ޚަބަރު / މަސްތުވާތަކެތި

އެންމެންގެ ސުވާލު: މަސްތުވެ، ބިތްޖެހުން ހުއްދަވީތަ؟

މަސްތުވެގެން ބިއްޖެހިފައި ތިބި ބައެއް: އެފަދަ މީހުން ދަނީ މަގުތަކުގައި އިތުރުވަމުން-- ޓްވިޓާ ފޮޓޯ: ތައިމްސް

އެ ސުވާލު ގިނަވާ ސަބަބެއް އެބައޮތެވެ. މަސްތުވެ ބިތްޖެހިފައި މީހުން މަގުތަކުގައި ތިބޭ ވަރު ދުވަހުން ދުވަހަށް އިތުރުވާތީ އެވެ. އެ މީހުން ހައްޔަރުކޮށް ފިޔަވަޅު އަޅާތަނެއް ނުފެނެ އެވެ. ނުފެނެއޭ ބުނެވެނީ އެ ހާލުގައި ތަކުރާރުކޮށް އެކަކު ހުންނަ ތަން ވެސް ފެންނާތީ އެވެ.

"އެ މީހުން ގެންގޮސް ވަގުތުން ޗެކްކޮށްފި ނަމަ [މަސްތުވާތަކެއްޗަށް] ޕޮޒިޓިވް ވާނެ. ފުލުހުން ވެސް މާލެތެރެ ޕެޓްރޯލް ކުރަނީ. ހައްޔަރެއް ނުކުރޭ. ފިޔަވަޅެއް ނާޅާ. މިހާ ހިސާބުން ސުވާލު އުފެދޭ އެއީ ކުށަކަށް ނުވަނީތޯ،" ކަންބޮޑުވުން ފާޅު ކުރަމުން އާންމުންގެ މީހަކު ބުންޏެވެ.

މި ފަހަކަށް އައިސް މަސްތުވެ "ޒޮމްބީ"ގެ ހާލުގައި ތިބޭ މީހުން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެފަދަ ކިތަންމެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މި ދުވަސްކޮޅު ދަނީ އާންމު ކުރަމުންނެވެ. ކުރިއާ ހިލާފަށް ރާއްޖެ އަށް ބާރުގަދަ މަސްތުވާތަކެއްޗެއް އެތެރެވީތޯ ވެސް ބައެއް މީހުން ސުވާލު ކުރަނީ އެހެންވެ އެވެ.

Masthuvegen magumathee gai thibey meehunge 89 massala eh!

Masthuvegen magumathee gai thibey meehunge 89 massala eh!

The most trusted news source in the Maldives

Mihaaru

89 މައްސަލަ ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުނުން--

އެ ކަންބޮޑުވުންތަކާ ގުޅިގެން ހޮނިހިރު ދުވަހު ފުލުހުން ބުނީ މަސްތުވާތަކެތި ބޭނުންކޮށްގެން މަގުމަތީގައި ތިބޭ މީހުންގެ 89 މައްސަލައެއް މި މަހު އެހާތަނަށް ވެސް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެކަންކަން ބަލައި ފިޔަވަޅު އަޅަމުންދާ ކަމަށް ވިދާޅުވި އެވެ.

ނަމަވެސް މަގުތަކުގައި ބިތްޖެހިފައި ތިބޭ މީހުންގެ އަދަދު މަދުނުވާތީ ފުލުހުންނަށް ފިޔަވަޅު އެޅޭތޯ ނުވަތަ އެފަދަ މައްސަލަތަކުގައި އަޅާ ނުލައި ދޫކޮށްލަނީތޯ އާންމުން ގެންދަނީ ސުވާލު ކުރަމުންނެވެ.

"މިހާރު މަސްތުވެގެން ހުރުމަކީ މާ ބޮޑު މައްސަލައަކަށް ނުވޭ. މިހާރު މައްސަލައަކަށް ވަނީ ރެޑުކޮށް މަސްތުވާއެއްޗެއް އަތުލެވިއްޖެއްޔާ. އެވެސް އަމިއްލަ ބޭނުމަށް ބޭނުންކުރާ ވަރަށް ވުރެ ތަންކޮޅެއް އިތުރުވެއްޖެ ނަމަ،" ސަންޕަ އަހުމަދުގެ ނަމުގައި "މިހާރު" އަށް ކޮމެންޓް ކުރި މީހަކު ބުނެފައި ވެ އެވެ.

މަސްތުވެގެން މަގުމަތީގައި އިން ޒުވާނެއް---

މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރާ މީހުން އަވަހަށް ބަންދުން ދޫވުމަކީ ވެސް އެފަދަ މައްސަލަތައް އިތުރުވާ ސަބަބެކެވެ. ފަރުވާ އަށް ދޫކޮށްފައި ތިބޭ އެތައް ބަޔަކު ވެސް ފަރުވާ ނުފެށި ތިބީ މުޖުތަމައުއަށް ދޫވެފަ އެވެ. އެންމެ ފަހުން އެ މީހުން އަނެއްކާ ވެސް އެ ކުށް ތަކުރާރު ކުރަނީ އެވެ.

"މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރާ މީހުން ކޯޓުތަކުން ދޫކުރުމައި، އެއްވެސް ޝަރީއަތެއް ނުކޮށް ދޫކޮށްލުން ނުހުއްޓޭހާ ހިނދަކު މިކަމެއް ރަނގަޅެއް ނުވާނެ. އަހަންނަށް ފެންނަ ފެނުމުގައި މަސްތުވާތަކެތީގެ ވިޔަފަރި ކުރާމީހުން ވަރަށް ނުފޫޒު ގަދަ،" ސައްތާރު ނަމުގައި ކޮމެންޓްކުރި މީހަކު ބުންޏެވެ.

"ފެނިފަ މައްސަލަ ހުށަނާލާ މައްސަލަ ތައް ވަރަށް ގިނަ. ސަބަބީ އެމީހުން ދޫވާލެއް އަވަހީ. މައްސަލަ ހުށަހަޅާ މީހާ ވެސް ބައެއް ފަހަރު އެމީހުންނަށް ކޮންމެވެސް ގޮތަކުން އެނގެނީ،" އެންދެރި ނަމުގައި ކޮމެންޓް ކުރި މީހަކު ބުންޏެވެ.

މަސްތުވާތަކެތީގެ މައްސަލަ އަކީ ރާއްޖެ އަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ އެވެ. މަސްތުވާތަކެތީގެ މައްސަލަ އަށް ހައްލެއް ގެނައުމަށް ކުރާ މަސައްކަތުން އެކަށީގެންވާ ނަތީޖާއެއް ނުނިކުންނަ ކަމުގެ ޝަކުވާ ވެސް ބޮޑެވެ.

މަސްތުވެގެން ތިބޭ މީހުން ފެނުން ނުހުއްޓުވޭހާ ހިނދަކު އާންމުންގެ ކަންބޮޑުވުން ފިލައިގެން ނުދާނެ އެވެ. އެކަން ނުވާތީ އާންމުން ކުރަނީ އެއް ސުވާލެކެވެ. މަސްތުވުން މިހާރު ކުށަކަށް ނުވަނީތޯ އެވެ.

82 ކޮމެންޓް, 101 ރިއެކްޝަންސް

icon happy icon happy 15%
icon sad icon sad 26%
icon angry icon angry 59%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އާމު މީހާ

21 December 2019

ޕޮލިހުން ވަރައް ބިޒީ ސައިކަލު ގަ ސްޓިކާ ޖެހުމުގަ، އެކަން ކޮއް ނިންމާފަ ނޯވޭ އެހެން ކަމެއް ކުރާނެ ވަގުތެއް ވަރައް ބޮޑަށް ސޮރީ

The name is already taken The name is available. Register?

ހާލުގެދޫ

20 December 2019

ފުލުހުން ކުރަން އުޅެފިއްޔާތާ ވާންޖެހޭނެ.

The name is already taken The name is available. Register?

ޚަރީ

19 December 2019

މައުމޫނު ވެރިކަމުގަ ހުރިނަމަ ދޯ؟

The name is already taken The name is available. Register?

ހަސަ

19 December 2019

އާދައިގެ ޑްރަގެއް ވައްތަރެއް ނުޖަހާ

The name is already taken The name is available. Register?

މަކީޓާ

19 December 2019

އެއީ ފުލުހުންނަށް ކުރެވޭވަރުކަމެއްނޫން. އެކަންކަމަށް ފިޔަވަޅު ނޭޅެނީ ސަރުކާރުގެ ތަކުގެ ސިޔާސަތު އޮންނަގޮތުން. މިހާރު ރާއްޖޭގައި ޑްރަގް ބޭނުންކުރާ އެންމެން ލެވޭވަރު ޖަލެއް އަދި ރާއްޖެޔަކުނެތް. ޑްރަގް ރާއްޖެޔަށް އެތެރެކޮއް ވިއްކާ މީހުން ހޯދާ އެމީހުން ޖަލަށްލާން މާ ފަސޭހަވާނެ. އެކަން ނުކުރެވެނީ ފުލުހުންގެ ތެރޭގަ ޑްރަގް ހުއްޓުވުމަށް ހަވާލުވެތިބޭ ފުލުހުންނާ ޑްރަގްވިއްކާ މީހުނާދެމެދު އޮންނަ ރައްޓެހިކަމުގެ ސަބަބުންކަމަށްވެދާނެ. މި ސަރުކާރުން ވެސް މިކަމ

The name is already taken The name is available. Register?

ޟަކުނު

19 December 2019

މަސްތުވާ ތަކެއްޗަށް ދެވިހިފާފައިވާ މީހުން އެކަމުން ދުރުކޮށް އަނބުރާ މުޖުތަމައަށް ގެނައުމަށް ސަރުކާރުން ކުރާ ޚަރަދު ބޭކާރު މިވަނީ އެތަންތަނާ ޙަވާލުވެތިބާ މީހުން ޒިންމާ ނުއުފުލުމާ މާބޮޑަށް ފަރުވާ ކުޑަވީމަ. އެއްވެސް ނަތީޖާއެއް ޙާޞިލްނުވޭ މިހާތަނަށް. ވަރަށް މާޔޫސް ކަމެއް.

The name is already taken The name is available. Register?

އިޖްތިމާޢީ ފޭރާން

19 December 2019

ރާއްޖޭގެ އިޖްތިމާޢީ ފޭރާންމިދަނީ ބިތްޖެހެމުން ނިދެމުން. މިފަދަގޮތްގޮތަށް(މަސްތުވެގެން) ބެންޑުވުމަކީ މޮޅުކަމެއްކަމަށްދެކި ކުޑަކުދިންވެސް މިހާރު މިގޮތަށް އުޅުމަށްދަނީ މަސައްކަތްކުރަމުން. މިއީ ދީނީ މައްސަލަތަކަށްވުރެ މާ ސީރިއަސްކޮށް ނަގަންޖެހިފައިވާ މައްސަލައެއް. މަސްތުވާވިޔަފާރީގެ އެޖެންޓުންގެ ބާރު ޤައުމަށް ފުޅާވަމުން ދިއުމަކީ މައްސަލައެއް.

The name is already taken The name is available. Register?

ހަޒާނާ

19 December 2019

ރަލާ އަދި މަސްތުވާތަކއްޗާއި ގޭންގް ތަކާ މަސާޖް ޕާލާތައް ހުއްޓުވުމަކީ މިސަރުކާރުގަ ކުރާނެ ކަމެއް ނޫނެވެ.

The name is already taken The name is available. Register?

ފެނުނުތާ

19 December 2019

ކުރިން އޮތް އެމްޑީޕީ ވެރިކަން ވެއްޓުނުއިރު މުލީއާގޭގައި ސިއްރުވެފަ ހުރި ފާޑެއްގެ އެނދަކާ ޕްލޭންތައް ކުރާ ބޯޑަކާ އެތަނުން ނެރެވުނު ފުޅިފުޅި އެއީ ކޮންމެވެސް ކަހަލަ ކަމެއް އަންގައިދޭ ކަމުގެ ނިޝާންތަކެއްކަން އަދިވެސް މިގައުމުގެ ގިނަ ބަޔަކު ގަބޫލުކުރަން ބޭނުންނުވޭހެން ހީވަނީ. ބޭރުފުށުގަ އޮންނަ ޕްލޭނާ އެތެރޭގަ ކުރެވޭ ޕްލޭންތައް ދިމާވޭތޯ ބަލާނެ ބަޔަކު ނެތް.

The name is already taken The name is available. Register?

އިބިރިހިންބެއްޔާ

19 December 2019

އެއީ ކޮންމެވެސް އިދިކޮޅު ސޭޓެއްގެ ރިޒޯޓަކުން ސިފައިން ގެނެސް ވެއްދި އެއްޗެއްކަމަށް ފޭބި ބޭފުޅާ ވިދާޅުވުމުން އެބޭފުޅާގެ އައުވާނުން ކުޑަވެސް ޝައްކުކަމެއްނެތި އެބަސްފުޅު ޤަބޫލުކޮއްފި ނޫންތޯ.

The name is already taken The name is available. Register?

ުދިވެހި ދަރިއެ

19 December 2019

ފުލިހުން ނަކީ އެވެސް ކަމެށް ވާބައެެއް ނޫން

The name is already taken The name is available. Register?

ޢަލީ ވަހީދު

19 December 2019

މީ ތިޔަ އިސްތިހާރުކުރާ ސަރުކާރުގެ ކަންތައްތައް ހުންނަ ވަރެއްނު..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454