ތިލަފުށި
29 ޑިސެމްބަރ 2019 - 14:25
ތިލަފުށީ ފަޅުގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެ، ބިދޭސީއަކު މިއަދު ފިހިއްޖެ އެވެ.
ތިލަފުށީގައި އަލަށް ހިއްކި ސަރަހައްދުގެ ފަޅުތެރޭގައި އޮތް ލޯންޗްގައި ރޯވިތާ ގާތްގަނޑަކަށް ބައި ގަޑިއިރުގެ ތެރޭގައި އެމްއެންޑީއެފުން ވަނީ ނިއްވާލައިފަ އެވެ.
އެ ހާދިސާގައި ފިހުނު މީހާ މާލެ ގެނެސް އައިޖީއެމްއެޗްގައި ވަނީ އެޑްމިޓްކޮށްފަ އެވެ. އެކަމަކު އޭނާއަށް ލިބުނީ ކިހާ ވަރެއްގެ ޒަހަމެއް ކަމެއް، ފުލުހުންނާއި އަައިޖީއެމްއެޗަކުން އަދި ނުބުނެ އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު މޭޖާ އިބްރާހީމް އާޒިމް ވިދާޅުވީ ހާދިސާގައި ލޯންޗްގެ ގެގަނޑު އެއްކޮށް އަނދާފައިވާ ކަމަށެވެ. އެ ލޯންޗްގެ ކައިރީގައި އޮތް އެހެން ލޯންޗަކަށް ވެސް ގެއްލުންތަކެއް ލިބުނު ކަމަށް އޭނާ ވިދާޅުވި އެވެ.
ލޯންޗްގައި ރޯވި ކަމުގެ ރިޕޯޓް ސިފައިންނަށް ލިބުނީ 11:50 އެހާކަށް ހާއިރު އެވެ. އަލިފާން މުޅިން ނިއްވައި ލެވުނީ 12:15 ގައި ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަބަރު
29 December 2019
މިއަހަރު މިނިމެނީ ހިތާމަވެރި ހާދިސާތައް ގިނައިން ހިނގާފަ. އަންނަ އަހަރަކީ ހާދިސާތަކުން ރައްކާކުރައްވާފައިވާ އަހަރަކަށް ހެއްދެވުންއެދި އެންމެން ދުޢާ ކުރޭ. ފަޓާސްބަރިތަކުން ކަންފަތް ގޮއްވާނުލާށެވެ.