުރަން ޖެހޭ އިޖުރާއުތައް ޖޭއެސްސީން ފުރިހަމަކޮށްފައިވޭތޯ އެވެ. އެއީ މަޖިލީހުގެ ގަވައިދު ބުނާ ގޮތުން މި މައްސަލައިގައި ކޮމިޓީން ބަލަން ޖެހޭ ހަމަ އެކަނި ކަންތަކެވެ. ދެ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ ދެން ފޮނުވާނީ މަޖިލީހުގެ ތަޅުމަށެވެ.
އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދު ވަކިކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމީ އިއްޔެ އެވެ. މި ނިންމުމާ އެކު އެ ދެ ބޭފުޅުން ވަނީ 60 ދުވަހަށްވުރެ އިތުރު ނުވާ ގޮތަށް ސަސްޕެންޑްކޮށްފަ އެވެ.
ޖޭއެސްސީން ބުނީ އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އާދަމްއާ ގުޅޭގޮތުން އެ ކޮމިޝަނުން ބެލި މައްސަލަތަކުގައި ފަނޑިޔާރެއްގެ ސުލޫކީ ސިފަތައް ނެތިގެންދާނެ ފަދަ އަމަލުތަކެއް ހިންގަވާފައިވާ ކަމަށް އެ ކޮމިޝަންގެ ތަހުގީގު ކޮމެޓީ އަށް ސާބިތުވާ ކަމަށެވެ. ދެ ބޭފުޅުންނާ ގުޅޭގޮތުން އެ ކޮމިޝަނުން ބެލި މައްސަލަތަކުގެ ބާވަތުން ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމަށްޓަކައި އެ ދެ ބޭފުޅުން ފަނޑިޔާރުކަމުގެ މަސައްކަތުން ވަގުތީ ގޮތުން ދުރުކުރަން ޖެހޭ ކަމަށް ޖޭއެސްސީން ބުންޏެވެ.
ގާނޫނުއަސާސީ ބުނާގޮތުން ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ ޖޭއެސްސީން ހުށަހަޅާ ހުށަހެޅުމަކަށް ބިނާކޮށް މަޖިލީހުން ފާސްކޮށްގެންނެވެ. ގާނޫނުއަސާސީ އާއި މަޖިލިހުގެ ގަވައިދުގައިވާ ގޮތުން ފަނޑިޔާރަކު ވަކި ކުރެވޭނީ ވޯޓުގައި ބައިވެރިވެވަޑައިގަންނަވާ މެމްބަރުންގެ ތިން ބައި ކުޅަ ދެބައިގެ އަޣުލަބިއްޔަތުންނެވެ.
އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އާދަމް ވަކިކުރަން މަޖިލީހަށް ފޮނުވަން ނިންމިއިރު، އުއްތަމަ ފަނޑިޔާރު ވަނީ ޖޭއެސްސީން ބަލަމުންދާ މައްސަލަތަކަކީ އެ ކޮމިޝަނަށް ބެލޭނެ މައްސަލަތަކެއް ނޫން ކަމަށް ވިދާޅުވެ، ކޮމިޝަނަށް ޖަވާބުދާރީވެ ވަޑައިގަންނަވަންޖެހޭ ސަބަބެއް ނެތް ކަމަށް އެ ކޮމިޝަނަށް އަންގަވައިފަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ހުންނެވުމަށް މިދިޔަ އަހަރު އުއްތަމަ ފަނޑިޔާރަކަށް އައްޔަން ކުރެއްވީ ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މަގާމުން ވަކިކުރަން މަޖިލީހަށް ފޮނުވަން ނިންމިއިރު އެ ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އަބްދުﷲ ދީދީ ވެސް ދާދިފަހުން ވަނީ މަގާމުން ވަކިކޮށްފަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދުގެ މައްސަލަ ވެސް ޖޭއެސްސީން އަންނަނީ ބަލަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުޖޫރަ
14 November 2019
ބަލަ ޖޭއެސްސީ އަކީ ވެސް ތި މަޖްލީގުގެ ކޮމެޓީ އެކޭ. މުޅި ޤައުމުގައި ވެސް އޮތް އެއްމެ ސިޔާސީ އައްޑާ ގަޑެވެ. ޑާޓީ މީހުންގެ އެއްމެ ގިނަ ތަނެވެ. ފަނޑިޔާރުނަށް ބިރު ދައްކަން ހަދާފައިވާ އެމްޑީޕީގެ ޖަގަހަ އެކެވެ. ތި ތަނުން ކުރާނެ ގޮތަކަށް ކަން ކުރާށެވެ. އުމުރަށް ތިކަމުގައި ތިބިއަކަ ނުދޭނަމެވެ.
ބައިރޯ
14 November 2019
ސްފުރިން ކޯޓް ވިއަސް ޖެޭ.އެސް.ސީއަށް ޖަވާބް ދާރީ ވާންޖެހޭނެ، ޖޭ.އެސް.ސީއަށް ޖަވާބްދާރީ ވުމަކީ ރައްޔަތުންގެ މަޖުލީހަށް ޖަވާބްދާރީވުން، މަޖުލިހަށް ޖަވާބްދާރީ ވުމަކީ ރައްޔަތުންނަށް ޖަވާބްދާރީވުން، ރައްޔަތުންނަށް ޖަވާބްދާރީ ވާންނުޖެހޭ އެއްވެސް ފަރާތެއް ސަރުކާގައިނުހުންނާނެ ސަބަބަކީ މުސާރައާއި އެހެނިހެން އިނާޔަތް ދެނީ ރައްޔަތުން އޮށްދާ އޮހޮރާފަ ހޯދަފަ ދޭޓެކުސް ފައިސާއިން، ވާނަްޖެހޭކަން މިދަނީފެނެމުން ދެން ލަލަލާ
ހަމަ ބުއްދި
14 November 2019
ހިތަކުން މޮޅު ވާހަކައެއް ތާއެވެ. ބަލަ ތި ކޮމެންޓުން އެގެނީ ފަނޑިޔާރުން ތިބެނީ ސިޔާސީ ޖޭއެސްސީގެ ދަށުގައި ކަމެވެ.ފަނޑިޔާރުން ކުރާ ހުކުމް ތަކަށް ނުފޫޒް ފޯރުވާން ސިޔާސީ މީހުން ހަދާފައިވާ ތަނެއް ކަމެވެ.
ހަލަބޮލި
14 November 2019
ޖޭއެސްސީގެ ރިޔާސަތުގާއި އިނީ ވެސް ހިސާނު ހުސޭނު އެވެ. ތި ކޮމެޓީގައި ވެސް ހިސާނު ހުސޭނު އެވެ. ޖޭއެސްސީގެ މެޖޯރިޓީ ލީޑަރަކީ ފަނޑިޔާރުން ދެކެ ނުހަނު ދުޝްމަނު ނަޝީދެވެ. މަޖްލީހުގެ ރައީސަކަށް އިނީ ވެސް ހަމަ އެ މީހާއެވެ. ދެން އަވަސް ވެފައި އިންސާފު ވާނެ މިންވަރު ނިކަން ބަލާ ށެވެ.
ފިނިހިޔާ
14 November 2019
ޖޭއެސްސީގައި ސިޔާސީ މީހުން ( ޕާޓީއާއިގެން މޮޔަވެ މަސްތުވެފައިވާ ) ތިބޭހާ ދުވަހަކު ގާޒީންގެ ކަންކަން އިންސާފުވެރިކޮށް ނުބެލޭނެކަން ޔަގީން. ގާޒީންގެ ކަންކަން ބަލަން ކޮން މެކޯޓަކުން ފަނޑިޔާރެއް ލައިގެން ސިޔާސީ ނުފޫޒުން އެއްކިބާ ވެފައިވާ ޖޭއެސްސީއެއް އެކުލަވާ ލެވިއްޖެނަ މަ މިހާރައްވުރެ ކަންކަން ރަނގަޅުވާކަން ޔަގީން.
އުދުހޭ
14 November 2019
އެއްމައްސަލައެއްގައި ދެފަހަރު ދެގޮތަށް ހުކުމް ކުރަން ކޮންމެހެން ޕީއެޗްޑީއެއް ބޭނުމެއްނުވާނެ.
ދަލޭ
14 November 2019
ދެނ މަޖްލިސް ކިޔާ ބޮޑު ތަނެއްގަ އެންމެން އިއްވެ ސައި ބުއިމުގެ ބަދަލުގައި ނަޝީދު ގޭގަ ތިކަން ބާއްވަބަލަ. އޭނަ ބުނާގޮތަކަށް އެދުވަހެއްގެ ކަންކަން ހިންގާއިރު ތިހެން ފެންވަރާ ސަޑުނަގައިގެން ގުންފައި ޖަހަމުން ޕާކިސްތާނުން ދިން އިމާރާތަކަށް ދިޔައިމަ ކަމަކުނުދޭ. ގާނޫނު ނެތް ތަނެއްގަ ކޮން ގާނޫނު ހަދާ މަޖްލިހެއް.
ހަނުހުންނަ މީހާ1
14 November 2019
އަދިވެސް ކުނި އެބަހުރި ކަހާ ސާފުކުރޭ. ޖަޒީރާ ރާއްޖޭގެ ގޮޑުދޮށް ތަކާމުދާ ރަށުތެރެ ހުންނަންޖެހޭނީ ސާފުކޮށް. ކިލަބުކަމެއް ނެތް ގޮތަށް.
މޯޑް
14 November 2019
އަވަހަށް ތި ފަޑިޔާރުން ވަކިކުރޭ