އެއާޕޯޓު އެޅުމުގެ ކުރިން ހދ. ކުޅުދުއްފުށީގެ މަތިން ނަގާފައިވާ ފޮޓޯއެއް: އެ ރަށް މިހާރު ވަނީ ސިޓީއަކަށް ބަދަލުކޮށްފައި
01 ޖެނުއަރީ 2020 - 10:05
މީގެ ދެ އަހަރު ކުރިން، 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހު، ހދ. ކުޅުދުއްފުށީގެ އާބާދީ 10،000އަށް އެރުމާ އެކު އެ ރަށުގެ ރައްޔިތުން ދެން އިންތިޒާރު ކުރީ ސިޓީއެއްގެ ދަރަޖަ ލިބޭނެ އިރަކަށެވެ. އެކަން ނުވެ ލަސްވަމުން ދާވަރަކަށް ރައްޔިތުންގެ ޝަކުވާ ވެސް ދިޔައީ އިތުރުވަމުންނެވެ. އެކަމަކު އެއީ އިއްޔެއާ ހަމައަށެވެ. ރާއްޖޭގެ ހަތަރު ވަނަ ސިޓީގެ ގޮތުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ކުޅުދުއްފުށި ކަނޑައެޅުއްވުމާއެކު އެ ރަށަށް ވަނީ އާ ދިރުމެއް އައިސްފަ އެވެ.
"ހަގީގަތުގައި ވެސް ވަރަށް އުފާވެރި ދުވަހެއް މިއީ،" ކައުންސިލްގެ ރައީސް އަބްދުއްލަތީފް ވިދާޅުވި އެވެ.
"ކުޅުދުއްފުއްޓަށް ސިޓީގެ ދަރަޖަ ދޭނެ ދުވަހަކަށް އަޅުގަނޑުމެން ވަރަށް އިންތިޒާރު ކުރިން،"
ސިޓީގެ ދަރަޖައަށް ބަދަލު ކުރުމަށް ބަލާ އާބާދީ، 10،000 މީހުން ހަމަވެ، ދެ އަހަރުވީ އިރު ވެސް އެ ބަދަލު ނައުމުން ރަށުގެ ގިނަ ބަޔަކު ތިބީ މާޔޫސްވެފަ އެވެ. ހާއްސަކޮށް މި އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި އެ ރަށުގައި އޮންނާނީ ރަށު ކައުންސިލެއް ކަމަށް އިއުލާން ކުރުމުން ރައްޔިތުންގެ ކެއްތެރިކަން ކޮޅުންލައި، ޝަކުވާތައް ކަމާ ބެހޭ ފަރާތްތަކަށް އޮއްސާލި އެވެ.
ކުޅުދުއްފުށި ސިޓީއަކަށް ބަދަލު ކުރީ އެކަމާ ދެކޮޅަށް ރައްޔިތުން ޕެޓިޝަނެއް ހަދަން ތައްޔާރުވަނިކޮށެވެ.
އަބްދުލްލަތީފް ވިދާޅުވީ ހދ. އަތޮޅުގައި މިހާރު ވެރިކަން ކުރާ ރަށް ސިޓީއަކަށް ބަދަލުކުރުމާއެކު ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށެވެ. އެއް ކަމަކަށް އޭނާ ފާހަގަ ކުރެއްވީ ހިދުމަތްތައް ރަނގަޅުވެ، އަވަސްވުމެވެ. އޭނާ ވިދާޅުވި ގޮތުގައި ރަށުގެ އާބާދީ 10،000އަށް އެރި ނަމަވެސް، އެ ރަށުގައި ވަޒީފާ އަދާކުރުމަށާއި ތައުލީމް ހޯދުމަށް ރަށަށް ހިޖުރަކޮށްފައިވާ މީހުންގެ އާބާދީއާއެކު، އެ އަދަދު 12،000 އަށްވުރެ އިތުރުވާނެ އެވެ. އަދި އުތުރުގެ ތިން އަތޮޅުން އެކި ބޭނުން ތަކަށް އެ ރަށަށް ދާ މީހުންނާއެކު، ކޮންމެ ދުވަހަކު 14،000އެއްހާ މީހުންނަށް ހިދުމަތް ފޯރުކޮށްދޭ ކަމަށް ލަތީފް ވިދާޅުވި އެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް. -- ފޮޓޯ: ކުޅުދުއްފުށީ އޮންލައިން
"ހާއްސަކޮށް ކައުންސިލުން ފޯރުކޮށް ދޭން ޖެހޭ ހިދުމަތްތަކަށް ވަރަށް ދަތިވޭ. ރަށުގެ އާބާދީ އެހާބޮޑު އިރު ކައުންސިލްގައި މިތިބެނީ ވިއްސަކަށް މުވައްޒަފުން،" އޭނާ ވިދާޅުވި އެވެ.
ސިޓީ އަކަށް ބަދަލު ކުރުމާއެކު އެންމެ ބޮޑު ބަދަލެއް އަންނާނީ ކައުންސިލްގެ މުވައްޒަފުންގެ އިދާރީ އޮނިގަނޑަށެވެ. އެގޮތުން މުވައްޒަފުން އިތުރުވެ، ވަސީލަތްތައް ރަނގަޅު ވާނެ އެވެ. އެއީ ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައަކަށް ވާނެ ކަމަށް ކައުންސިލުން ދެކެ އެވެ.
ބޮޑު ބަދަލާއެކު، އަންނަ ލޯކަލް ކައުންސިލް އިންތިޚާބަށް ކުޅުދުއްފުށިން ކުރިމަތިލީ ސިޓީ ކައުންސިލަކަށެވެ. އެހެންވެ، ފަސް ކައުންސިލަރުންގެ ބަދަލުގައި އެ ރަށުގައި މޭޔަރާއެކު ހަތް ކައުންސިލަރުން ތިބޭނެ އެވެ.
ލަތީފް ވިދާޅުވި ގޮތުގައި މިއީ ރަނގަޅު ކައުންސިލަރުން ލިބުމަށް މަގުފަހިވާނެ ކަމެކެވެ. އޭގެ އިތުރުން، މި ބަދަލުގެ ސަބަބުން، ޓާޝަރީ ފެންވަރުގެ ސިއްހީ ހިދުމަތާއި ކައުންސިލުން 15 މިލިޔަން ރުފިޔާގެ މަޝްރޫއުތައް ހިންގުމުގެ ފުރުސަތު ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ބޮޑެތި އުމްރާނީ ތަރައްގީތަކާއެކު، "ކުޑަ މާލޭ"ގެ ގޮތުގައި ގިނަ ބަޔަކު ސިފަ ކުރާ ކުޅުދުއްފުށި ސިޓީއަކަށް ބަދަލުވުމާއެކު ވިޔަފާރިތަކަށް ވެސް ރަށް ހުޅުވި، އިތުރު އިންވެސްޓްމެންޓްތައް ލިބޭނެ ކަމަށް ކައުންސިލުން ދެކެ އެވެ.
"އެހެންވެ، މި ބަދަލު ގެނައުމަށް މިހާރު މާލަސް ވެސް ވެއްޖެ،" ލަތީފް ވިދާޅުވި އެވެ.
ކުޅުދުއްފުށީ މަތިން ނަގާފައިވާ ފޮޓޯއެއް.-- ފޮޓޯ: އިރުޝާދު
ހދ. އަތޮޅު ރީޖަނަލް ހޮސްޕިޓަލް ކުޅުދުއްފުށީގައި ހިންގާއިރު، ހއ. އަތޮޅާއި ހދ. އަތޮޅު އަދި ށ. އަތޮޅުގެ ގިނަ ބަޔަކު ސިއްހީ ހިދުމަތް ހޯދުމަށް ދަނީ އެ ރަށަށެވެ. އުތުރުގެ ވިޔަފާރީގެ މައި ހަބުގެ ގޮތުގައި ބެލެވިފައިވާ އެ ރަށުގައި 2019 ވަނަ އަހަރު ވަނީ އެއާޕޯޓުގެ ހިދުމަތް ވެސް ދޭން ފަށައިފަ އެވެ. އެހެންވެ، މިއައި ތާރީހީ ބޮޑު ބަދަލާއެކު ރަށުގެ ރައްޔިތުންގެ އުއްމީދަކީ ހަމައެކަނި ނަމެއްގެ ގޮތުގައި ސިޓީއެއްގެ ގޮތުގައި ނޯވެ، ގިނަ ހިދުމަތްތަކެއް ލިބުމެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޮޔަސޭޓް
02 January 2020
"ސިޓީ"ގެ ބަދަލުގައި ރީތި ދިވެހި ނަމެއް ބޭނުން ކުރުމަކީ ވަރަށް މުހިންމު ކަމެއް!
ހަދީފި
01 January 2020
ނާހަމަ ތެދެއް! ދެން ޗާހެންވިއްޔާ މަމެން އަތޮޅު ވެރިކަން ކުޜާ ރަށަކީ ކޮބާ؟
---ކުކުޅޭ---2020
01 January 2020
ސިޓީގެ ދަރަޖަ 10 ހަމަވާ އިރަށް ކޮންމެ ރަށަކަށް ދެވޭނެ! ޕުލަސް އިތުރު އެއްޗެއް ދިނުމަށް ހަމަޖެހިފައެއް ނުވޭ
އޭރުގެ ހަދާންތައް
01 January 2020
ސިޓީއަކަށް ކުޅުދުއްފުށިހެދު މަށް މިސަރުކާރުން ކޮންކަ މެއްބާ ކުރީ މި1އަހަރުތެރޭގަ...އުފަލުން ބަޔަކު ފޮޅޭކަށް..ތިގޮތަށް ގާނޫނުން ތަންނުިނަސް ވޯޓަށް ސިޓީއަކަށް ހަދާލަންވީނުން ގދތިނަދޫ...ލފޮނަދޫ....ގއވިލިގިލި....ލއަތޮޅު އެއްފަސްކޮށް ގިނަރައްތަހުރީ..ތިނަދޫ އާބާދީގިނަ ތަރައްގީގެ ގިނަކަންތައްތަ ފުރިހަ މަވެފަހުރީ ވިލިގިލިވެސް...އޭރުން އެރައްތަކުގެ މީހުންވެސް އުފަލުން ފޮޅޭނެ...100 މީހުން މަދުވެގެން ގާނޫނުން ސިޓީއަކަށް ނުހެދޭތީ މިދިޔަ ސަރުކާރުގަ ނުހެދީ.
ހަބީބު
01 January 2020
ހަސަދަވެރިވާ ބަޔަކު ތިބޭނެ އެއީ މައްސަލައެއްނޫން ނަމަވެސް ތިމާގެ ހިތުން ހަސަދަވެރިކަން ނުފިލާހާ ހިނދަކު ތިމާޔައް ފާގަތި މުސްތަގުބަލެއް ނުލިބޭނެ
ޒަރީރުހުސެއިން
01 January 2020
ކީއްވެގެންތަ އުތުރުގެ ހަބަކަށް ކުޅުދުއްފުށި ހެދީ މައުމޫން؟ އެ ރަށަކީ އާބާދީގެ ގޮތުން ބިޔަ ބޮޑު ރަށަކަށް ވިޔަސް މުޅިި ބޮޑުތިލަދުންމަތިގެ މެއިން ސިޓީއަކަށް ހަދަން ޖޯގްރަފިކަލީ ކުފޫ ހަމަވާ ރަށެއް ނޫން. ސަބަބަކީ ބޮޑުތިލަދުންމަތީގެ އެކި ހިސާބުތަކުގައި އެބަހުރި މާބޮޑު ބިމެއް ނެތަސް ބޮޑުސިންގާ ފަޅުތައް ހުރި ރަށްތައް. ކުޅުދުއްފުއްޓަކީ ސިޓީގެ އާބާދީ ބޮޑު ވެގެން ބިން ހިއްކަން ޖެހިއްޖެ ހާލަތެއްގައި ހިއްކާނެ ފަޅެެެއް އޮތް ރަށެެއް ނޫން.
ށިމް
01 January 2020
ކީއްވެތަ ވެރިރަށަކަށް މާލެ ހަދައިގެން އުޅެނީ.ވެރިކަން ކުރަން މާ ރަގަޅު ރަށް ރަށް އެބަހުރި ރާއްޖޭގަ.
ލަވް
01 January 2020
ލޮލް! ޖޭ ވިޔަސް ފުކެއް ބޮޑު ތިވަރު. ދުނިޔޭގަ އެބަހަރި ބޮޑެތި ޖަންގަލިތަކާ ސަހަރާތައް ވެސް. ކީއްވެ ސިޓީއަށް ނުހަދަނީ؟
މަން
01 January 2020
ކުޅުދުއްފުށީހާ ފަސޭހައިން އެއްޗެހި މާލެގެނެސް ރަށަށް ފޮނުވައި ހެދުމުގެ ހިދުމަތް ފަސޭހަ ރަށެއްވެސް މަދުވާނެ. ގޭގަތިއްބަ ގެނެސް ދެނީ. ސިޓީ އަކަށް ނުވިޔަސް.
ސޯކާބެ
01 January 2020
ތިޔަކަމުން ވާނެކަމެއް ހަމަހަރާން މިއުޅެނީ ވެރިކަން ކުރާސިޓީގަވެސް ޑޮކްޓަރައް ދައްކާލަން ސްކޭނެއް ހަދާލަން ކިޔޫގައި 6 މަހާ 1 އަހަރާ ދޭތެރޭގައި މަޑުކޮއްލަންޖެހޭ ބަލިމީހާ ގައިގާ ހިއްވަރެއް ހުރިއްޔާ ގިނަފަހަރައް ބަލިމީހާ ތަންތަނުން ސަލާން ޖަހައިގެން ކަހަލަގޮތަކައް ބޭރުކަރަޔަކުން ބޭސް ކޮއްގެން އައިސް ހަނދާން ނެތޭހާދުވަހުން ހޮސްޕިޓަލުން އެޕޮއިމެންޓް ލިބިގެން ގުޅާވަރުން ހީވާނީ އެހެން ކަމެއްހެން ވީމާ ތިޔަސިޓީޔާއިގެން ރައްޔަތުން އެކަކު އަނެކައް ސިޓީބަހާލ
ހނ
01 January 2020
މަށަކަށް ނުވިސްނޭ ސިޓީއެއްގެ ދަރަޖަދީގެން އުފާވާންވީ ސަބަބެއް! ކޮބާ ޓާޝަރީ ހޮސްޕިޓަލް. އިނގިއްޔެއް ބިނދުނަސް ފޮނުވަނީ މާލެ. ވިހަންވިޔަސް މާލެ. ލޭމަނާނުވިޔަސް މާލެ. މިފަދަހާލަތެއްގައި ތިއްބަސް ސިޓީއެކޭ ބުނީމަ އުފަލުންދިރުން އަންނަނަމަ ތީހެއްވާކަމެއް. ޕެޓިޝަން ހަދަންވީ ސިޓީއެއްގެ ދަރަޖަނުދީގެންތޯ. ނޫނީ ހޮސްޕިޓަލް ޓާޝަރީ ނުކުރެވިގެންތޯ. މަމީ ނުކިޔަވާހުރި ކުޅުދުއްފުށީ މީހެއް. އެހެންވީމާ މިއީ ބޯގޯސް ވާހަކައަކަށް ވެސްވެދާނެ. ވަރަށް ވެދުން.
އައްބޭބެ
01 January 2020
ސިޓީގެ ދިވެހިނަމަކަށް މާރަށް ކަހަލަ ނަމެއް ކިޔާފައި ދަރަޖަކުރަމާ. މޭޔަރު ނުކިޔަ ދިވެހިކޮށްލާފައި ބޮޑުކަތީބު، ކުޑަކަތީބު ކިޔަމާ. އެކަމަކު އަބަދު އިވެނީ އިސްލާމްދީނާއި ދިވެހިބަހާއި ސަގާފަތާއި ތިމާވެއްޓާއި އިންސާނީ ޙައްޤާއި ހަމަހަމަކަމުގެ ވާހަކަ. އެކަމަކު އަމަލުން ދިމާ އިދިކޮޅު. ދިވެހިންގެ އަނެއް ގަމާރުކަމަކީ ދެން ރަށުގެ ނަންކިޔާފައި އަދި ސިޓީ ނުކިޔަ ފަރުނުޖެހުން. މިސާލު. އައްޑޫ ސިޓީ. މަކިޔާނީ ރަށުނަން އެކަނި