މާލޭގައި މިއަދު ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ
29 ނޮވެމްބަރ 2019 - 15:01
މާލޭގައި މިއަދު މީހަކަށް ތޫނު އެއްޗަކުން ހަމަލަދީ ޒަހަމްކޮށްލައިފި އެވެ.
ފުލުހުން ބުނީ މާޔާ ކްލިނިކް ކައިރިން މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި ކަމުގެ ރިޕޯޓެއް މިއަދު މެންދުރުފަހު 1:18 އެހާކަށް ހާއިރު ލިބުނު ކަމަށެވެ. އެކަމާ ބެހޭ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.
ޒަހަމްވި މީހާއަށް ލިބުނު ގެއްލުންތަކުގެ ތަފްސީލެއް އަދި ނޭނގެ އެވެ.
މާލޭގައި މިއަހަރު ހިންގި ނުރައްކާތެރި މާރާމާރީ ތަކުގެ އަދަދު މިދިޔަ އަހަރާ އަޅާ ބަލާއިރު މިއަހަރު މަދެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުމަރުބެ
30 November 2019
މިހާރު އެބައެނގެއެއްނޫން ޤާނޫނެއް އަދި އޮތަސް ތޫނު އެއްޗެހިން ޒަހަމްކުރުން މަދެއް ނުވާކަން، އެއީ ޤާނޫނު ރައްޔިތުންނަށް ބުނެނުދެވޭތީ އަދި ކުއްވެރިން ދޫވެފައިތިބޭތީ، ސަރުކާރުގެ އިދާރާތަށް މިދިޔަ 12 އަހަރުން ފެށިގެންވަނީ ފެއިލްވެފައި
ފަހުދު
30 November 2019
ތިވާނީ ކުރިން ޖަހާފައިން ވަޅިއެއް އުފުރާލީ ކަމައް. ވިސްނުމައްވުރެ ވަޅި ތޫނުވީމަ ތިވަރުގެ ކަމެއް ވެދާނެ.
މުރާސިލް
29 November 2019
ހޫ އަނެއްކާފެށުނީދޯ
ސައި
29 November 2019
ތިވާނީ މިއުޅޭ ޕީޕީއެ މްގެ ބައިގަޑަށް ތިއުޅެނީ މާލޭ ހަލަބޮލިކުރަން
ޖަމަލު
29 November 2019
އުއްމީދު ކުރަން ތިއީ ފުޓްސެލް ދަނޑު ހަދައިދީފަ ވިޔަފާރި ކުރަން ދޫކޮއްފައިވާ ކަންމަތީ ޖަމިއްޔާގެ ކުއްޖަކަަށް ނުވާނެ ކަމަށް. ވެއްޖެޔާ ތިދެން މައްސަލައެއްނޫން
ސޮރީ
29 November 2019
ކުރީ ސަރުކާރު
ނަޖުދާ
29 November 2019
ދޮގު. ނުހިނގާނެ ތިކަހަލަ ކަމެއް. ވަޅި ހެރުން 0
އޮނަރަބްލް އަފީފު ދީދީ
29 November 2019
މިފަދަ ޙަރަކާތް ތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މީހުންގެ ފޮޓޯތައް އާންމު ކުރާންޖެހޭ. އަދި އެފަދަ މީހުންގެ ފޮޓޯތަކާއި ވަނަވަރު އިމިޤްރޭޝަން އާއި ކަސްޓަމްސް ފަދަ ފަރާތް ތަކާއި ޙިއްސާކުރާންޖެހޭ. # ބޭނުމަކީ މިފަދަ އަމަލުތައް ހިންގާ ގިނަމީހުންނަކީ ކޮންމެވެސް ތަގު ޤުރޫޕެއް ނުވަތަ ގޭންގެއް ނުވަތަ އެއްކަލަ މިކިޔާ ދީނީ (އިސްލާމް ދީނުގެ ނަމުގައި އިސްލާމް ދީނުގެ އުސޫލް ތަކާއި ހިލާފަށް ޙަރަކާތްތެރިވާ) ޖަމާއަތަކަށް ނިސްބަތްވާ ބަޔަކު ކަމަށްވާތީ.
ރައީޝް ނަސީދު
29 November 2019
ޔާމީނު ޖަލަށްލީމަތަ؟
ލުބްލާ
29 November 2019
މަގޭ ހިތަށް ވެސް އެރީ ތިހެން