ރައީސް މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަވައި ދެއްވަނީ. --ފޮޓޯ/މިހާރު
03 ފެބުރުއަރީ 2020 - 11:21
ރައްޔިތުންނަށް ވެވަޑައިގަތް ވައުދުތައް ފުއްދަވަން ކުރައްވާ ގިނަ މަސައްކަތްތަކުން ނަތީޖާ ފެންނަމުން ދިއުމަކީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އެންމެ ބޮޑު އުފާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު، ރައްޔިތުންގެ މަޖިލިހުގައި، ވިދާޅުވެއްޖެ އެވެ.
ގައުމުގެ ހާލަތު ބަޔާންކޮށްދެއްވައި އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ ވެރިކަަމަށް ވަޑައިގަތުމަށް ވެވަޑައިގަތް އަދި ރައްޔިތުން ސާފު އަޣުލަބިއްޔަތު ދިން ވައުދުތައް ފުއްދުމުގެ މަސައްކަތް އެކި ދާއިރާތަކުން ކުރިއަށް އެބަ ދާ ކަމަށެވެ. ތައުލީމީ ދާއިރާ އިން ދަރިވަރުންނަށް ދުޅަހެޔޮ ބަދަލުތަކާއި ސިއްހީ ދާއިރާގެ ކުރިއެރުމަށް ފަސްް ސަރަހައްދެއްގައި ޓާޝާރީ ހޮސްޕިޓަލް ގާއިމްކުރުމާއި އިގްތިސާދު ރަނގަޅުކުރުމުގެ މަސައްކަތާއި އިޖުތިމާއީ ދާއިރާގެ މައްސަލަތަކުގައި ހޯއްދަވައި ދެއްވި ހައްލުތަކާ އެކު ގައުމަށް ހަމަޖެހުމާއި އަމާންކަން ގާއިމްވެފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ރައްޔިތުންގެ އުއްމީދާ ގުޅިފައިވާ ޖަޒީރާ ރާއްޖޭގެ ތަސައްވުރު ހަގީގަތަކަށް ހެދޭނީ ކޮންމެ ހާލަތެއްގައި ވެސް ގައުމީ މަސްލަހަތަށް އިސްކަންދީގެންނެވެ.
"މިއީ، ދިވެހި ރައްޔިތުން އަޅުގަނޑާ ހަވާލުކުރައްވާފައިވާ އަމާނާތް އަދާކުރުމުގައި އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އަޅުގަނޑު އަމަލުކުރަމުން އަންނަ އަދި އިސްކަންދޭ އުސޫލު،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ވޭތުވެދިޔަ އަހަރު ދިވެހި ގައުމަށް ކުރިމަތިވި ގޮންޖެހުންތަކާ އެކުގައި ވެސް، ސަރުކާރުން ނިންމި ކޮންމެ ނިންމުމެއް ނިންމާފައިވާނީ އަދި ކުރިއަށް އެޅި ކޮންމެ ފިޔަވަޅެއް އަޅާފައިވާނީ ދިވެހި ގައުމާއި ދިވެހި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތަށް އިސްކަންދީގެންނެވެ.
"ރަައްޔިތުންނަށް އެންމެ ލާބަ ހުރި ގޮތްތަކަށް ވިސްނައިގެން. އަދި މިއީ ދިވެހި ހުރިހާ ރައްޔިތުންނަށް ޚިދުމަތްކުރުމަށް އޮތް ސަރުކާރެއްކަން ގަބޫލުކޮށްގެން ހުރެ،" ރައީސް ވިދާޅުވި އެވެ.
ކޯލިޝަނަކުން އުފެއްދި މި ސަރުކާރުގެ މައި ޕާޓީ އެމްޑީޕީން، ކޯލިޝަންގެ އެހެން ޕާޓީތަކަށް ފާޑުކިޔަމުން ދިޔަ ނަމަވެސް ރައީސް ވިދާޅުވީ "އިންތިޚާބުކުރި ސަރުކާރުގެ އެންމެން، އެކުގައި ދެމިތިބޭނެ ކަމުގެ ޔަގީންކަން ލޮބުވެތި ރައްޔިތުންނަށް އަރުވަން" ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާއުނިމާ
04 February 2020
މީހަމަ ބަރޯ ސަރުކާރު! އެވެނިކަމެއް މިވެނިކަމެއް ކުރެވޭނެ، ދެން ފޮނިއަގަތައް ނުތަޅުވައި ކޮށްބަލަ! މުސްކުޅިން ބުނެއުޅޭ ބަސްމަދުކޮށް އަމަލު ގިނަކުރާށޭ! ކަތިވަޅިޔާ މަރިޔަބާ ދަނޑުތައްވެސް ތިޔައޮތީ ހިތަކަށް ދީފަ، ދެން ރައްޔިތުންނަށް ގޮވާންކޮށްދީބަލަ!ސިސްޓަމް ރަނގަޅުކުރަންޖެހެންޔާ، އެކަންވެސް ކުރުމުގެ ފުރިހަމަ ބާރު މިސަރުކާރަށް އެބައޮތް!ދެން ކައުންސިލޭ، ކޯލިޝަނޭ ކިޔައި ބަހަނާ ނުދައްކާ ތިޔަހުރިވަރެއް ދައްކާބަލަ! ތީ އަގައިން 1، އަމަލުން 0
ހިލިބަތް
04 February 2020
ކަލޮޔާ ނަތީޖާޔޯ. މަހީހީ ހަލާކު. ފަންޑިތަ ބޮޑިބަތް ކޭ ކުދިންނަށް ފެންނަނީ ތޯއްޗެއް
ހރނކރ ވެރީން
04 February 2020
މި ސަރުކާރު ވެރިކަ މަށް ގެންނަން އޭރު އުޅުނު ސަރުކާރު ވަޒީފާ ނުރައްކަލަށް ހުށަހެޅި ވަޒީފާއިން ވަކިކުރީ. ރެއާ ދުވާލު ނުކައިނުބޮއެ ނުނިދާ ފާރަޔަށް އުޅެ މަގު މަތިވި، އަނބި ވަރިވެ ދަރި ރަށު ސުކޫލަށް. މި ސަރުކާރު ވެރިކަ މަށް ދެވަނަ އަހަރަކަށް އެޅި އިރުވެސް ވަޒީފާ އަނބުރާ ހޯދު މަށް ރައީސް އޮފީހަށް ލީ ފޯ މަށް ޖަވާބެއްހާ ހިސާބުވެސް ނުދިން. މަޖްލީސް ކާ މިޔާބުވެ ކައުންސިލް އިންތިހާބުވެސް ބޯ މަތިވީ. އާއިލާ އަދި ރައްޓެހީން އަދު ކުރަނީ މަލާ މާތް.
ނީނނޭ
03 February 2020
މިކަހަލަ މީހަކު ރައީސަކަށް ނެތްނަމަ ހާދަގާ ރަގަޅުވީސް.
ކޮރޯނާ އާރޓިސްޓް
03 February 2020
ތިޔާ ހަމަ ކޮރޯނާ ރައީސެއް. ފޮނި ބޮޑާ ކިބުރުވެރި ރައީސެއް. ލަންކާ އަށް ޗުއްޓީ އަށް ކަނޑާލާ އަވަހަށް. ކުރީ ސަރުކަރުގެ ވަޒީފާ އިން ވަކިވެ ތިމަންނާ ވެރިކަމަށް ގެންސްދޭށޭ ކިޔާހަ އެމީހުން ހާލުގަ ޖައްސާހަ ވެރިކަން ރަސްކަމަކަށް ދެކިގެން ތިހުންނަނީ ފެތުން، ދުވުން، ކުރިކެޓް، ޑައިވިންގ، ފޮޓޯ ނެގުން، މަމޮޅެތި ތަގުރީރު. ވީކަމެއް ހަރާމޭ. އުޑެއް ބުޑެއް ނޭނގޭ އައުވާނުން ޕޮލިސީ ޑައިރެކްޓަރުންނަށް. ދެންއޮތީ ކަޓު ނެގުމާ ބަދަލު ދިނުން އެވެސް ޓެކްސް ފައިސާތެރޭން.
ރަސް މަތި ބޭފުޅިޒަ މް
03 February 2020
ހައްދަވާގެން ކުރިކަ މެއް ނެތް! ފެތުން! ދުވުން! ކުރިކެޓް! ޑައިވްކުރުން! ޝަރަފުވެރި މެހެ މާނު! އަނގަ މޮޅެތި ތަގުރީރު ލިއެ ކިއުން! ލަންކާ ޗުއްޓީ! ރައްޔިތުންގެ ޓެކްސް ފައިސާ އައުވާނުންނަށް ބަދަލު! ރައްޔިތުން ކަންކަ މުގަ އާދޭސް ކުރުވުން! ރައްޔިތުން ހޮވި މެމ މްބަރުން ނަޖިހުންނަށް ހެދުން! ބޮޑާ ކަ މާ ކިބުރުވެރިކަން! ވަޒީފާ އަށް ސަލާން ޖެއްސުން! ދެން އުފާ ކުރޭ! ތިއޮތީ ރަސްކަ މެއް ދެއްވާހަ!
ދޯހަޅި ސަރުކާރު
03 February 2020
ފުއްދި ވައުދަކީ ކޮބާތަ؟ މަނިކުފާނު ފެންނަނީ ކުޅިވަރާ މަޖަލުގަ ވަގުތު ބެކާރު ކުރާތަން. އެއްވެސް ކަ މެއް ނެތް! ވައުދަކަށް ވަކަހަލަ އެއްވެސް ވައުދެއް ނެތް! ތި މާމމގެ އާއިލާ އާއި އައުވާނުން ވަޒީފާތަކުގަ! ބަރަވެލި ސްޕީޑްގަ މަސައްކަތްތައް ހުރީ. ކުރީ ސަރުކަރުން ފެނަކަ އެކުލަވާލާހަ ހުރި ޕްރޮޖެކްޓްތަކުން ކަޓު ނެގާ އެކަން އިފްތިތާހު ކުރީ މާ މި ސަރުކާރު ކުރިކަ މެއް ނޫން އޭކީ! ދޯހަޅި ކަންނެތް ދެއްކުންތެރި އަ މަލު ސު މެއް! ދައްކާނެ ވަހަކައެއް ވެސް ނެތް
ޢައްޔުބް
03 February 2020
މުއުތަޞިމް ކުޑަ ގޮނޑިއެއްގައި ބައިންދަވާފައިހުރުމުން ކޯޓްތަކުގެ ސައިޒް ވަރަށް ކުޑަ ވެއްޖެކަމަށް ޤަބޫލުކުރެވޭ. މިއީ ވަރަށް ހިތާމަހުރި މަންޒަރެއް. މިއީ ޔަޤީނުންވެސް 1932 އެއް ނޫން. މިފަދަ ކަންތަކުން އަހަރެމެންގެ އެމްޑީޕީ ސަލާމަތްވާންޖެހޭ.
ވަހީދު
03 February 2020
މަށަށް ހުވަފެން ފެންނާތީ ވެސް އުފާވޭ.
ކޮންސާރންޑް ސިތިޒަން
03 February 2020
އިންޓަނެޓް އަގު ހެޔޮވާނީ ކޮން ދުވަހަކުންބާ؟
58965
04 February 2020
އިންޓަރނެޓް އަގުހެޔޮވުން 'އަންނަނީ'. ދެން ވަރަށް އަވަހަށް ފެންނާނެ ސުރުހީއެއް.