25 ޑިސެމްބަރ 2019 - 07:03
މައިގްރޭނަށް ހާއްސަކޮށް އެމެރިކާ އިން އީޖާދުކުރި އާ ބޭހަކަށް އެ ގައުމުގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އޮމް ހޯމަ ދުވަހު ހުއްދަ ދީފަ އެވެ.
މައިގްރޭނަށް މިހާރު ބޭނުންކުރާ ބޭސްތަކަށް ވުރެ، އަވަހަށް މައިގްރޭން ވޭންތައް މައިތިރިކޮށްދޭ ބޭހަށް ދީފައިވާ ނަމަކީ އަބްރޮޖެޕެންޓެވެ. މި ބޭސް އަންނަ އަހަރުގެ ކުރީކޮޅު ބާޒާރަށް ނެރެން ނިންމާފައި ވަނީ ބޭހުގެ ވިޔަފާރިކުރާ ކުންފުނި އެލާޖަންގެ ދަށުން "އަބްރެލްވީ"ގެ ނަމުގަ އެވެ.
އާ ބޭހާ ބެހޭ ގޮތުން ގޮތުން އެފްޑީއޭގެ ސެންޓަ ފޮ ޑްރަގް އިވެލުއޭޝަން އެންޑް ރިސާޗްގެ އެކްޓިން ޑިރެކްޓަރު ޑރ. ބިލީ ޑަން ވިދާޅުވީ އަބްރެލްވީ އަކީ މައިގްރޭންގެ ވޭންތަކަށް ކުރިއަށް އޮތް ތަނުގައި އޮތް އެންމެ ރަނގަޅު ބޭހަށް ވާނެ ކަމަށާއި މިއީ އިތުބާރު ބޮޑު އުފެއްދުމެއް ކަމަށެވެ.
"އެހެންވީމާ މިއީ މައިގްރޭންގެ މައްސަލަތައް ހުންނަ ބޮޑެތި މީހުންނަށް އޮތް ވަރަށް ރަނގަޅު ޗޮއިސްއަކަށް ވާނެ،" އޭނާ ވިދާޅުވި އެވެ.
#BreakingNews @US_FDA approves new medication @UBRELVY (ubrogepant) #BoldForLife https://t.co/MrC2zpKD9V pic.twitter.com/x6roXWodq2
— Allergan plc (@Allergan) December 23, 2019
އެފްޑީއޭ އިން ބުނިގޮތުގައި މިހާތަނަށް އަބްރެލްވީއާ ގުޅޭ ގޮތުން ހެދި ޓްރައިލްތަކަށް ބަލާ އިރު މައިގްރޭނަށް ބޭނުންކުރާ އެހެން ބޭސްތަކާ ހިލާފަށް އާ ބޭސް ބޭނުންކުރި 19 ޕަސަންޓް މީހުންނަށް ބޭސް ބޭނުންކުރިތާ ދެ ގަޑިއެއްހާ އިރުގެ ތެރޭގައި މައިގްރޭންގެ ވޭންތައް މައިތިރިކޮށް ދީފައިވެ އެވެ. އަދި ބޭހުގެ ސަބަބުން މައިގްރޭންގެ އެންމެ ބޮޑެތި އަލާމަތްތައް 40 ޕަސަންޓަށް ދަށްކޮށްދޭކަން ފާހަގަކުރެވިފައިވެ އެވެ.
މައިގްރޭނަށް ބޭނުންކުރާ އެހެން ބޭސްތަކަށް ބަލާ އިރު އެ ނިސްބަތް އުޅެނީ ގާތްގަނޑަކަށް 12-28 ޕަސަންޓާ ދޭތެރޭގަ އެވެ. މައިގްރޭނަށް މިހާރު އާންމުކޮށް ބޭނުންކުރާ ބޭސްތަކަކީ ބުރޫފެނާއި އެސްޕިރިން އަދި ޓްރިޕްޓަންސް ހިމެނެ އެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން މައިގްރޭނަކީ ދުނިޔޭގައި އެންމެ އާންމު އެއް ސިއްހީ މައްސަލަ އެވެ. އެގޮތުން މައިގްރޭން ތަޖުރިބާކުރާ މީހުންގެ އަދަދު މުޅި ދުނިޔޭގައި އެއް ބިލިއަނަށް އަރަ އެވެ. އެމެރިކަން މައިގްރޭޝަން ފައުންޑޭޝަންގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ކޮންމެ ފަސް އަންހެނުންގެ ތެރެއިން އެކަކީ މައިގްރޭންގެ ވޭނުގެ ތެރޭގައި އުޅޭ މީހެކެވެ. އަދި ކޮންމެ 16 ފިރިހެނުންގެ ތެރެއިން އެކަކީ މީގެ ޝިކާރައެކެވެ.
މައިގްރޭނަކި އާދަޔާހިލާފަށް ބޮލުގައި ރިއްސައި ހޭވެރިކަން ގެއްލުމާއި ލޮލުގެ ފެނުމަށް އަސަރުކުރުމާއި ބޯ އަނބުރައި ހޮޑުލެވުން ފަދަ މައްސަލަތައް ދިމާވާ ވޭންހުރި ސިއްހީ ބޮޑު މައްސަލަކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙައްލު
26 December 2019
ރުގްޔާކުރުމާ ހިޖާމާއަކީ ހުރިހާ ވޭނެއްގެ ހައްލު ކީއްވެ އެކަން ނުކުރަނީ ކާފަރުން ހަދާ ބޭސް ބޭނުންކުރަނީ
ހުސައިން ޖިނާހު
25 December 2019
މައިގްރެއިންގެ ވޭން އެތައް އަހަރުވަންދެން ތަހައްމަލް ކުރި މީހެއް އަޅުގަނޑަކީ. އެންމެ ފަހުން ހިޖާމާ ޖަަހަން ދަސްކޮށްގެން ހުރި މެޑިކްއެއް (ހޮސްޕިޓަލެއްގަ މަސައްކަތް ކުރާ) ލައްވާ ޙިޖަމާ ޖެހީ. މިހާރު 9 މަސް ވެއްޖެ. އެންމެ އެޓޭކެއްވެސް ނާދެ އޭގެފަހުން. އަލްޙަމްދުލިﷲ. ކުރިން މަދު ހަފްތާއެއް ސަލާމަތުން ދަނީ. ސަމާލު: މާލޭގަ ލާރިއަށް ހިންގާ ކްލިނިކްތަކުން އަޅުގަނޑުގެ އަންހެނުންނަށް ކުރެވުނީ ކަޑަ ތަޖުތިބާ
ލުތުފީ
25 December 2019
ތި ކްލިނިކް ގެ ނަމާއި ޑޮކްޓަރުގެ ނަން 7771252 އަށް މެސެޖް ކޮށްލަދެއްވުން އެދެނަ.
ފެން
25 December 2019
ކީއްކުރަން މެސެޖް ކުރަނީ. އެހާ ރަނގަޅު ފަރުވާއެއް ލިބޭއިރު އެންމެނަށް ޝެއާކޮށްލުން މުހުންމު. މިތާ ކޮމެންޓުގަ ޖަހަލަބަލަ.
ޙެހެހެ
26 December 2019
އެތަން ހުރީ ހަނދުގަތަ؟
ޖައްލާދު
26 December 2019
އަހަރެންގެ ރައްޓެއްސެއްގެ ލޭއަޅާ ތެލެސީމިއާ ކުއްޖެއްވެސް މިހާރު ހިޖާމާ ޖަހަނީ އެޖަހަންފެށިފަހުން ނުޖެހޭ ލޭއަޅާކަށް