ރިޔާޒު: ފުލުހުންގެ ބިލް އޮތްގޮތުން ސިޔާސީ ނުފޫޒު ފޯރުވުމުގެ ފުރުސަތު އެބައޮތް ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ/މިހާރު
14 ފެބުރުއަރީ 2020 - 22:30
ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވާ ފުލުހުންގެ ޚިދުމަތުގެ ބިލް އޮތްގޮތުން، ފުލުހުންނަށް ސިޔާސީ ނުފޫޒު ފޯރުވުމުގެ ފުރުސަތު އެބައޮތް ކަމަށް މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް މިއަދު ވިދާޅުވެއްޖެ އެވެ.
މިހާރު އަމަލުކުރާ ފުލުހުންގެ ގާނޫނުގެ ބަދަލުގައި، ފުލުހުންގެ ޚިދުމަތުގެ އާ ގާނޫނެއް ވުޖޫދަށް ގެނައުމުގެ ބިލެއް ސަރުކާރުގެ ފަރާތުން ވަނީ މަޖިލީހަށް ހުށަހަޅައިފަ އެވެ. އެ ބިލް ހުށަހެޅި ސަބަބެއްގެ ގޮތުގައި އޮތީ ފުލުހުންގެ ޚިދުމަތަކީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ އެއްގޮތަށް އަދި އިންސާނީ ހައްގުތަކަށް އިހްތިރާމް ކުރުމާ އެކު ދެވޭ ޚިދުމަތެއް ކަން ކަށަވަރު ކުރުމެވެ.
https://majlis.gov.mv/storage/action_files/437/TxKVbWpK0YaWR2dQ1WHSHAMsMSxZB9juk8M0UB6H.pdf
ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލް
އެކަމާ ގުޅިގެން، ރިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ބިލް އޮތްގޮތުން ފުލުހުންނަށް މިނިވަންކަމާ އެކު މަސައްކަތް ކުރުމަށް ހުރަސްއެޅޭ ކަމަށެވެ. އަދި ފުލުހުންނަށް ސިޔާސީ ނުފޫޒާއި އެހެނިހެން ނުފޫޒުތައް މިހާރަށް ވުރެ ބޮޑަށް ފޯރުވުމުގެ ފުރުސަތު ހުޅުވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރިޔާޒް ވިދާޅުވި ގޮތުގައި، މިފަދަ މުޖްތަމައުއެއްގައި އެއްވެސް ނުފޫޒެއް ނެތި މިނިވަންކަމާ އެކު ފުލުހުންނަށް މަސައްކަތް ކުރެވެން ޖެހޭނެ އެވެ.
Proposed Police Bill restricts operational independence and paves more room for political and institutional influence to policing function. MPS needs to be operationally independent to deliver fair and just service in this politically polarized society! https://t.co/UQ9hLR7e71
— Abdulla Riyaz MP (@riyazabdulla) February 14, 2020
ރިިޔާޒްގެ ޓްވީޓް
މިހާރު އަމަލުކުރާ ފުލުހުންގެ ގާނޫނަކީ 2008 ވަނަ އަހަރުން ފެށިގެން އަމަލުކުރާ ގާނޫނެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮލި މުލައް
16 February 2020
ހެވެއްނު އީސީގަ ހުރި ގޭކުއްޖާ ހައްލައިގެން މިއޮތީ ހެޔޮވެރިކަންގެނެސްފައެއްނު
އިބިރިހިންބެއްޔާ
16 February 2020
ކޮރެކްޝަން: ހައްލައިގެނެއްނޫން. ގަނެލައިގެން. ފައިސާދައްކަން ލޯނުދިނީ ބުރޯ ތޯއްޗެއް.
ރަސްރުއް
15 February 2020
ބިލަކުން ކުރެވުނީ ކޮންކަމެއްތޯ! ރިޔާޒު ހުރެގެން ލިބުނު ކުރިއެރުމެއް ދައްކާބަލަ؟ ނުފެނޭ ، ދެން މިހާރު ކޮސް އަނގަ ތަޅާނެކަމެއްނެތް.
އިބިރިހިންބެއްޔާ
15 February 2020
މަޖިލީހުގައި "ބަގާވާތް ހިންގި" ޕާޓީގެ މެޖޯރިޓީ. ބޮޑަކަށް ޚުދު އެހުރިހާ ޖަރީމާއެއްގެ ޒިންމާދާރު ވެރިޔާ. ޤަބޫލުކުރާ އުސޫލަކީ ޑިކްޓޭޓަރޝިޕް. ރިޔާސީ/ ބަރުލަމާނީގެ ބަހުސުން ކާކު ކޮންވައްތަރުކަން ބަރާބަރަށް އެގޭ. 2008ން ފެށިގެން އަދާހަމަޔަށް ވިސްނާލުމުން ވަރަށް ސާފު. ސިފައިންވެސް، ފުލުހުންވެސް، ޖޫޑިޝަރީވެސް އަދި އޭޖީ، ޕީޖީ ފަދަ އެނޫންވެސް މިވައްސަސާތައް އޮންނަންބޭނުމީ ހަމަ އެކެއްގެ މުށުތެރޭގައި. ސޫޕްރީމް ލީޑަރުގެ މުށުތެރެ. ނަންވާނީ ޗައިނާ އާއި މުގާބޭ
ޝައިޚް.
15 February 2020
ރިޔާޒު ބިރުނުގަނޭ، ދެން ގާނޫނު ކޮންމެ ގޮތަކަށް އޮތަސް މިރާއްޖޭގަ ކަލޭމެނަށް ބަޣާވާތެއް ނުކުރެވޭނެ،
އަސްލު މީހާ އަހުމަދުހުމަދު
15 February 2020
ފުލުހުންނަށް މިނިވަން ކަމާ އެކީ އެއްވެސް ބާރެއްގެ ނުފޫޒެއް ނެތި މަސައްކަތް ކުރެވޭނެ ގޮތް ހެދުން މުހިއްމު. އޭރުން އެމީހުންގެ އަސްލު ފެންވަރު ވަޒަން ކުރެވޭނީ. އަޅުގަނޑުމެން މައްސަލަ އެއް ހުށަހަލައިގެން 2 މަސް ވާއިރު އެއްވެސް ޖަވާބެއް ނުލިބޭ. އެކަމު ސިޔާސި ގޮތުން ނޫނީ ގައުމުގަ އަޑު ހިއްޕާލާފި ނަމަ 24 ގަޑި އިރު އެކަމެއް އެބަ ހޯދާ. ބޭނުން ވަނީ ކޮންމެ ކަމެއް ދިމާވިޔަސް ހަމަ ހަމަ ފުރުސަތު.
އަލީރާޖާ
15 February 2020
އެއްވެސް ގައުމެއްގައި ފުލުހުންނަކީ މިނިވަން މުއައްސަސާއެއް ނޫން. އެއީ އޭރަކު އޮންނަ ސަރުކާރެއްގެ ދަށުން ހިންގާ ހޯމް މިނިސްޓްރީގެ ދަށުގައި އޮންނަ ތަނެއް. ދެން ތިޔަ ބުނާ ގޮތުން ވިއްޔާ ސަރުކާރަށް އޮންނާނީ ރައީސް އޮފީސް އެކަނިދޯ؟
ފައިސާ ފައިސާ
15 February 2020
ޢެމްޑީޕީ ނޫން ބަޔަކު ވެރިކަމުގައި ތިބޭނަމަ ފުލުހުން މިނިވަން ވާންޖެހިފައި އެމޑީޕީ ވެރިކަމުގައި އަޅުވެތިވުމަށް އެމީހުން އެކިޔަނީ މިނިވަން ކުރުން.
ވައިސޫރި
15 February 2020
ރިޔާޒް ފުރަތަތަ ގާނޫނާ ޙިލާފައް ވެރިކަ މެއް ވައްޓާލާފާ ކޮންބިލެއްގެ ވާހަކައެއް ތިޔަ ދައްކަނީ ގަޓެއް ހުރިއްޔާ ނިކަން ގާނޫނެއް ހަދާގެން ވިޔަސް އެކަން ބެލުން މާބުއްދިވެރި ވާނެ
--- ދޯބުރާލި ހަސަން ބެ
14 February 2020
ސިޔާސީ ނުފޫޒު ފޯރުވައިގެން ތި ރިޔާޒް ނަޝީދު ގެ ވެރިކަން ފެއިލް ކުރަން ކުރި ކަންތައް ހަނދާން އެބަހުރިބާ؟
މުންނާބާއީ
14 February 2020
އަޕުރާޝީމު ގަތުލުގައި ހުރިހާގަލެއް ފޮރޮޅައިގެން އެއްކަމެސް ވީއަކީއެއްނޫން. ދެން ކޮން ބިލެއް؟