ޚަބަރު / ގާޒީ އަހުމަދު ހައިލަމް

ހައިލަމް ފަނޑިޔާރު ކަމުން ވަކިކުރަން ނިންމީ ރަނގަޅަށް ކަމަށް ކޮމެޓީން ފާސްކޮށްފި

ކްރިމިނަލް ކޯޓުގެ އިސް ގާޒީ ހައިލަމް: އޭނާ ފަނޑިޔާރު ކަމުން ވަކިކުރަން ޖޭއެސްސީން ނިންމި ނިންމުން ރަނގަޅު ކަމަށް ކޮމެޓީން ވަނީ ފާސްކޮށްފައި -- ފޮޓޯ/މިހާރު

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ފަނޑިޔާރުކަމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި ނިންމުން ރަނގަޅު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ފާސްކޮށްފި އެވެ.

އިސް ގާޒީ ހައިލަމް ނަސްރު ދުވަހުގެ ތަހުނިޔާ ފޮނުވުމުގެ ގޮތުން ކްރިމިނަލް ކޯޓުގެ ވައިބާ ގްރޫޕަކަށް ފޮނުއްވި ކުރެހުމެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އިތުރު ބައެއްގެ ކަރުގައި ވާ ޖަހާފައި ކުރެހުމެއް ހުރި މައްސަލާގައި އޭނާ ކުރިން ވަނީ ސަސްޕެންޑް ކޮށްފަ އެވެ. އަދި އޭނާ ފަނޑިޔާރުންކަމުން ވަކިކުރަން މަޖިލީހަށް ފޮނުވަން ޖޭއެސްސީން އިއްޔެ ވަނީ ނިންމައިފަ އެވެ.

މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން އެ މައްސަލަ ދިރާސާ ކުރުމަށް ފަހު، ހައިލަމް ވަކިކުރަން ޖޭއެސްސީން ނިންމީ ރަނގަޅަށް ކަމަށް ކޮމެޓީން މިއަދު ފާސްކުރީ އެ ކޮމެޓީގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާގުންނެވެ. އެހެންވެ، އެކަމާ މެދު ގޮތެއް ނިންމުމަށް މިހާރު ވަނީ ތަޅުމަށް ފޮނުވައިފަ އެވެ.

ގާނޫނު އަސާސީ ބުނާގޮތުން ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ ޖޭއެސްސީން ހުށަހަޅާ ހުށަހެޅުމަކަށް ބިނާކޮށް، މަޖިލީހުން ފާސް ކޮށްގެންނެވެ.

ހައިލަމްގެ އިތުރުން އިތުރު ދެ މެޖިސްޓްރޭޓަކު ވެސް ފަނޑިޔާރު ކަމުން ވަކިކުރަން ޖޭއެސްސީން ވަނީ މަޖިލީހަށް ފޮނުވައިފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރި މަނީ ލޯންޑްރިންގެ ދައުވާ ކުރިން ބެއްލެވި އިސް ގާޒީ ހައިލަމް ސަސްޕެންޑްކުރީ އެ މައްސަލާގެ ހުކުމް އިއްވަން ހަމަޖެހިފައި އޮތް ދުވަހު އެވެ.

މިދިޔަ އަހަރު ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވި ހައިލަމް ސަސްޕެންޑް ކުރުމާ އެކު، ފަސް ފަނޑިޔާރުންގެ ބެންޗަކުން ޔާމީންގެ މައްސަލަ ބެލުމަށް ފަހު މިދިޔަ ހަފުތާގައި ވަނީ ޔާމީން ފަސް އަހަރަށް ޖަލަށްލައި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް، ހުކުމްކޮށްފަ އެވެ.

6 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 69%
icon sad icon sad 8%
icon angry icon angry 23%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަނުހުންނަ މީހާ1

02 December 2019

ފަޑިޔާރެއްގެ ކިބައިގައި ހުންނަންޖެހޭ ސުލޫކް ނުހުންނަނަމަ ވަކިކުރަންވީ ފަޑިޔާރުން ސިޔާސީވެ ގައުމުގެ ވެރިމީހާގެ ކަރުގައި ވާގަނޑުޖެހި ފޮޓޯ ޝެއާރ ކުރާހިސާބަށް ދިޔާމަ އެމީހަކު ފަޑިޔާރުކަމުގައި ބެހެއްޓުމަކީ ގައުމަށްވެސް ލަދެއް

The name is already taken The name is available. Register?

ރަބަރު

02 December 2019

ހައިލަމް ކާރިން އަހާލާހިތްވޭ. ހައިލަމް އާ ގުޅިގެން ފެންމަތިވި ދެކަން ފެންމަތިވުމަށްފަހު އެމީހާ ގާޒީގެ މަގާމުގައި ހުރުމަކީ ރަނގަޅުކަމެއްތޯއެވެ؟

The name is already taken The name is available. Register?

ފޮނިޓައްޕު ހަސަނު

02 December 2019

މިހާރު ހުންނާނެ ރަނގަޅަށް ސައިޒު ވެފަ،

The name is already taken The name is available. Register?

ނަންނުޖަހާ

02 December 2019

1. އިދާރީ އެންމެ އިސްމުވައްޒަފު ޑަސްޕިނުން ހޯދިކަން ސާބިތުވި. 2. ޤާނޫނާއި ޤަވާދާއި ޚިލާފަށް ޒާތީވެގެން މީހަކު ވަކިކުރި ކަމަށް ސާބިތުވި. 3. މަޤާމުގެ ނުފޫޒުން އެތަކެއް ކަމެއް ކުރެއްވި ކަމަށް ސާބިތުވި. 4. ދައުލަތުގެ ފައިސާ ނުފޫޒު ބޭނުންކޮށްގެން އަމިއްލަ ބޭނުމަކު ބޭނުންކުރި ކަމަށް ސާބިތުވި، މިހުރިހާ ކަމެއް ސާބިތުވި މީހަކު ކީއްވެބާ ވަކިނުކޮށް ބަހައްޓާފައި އެހުރީ؟

The name is already taken The name is available. Register?

ގަމޮން

02 December 2019

ވަގުސަރުކާރެއް. ޑެން ކޮންއިންސާފެއް އޮންނާނި. ހިލޭ އެހީއަށް ލިބޭ ފައިސާތައް ބަހައިގެން އަނގަތައް ބަންދުކޮށްފަ. ދެން މަޑުން ތިބެން މަޖުބޫރުވާނެތާ

The name is already taken The name is available. Register?

ކޮމިޓީ

02 December 2019

ބާރީ އާއި އާދަމް އާރިފްވެސް ބޭރުކޮށްދެއްޗޭ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454