ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު، ހިންނަވަރު ދާއިރާގެ އިބްރާހީމް މުހައްމަދު ސޯލިހް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. --ފޮޓޯ މަޖިލިސް
04 ފެބުރުއަރީ 2020 - 14:24
ރައްޔިތުންގެ މަޖިލީހުގައި 25 އަހަރު ހޭދަކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބޭނުން ކުރެއްވި ކޮމްޕިއުޓަރު ހިތަދޫ ސްކޫލަށް ހަދިޔާކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލީހުގައި ކުރިން ބޭނުންކުރި 60 ކޮމްޕިއުޓަރެއް އައްޑޫ ހިތަދޫ ސްކޫލަށް ހަދިޔާކޮށްފައިވާ ކަަމަށެވެ. އޭގެ ތެރޭގައި ހިންނަވަރު ދާއިރާގެ މެމްބަރެއްގެ ގޮތުގައި ޚިދުމަތް ކުރެއްވި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބޭނުން ކުރެއްވި ކޮމްޕިއުޓަރު ވެސް ހިމެނޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.
މަޖިލީހުގެ މީޑިއާ ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ ހިތަދޫ ސްކޫލަށް ހަދިޔާ ކުރީ 18 ވަަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ބޭނުންކުރެއްވި ކޮމްޕިއުޓަރުތަކެއް ކަމަށާއި މަޖިލީހުގެ ރައީސް އެ ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އޭރު ބޭނުންކުރެއްވި ކޮމްޕިއުޓަރުގެ ވާހަކަ ކަމަށެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ހުންނެވި އިރު މީޑިއާ އާ ވާހަކަ ދައްކަވަނީ.
ނަޝީދު ވިދާޅުވީ ހިތަދޫ ސްކޫލަށް ހަދިޔާކުރި ކޮމްޕިއުޓަރުތައް މަރާމާތުކުރަން ފައިސާ ހަރަދުކުރަން ނުޖެހުނު ކަމަށާއި އެހެން ނަމަވެސް "މެމޮރީ ފުހެލުމުގެ ނާޒުކު މަސައްކަތް" ކުރަން ޖެހުނު ކަމަށެވެ.
"މަރާމާތުކުރާކަށް އަޅުގަނޑުމެންނަކަށް ފައިސާ ހަރަދުކުރާކަށް ނުޖެހުނު. އެހެން ނަމަވެސް ވަރަށް ނާޒުކު މަސައްކަތެއް ކުރަން ޖެހުނު. އެއީ އިއްޒަތްތެރި މެމްބަރުންގެ މެމޮރީ ފޮހެލުން ކޮމްޕިއުޓަރުގައި ހުރި. އޭގެ ތެރޭގައި އެ އިއްޒަތްތެރި މެމްބަރުން ވެދެވަޑައިގެންފައިވާ ސައިޓުތަކާއި އެހެން މައުލޫމާތުތައް ވެސް ހިމެނޭ،" ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ހިތަދޫ ސްކޫލަށް ހަދިޔާކުރި ކޮމްޕިއުޓަރުތައް މަޖިލީހަށް ގަތްއިރު އެކަމަށް ހަރަދުވެފައި ވަނީ 757،700ރ. ކަމަށެެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (ކ) އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް
ނަޝީދު ވިދާޅުވީ މަޖިލީހުން ދިން ކޮމްޕިއުޓަރުތަކަކީ ހިތަދޫ ސްކޫލަށް ބޭނުންތެރި ތަކެއްޗަށް ވާނެ ކަމަށް އުއްްމީދުކުރައްވާ ކަމަށެވެ. އަދި ދައުލަތުގެ އެހެން އިދާރާތަކުން ވެސް ބާވެގެން ނަގާ އެއްޗެހި ނީލަން ފިހާރަ އަށް ފޮނުވުމުގެ ބަދަލުގައި މަރާމާތުކޮށް، އެ ބޭނުންކުރާނެ އެހެން ބަޔަކު ތިބިތޯ ބަލަން އެމަނިކުފާނު އިލްތިމާސް ކުރެއްވި އެވެ.
"ދެން އަަޅުގަނޑު ވަރަށް ބޮޑަށް އެދެން ނީލަން ފިހާރަ އަށް ފޮނުވުމުގެ ބަދަލުގައި ކޮންމެ ވުޒާރާއަކުން ވެސްް ކޮންމެ އިދާރާއަަކުން ވެސްް އެތަކެތި މަރާމާތުކޮށްލައްވާފައި ދެން ބޭނުންކުރާ އެެހެން މީހަކު، އެހެން ވުޒާރާއެއް އެެހެން ތަނެއް ހުރިތޯ ބައްލަވާފައި، އެފަދަ ތަނެއް ހުރިއްޔާ އެފަދަ ތަނަކަށް އެތަކެތި ދެއްވުން،" އެމަނިކުފާނު ވިދާޅުވި އެވެ.
މަޖިލީހުން ދިން ކޮމްޕިއުޓަރުތައް ހިތަދޫ ސްކޫލުން ބޭނުންކުރުމުން ނަޝީދު އެ ސްކޫލަށް ޝުކުރު ދަންނަވާ ތައުރީފު ވެސް ކުރެއްވި އެވެ. އެމަނިކުފާނު ވިދާޅުވީ އެއީ 1974 ވަނަ އަހަަރުން ފެށިގެން ހިންގަމުން އަންނަ ސްކްކޫލެއް ކަމަށާއި ރާއްޖޭގެ އެހެން ގިނަ ސްކޫލްތަކާ އެ ސްކޫލް ތަފާތު ކަމަށެވެ. ހިތަދޫ ސްކޫލަކީ 900 އަށް ވުރެ ގިނަ ދަރިވަރުން ކިޔަވަމުން އަންނަ ސްކޫލެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގަމާރު
04 February 2020
ކޮމްޕިއުޓަރ ފަދަ ތަކެެއްޗަކީގައި މުހިއްމުވަނީ އޭގެ ޕުރޮސެސިން ޕަވާ އަދި މެމޮރީ. އެކި މަސައްކަތަ ބިނާކޮށް އެކި ސުޕެސިފިކޭޝަން ކޮންޕިއުޓަ އެކުލަވާލާނީ. ދިވެހިން ފަހުގެ ފޯނު ގަންނަގޮތަށް ވިސްނުން ބަހައްޓައިހެން ކޮމެންޓު ނުކޮށްބަލަ. ކޮންމެ މީހެއް އެންމެފަހުހެ ފޯނެ ހިގައިގެން އުޅުނަސް އޭގެ ރަގަޅު ބޭނުމެއް ހިފަނީއެއްނުން.
ބުޅާ
04 February 2020
މާލޭ މަގުހަދާއިރު އުކާލާ ގާތައްވެސް އައްޑުއަށްކަންނެ ފޮނުވާނީ، ދެން ބުނާނީ މީގެތެރޭ ވެއްޖެއޭ ރައިސް ފައިންޕުޅު ބީއްސެވި ގާކޮޅެއްވެސް.
އިބިރިހިންބެއްޔާ
04 February 2020
ޕެންޓިއަމް ތަ ނޫނީ ޕެންޓިއަމް 2 ތަ؟ ހާދަ ހެޔޮފުޅޭ.
ސޭކުބެ
04 February 2020
ކޮމްޕިއުޓަކާ މޮބައިލް ފޯނަކީ ވަރަށް އަވަހަށް އައުޓްޑޭޓްވާ އެއްޗިހި. ތިކޮމްޕިއުޓަރުތަކަކީ މިހާރަށް ފެތޭއެއްޗަކަށްނުވުން އެންމެގާތީ. ދާރުލް އާޘާރަށް ފޮނުވިނަމަ އޯކޭ. ގޮޑަކަށް އައްޑޫހަދާފަ ފޮނުވުންތީ އައްޑޫ މީހުންނަކީ ސަރުކާރުން ހަދާނެގޮތެއްހަދަންތިބި ބައެއްކަން ދައްކުވައިދިން ކަމެއް.
ފަޅުވެރިން
04 February 2020
ކުނިގޮނޑަށް އުކާލަން ޖެހޭ އެއްޗެހި އައްޑުއަށް؟ އެހެންވީމާ ނަޝީދު އެވިދާޅުވަނީ އައްޑޫ އަކީ ރާއްޖޭގެ ކުނިގޮނޑޭތަ؟
ސިމާހާ
04 February 2020
މިކަހަލަ އެއްޗިއްސާ މެދު އަމަލުކުރަން ޖެހޭ ގޮތް މާލިއްޔަތު ގަވާއިދުގައި އޮވޭ. ގަވާއިދާ އެއްގޮތަކަށް ނޫން ދެއްތޯ ހެއްދެވީ. އާދައިގެ މީހެއްގެ ކަމެއް ނަމަ މިހާރު އޭސީސީން ފަހަތުން ދުވީސް. މަޖިލިހުން ކުރީމަ އޯކޭތަ!
ސުންދެރިޔާ
04 February 2020
ނަޝީދުގެ ފިކުރަކީ މާލެއިން ވީވަރެއް ކޮށްފައި ދެކުނުގެ ތިން އަތޮޅު އަތްދަށުކުރުމަށްފަހު ކުޅުދުއްފުށި އަތްދަށުލުން. ޢެވަރުން ވެރިކަން ކަވަރުކުރެވޭނޮތްވާނެކަމަށް ހީކުރައްވަނީ
ޝޮކްތެރަޕީ
04 February 2020
ބާއެއްޗެތި ދިނީމަ އަވަހަ ހަލަކުވާނެ.
ބާބާ
04 February 2020
އައްޑޫ މީހުންނަށް އައްޑޫގެ ފެންވަރު މިހާރު އެގޭނެކަމަށް ހީކުރަން.
ރަދީފް
04 February 2020
މަރުހަބާ ހިތަދޫ ސްކޫލް.މީއީތޯ އައްޑޫގެ ސްކޫލްތަކުގެ ފެންވަރަކީ؟؟ ބަޔަކު ބޭނުންކޮށްފަ ހުރި ބާ ތަކެތި ފޮނުވަންޖެހެނީ އައްޑުއަށް ތަ؟ އަތް ޖަހާ ބާރަށް އަތް ޖަހާ. ވ.ވެދުން
ރަދީފޭ
04 February 2020
ބައެއް ބާ ތަކެއްޗަކީ ބޭނުންކޮށްފަ ހުއްޓަސް އެހާ ބާ ތަކެއްޗަށްނުވެދާނެ. އެއެއްޗެހި ބޭނުންނުކުރެވޭ ވަރަށްވުރެ ބާ ނަމަ ސްކޫލުންވެސް އެތަކެތި ބޭނުންނުކުރީމަ ނިމުނީ. ބައެއް ދިވެހިން ބާ ތަކެތި ބޭނުންކުރުމަކީ ހަޑިކަމެއް ކަމަށް ދެކޭ. ރީޔޫޒަބްލް އެއްޗެހި ޔޫޒްކުރުމަކީ ދުނިޔޭގެ އެތައް ބަޔަކު ކުރާ ކަމެއް.
އިންކޮ
04 February 2020
ރީޔޫސަބަލް ކުރަން ވާނެ. އެކަމަކު އައްޑޫ އަކީ ބޮޑު އާބަދީއެއް އަދި އެ ސްކޫލަކީވެސް ބޮޑު ސްކޫލެއް. ބައު މުދާގަޑެއް ދީފައި ހެއްދުން ކަޑައީ.