އޭޑީކޭއަށް އުފަންވި 20،000 ވަނަ ކުއްޖާ: މި ކުއްޖާގެ ވިހެއުމުގެ ހުރިހާ ހަރަދެއް ހޮސްޕިޓަލުން ވަނީ ހިލޭކޮށްދީފައި
03 ފެބުރުއަރީ 2020 - 17:54
އޭޑީކޭގައި ހިދުމަތް ދޭން ފެށިފަހުން، އެތަނުގައި 20،000 ވަނަ ކުއްޖާ އުފަންވުން އިއްޔެ ފާހަގަކޮށްފި އެވެ.
ވިއްސުމުގެ ހިދުމަތް ދޭތާ 25 އަހަރު ފަހުން، އިއްޔެ އޭޑީކޭގައި ވިހެއީ ފިރިހެން ކުއްޖެކެވެ. އެ ހޮސްޕިޓަލުގައި ހިދުމަތް ދޭން ފެށި ފުރަތަމަ ދުވަހު ވެސް ވިހާފައިވަނީ ފިރިހެން ކުއްޖެކެވެ.
ހޮސްޕިޓަލަށް 20،000 ވަނަ ކުއްޖާ އުފަންވުން ފާހަގަކުރުމުގެ ގޮތުން އޭޑީކޭގެ މެނޭޖްމެންޓާއި ތަނުގެ އިސްވެރިން، އެ ކުއްޖާގެ މައިންބަފައިންނާ ވަނީ ބައްދަލުކޮށްފަ އެވެ. އަދި ކޭކު ހަދިޔާކޮށް، ވިހެއުމަށް ދިޔަ ހަރަދު ވަނީ ހޮސްޕިޓަލުން ހިލޭކޮށްދީފަ އެވެ.
އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ އެތަނުގައި ވިހޭ ކުދިންގެ އަދަދު 1،9000އަށް ވުރެ މައްޗަށް ދިޔުމުން، 20،000 ވަނަ ކުއްޖާ ހޯދުމަށް ހޮސްޕިޓަލުން ކައުންޓްޑައުންއެއް ބަހައްޓާފައިވާ ކަމަށެވެ. އެހެންވެ، އެ އަދަދު ހަމަވެ، ސިއްހަތު ރަނގަޅު ކުއްޖެއް އޭޑީކޭގައި އުފަންވުމުން ހުރިހާ މުވައްޒަފުންނަށް ލިބިފައިވަނީ ބޮޑު އުފަލެކެވެ.
ރާއްޖޭގެ 25 އަހަރުން ދަށުގެ އާބާދީ އަކީ ގާތްގަނޑަކަށް، 170،000 އެވެ. އެހެންވެ، އޭގެތެރެއިން، 20،000 ކުދިން އޭޑީކޭއަށް އުފަންވުމަކީ އެތަނާ މެދު އާއްމުންގެ އިތުބާރާއި ތަނުގެ ހިދުމަތް އާއްމުން ބަލައިގަންނަ ކަމުގެ ހެއްކެއް ކަމަށް އަފްއާލް ވިދާޅުވި އެވެ.
މީގެ ތިން އަހަރު ކުރިން، 2017 ވަނަ އޭޑީކޭ ހޮސްޕިޓަލުގައި ވަނީ އެއްމާބަނޑު ހަތަރު ކުދިން ވިއްސާފަ އެވެ. ބަނޑަށް ހަތް މަހުގައި، އެ ކުދިން ނަގާފައިވަނީ ސިޒޭރިއަން ހަދައިގެންނެވެ. މިއީ ފަހުގެ ތާރީހެއްގައި ރާއްޖޭގައި އެއްމާބަނޑު ހަތަރު ކުދިން ވިހޭ ފުރަތަމަ ފަހަރެވެ.
އެންމެ ޒަމާނީ ވަސީލަތްތަކާއެކު ފަރުވާ ދިން އެ ކުދިން އޭޑީކޭގައި މަހެއްހައި ދުވަހު ބައިތިއްބި އެވެ. ހުރިހާ ވަގުތެއްގައި ވެސް އެ ކުދިން ބެލެހެއްޓުމަށް ޑޮކްޓަރުންނާއި ނަރުހުންނަށް ޚާއްސަ ތަމްރީނުތަކެއް ދީފައިވާ ކަމަށް އޭޑީކޭ އިން އޭރު ބުންޏެވެ.
ފުރިހަމަ ސިއްހަތެއްގައި އެ ކުދިން އުފަންކޮށް، ހިދުމަތް ދިނުން އޭޑީކޭން ދެކެނީ އެތަނަށް ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގަ އެވެ.
"މިވީ 25 އަހަރުގެ ތެރޭގައި އަޅުގަނޑުމެން ވަނީ ވިހެއުމުގެ ހިދުމަތް ދިނުމުގައި ވަރަށް ބޮޑެތި ފަސޭހަތަކެއް ދީ، މީހުންގެ އިތުބާރު ހޯދާފައި. އެހާ ގިނަ ކުދިން މިތަނަށް އުފަން ވުމަކީ އޭގެ ހެއްކެއް،" އަފްއާލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވިހާއިރު ބައްޕަ ކައިރީ ހުރުމުގެ ފުރުސަތު އެ ހޮސްޕިޓަލުގައި ތަނަވަސްކޮށްދީފައިވާއިރު، މަންމައާ ކުޑަދަރިފުޅުގެ ސިއްހަތާއި ރައްކާތެރިކަމަށް ވެސް ގިނަ ކަންކަން އެތަނުގައި ފަހިކޮށްދީފައިވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފާއިޒް އަހްމަދު
04 February 2020
ކަސްޓަމާ ކެއާއިން ދުނިޔެއިން 01 ވަނަ ދޭންޖެހޭތަކެއް ތިޔައީ، ދެމީހަކު އެކައްޗެއް ނުކިޔާނެ
އަރުވާލި އާދަނުގެ ސިޔާސީހާސަރު
04 February 2020
މަރުހަބާ 20،000 ކިތަށް ސިޒޭރިއަން ތޯ ؟ ދައުލަތުގެ މައި ހޮސްޕިޓަލް އަށް މި އަދަދު އިގިއްޖެއްޔާ މަ ލޮނުލީ އެއްޗެއް ނުކާނު ދުވަހަކު . މަރުހަބާ ނާޝިދު މަރުހަބާ އަފއާލް މަރުހަބާ އޭޑީކޭ ޓީމް
ހާސީން
04 February 2020
ކިޔޭ ނުކިޔޭ އެއްޗެއް އާދަނަށް އިނގޭތަ؟ ތިޔަ ކިޔަނީ ދައުލަތުގެ މައިހޮސްޕިޓަލޭ... ބަލަގަ މުޅި ރާއްޖޭ އެންމެ ނަށް ކޭޓަރ ކުރާތަނެއް ތިޔައީ .. އޭޑީކޭގައި ޑޮކްޓަރަށް ދައްކަން ގޮސް ރޭނގަޑު 11:30 ވާއިރު ގޮޑީގައި އިންނަންވީމާ ލޭމައްޗަށް ދިޔަ އެކަކުވެސް ފެނުނުތަ ، އައިޖީއެމްއެޗް ގައި އެހެން އިންނަ ޖެހިއްޖެނަމަ ފޯރިއެއް ހުންނާނެ... މިއީ ތަފާތަކީ
ސްޓަޓް
04 February 2020
20 ހާހުން ކިތައް ކުދިން ވިހެއީ އަދި ކިތައް ސިޒޭރިއަން؟
ދޯދޯ
03 February 2020
އަޅުގަނޑުގެ އަންހެނުންވެސް ވިހެއީ އޭޑީކޭގަ. މީގެ 4 އަހަރު ކުރި އެއީ އެދުހު އެގުނު މި ރާއްޖޭގެ ހޮސްޕިޓަލް ތަކުގަވެސް ރަގަޅު މީހުން ތިބޭކަން. ވވ ބަރާބަރު ތަނެެއް ތިޔައީ ޙާއްސްކޮށް ވިއްސާ ކޮޓަރީ ކުދިން. ދިވެއްސެއް ބޭރު މީހެއް ތަފާތެއް ނުކޮށް ހުރިހާ ކުދިންނަށް އަދިވެސް އެއްފަހަރު ޝުކުރިއްޔާ???
ޓްރަމްޕް
03 February 2020
އެވްރެޖުކޮށް ހަފުތާއަކު 15 ކުދިން ވީމަ ރަގަޅު.
ސަރުކާރު----
03 February 2020
ތިތަނުން ވިއްސި 20000 ކުދިންނަށް މަރުހަބާ
ނައީމާ
04 February 2020
އޭގެ ތެރެއިން ކިތައް ކުދިންނަށްތޯ އިހާނެތި ކޮށްހިތުނީ އެމައްސަލަތައް އޮއްބާލީ