ސިވިލް ކޯޓުގެ ޝަރީއަތް ހިންގާ މާލަމެއް: ފަހު ކުއާޓާގައި އަމާޒު ހިފަނީ ކޮންމެ ގާޒީއެއްގެ އަތުގައި ވެސް 40 މައްސަލައަށް ވުރެ ގިނައިން މައްސަލަ ނުބޭއްވުމަށް -- ފައިލް ފޮޓޯ:/ މިހާރު
03 އޮކްޓޯބަރ 2016 - 21:37
މިދިޔަ މަސް ނިމުނުއިރު ސިވިލް ކޯޓުގައި ނުނިމި އޮތީ އަށް މަސް ދުވަސްވީ، އެންމެ ތިން މައްސަލަ ކަމަށް އެ ކޯޓުގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ސިވިލް ކޯޓުން އާންމުކުރި ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަސް ނިމުނުއިރު، އެ ކޯޓުގައި ނުނިމި ހުރި 851 މައްސަލައިގެ ތެރޭގައި އަށް މަހަށް ވުރެ ގިނަ ދުވަސްވެފައި އޮތީ އެންމެ ތިން މައްސަލަ އެވެ.
ސިވިލް ކޯޓުން މަސައްކަތް ކުރީ މި އަހަރުގެ ތިން ވަނަ ކުއާޓާ ނިމޭއިރު، އެ ކޯޓުން ގޮތެއް ނުނިންމައި، އަށް މަސް ދުވަސްވީ އެއްވެސް މައްސަލައެއް ނުބޭއްވުމަށެވެ.
ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހުގެ ނިޔަލަށް ސިވިލް ކޯޓުން ވަނީ 2،400 އަށް ވުރެ ގިނަ މައްސަލަ ނިންމައިފަ އެވެ. އެއީ މިދިޔަ މަހުގެ ނިޔަލަށް ޝަރީއަތަށް ހުށަހެޅި 2،086 މައްސަލަ އާއި މިދިޔަ އަހަރު ނިމުނުއިރު ޝަރީއަތް ހިނގަމުންދިޔަ 1،200 މައްސަލައިގެ ތެރެއިން ނިމުނު އަދަދެވެ.
ޝަރީއަތަށް މައްސަލަ ދިއުމުގެ ކުރިން ސުލްހަވެރި ހައްލެއް ލިބޭތޯ އޮންނަ ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޝަނަށް މިދިޔަ މަހުގެ ނިޔަލަށް 1،200 އަށް ވުރެ ގިނަ މައްސަލަ ހުށަހެޅިއިރު، އޭގެ ތެރެއިން 47 ޕަސެންޓް މައްސަލައިގެ ޝަރީއަތް ހިންގަން ނުޖެހި، މައްސަލަ ވަނީ ސުލްހަ ކޮށްފަ އެވެ.
ސިވިލް ކޯޓުން ބުނީ މި ކުއާޓާގައި ލިބިފައި ވަނީ މިހާތަނަށް ހޯދިފައިނުވާ ވަރުގެ ކާމިޔާބީއެއް ކަމަށެވެ.
މި އަހަރުގެ ދެވަނަ ކުއާޓާގައި ސިވިލް ކޯޓުން މަސައްކަތް ކުރީ އެއް އަހަރަށް ވުރެ ގިނަ ދުވަސްވީ ހުރިހާ މައްސަލައެއް ނިންމުމަށެވެ. އެކަން ކާމިޔާބުވި ކަން ތަފާސްހިސާބުން ދައްކަ އެވެ.
ސިވިލް ކޯޓުން ބުނީ ހަތަރު ވަނަ ކުއާޓާގައި އެ ކޯޓުން މަސައްކަތް ކުރާނީ އެއްވެސް ގާޒީއެއްގެ އަތުގައި 40 މައްސަލަ އަށް ވުރެ ގިނަ މައްސަލަ ނުބޭއްވުމަށް ކަމަށެވެ.
ކޯޓުތަކުގައި ހުރި ގިނަ ދުވަސްވީ މައްސަލަތައް އަވަހަށް ނިންމުމަށް މާލެ އާއި އަތޮޅުތަކުގެ މެޖިސްޓްރޭޓް ކޯޓުތަކުގައި އަންނަނީ މަސައްކަތް ކުރަމުންނެވެ. ގިނަ ދުވަސްވީ މައްސަލަތައް އަވަހަށް ނިންމުމަށް ފަނޑިޔާރުންގެ ވަފުދުތައް ރަށްރަށަށް އަންނަނީ ފޮނުވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަގަޅު
04 October 2016
ރައީސް ޔާމީން ވެރިކަމާ ހަވާލުވި ފަހުން ސަރުއީ ދާއިރާގައި ފުނި ޖެހިފައި ހުރި މައްސަލަތައް ބާރު ސްޕީޑްގައި ނިންމަމުންދާ ކަމުގެ މިސާލެއް މިމަުންވެސް މި ފެނިގެންދިޔައީ ކޯޓްތަކުގައި ނުނިމިހުރި މައްސަލަތައް މަދުވުމަކީ ސަރުއީ ދާއިރާ ހަރުދަނާ ވުމުގެ ނަމޫނާއެއް
ާހުރު
03 October 2016
ޢެއީ އާރެއް ބާރެއް ނެތް ނިކަމެތި ތިން މީހެއްގެ މައްސަލަބާ