ދިއްދޫ ހައުސިން ޔުނިޓްތައް ދިނުމަށް ފޯމް އިވެލުއޭޓް ކުރުމުގެ މަސައްކަތް ކޮމެޓީން ކުރިއަށް ގެންދަނީ--- ފޮޓޯ: ހައުސިން މިނިސްޓްރީ
09 ޖެނުއަރީ 2020 - 10:52
ހއ. ދިއްދޫގައި، ކުރީގެ ރައީސް މުހައްމަދު ނަޝިދުގެ ސަރުކާރުން އިމާރާތް ކުރި ހައުސިން ޔުނިޓްތައް ދޫކުރުމުގެ ކަންކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އެޓާނީ ޖެނެރަލްގެ ލަފާގެ މަތިން ކުރަން ފަށާފައިވާ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ދިއްދޫގެ ހުޅަނގު އުތުރުން ހިއްކާފައިވާ ބިމުގައި އިމާރާތް ކޮށްފައިވާ ފްލެޓްތައް ދޫކުރުމުގެ މަސައްކަތް މި ފެށީ އޭސީސީން އެކަން ހުއްޓުވާފައި އޮންނަތާ ދުވަސްތަކަކަށް ފަހު އެވެ.
ހައުސިން މިނިސްޓްރީން ބުނީ، ހައުސިން ޔުނިޓްތައް ހަވާލު ކުރުމަށްޓަކައި އަލުން ފޯމުތައް އިވެލުއޭޓްކޮށް، ލިސްޓް ތަރުތީބު ކުރުމުގެ މަސައްކަތް އޭސީސީ އާއި އޭޖީގެ ލަފާގެ މަތިން އެ ރަށު ކައުންސިލްގެ ޓީމަކުން މިހާރު ފަށާފައިވާ ކަމަށެވެ. މަސައްކަތް ނިމޭނެ ވަކި ދުވަހެއް އަދިއެއް ނުބުނެ އެވެ.
ހަވާލުނުކޮށް ގިނަ ދުވަސް ވެފައިވާ އެ ގެތަކުގެ ފާރުތަކުގައި ބޮޑެތި ރެނދުތައް ލުމާއި ސީލިންގުން ފެން ފޭބުން ފަދަ މައްސަލަތައް މިހާރު ވަނީ ކުރިމަތިވެފަ އެވެ.
ދިއްދޫ ހައުސިން ޔުނިޓްތައް ދިނުމަށް ފޯމް އިވެލުއޭޓް ކުރުމުގެ މަސައްކަތް ކޮމެޓީން ކުރިއަށް ގެންދަނީ--- ފޮޓޯ: ހައުސިން މިނިސްޓްރީ
ނައިބު ރައީސް ފައިސަލް ނަސީމް، ދާދި ފަހުން ދިއްދު އަށް ވަޑައިގެން، އެ ގެތަކުގެ ހާލަތު ބައްލަވައި ލެއްވުމަށް ފަހު ވަނީ އެ ތަންތަން ހަވާލުނުކޮށް ލަސްވާތީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
ދިއްދޫގައި ވަނީ 250 ގެ އިމާރާތް ކޮށްދީފަ އެވެ. އޭގެ ތެރެއިން 130 ގެ ވަނީ މިހާތަނަށް މީހުންނާ ހަވާލުކޮށްފަ އެވެ. އަދި 110 ތަން ދޭނެ ފަރާތްތައް ކަނޑައަޅާފައި ވިޔަސް މި ސަރުކާރުން ވަނީ އެ ލިސްޓް ބާތިލްކޮށް، އަލުން މާކްސް ދީފަ އެވެ.
ދިއްދޫ ކައުންސިލުން މިދިޔަ އަހަރުގެ ޖޫން 10 ގައި 110 ފްލެޓްގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވައިލި އެވެ. އެއާ އެކު، ގިނަ ބައެއްގެ ޝަކުވާ ހުށަހެޅި އެވެ. އެހިސާބުން އެ ލިސްޓަށް ފްލެޓް ދިނުން މަޑުޖައްސައިލަން އޭސީސީން އެންގި އެވެ.
ހއ. ދިއްދޫގައި ޢިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓްތައް
— Ministry of Housing and Urban Development (@MoHUDmv) January 8, 2020
ޙަވާލުކުރުމަށް ޓަކައި އޭސީސީ އާއި އޭޖީ އޮފީހުގެ ލަފާއާއިއެކު އަލުން ފޯމްތައް އިވެލުއޭޓްކޮށް، ލިސްޓް ތަރުތީބު ކުރުމުގެ މަސައްކަތް އެ ރަށު ކައުންސިލުން އެކުލަވާފައިވާ ޓީމަކުން ދަނީ ކުރަމުން pic.twitter.com/KpKyVfadXf
ހައުސިން މިނިސްޓްރީގެ ޓުވީޓް
ހއ. އަތޮޅުގެ ވެރިކަން ކުރާ ރަށް، ދިއްދު އަކީ ގެދޮރުގެ ދަތިކަން ބޮޑު ރަށެކެވެ. އެހެންވެ، ތިން ކޮޓަރީގެ އާ ފްލެޓްތަކުގެ އިންތިޒާރުގައި ގިނަ ބަޔަކު އެބަ ތިއްބެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ދިއްދޫން ފްލެޓް ދިނީ ބޭއިންސާފުން ކަމަށް، ރަށުގެ ބައެއް މީހުން ބުނެ އެވެ. ނަމަވެސް ގިނަ ފްލެޓުގައި މިހާރު މީހުން ދިރިއުޅެން ވެސް ވަނީ ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަހާލާ
09 January 2020
ރަށްރަށުގ ހައުސިންގޔުނިޓް ދޫކޮށްފަވޭ ޒިންމާ އަދާކުރަން ނޭނގޭ ކޮންމެ ގޮތެއް ވަރިހަމަ އަދި ވަކިކޮޅަށް ޖެހިފައި އޮތް އަމިއްލަ އެދުންބޮޑު ބަޔަކާ މިދިމާވީ ދިއްދޫން ދިއްދޫއަކީ އިދާރީގޮތުން ހަރުދަނާ ރަށެއްގެ ގޮތުގައި ނިންމުންތައް ނިންމާ ކަންކަން ކުރަމުންދިޔަ ރަށެއްނަމަވެސް މިފަހަކުން ލަވާލައިގެން ގެނާ ބަޔަކު ބެލީ ހައުސިންގޔުނިޓް އެއީ ޕާރޓީ މީހުންނަށް ދޫކުރާ އެއްޗެއްގެ ގޮތުގައި ހުރިހާވެސް ގޯހަކީ އެއީ ޒިންމާ ނުއުފުލުން ވާޖިބާ ދުރުވުން
އަބްދުއްالله
09 January 2020
ފާރުގަ ރެނދު އަޅައި، ފުރާޅުން ފެން ފައިބިނީ މީހަކު ނޫޅޭތީކީ ނޫން. ރެނދު އެޅުމާއި ފެން ފޭބުމަކީ ވިޔާނުދާކޮށް އިމާރާތް ކުރީމަ ވާގޮތެއް. ތަސައްރަފު ފުދި، ބާލިޣުވެ، ބޮޑެތި ވެފަ ތިބި މީހުން ތިޔަކަހަލަ ކޮސް ނުގޮވާ!
ދިއްދޫ މީހެއް
09 January 2020
އަހަރެން މީ ދިއްދޫ މީހެއް އަހަރެންގެ ދެދަރިން އެބަތިބި ޕޮއިންޓު ލިބުނި 50 އަށް ވުރެއް މަތިން އެކަމަކު އަހަނަކަށް ފުލެޓެއް ނުލިބޭ 23 ޕޮއިންޓް ލިބުނު މީހުނަށްވެސް މި ކައުންސިލުން އެބައުޅޭ ފުލެޓް ދޭން
@މީހާ ދދ
09 January 2020
ޢަދުލުވެރި ނުވާ ބަޔެއްގެ އަތްމައްޗަށް ވެރިކަން އަރައިފިނަމަ އެއީ ހިތާމަ ހުރި ޢަލާމާތެއް އެކަން ފެނިގެން ގޮއްސަ އެވަނީ ބަލަނީ ފާޓީގެ މީހާއަށް ދެން ކިހިނަކުން އިންޞާފުވެެރި ވެވޭނީ
އެކަތަ
09 January 2020
މި ފްލެޓްތަކުގެ މައްސަލަ ޖެހުނީ ޑރ މުއިއްޒު ތަނެއް ދޮރެއް ނުބަލާ އެ ގޮތް މި ގޮތަށް ފްލެޓްތައް ޕީޕީއެމްގެ މީހުންނަށް ބެހުމުން. އެބަހުރި 27 ޕޮއިންޓް، 30 ޕޮއިންޓް ލިބިފަ ހުރި މީހުންނަށް ދާންދެން ފްލެޓްދީފަ. ދިއްދޫ ކައުންސިލުން އެ މައްސަލަ އޭރު އޭސީސީއަށް ހުށަހެޅީމާ ހަސަން ލުތުފީމެން ކަހާތަން ހިރުވާ ވެސް ނުލާ ތިބީ. ދެން އެ ވާހަކަ ދައްކާ، އެ ޝަކުވާ ކުރީމާ ކައުންސިލްގެ ރައީސް އަލީ ހާސިމް 3 މަހަށް ސަސްޕެންޑްކޮށްލީ. މީ ހަޤީޤަތް.
އެކަތަރާނީ@
09 January 2020
މިއީސީދާ މޯބެ އަލީކާސިމް އުފެއްދި މައްސަލައެއް ކަންކަމުގައި ބަލަންވީ ވަރަށް ނުބަލާ މައުލޫމާތު ސަަފުކުރަންޖެހޭ އެތައް ފޯމެއްގެ މައުލޫމާތު ސާފުނުކޮށް ރަށްރަށުން ޖަވާބު ނުހޯދާ ކަންކަމުމުގެ ނަތީޖާ އެއްވެސް ފަރާތަކުން މަޖުބޫރެއް ނުކުރޭ ގޯތިލިބޭ ފަރާތްތައް އިއުލާނުކުރާކަށް
ކުރީގަ އެމްޑީޕީ މީހެއް
09 January 2020
ގދ ތިނަދޫގަ ޔާމިން ސަރުކާރުގަ އަޅާފަ ހުރި ފުލެޓުތަށް މިސަރުކާރުގަ ތިނަދޫ ކައުންސިލުން އެމީހުން ބޭނުންވާ ބަޔަކަށްވަނީ ބަހާ ހުސްކޮއްފައެވެ. ކުރީގަ ކައުންސިލް ތަކުން ރޯހައުސް ދޫކިރީ ވެސް އެކަހަލަ ގޮތަކަށެވެ. ކައުންލް މެންބަރެއްގެ އަންހެނުންނަށް ތަރިކައިން 2500 އަކަފޫޓުގެ ގޯއްޗެއް އޮއްވާ ކައުންސިލް މެންބަރަށް ތިނަދޫއިން ގޯއަޗެއްލިބި އޭނާގެ އަންހެނުންނަށް ރޯހައުސްއެއްވެސް ލިބުނެވެ. އެމްޑީޕީއަށް މަވާ ސަލާމެވެ. ވައިވެސް ދެން ނޭޅޭނަމެވެ
ހަވަރު ތިނަދޫ ބިގަރު ކައުންސިލ
09 January 2020
ހަވަރު ތިނަދޫއިން ދޫކުރި ފުލެޓުތަށް ދޫކޮއްފައިވަނީ ބިގަރު ކައުންސިލަށް ފެނުނު ބަޔަކަށް. އޭޖީ އަދި އޭސީސީއަށް މައްސަލަ ހުށަހެޅުމުންވެސް އެއްވެސްކަމެއްނުވި. ނިކަމެތި އާއިލާތަށް އިތުރަށް ނިކަމެތިކޮއް މުއްސަދި އާއިލާތަށް އިތުރަށް ބާރުގަދަކުރުމުގެ ސިޔާސަތެއް މިހާރު ހަވަރު ތިނަދުގައޮތީ. ނަތިއްޖާ އަކީ އިބޫއާއި އަންނި ތިނަދުއަށް ވަޑައިގެންނެވިއިރު ފެނުނު މަންޒަރު 100 މީހުން ވެސް މަރުހަބާ ކިޔާލަން ހަމަނުވުން. ވޯޓުން ވެސް އެތަންދައްކާލާނަން ބަލަން ތިބޭ