04 ޑިސެމްބަރ 2019 - 14:43
ކައުންސިލްތަކުގެ މޭޔަރުންނާއި ރައީސުންނާއި މެންބަރުން ރައްޔިތުންގެ މަޖިލިހަށް ވަކިކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަން އުޅޭތީ ގިނަ ބައެއްގެ ފާޑުކިޔުން އެ ކަމަށް އަމާޒުވެއްޖެ އެވެ.
އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮންނަ މަޖިލިހުގެ ލާމަރުކަޒީ ކޮމިޓީން އިއްޔެ ނިންމާފައިވަނީ ކައުންސިލަރެއްގެ މައްސަލައެއް އޮތް ނަމަ އެލްޖީއޭ އިން އެކަން މަޖިލީހަށް ހުށަހެޅުމުން މަޖިލީހުގައި ނަގާ ވޯޓަކުން އެ ކައުންސިލަރަކު މަގާމުން ވަކިކުރެވޭނެ ކަމަށެވެ.
މިހާރު ކައުންސިލަރުން މަގާމުން ވަކިކުރެވޭނީ މަގުބޫލު އުޒުރެއް ނެތި ތިން ބައްދަލުވުމަށް ހާޒިރު ނުވެއްޖެ ނަމަ އެވެ. އަދި ކައުންސިލަރުން ގާނޫނާ ހިލާފަށް އަމަލުކުރާ ކަމަށް ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ފާހަގަކުރެވިއްޖެ ނަމަ ހައި ކޯޓަށް ހުށަހަޅައިގެން އެ ކައުންސިލެއް އުވާލެވެ އެވެ.
Counciler in vaki kurumuge baaru majileehah dhenee!
The most trusted news source in the Maldives
Mihaaru
ކައުންސިލަރުން ވަކިކުރުުގެ ބާރު މަޖިލީހަށް ދޭން ކޮމެޓީން ފާސްކުރުން
އަލަށް ގެންނަން އުޅޭ ބަދަލު އެތައް ބަޔަކު ސިފަކުރަނީ ރައްޔިތުންނަށް ލިބިފައިވާ ބާރެއް މަޖިލީހުން އަތުލައިގަންނަނީ ކަމަށެވެ. ސީދާ ރައްޔިތުންގެ ވޯޓަކުން ހޮވާ ކައުންސިލަރުންތަކެއް މަޖިލީހުން ވަކިކުރެވޭ ނަމަ ބާރުތައް ވަކިވެފައިވާ ދައުލަތެއް ބިނާނުކުރެވޭނެ ކަމަށް ބައެއް މަޖިލިސް މެމްބަރުންނާއި ސަރުކާރުގެ އިސް މަގާމުތައް ފުރުއްވާފައިވާ ބޭފުޅުން ދެކެވަޑައިގަނެ އެވެ.
އަތޮޅުވެރިކަމާއި ކަތީބުކަން އިޔާދަތިކުރީ. ތަހުތުގަހުންނަމީހާ ރުއްސަން ދެން ކައުންސިލަރުން ތެޅެންޖެހޭނީ. މާލެއިން ވަޑައިގަންނަވާއިރު ރަތްދަކައަވީގަ ބަނދަރުމަތީ ތިބޭ ރައްޔިތުންގެ އަދަދު ކިރިއާ މަދުވިއަސް އަނެއްދުވަހު މަގާމުން ވަކިކުރެވޭނެ. މައުމޫނު ނަންވާނީ.
— Ahmed Mohamed (@AhmedMo99506552) December 3, 2019
ފާޑުކިޔައި އާންމު މީހަކު ކޮށްފައިވާ ޓްވީޓެއް--
މިހާރު އޮތް އިސްލާހަށް ދެކޮޅުހައްދަވާ މަޖިލީހުގެ އެއް މެމްބަރަކީ ކެންދޫ ދާއިރާގެ އަލީ ހުސައިން އެވެ. އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކައުންސިލަރުން ވަކިކުރުމުގެ ބާރު މަޖިލީހަށް ނުނެގޭނެ ކަމަށެވެ.
"ރަށެއްގެ ރައްޔިތުން އެ ރަށަކަށް ހިދުމަތް ކުރަން ހޮވާފައި ހުންނަ މީހަކާ މެދު ކަންކުރަންވީ ގޮތް ސިޔާސީ ވަކި ޕާޓީއެއްގެ ހަންމުއްޓަކުން ނިންމިގެން ނުވާނެ،" ސަރުކާރު ކޯލިޝަން، ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ވިދާޅުވި އެވެ.
ރައްޔިތުންގެ ވޯޓުން ހޮވާފައި ތިބޭ ކައުންސިލަރުން ރައްޔިތުންގެ ބަހެއް ނެތި ހަމައެކަނި މަޖިލީހުގެ މެންބަރުންގެ ވޯޓަކުން ވަކިކުރުން އެއީ ރަގަޅު ގޮތެއް ނޫން. ރައްޔިތުންގެ ވޯޓުން ހޮވާ މެންބަރުން/ކައުންސިލަރުން ވަކިކުރުމުގައި ރައްޔިތުންގެ ބަހެއް އޮންނަން ޖެހޭނެ. https://t.co/m1p0zBKzx2
— Ahmed Usham (@a_usham) December 3, 2019
މެމްބަރު ހުޝާމް ކުރެއްވި ޓްވީޓް--
ބައެއް މީހުން މިސާލު ދައްކަމުން ބުނީ ހއ. އަތޮޅު ރަށެއްގެ ރައްޔިތަކު ހޮވާ ކައުންސިލަރަކު، އައްޑޫ ސިޓީގެ މަޖިލިސް މެމްބަރެއްގެ ވޯޓުން ވަކިކުރުމަކީ ދެކޮޅުޖެހޭ ކަމެއް ނޫން ކަމަށެވެ.
ވިލިމާލެ ދާއިރާގެ އަމިއްލަ މެމްބަރު އަހުމަދު ހުޝާމް ވިދާޅުވި ގޮތުގައި ރައްޔިތުންގެ ވޯޓުން ހޮވާފައި ތިބޭ ކައުންސިލަރުން ރައްޔިތުންގެ ބަހެއް ނެތި ހަމައެކަނި މަޖިލީހުގެ މެންބަރުންގެ ވޯޓަކުން ވަކިކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.
"ރައްޔިތުންގެ ވޯޓުން ހޮވާ މެންބަރުން/ކައުންސިލަރުން ވަކިކުރުމުގައި ރައްޔިތުންގެ ބަހެއް އޮންނަން ޖެހޭނެ،" ހުޝާމް ކުރެއްވި ޓްވީޓްގައި ވިދާޅުވި އެވެ.
ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ ކައުންސިލަރުން މަގާމުން ވަކިކުރުމުގެ ބާރު އެއްވެސް ގައުމެއްގައި މަޖިލީހަށް ދީފައިނުވާ ކަމަށެވެ. އެ ބާރު މަޖިލީހަށް ނެގުމަކީ ބާރުތައް އެއްކުރާކަން ހާމަކޮށްދޭ މިސާލެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރައްޔިތުންގެ ވޯޓުން ހޮވާ ކައުންސިލަރުން މަޖިލިސް އިން ވަކިކުރެވޭ ނަމަ އިލެކްޝަންކޮމިޝަން އަށް މަޖިލިސް މެންބަރުންވެސް ވަކިކުރެވޭނެ. @Imthiyazfahmy @HuShameem @Lumwaheed
— Aboosamaas (@aboosamaas) December 3, 2019
ފާޑުކިޔައި އާންމު މީހަކު ކޮށްފައިވާ ޓްވީޓެއް--
"ކައުންސިލްތައް ޒިންމާދާރު ކުރުވަން ވާނީ އަދި ޖަވާބުދާރީ ވާން ޖެހޭނީ ވެސް ސަރުކާރަށް،" ހޯމް މިނިސްޓަރުގެ ހައިސިއްޔަތުން އެލްޖީއޭގެ ރައީސްކަން ވެސް ކުރެއްވި އުމަރު ވިދާޅުވި އެވެ.
"މަޖިލީހުން މިގެންދަނީ ސަރުކާރުގެ ބާރުތަކުގެ ތެރެއަށް ވަދެ ބައެއް ބާރުތައް މަޖިލީހަށް ބަދަލު ކުރަމުން."
ޓްވިޓާގައި ހިޔާލުފާޅުކުރި އާންމުންގެ މީހަކު ބުނީ ރައްޔިތުން ނަގާ ވޯޓަކުން ހޮވާ ބަޔަކު ރައްޔިތުންގެ މަޖިލިހުން ވަކިކުރެވޭ ނަމަ "އިލެޝަންސް ކޮމިޝަނަށް މަޖިލިސް މެމްބަރުން ވެސް ވަކިކުރެވޭނެ" ކަމަށެވެ.
އަލަށް ގެންނަ އިސްލާހާ ބެހޭ ގޮތުން "މިހާރު"ގައި ޖެހި ހަބަރަށް ކިއުންތެރިން ފޮނުވި ހިޔާލުތަކުގެ ތެރޭގައި ވެސް އެކަމާ ދެކޮޅު މީހުން ވަރަށް ގިނަ އެވެ. ބައެއް މީހުން ސުވާލުކުރީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނާ މެދު އެޅޭނެ ފިޔަވަޅެއް ނެތް ކަމަށެވެ.
"ދައުލަތުގެ އެންމެ މަތީ ވެރިޔަކީ ވަލިއްޔުލް އަމުރު. އޭނާ ވެސް ވަޒީފާއިން ވަކިކުރެވޭނޭ ގޮތްތަކެއް ޤާނޫނު އަސާސީގައި އޮވޭ. އެކަމަކު ޢިލްމީ ފެންވަރެއް ނެތަސް، ޒިންމާ އަދާ ނުކުރިޔަސް ޢިއްޒަތްތެރި މަޖްލިސް މެންބަރުން ވަކިކުރެވޭނޭ ހަމަ އެއްގޮތެއް ވެސް ނެތް. ތިވަރުން ދަންޏާ ދެމަފިރިން ވަރިކުރުވުން ވެސް މަޖްލީހުގެ އިޚްތިޞާޞްގެ ތެރޭގައި ހިމަނާނެ. ބޮޑުވަރު،" އިއްސެގެ ނަމުގައި ކޮމެންޓްކުރި ކިއުންތެރިޔަކު ބުންޏެވެ.
"ކަޅުކަޅު ދޮނޭ" ގެ ނަމުގައި ކޮމެންޓްކުރި ކިއުންތެރިޔަކު ދެކޭ ގޮތުގައި "އެފަދަ ކައުންސިލަރުންނާ މެދު ފިޔަވަޅު އަޅަން ތީ ގެންނަން ލަސްވެއްޖެ އުސޫލެކެ"ވެ. އެކަމަކު އޭނާ ގަބޫލުކުރާ އެހެން ހަމައެއް ވެސް އެބަ އޮތެވެ. އެއީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނާ މެދު އެޅޭނެ ފިޔަވަޅެއް ނެތުމެވެ.
"ހަމަ ތި އުސޫލުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ މެދު ވެސް ގާނޫނުގައި ލިޔަން ޖެހޭ. ސަބަބުތައް ބައިވަރު. އެގޮތަށް ގޮވަމުން ދިޔައީ ވެސް އެމްޑީޕީ މެމްބަރުން. ސުޕަރ މެޖޯރިޓީ ދިނީ ހަމައެކަނި ވަގުން ހިފާ ހައްޔަރު ކުރާކަށް ނޫން. މުޅި މުޖުތަމައުއަށް ހަމަޖެހުމާއި އިންސާފާ ހަމަހަމަކަން ގެނެވޭނެ ނިޒާމެއް އުފެއްދުމަށް ފުރުސަތު ދޭން."
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މެދުހަވާ
05 December 2019
ތިހެން ތި ކަން ނިންމުމު ކީރަގަޅު ގޮތެއް ނޫން
ާކުކުރަމް
05 December 2019
މަޖިލިސް މެންބަރުން ވަކިކުރެވޭނެ އިސްލާހެއް ފާސްކުރަން ކެރޭނެތޯ!!!!! ސިޔާސީ މަގާމުތަކަށް ވަކި ސަރުތެއް ކަނޑަ އަޅަން ކެޜޭނެތޯ!!!!
ނިޒާމު
05 December 2019
ޚކައުންސިލެކޭ ކިޔާނެ ކަމެއްނެއް ބުނަންތަ މިފަހަރު ކުރިން ހިނގައިދިޔަ ބަޣާވާތުގައި ސިފައިންގެއިންނާއި ޕޮލިހުން ބައިވެރިވެ ޔުނީފޯމައް ހުތުރު ކުރި މީހުނައް ފިޔަވަޅު އަޅާތި އެކަންތައްތައް ބަލާތީ ނޫނީ ދެން ވާގޮތް ބަލަންތިބޭތޮ މީވަރައް ވާހަކަ އިނގޭ..
ތިލަދުންމަތި
05 December 2019
އަހަރުމެން (ޢާންމު ރައްޔިތުން) ލާ ވޯޓަކުން ހޮވާބަޔަކު މިހާރު ހުރިހާ ބާރެއް މުށުތެރެއަށް ލާފައިވާ ބަޔަކަށް، ކައުންސިލަރުން ގާނޫނީ ކުށެއް ނުކުރަނީސް ވަކިކުރެވެންވީ ކޮން ހަމަޔަކުންތަ؟ ޚުދުމުހުތާރުކަމުގެ ވެސް ލާމަޘީލު!
މިއަދު
04 December 2019
ތިކަމުގައި ރައިސްމައުމޫނާއި ގާސިމުގެ ބަހެެއް އަޑުއަހާލަންބޭނުން
ނަޝީ
04 December 2019
މިފަހަރު އެމްޑީޕީން ވައުދުވަމުން ދިޔަކަމެއް އަޣުލަބިއްޔަތު ލިބިއްޖެއްޔާ ރައްޔަތުންގެމަޖިލީހުގެ މެންބަރުންވެސް ވަކިވާނެގޮތް ހަދާނެވާހަކަ. ކޮބާ އެވާހަކަތަކުގެ މަތިންހަނދާންނުވަނީތަ؟
ސަމީރުބާއީ
04 December 2019
ހިސާނު މޮޅުވާހަ ދައް ކާނެ. އެބުނީއެއްނު މަޖިލީހުން އިސްނަގައިގެން ނުކުރާނޭ. އެބުނީދޯ؟؟ ބަލަ ހިސާނޫ މުޅި ޖުޑިޝިއަރީއަށް އެރިގެން ތިބެގެން މިހާރު ތިޔަބޭފުޅުން ކުރާ ކަންތައްވެސް ރައްޔިތުންނަށް އެބައިނގެއެ. ކައުންސިލް އިންތިހާބު ކާމިޔާބު ނުވެދާނެތީ ކައުން ސިލަރުން އަޅުންނަށް ހަދާ މުށުތެރެއަށް ލާން ކުރާ ކަމެއްތީ. އެނޫން އެއްވެސް އިތުރު ބޭނުމަ ކު ކުރާ ކަމެއްނޫންތީ ކީ.
ނޫސް ބަލާމީހާ
04 December 2019
ބަރުލަމާނީގައި ހަދާނެގޮތްތައް މިހާރުވެސް މިފެންނަނީ. އަދި އެއަށްވުރެވެސް މާނުބައިގޮތަކަށް މިހާރު މިކަންކަންމިހިނގަނީ. ރައީސަކީ ރައްޔިތުން މައިތިރިކުރަން ބަހައްޓާފައި ހުރިމީހެއް. ޙުރިހާބާރެއްގެމައްޗަށް މަޖިލިސް ބާރުފޯރުވައި މުޅިނިޒަަމުވަނީ މަޖިލީސްކުޅެ ރާޒަވާ ގަނޑަކަށް ބަދަލުކޮށްފައި.
ޝާހިދުގެ ބޭބެ
04 December 2019
ގާނޫނުއިސްލާހު ކުރަންވީ ތިބޭނުނަވާގޮތައް އޭގެފަހުން ތިގާނޫން ތަންފީޒްކުރެވޭނީވެސް ތިޔަބައިމީހުންގެމައްޗައް ޔާމީންވެސް ތިގޮތައްގާނޫނުހެދި މިހާރުއެއޮތީ އެގާނޫނާއިއެކު ޖަލުގަ ވިސްނާ
ގާބޯ
04 December 2019
އެމްޑީއެންނާ ދެކޮޅަށް ކައުންސިލަރުން އަދިވެސް ނޫސް ބަޔާން ނެރޭނެ. ނުހުއްޓުވޭނެ.