ރިއާނާ އާއި ޖަމީލު.
19 ޖެނުއަރީ 2020 - 12:07
މަޝްހޫރު ލަވަކިޔުންތެރިޔާ ރިއާނާ އާއި ސައުދީގެ މަހުޖަނު ހަސަން ޖަމީލުގެ ތިން އަހަރުވީ ލޯބީގެ ގުޅުން ނިމުމަކަށް އަތުވެއްޖެ އެވެ.
ދެހާސް ސަތާރަގައި ލޯބީގެ ގޮތުން ގުޅުނު އެ ދެ މީހުން ވަކިވި ސަބަބެއް މީޑިއާތަކުން ހާމަނުކުރި ނަމަވެސް، ގުޅުން ނިމުމަކަށް އައިކަން ކަށަވަރު ކަމަށް ބުންޏެވެ. ރިއާނާ އާއި ޖަމީލު ލޯބީގެ ގޮތުން ގުޅިގެން އުޅޭ ވާހަކަ މީޑިއާތަކަށް އެންމެ ފުރަތަމަ ތިލަވީ 2017 ގެ ޖޫން މަހުގެ ތެރޭގަ އެވެ.
އޭގެ ފަހުން ރިއާނާ ބައެއް ނޫސްތަކާއި މަޖައްލާތަކަށް ދިން އިންޓަވިއުތަކުގައި ޖަމީލާ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ކަށަވަރުކޮށް ދީފައިވެ އެވެ.
މީޑިއާތަކުން ބުނީ ޖަމީލާ ވަކިވުމާ އެކު، ކުރިން ކްރިސް ބްރައުންއާ ވެސް ލޯބީގެ ގުޅުމެއް ބޭއްވި ލަވަކިޔުންތެރިޔާ އާއި އެމެރިކާގެ ރެޕާ ރާކިމް އެތަލެޒްޓަން މޭޔާޒް ނުވަތަ މަޝްހޫރު ނަމުން އަންނަ އެސަޕް ރޮކީއާ ދެމެދު ހާއްސަ ގުޅުމެއް އުފެދިފައިވާ ކަމަށެވެ. އަދި އެ ދެ މީހުން އެކީގައި މި ހަފުތާގައި ފެނިފައި ވެސް ވެ އެވެ.
ދެ މީހުން އެކީގައި އުޅެނިކޮށް ނަގާފައިވާ ފޮޓޯތަކެއް ވެސް ބައެއް މީޑިއާތަކުގައި ޖަހާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޮނަދޫން ޗިކާ
19 January 2020
ލޯބީގަ އެރޭކޭ މިހާރެކޭ ތަފާތެއްނެތް. އޭރު އަންހެން ކުދިންނަށް އެންމެ ކަމުދާނީ ކެޔޮޅުން. މިހާރު ބެންކުގަ ބިލިއަން ޑޮލަރު ހުރެއްޖެއްޔާ ހިތާނުވެވޭނެ މީހެއްނެތް.
ތުއްތުނާ
19 January 2020
ވަރަށް މަދުން ނަމަވެސް ހަމަ ބެންކުގަ ބިލިއަން ޑޮލަރު ހުރެއްޖެއްޔާ ކިޔާފައި ހިތާނުވެވޭނެ ކުދިން އެބަތިބި .....