17 ޑިސެމްބަރ 2019 - 13:50
ހަރުކަށި ފިކުރު ގެންގުޅޭ އެއްވެސް މީހަކަށް ރާއްޖޭގެ ދިފާއީ ބާރުގައި މަސައްކަތްކުރުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް އިއްޔެ ވިދާޅުވެއްޖެ އެވެ.
ކްރޮސް ރޯޑްސްގައި އޮތް ރާއްޖޭގެ ހުރިހާ ކައުންސިލްތަކަކުން ބައިވެރިވި "ވިއަވަތި" މަހާސިންތާގައި ފުލުހުންނާއި ސިފައިންގެ އިތުރުން ނެޝެނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރުން ވަނީ ރާއްޖޭގައި ހައްދުފަހަނަ އަޅާފައިވާ މީހުންނާ ގުޅޭ ތަފްސީލީ މައުލޫމާތުތައް، ފުރަތަމަ ފަހަރަށް، ހިއްސާކޮށްފަ އެވެ.
އެ މައުލޫމާތުތަކާ ގުޅިގެން ކުރީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ފުލުސް އޮފީހާއި ސިފައިންގެ ތެރޭގައި ހަރުކަށި ފިކުރަށް ތާއީދުކުރާ މީހުން ފާހަގަކުރަން ގެންގުޅޭ މިންގަނޑާއި ސޯޝަލް މީޑިއާގައި އައިއެސްގެ ލޯގޯ ޖަހައިގެން، އޭގެ ތެރެއިން ބައެއް މީހުން އުޅޭއިރު، އެއީ ހަރުކަށި ފިކުރުގެ މީހުން ކަން ސާފުނުވޭތޯ ސުވާލު ކުރައްވައިފަ އެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ޝަމާލް ވިދާޅުވީ ސަލާމަތީ ބާރުތަކުގެ ތެރޭގައި އެ ފިކުރުގެ މީހުން ތިބި ނަމަ އެފަދަ މީހުންނަށް ފުރުސަތު ނުދެއްވާނެ ކަމަށެވެ.
"ފުރުސަތެއް ނުދޭނަން [އެ ފިކުރުގެ] މީހަކު ސަލާމަތީ އެއްވެސް ބާރެއްގެ ތެރޭގައި މަސައްކަތް ކުރާކަށް،" ޕެނަލް ޑިސްކަޝަންގައި ޝަމާލް ވިދާޅުވި އެވެ.
ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތްކުރަން ސަރުކާރުގެ ފަރާތުން އަޅަމުން އަންނަ ފިޔަވަޅުތަކާ އެކު ގައުމީ ސަލާމަތަށް އިތުރު ކުރިއެރުންތަކެއް ލިބޭނެ ކަމަށް ވެސް ޝަމާލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކަމެއް ދިމާވެއްޖެ ނަމަ ގައުމީ ދިފާއީ ބާރުން ހަރަކާތްތެރިވާންވީ ގޮތާއި އެކަމަށް ބޭނުންވާ ތަމްރީންތައް ވެސް އަންނަނީ ހަދަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮތަރު
20 December 2019
ކޮމެންޓު ތަކުން އެގެނީ ހަރުކަށިފިކުރު އަށަގަންފަިއވާމިންވަރު
އައްޑޫސިޓީ
17 December 2019
ހަރުކަށްޓަކަށް ފުރުސަތުނުދީ މަޑުކަށި ލާދީނިއްޔަތު ކުރިއަރުވާފަ ބަހައްޓާތި!
ރަބަރު
17 December 2019
ހަރުކަށި ޔައުނީ ދީނީގޮތުން ހަރުކަށި މިބަހާއި ޓެރަރިޒަމް މިބަހާއި ދެބަހަކީ މިއަދާހަމައަށް އެމީހަކު ނުވަތަ އެބަޔަކު ހިތަށް އެރިގޮތަކަށް މާނަކުރާއެއްޗެއް. އަހަރެންގެ ނަޒަރުގައި ދީނީގޮތުން ހައްދުފަހަނައަޅާގޮސް ތިބި އެންމެނަކީ ހަރުކަށިމީހުން. ގާނޫނީގޮތުން އުފެދިފައިވާ ސަރުކާރަށް ބޯނުލަނބަން ގޮވާ މީހުން. ޝަހާދަތުގެ ދެ ކަލިމަ ކިޔައިގެން ތިބި މީހުންނީ ކާފިރުންކަމަށްބުނެ އުޅޭ ޖާހިލުން. މިއީ އެންމެ ނުރައްކާމީހުން. ލާދީނީއޭ ތިކިޔާ މީހުނަށްވުރެ ނުރައްކާ.
އައްޑޫސިޓީ
17 December 2019
ގާނޫނީގޮތުން އުފެދިފައޮންނަ ސަރުކާރަކުން ކޮންމެގޮތަކަށް ކަންކުރިޔަ އޯކޭދޯ؟
ޢެޑްމުންޑޯ
17 December 2019
ލާދީނީ މިނިވަން ފިކުރުގެ މީހުންނަށް ފުރުސަތު އެބައޮއްތޯ؟
ނަހީދު
17 December 2019
މުއައްސަސާތަކުން ބޭނުން ނުހިފިގެން ބޭރުކޮށްފަ ތިބޭ މީހުން ގެނައީމަ ސަޅިއެއްނޫން. ތިބުނާ ހައްދުފަހަނަ އެޅުން މާނަވެސްކޮށް ދޭން އެބަޖެހޭދޯ ތިތާ އުޅޭ ކުދިންނަން. ފަހަރުގަ އެކުދިންނަން މާނަ ކުރެވޭލެއްވެސް ގޯސްވެދާނެތާ؟
ސޮބުރީ
17 December 2019
ކޮބާހޭ ތިބުނާ ހަރުކަށިފިކުރަކީ އެކަން ހާމަ ނުކޮށް ސިއްރުކޮށްގެން ހަރުކޮށިކޮން އުޅެވުނަސް ނޭގިދާނެ ވީމާ ވީހާ އަވަހަކަށް ހަރުކަށި ސިފަތަކުގެ ލިސްޓެއް އާއްމުކޮށްދެއްވުން އެދެން
ހަރުކަށި ފިކުރު
17 December 2019
ހަރުކަށި ފިކުރުގެ ޑިފިނޭޝަން އަކީ ކޮބާ ؟ އެކަންނިންމާނީ އެމްޑީއެން ގެ ޝެހެންދާ ކަހަލަ މެމްބަރުންތަ؟
އިސްލާހު
17 December 2019
ފުރުސަތު އޮތީ ލާދީނީއްޔަތަށް ތޯއެވެ.؟؟؟؟؟؟؟؟
ޝޮކްތެރަޕީ
17 December 2019
އިންޑީޔާގެ ހަރުކަށި ފިކުރު ވަކި ކުޑަތަ؟؟
ސަރިނާ
17 December 2019
އަހަރުމެން އެހެންމީހުންގެ އެހެން ދީންތަކުގެ ވާހަކަ ދެއްކުން ރަނގަޅެއްނޫން.
މަޑުކަށި
17 December 2019
ގައުމަށް ނުރައްކާބޮޑު ސިޔާސީ މީހުންގެ ފަރާތުންވެސް. ދެންމެދެންމެ ކައިރިގައުމަކަށް ރާއްޖެ ވިއްކާލާފާނޭ ހީވާފަހަރު އާދޭ. ބިދޭސީންނާއި ޑްރަގްމީހުންގެ އުނދަގޫ ވަކިން ކުޑަތަ?