ހައިކޯޓުގެ ފަނޑިޔާރު ރައޫފް: އޭނާ ސުޕްރީމް ކޯޓަށް އައްޔަން ކުރުމާ މެދު ޖޭއެސްސީން ވަނީ ލަފާ ދިނުން މަޑުޖައްސާލާފައި -- ފޮޓޯ/މިހާރު
02 ޑިސެމްބަރ 2019 - 13:48
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވި ހައި ކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމްގެ ނަމާ މެދު ލަފައެއް އެރުވުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މަޑުޖައްސާލައިފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވެފައި އޮތް ތިން މަގާމަށް އައްޔަން ކުރެއްވުމާ މެދު ޖޭއެސްސީގެ ލަފައަކަށް އެދިވަޑައިގެން ރައީސް ފޮނުއްވީ ފަނޑިޔާރު ރައޫފްގެ އިތުރުން އުއްތަމަ ފަނޑިޔާރަކަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ފަނޑިޔާރު ކަމަށް ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދުގެ ނަންފުޅެވެ.
އޭގެ ތެރެއިން މުއުތަސިމް އާއި ސުއޫދު އަކީ އެ މަގާމަށް އައްޔަން ކުރަން ހައިލީ ރިކޮމެންޑެޑް ބޭފުޅުން ކަމަށް ނިންމައި، ޖޭއެސްސީން ވަނީ އިއްޔެ ރައީސަށް ލަފާ އަރުވައިފަ އެވެ. އެކަމަކު ރައޫފްގެ ނަމާ މެދު ޖޭއެސްސީން އެކަހަލަ ލަފައެއް ނާރުވަ އެވެ.
ޖޭއެސްސީން ރޭ ބުނީ ރައޫފްއާ ގުޅޭ ތިން ޝަކުވާއެއް އިއްޔެ އެ ކޮމިޝަނަށް ލިބިފައިވާ ކަމަށެވެ. އެހެންވެ، އޭނާގެ ނަމާ މެދު ރައީސަށް ލަފައެއް އަރުވާނީ އެ ކޮމިޝަނުން ބަލަން ޖެހޭ ބެލުންތައް ބެލުމަށް ފަހު ކަމަށެވެ. އެކަމަކު ފަނޑިޔާރު ރައޫފްގެ ބަލަނީ ކޮން ޝަކުވާތަކެއް ކަމެއް ހާމައެއް ނުކުރެ އެވެ.
ހައި ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީގައި އިންނަވާ މެމްބަރެއްގެ ގޮތުގައި އެންމެ ފަހުން ހުންނެވީ ވެސް ފަނޑިޔާރު ރައޫފެވެ. ސުޕްރީމް ކޯޓަށް އައްޔަންކުރަން އޭނާގެ ނަން ފޮނުވުމުން އެ މަގާމުން ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.
މުއުތަސިމް އާއި ސުއޫދު އައްޔަން ކުރަން ޖޭއެސްސީން ލަފާ އެރުވުމާ އެކު، އެ ދެ ބޭފުޅުންގެ ނަންތައް ރައްޔިތުންގެ މަޖިލީހަށް ރައީސް މިހާރު ވަނީ ފޮނުއްވައިފަ އެވެ. އަދި މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން މިހާރު ގެންދަނީ އެނަންތައް ދިރާސާކުރަމުންނެވެ.
ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރާނީ ޖޭއެސްސީގެ ލަފާގެ މަތިން ރައީސް ފޮނުއްވާ ނަންފުޅުތަކަކަށް ބިނާކޮށް، މަޖިލީހުން ނަގާ ވޯޓަކުންނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި މިހާރު ތިއްބެވީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދެވެ.
އެކަމަކު ސަސްޕެންޝަންގައި ހުންނެވި ފަނޑިޔާރު ޣަނީ މަގާމުން ވަކިކުރަން ވަނީ މަޖިލީހަށް ފޮނުވައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނެގުނުކަތީބު
03 December 2019
ސޫދުގެ ލާފާމު އެކަނިތޯ؟ އޭޖީ އެމްޕީ އަދި ޖޭ އެސް ސީގެ ރައީސާ އަދި ރ. ނަޝީދުގެ ކޮއްކޮގެ ލޯފާމު. އެންމެތަކުން ހައްލު ހޯދަން އެދިމާތަކަށް ދުވަނީ ކީއްވެގެންކަން ރައްޔިތުންނަށް ނޭންގޭނީތާއޭ. އެއީ ހަމަ ނަޒާހަތޭ؟؟؟
ޙަސަންކާރި
02 December 2019
ލޯފާމް ހިންގުމާ ބިޒިނެސް ކޮއްފަ ކޮރޮޕްޓް ވެ ރަތްޔިތުންގެ ހައްގުތަކައް އެރިވަރަކައް ސްޕްރިމްކޯޓައް ށަރުތު ހަމަވާނެ
އިލޮށި
02 December 2019
ކަލޭ ތި ޖޭއެސްސީ ގަ ތި ކަންތައް ފެށީ، އެއމެ ފަހުން ކަލެޔާ ލައިގަތީ
އިސްމޭން
02 December 2019
ފަނޑިޔާރު ރައޫފަކީ ސުޕްރީމްކޯޓަށް އެންމެ އެކަށީގެންވާ ބޭފުޅުންގެ ތެރެއިން އެއްބޭފުޅެއް. ސުޕްރީމްކޯޓަށް ނަންފުޅު ފޮނުވުމާއެކު މައްސަލަތައް ފުނިފުންޏަށް އޮއްސާލުމަކީ އެމައްސަލަތަކުގެ މެރިޓާމެދު ބަލަންޖެހޭ ކަމެއް.
މުހައްމަދު ރައޫފު / ދުގެނތިމާގެ
02 December 2019
ރައޫފު ތީ ރައީސް ޔާމީނަށް ހުރިހާ ޖަރީމާއެއް ކޯޓުތަކާއި ޖޭއެސްސީ މެދުވެރިވެގެން ހިންގައިދިން މީހާ. މިހާރު ކޮޅު ބަދަލުކޮށް ސުޕްރީމް ކޯޓަށް ދާން އެ ހިފަނީ. ސުޕްރީމް ކޯޓު ކީއްކުރަން ހައިކޯޓުގައިވެސް އަދި މެޖިސްޓްރޭޓް ކޯޓެއްގައިވެސް ބައިންދާވަރު މީހެއް ނޫން ރައޫފުތީ
ހަސަންކާރި ޗެމްބަރުސް
02 December 2019
ސުއޫދު ހަމަ ހައިލީ ރިކޮމަންޑަޑް ތޯއެވެ؟
ވާނެ ގޮތް
02 December 2019
ފުކެއް ވެސް އަތް ދަށުން ހިނގާ ދާނެ ކަމަށް ތި ބިރުގަންނަނީ ދުވަހަކު ވެސް ނުފާބާން ކަމަށް ތޯއެވެ؟ އެކަމަކު " ބަގުޑި " ބައްދާ ބައްދާ ތިއްބާ ތިކަން ވެސް ނިމޭނެއެވެ
އާރުސީ
02 December 2019
ނާޒިމް ސަރގެ ހުކުމް ފްލެޓަކަށް. ވިއްކާލި
އައިމީ
02 December 2019
ރައޫފު ހައިކޯޓުގެ ގާޒީ ކަމުންވެސް ސަސްޕެންދުކުރަންޖެހޭ ތި މައްސަލަތަކާމެދު ގޮތެއް ނިމެންދެކަށް
ހޭލާ
02 December 2019
މިހާތަނަށް އެއްވެސް ފަރާތަކުން ރައޫފާ މެދު ސަކުވާއެއް ނުކުރެއެވެ. އަދި ރައޫފު ނިންމި މައްސަލައެއްގައި ސިޔާސީ ކުލަ ނުވަތަ އެނޫންވެސް ނުކިއްސަރު ކަމެއް އުޅެެގެން ވާހަކަ ދައްކާ ލިޔެ ހަދާފައެއް ނެތެވެ. ވީމާ، ޖޭއެސްސީއަށް ހުށަހެޅޭ މައްސަލަތައް ބެލުމުގައި ފަޑިޔާރުންގެ ހައްގުތައް ރައްކާތެރިކޮށް އަބުރު ނުގެއްލޭގޮތަށް ކަންކަން ބަންޓަން ކުރަންޖެހެއެވެ.
ގުދުސް
02 December 2019
ތީތި ގޯސް! މިހާތަނަށް ޝަކުވާކުރިތޯ އެއް ނޫން ބަލާނީ. އޭނާގެ އަމަލުތަކަށް ބަލަންވީ. ހަމަ ތިޔަ ރައޫފު އިނދެގެން ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރުން ކުރި ހުރިހާ ކަންތަކެެއް ބަލައި ފިޔަވަޅު އަޅަން ނިންމީވެސް. އެމީހުންގެ މައްޗަށްވެސް ކުރިން ޝަކުވާއެއް ހުށަނޭޅޭ. އަމިއްލަ މަސްލަހަތާ ޖެހުނީމަ ތަފާތު އުސޫލެއްދޯ!
ޙިޔަޅު ސަރުކާރު
02 December 2019
ނިކަން ބަލާ ށެވެ. ސުޕްރީމް ކޯޓަށް ޢައްޔަން ކުރަން ރައޫފުގެ ނަން ފުޅު ޖޭއެސްސީ އަށް ރައީސް ސޯލިހު ފޮނުވިކަން މިވީ ރައޫފް ކުއްވެރިވާ ކަމަކަށެވެ.ޖޭއެސްސީގެ މެމްބަރުކަން ވެސް ގެއްލުނީ އެވެ. ޙުރި ހިޔަޅު ކަމާއެވެ.