ޚަބަރު / އެމްއެމްޕީއާރްސީގެ ކޮރަޕްޝަން

އަލްޖަޒީރާ ޑޮކިއުމެންޓްރީގައިވާ ކަންކަމުގެ ތަހުގީގަށް އަދީބާ ސުވާލު ކޮށްފި

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތަކަށް ފަހު ކޯޓުން ނެރެގެން ގެންދަނީ. އެމްއެމްޕީއާރުސީ ހިޔާނާތުގައި އަދީބަށް ގިނަ ތުހުމަތުތަކެއް ކުރޭ. -- ފޮޓޯ: މުހަންމަދު ޝަރުހާން/ މިހާރު

ސަރުކާރުގެ ކޮރަޕްޝަނާ ގުޅޭ ގޮތުން އަލް ޖަޒީރާ އިން އާއްމު ކުރި ޑޮކިއުމެންޓްރީގައިވާ ކަންކަން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ)ގެ ކޮރަޕްޝަންގެ ތަހުގީގު ތެރޭގައި ހިމަނައި އެ ތުހުމަތުތަކާ ގުޅޭ ގޮތުން ކުރީގެ ނައިބު ރައީސް އަދީބާ މިދިޔަ ބުރާސްފަތި ދުވަހު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ސުވާލުކޮށްފި އެވެ.

އެމްއެމްޕީއާރުސީން ރަށްތައް ވިއްކައިގެން ދައުލަތަށް ލިބެން ޖެހޭ ފައިސާ އަށް ހިޔާނާތްތެރިވި ގޮތް، "ސްޓީލިން ޕެރެޑައިސް"ގެ ނަމުގައި އާއްމު ކުރި ޑޮކިއުމެންޓްރީގައި ތަފްސީލު ކޮށްދީފައިވެ އެވެ.

އެނގިފައިވާ ގޮތުގައި، ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތް ތަހުގީގުކުރާ އޭސީސީގެ ޓީމުން އަދީބާ ސުވާލުކުރީ މާފުށީ ޖަލުގަ އެވެ. އެ ޑޮކިއުމެންޓްރީގައި އަދީބަށް ކޮށްފައިވާ ކޮރަޕްޝަންގެ ހުރިހާ ތުހުމަތުތަކާ ގުޅޭ ގޮތުން އޭސީސީން ސުވާލު ކޮށްފައިވާ ކަން އެނގިފައިވެ އެވެ.

އެ ކޮމިޝަންގެ ނައިބު ރައީސް މުއައްވިޒް ރަޝީދު މިއަދު ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހުގީގު ނިންމައި ރިޕޯޓް އެކުލަވާލަމުން އަންނަނިކޮށް އެއާ ގުޅުން ހުރި ޑޮކިއުމެންޓްރީއެއް އާއްމު ކުރުމުން، އޭގައިވާ ކަންކަން ވެސް ތަހުގީގުގައި ހިމަނަން ނިންމާފައިވާ ކަމަށެވެ. އެ ޑޮކިއުމެންޓްރީއާ ގުޅޭ ގޮތުން އަދީބާ ސުވާލު ކުރަން ފަށާފައިވާ ކަން އޭނާ ކަށަވަރު ކޮށްދެއްވި އެވެ.

"އެ ޑޮކިއުމެންޓްރީގައިވާ ކަންކަމާ ގުޅިގެން ވެސް ސުވާލު ކުރަން ޖެހޭ ހުރިހާ ފަރާތްތަކާ އަޅުގަނޑުމެން ސުވާލުކުރާނަން،" މުއައްވިޒް ވިދާޅުވި އެވެ.

އޭސީސީގެ ތަހުގީގަށް ކޮންމެހެން ބޭނުންވެ އެކަމަކު އުޅޭ ތަނެއް ނޭނގޭތީވެ، މައުލޫމާތު ނުލިބި ތިބި ބައެއް މީހުންގެ އިއުތިރާފް ޑޮކިއުމެންޓްރީގައި ގެނެސްދީފައިވާ ކަމަށް މުއައްވިޒް ވިދާޅުވި އެވެ.

އަދީބުގެ އެންމެ ގާތް އެކެއް އަދި ހިޔާނާތުގެ ތުހުމަތުކުރާ މުހައްމަދު ހުސައިން (އޮއިއްޓެ) އާއި އޭނާއާ އެކު ފިލައިގެން އިނގިރޭސި ވިލާތުގައި ދިރިއުޅޭ މުހައްމަދު އައްލާމް ލަތީފު (މޮހޯ) އާއި އަހުމަދު އިޝްފާހު އަލީ ވެސް ވެސް ވަނީ ޑޮކިއުމެންޓްރީގައި ވާހަކަ ދައްކައިފަ އެވެ. ހިޔާނާތުގައި ބައިވެރިވި ކަމަށް ތިން މީހުން ވެސް އިއުތިރާފްވެ އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތައް ވިއްކައިގެން ވަގަށް ނެގި ފައިސާ ބެހި ގޮތް ވެސް ކިޔައިދެ އެވެ.

ވަގަށް ނެގި ފައިސާ ބަހަން އުޅުނު މޮހޯ (ވ) އާއި އޮއިއްޓޭ (ކ) އަދި އިޝްފާހު އަލް ޖަޒީރާގެ ޑޮކިއުމެންޓްރީގައި ދައްކަނީ:

އެ ޑޮކިއުމެންޓްރީގައި ސަރުކާރާއި ރައީސް އަބްދުﷲ ޔާމީނަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވެ އެވެ. ދައުލަތަށް ވަންނަން ޖެހޭ ފައިސާ ރައީސް ޔާމީނަށް ގެންގޮސްދޭ ކަމަށް ވެސް އެ މީހުން ޑޮކިއުމެންޓްރީގައި ބުނެ އެވެ. އަދި މަނީ ލޯންޑްރިންގެ އިތުރުން، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ހުކުމް އިއްވީ ރައީސް ޔާމީން އެންގެވި ގޮތަށް ކަމަަށާއި އޮޑިޓް އޮފީސް ރޯކޮށްލަން އަދީބު އުޅުއްވި ކަމަށާއި ރާއްޖެ ޓީވީގައި ރޯކޮށްލީ އަދީބު އަންގަވައިގެން ކަމަށް ވެސް ބުނެފައިވެ އެވެ. އެކަމަކު ރައީސަށް އަމާޒުވާ ހުރިހާ ތުހުމަތުތަކެއް ސަރުކާރުން ވަނީ ދޮގުކޮށްފަ އެވެ.

މި ޑޮކިއުމެންޓްރީގެ ކުރިން ވެސް ހިޔާނާތާ ގުޅިގެން ރައީސް ޔާމީނަށް ތުހުމަތުތަކެއް ކޮށްފައިވާތީ، ތަހުގީގުގައި އެމަނިކުފާނާ ސުވާލު ކޮށްފައިވާ ކަމަށް އޭސީސީން ވަނީ ބުނެފަ އެވެ.

ހިޔާނާތާ ގުޅޭ ގޮތުން އޭސީސީން ކުރާ ތަހުގީގު ގާތްގަނޑަކަށް ނިމިފައިވީ ނަމަވެސް ރިޕޯޓް އާއްމު ކުރާނެ ދުވަހެއް އަދި ނޭނގެ އެވެ. ކޮމިޝަނުން ބުނީ ރިޕޯޓް ނެރޭނެ ތާރީހެއް އަދި ނުނިންމާ ކަމަށެވެ.

އޭސީސީން ބުނެފައިވާ ގޮތުގައި މިހާތަނަށް ލިބިފައި ހުރި މައުލޫމާތުތަކަށް ބަލާއިރު، އޮޑިޓް އޮފީހުން އާއްމުކޮށްފައިވާ ފައިސާގެ އަދަދާ، އެ ކޮމިޝަނުން ހޯދި މައުލޫމާތުން ލިބުނު އަދަދުގައި މާބޮޑު ތަފާތެއް ނެތެވެ. އޮޑިޓް ރިޕޯޓުގައިވާ ގޮތުން އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ވަންނަން ޖެހޭ 1.2 ބިލިއަން ރުފިޔާ ވަނީ ގެއްލިފަ އެވެ.

19 ކޮމެންޓް, 56 ރިއެކްޝަންސް

icon happy icon happy 23%
icon sad icon sad 4%
icon angry icon angry 73%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އެހާރު

03 October 2016

ޑަޢުލަތުގެ މުޢައްސަސާ އަކަށް އޮތުބާރު ކުރުން ދޫކޮށްލާނަމަ ލިސްޓުގެ އެންމެ ކުރީގައި ވާނެ ތިޔަ މުޢައްސަސާ؟ ރާއްޖޭގެ ހިންގި އެންމެ ބޮޑު ވަންކަމާއި ހިޔާނާތާއި ގުޅިގެން ސުވާލު ކުރަށް ތިޔަ އެގެނީ ބައިނަލް ޢަޤުވާމީ މީޑިޔާތަކުން އެކަށް ރިޕޯޓު ކުރުމުން. ދެން ތިޔަ މުޢަމްސަސާގެ ބޭނުމަކީ ކޮބާތްތޯ؟ އޮޑިޓަރ ޖަނަރަލް ރައީސް ޔާމިނަށް ރިޕޯޓުކުރުމުން އިޙްމާލްވި މައްސަލަ ބަލައި ފިޔަވަޅު އަK ައިދިނުމަށްއެދި ރައްޔިތުންހެ މަޖިލީހަށް ފޮނުވަށްވީނުންތޯ. ޢަދި ދަޢުވާ ކުރުމަށް ޕީ ޖީ އަށް ހުށައަޅަށް ވީނުންތޯ؟؟؟؟؟؟!"

The name is already taken The name is available. Register?

ތެދު

03 October 2016

އެސީސީއެއެއް ބީބީސީއެއް ނޯންނާނެ...ވެރި މީހާއައް ސުވާލު އަމާޒު ކޮއްފި މީހަކު އިންނަވަން ޖެހޭނީ އަދީބާއެކު ގޮޅީގަ...

The name is already taken The name is available. Register?

GAN Island

02 October 2016

ރައްޔިތުން ބޭނުންވާ ގޮތަށް ''އިންސާފުވެރިކަމާއި އެކުގައި'' މިވަގުތު މިދައުލަތުގެ އެއްވެސް ގުނަވަނަކުން ތިޔަ މައްސަލަ ބެލިދާނެ ކަމަކަށް ރައްޔިތުންގެ ގިނަމީހުން އެއްބަހެއް ނުވާނެ. އެހެން ކަމުން ދިވެހި ދައުލަތުގެ ތާރީޙުގައި ދައުލަތް ހިންގުމަށް ހަވާލުވި ފަރާތް ތަކުގެ ތެރެއިން ބަޔަކު ހިންގި ''ވައްކަން'' ތަޙުޤީގުކޮށް މައްސަލައިގެ ނިމުން ނިންމުމަކީ އެއްގޮތަކަށް ވެސް ކޮށްގެން ވާނެ ކަމެއްނޫން. ކުރިޔަށް އޮތް މަދު ދުވަސް ކޮޅެއްގެ ތެރޭގައި ބޭރު ފައުލަތް ތަކުގެ އެހީތެރިކަމާއި އެކު އަލުން ދިވެހި ދައުލަތް ''ރައްޔިތުންނާއި ހަވާލުވުމުން'' ތިޔަ މައްސަލަ ބަލަން އޮތް އުރުސަތު ގެއްލުވާލާނެ ކަމެއްނެތް.

The name is already taken The name is available. Register?

މުފާސާ

02 October 2016

އަބްދުﷲ ޔާމީނަށް ވަރަށް ގިނަފައިސާ ހަވާލުކުރިކަމަށް ރިޕޯޓުގައި 3 މީހަކުބުނޭ އަބްދުﷲ ޔާމީނުއާއި ސުވާލުނުކުރައްވަންތޯ

The name is already taken The name is available. Register?

ޒިންދަގީ

02 October 2016

ސްޓީލިންގް ޕެރެޑައިސްގެ ރިޕޯޓާއިގުޅިގެން އސސއިން އަދީބާއި ކުރާނެސުވާލެއްނޯންނާނެ. އެރިޕޯޓުގައި އާވާހަކައެއްނެތްކަމަށް ސަރުކާރާއި ތާއީދުކުރާ މެމްބަރުން އެބަ ވިދާޅުވޭ. މާނައަކީ އސސއަށް ނޭގޭކަމެއް ތިޔަރިޕޯޓަކު ނޯންނާނެ. އަދި ތިޔަ ކޮރަޕްޝަނުގެ ކަންކަން އަލްޖަޒީރާގެ ރިޕޯޓަރުންނަށްވުރެ ބޮޑަށް އސސއަށް އިގޭނެ. ހިނިއަންނީ ހުވާ މިބުނީ...

The name is already taken The name is available. Register?

ޖައިސަމް

02 October 2016

އޭސީސީއަކީ ދަތްނެތް ވަކިނެތް ސިންގާއެއް ފަދަ އެއްޗެއް. ފެންނަ ފެނުމަށް ކޮރަޕްޝަނާއި ފަސާދަ ހުއްޓުވަން ނިކަން މިނިވަން ބާރުގަދަ ތަނެެއް. އެކަމު ހަގީގަތުގަ އެއްކަމެއްވެސް ވާތަނެއް ކަމަށް ނުބެލެވޭ.

The name is already taken The name is available. Register?

ސަދސދ

02 October 2016

ދދސދސދ

The name is already taken The name is available. Register?

އަޑީބް އެންޑް ބަދީއް

02 October 2016

ޢަދިވެސް އޭނަޔާތަ ސުވާލުކުރަންވީ. ސުވާލުކޮށްބަލަ ކާލާ މަންނަޔާ.

The name is already taken The name is available. Register?

ލޮލްޑިވްސް

02 October 2016

ކީއްވެ ޔާމީނާ ސުވާލު ނުކުރަނީ؟ ހަމަ އޭގަ ބުނެ ޔާމީނަށް ލާރި ދިނީމޭ!!

The name is already taken The name is available. Register?

މުއާޒު

02 October 2016

ޢޭސީސީ އަކީ ރައްޔިތުންގެ އިތުބާރު މުޅީންހެން ގެއްލިފައިވާ މުއައްސަސާއެއް،އެތަނުންކުރާ ތަގުގީގެއް އިންސާފުވެރިވާނޭ ކަމައްނުދެކެން......

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454