ފޮރިން މިނިސްޓަރު ޝާހިދު: އުމްރާގައި ހުއްޓާ އަނިޔާވި މީހާ ރާއްޖެ ގެނައުމަށް އެމްބަސީން އެހީވަމުންދާ ކަމަށް ޝާހިދު ވިދާޅުވި -- ފޮޓޯ/މިހާރު
21 ޑިސެމްބަރ 2019 - 17:35
އުމްރާގެ އަޅުކަމަށް މައްކާގައި ހުރި ދިވެއްސެއްގެ ހާލު ދެރަވުމުން އޭނާ ރާއްޖެ ގެނައުމަށް ސައުދީގައި ހުންނަ ރާއްޖޭގެ އެމްބަސީން އެހީތެރިވަމުންދާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.
ތ. ގުރައިދު އަށް ނިސްބަތްވާ އުމުރުން 79 އަހަރުގެ ހައްވާ އަލީ އުމްރާގެ އަޅުކަމުގައި ހުއްޓައި ވެއްޓި، ފައިގެ ބައެއް ކަށިތަކުގައި ވަނީ ރެނދު ލައިފަ އެވެ. އޭނާ މާލެ ގެނައުމަށް އެހީ ހޯދުމުގެ މަސައްކަތް އާއިލާއިން އަންނަނީ ކުރަމުންނެވެ.
އެކަމާ ގުޅިގެން ފޮރިން މިނިސްޓަރު ޝާހިދު ކުރެއްވި ޓްވީޓެއްގައި ވަނީ ސައުދީގައި ހުންނަ ރާއްޖޭގެ ސަފީރު، ހައްވާ އާއި އޭނާގެ އާއިލާއާ ބައްދަލު ކޮށްފައިވާ ކަމަށާއި އޭނާ ރާއްޖެ ގެނައުމަށް އެމްބަސީން އެހީތެރިކަން ފޯރުކޮށް ދެމުން އަންނަ ކަމަށެވެ.
Raajje in Saudi Arabia ah kan’da alhaafai hunnavaa Safeer vanee Hawwa Ali aa a’aailaa aa badhdhalukuravvaafai. Adhi Hawwa Ali Raajje genaumuge inthizaamuthakugai Embassy in dhanee eheetheruvamun.
— Abdulla Shahid (@abdulla_shahid) December 21, 2019
ޝާހިދުގެ ޓްވީޓް
ޔަލަމްލަމް ޖަމާއަތުގެ ހަވާލުގައި އުމްރާއަށް ދިޔަ އެ މީހާ ރާއްޖެ ގެނައުމަށް ކަމާބެހޭ ފަރާތްތަކާ މުއާމަލާތް ކުރަމުންދާ ކަމަށް އެ ޖަމާއަތުން ވެސް ވަނީ ބުނެފަ އެވެ. އެކަމަކު ބަލި މީހަކު ގެނެވޭނެ މިންވަރުގެ ޖާގަ އެއާލައިނުން ލިބުމުގެ ދަތިތައް ކުރިމަތިވެފައިވާ ކަމަށް އެ ޖަމާއަތުން ބުނެފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބިރިހިންބެއްޔާ
22 December 2019
އެބުނާހެން މީކޮންކަމެއް؟ ކޮންމެ އަހަރަކު އެތަކެއް ދިވެހިން ޙައްޖުގެ އަޅުކަމުގަޔާއި ޢުމުރާ ދަތުރުތަކުގައި އަނިޔާވެ، ނިޔާވެ ފަރުވާދެވި ރާއްޖެ އައިސް، ނުވަތަ ފަސްދާނުލެވި ނިމިގެންދޭ. ފޮރިންމިނިސްޓަރު މިވަރެއް އަރުވާނުލާ. ތިއޮތް ލަންކާ ނުވަތަ ބިޔަ އިންޑިޔާއިން ކިތައްދިވެހިން އެކިއެކި ހާލަތު ދިމާވެގެން އެމްބެސީން ނުވަތަ ކޮންސިއުލާތަކުން ގުދާރު ބިންދަިގެން އެހީވަނީ؟ ނަމަވެސް އަޑެއްބަޑެއް ނީވޭ. ސައުދީ އެމްބެސީގަ ހުންނަނީ މާގާތް ކުއްޖެއް ތޯއްޗެއް!
ކަރުދާސް2
22 December 2019
ހާސްކަނޑާލާ ފްލައިޓް ޓިކެޓެއް ނަގާކަށް ނުޖެހޭނެ. މިހާރު އޮންނާނެ ފެންވަރުގެ ކާޕެޓެއް.
ޒިޔާދާ
22 December 2019
ބޮޑު ހަރަދުކޮށްފަ ކީއްކުރަން ގެންނަނީ. ސައޫދީ ހޮސްޕިޓަލަކުން ފަރުވާދީފަ، ރަނގަޅުވީމަ ގެންނަން މަޑުކޮށްލެވިދާނެ އެއްނު ހަމަ. އުމުރާއަށް ގެންދިޔަ ގުރޫޕުން އެކަންތައް ހަމަޖައްސަދޭނެ ދޯ.
ހަސަދު
22 December 2019
ބައެއްގެ ބެލުމުގެ ދަށުގައި ގެއްލުންވާ މީހުންނަށް އެހީވާން ޖެހޭނީ އެގެންދިޔަ ފަރާތުން ނޫންބާ. ސަރުކާރުން ކުރިއަސް އެއުމްރާ ގުރޫޕުން ސަރުކާރަށް އޭނާ ގެންނަން ދިޔަ ޙަރަދު ދޭން ޖެހޭނެ.
ވަހީދު
21 December 2019
އާއިލާއަށް ތިކަން ކޮށްދޭނެ މިސަރުކާރުން ވެސް. ޔާމީނު ވެރިކަމުގައި ހުރިނަމަ އޭނަ ގެނެސްފައި ޚަބަރަށް އަރުވާނީ ވެސް.
ީިލިލީ
21 December 2019
އާނ ކައުންސިލް އިންތިޚާބު އޮތީ ވަރަށް ކައިރީގައި. މިދުވަސްކޮޅު ވަރަށް މީހުނަށް އެހީވާނެ . ކާޕެޓު ޝާހިދު ?
ޢަލީބަލީ
21 December 2019
ޙައްޖު އަދި ޢުމުރާއަށް މީހުން ގެންދާއިރު، ޓްރެވަލް އިންސުއަރެންސްއެއް ނުނަގާ ތަ؟ މިފަދަ ބޮޑެތި ކަންކަން ދިމާވެދާނެކަން ދަންނަންޖެހޭ.
ބޮޑު ބަންޑާރަ
21 December 2019
އަނެއްކާ އަނެއް ނުކުޅަދާނައެއްގެ ވާހަކަ ތިޔަ ދައްކަވަނީ. ތިޔަޚިޔާލު ވަރަށް އަވަހަށް ތަންފީޛު ވެދާނެ. ޢެކަހަލަ އިންސޫރެންސް ކުންފުނިތަކުން އެތިބެނީ ތިކަމަށްއެދި އަބަދު ދެއަތް މައްޗަށް ނަގައިގެން އާދެސްކޮށްލަކޮށްލާ. ސަރުކާރުގެ ހިތްވަރު ފައިސާ ހޯދަން ވަރަށް ގަދަވާނެ.
ދޮންބޭ
21 December 2019
ޝާހިދު ވަރެއްނެތް. ޝާހިދު ހަމަ ހަބޭސް
އާއިލީ ވެރިކަން
21 December 2019
ހުރިހާ ސަރުކާރެއްގަ ވެސް އެއްކަމެއް. ތަފާތަކީ މީ ޑިމޮކްރެޓިކް ވެރިކަމެކޯ. އެއްކޮށް އެތެރެ ފެންނާނެޔޯ ބޭރުގަ ހުރެގެން.
1234
21 December 2019
އުމްރާ އަދި ހައްޖަށް ދާއިރު ޓްރެވެލް އިންޝުއަރެންސެއް ނަގައިގެން ދާގޮތަށް ހައްޖު ގްރޫޕްތަކުން ހަމަޖައްސާނަމަ މިކަހަލަ ހާދިސާއެއް ހިނގައިފިނަމަ އެހަރަދު އިންޝުއަރެންސުން ހަމަ ޖެހޭނެ.. އަދި ދައުލަތަށް އެކަމުގެ ބުރަ އުފުލާކަށް ނުޖެހޭނެ..