ރައީސް (ވ) އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ޕޯސްޓަރެއް ހަރުކުރައްވަނީ
15 ފެބުރުއަރީ 2020 - 14:26
މަގުމަތީގައި މަޑުކޮށްގެން އޮތް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކާރުކޮޅު މައްޗަށް އިމާރާތަކުން ފެން އެއްޗެއް އޮއްސާލި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން ބުނީ ހެންވޭރުގެ އިމާރާތެއްގެ ބުރިއަކުން ރައީސްގެ ކާރުކޮޅު މައްޗަށް ފެން އެޅި މައްސަލައެއް ހުށައެޅީ މިއަދު ހެނދުނު ކަމަށެވެ.
އެނގިފައިވާ ގޮތުގައި ކާރުކޮޅުގެ މައްޗަށް ފެންއެއްޗެއް އޮއްސާލީ ހ. ހީނާމާގެ ކައިރިންނެވެ. އެކަމަކު އޭރު ކާރުކޮޅުގައި އިނީ ޑްރައިވަރު އެކަނި ކަަމަށް ފުލުހުން ބުންޏެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން، އެމްޑީޕީން މިއަދު ހެނދުނު ފެށި ކެމްޕޭން ޕޯސްޓަރު ހަރުކުރުން އިފްތިތާހުކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
މި ރަސްމިއްޔާތުގައި އެމަނިކުފާނުގެ އިތުރުން ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވެވަޑައިގަތެވެ. ބެލެވޭ ގޮތުން ކާރުކޮޅު މައްޗަށް ފެން އެޅީ، ރައީސް އެ ހަރަކާތުގެ ތެރޭގައި އުޅުއްވަނިކޮށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޭނަމީނަ
17 February 2020
މީ ކޮންމެ ދުވަހަކު އަހަރުމެން ތަހައްމަލް ކުރަމުން އަންނަ ކަމެއް. ގޭގޭގެ ޓެރަސް މަތިން އަންނަ ގަސްތަކުން އަދި އެއަރކޯން ތަކުން ފައިބާ ފެން. ފެންތިކި ޖެހިދާނެ ކޮންމެ ތަނަކުވެސް ތިކިޖަހާފާނެކަމަށް އަބަދުވެސް ތައްޔާރަށް ތިބޭ ސެކިއުރިޓީން ހޯދަންވީ. އަހަރުމެން ކޮންމެ ދުވަހަކު ކުރަމުން އަަންނަ އިޙްސާސްތައް ކިރިޔާ ރައީސް މީހާއަށް އިހުސާސްނުވީ.
އުމަރުބެ
17 February 2020
ކިޔަވާފަ ފެން އަޅައިގެން ވެސް ރައީސް ޞާލިހްގެ މެރިފައިވާ ދެލޯ ހުޅެވި ގައުމަށް ބަޔަކު ހަދަމުންދާގޮތް ފެނެންނާނެ ނަމަ ކިހާ ރަނގަޅު
އަރުވާލި އާދަނުގެ ސިޔާސީހާސަރު
16 February 2020
އަޅެ މީޑިއާ ފިއވައި ކަމާ ބެހޭ މުއަށް ސަސާ ތަކުގެ ރަސްމީ ހާމަ ކުރުން ކޮބާ ؟ އެވެސް ދައުލަތުގެ ސިއްރަކީ ތޯ ؟
ާއުނިމާ
16 February 2020
ރައީސުލް ޖުމްހޫރިއްޔާއަކާއި ރައްޔިތުން މަޖްލިސްގެ ރައީސް ކުރަން ވަރަށް ދެރަވަރު ކަންކަންމީ! ރައްޔިތުން ހަވާލުކުރި ޒިންމާ އަދާކުރަން އުޅުއްވިއްޔާ މާރަނގަޅު ވާނެ!
96589
16 February 2020
އަޚްލާޤުން ބޭރުވާށެކޭ ނޫން. ގޯސް ކޮންމެ ކަމެއް ގޯސް. އެކަމަކު، ގައުމެއްގެ ރައީސްއަކަށް ކޮންމެ ޕާޓީއަކުން މީހަކު ހޮވުނު ކަމުގައި ވީނަމަވެސް އެމީހަކު ރައީސް ކަމަށް ހުވާކުރުމަށްފަހު ދެން ހުންނަންވާނީ ރައީސްގެ ގޮތުގައި. ޕާޓީ އެކްޓިވިސްޓެއް އަދި ޕާޓީގެ މަގުމަތީ ޚަރަކާތްތަކުގައިބައިވެރިވާ މީހެއްގެ ގޮތުގައެއްނޫން.. އޮބާމާ ހެދިފަ ފޮޓޯ ނެގުމަކީ އެފަދަ އިލްމާ އަޙްލާޤް ލިބޭކަމެއްނޫންކަން މިފޮޓޯއަށް ބަލައިލުމުން ދޭހަވާނެ.
ނަޖްވާ
16 February 2020
ކޮންމެ މީހަކު ރައީސަކަށް ހުއްޓަސް، މި ކަހަލަ ކަމެއް ކޮށްގެން ނުވާނެ، ރުހުނަސް ނުރުހުނަސް! މި ދައްކަނީ ޤައުމެއްގެ ރައީސްގެ ވާހަކަ! ނުރުހެންޏާ، އަނގައިން ކިޔާ އެއްޗެއް ކިޔާ ނުނީ ސޯސަލް މީޑިޔާގަ ލިޔާ އެއްޗެއް ލިޔޭ! ގަޔަށް ބޮލަށް އަރާ މުދަލަށް ގެއްލުން ދެވިގެނެއް ނުވާނެ!
އިސްމާލި
16 February 2020
އެމްޑީޕީ އިން ގެނައި ޑިމޮކްރަސީ އާއި މިނިވަން ކަމުގައި އޮވޭ ވެރިން ނާއި މެދު ނުރުހުން ވެއްޖެ ނަމަ އެކަން ދެއްކުން. އެއިގެ ތެރޭގައި ދޮން މީހުން އެންމެ ބޮޑަށް ކުރާ ކަމަކީ ބިސް ޖެހުން.
ށާކީ
16 February 2020
ކޮބާތަ މައްސަލައަކީ ފެންކޮޅެއްދޯ!
456987
16 February 2020
ފެންޖެހީ ރައީސްޖުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތު އަދާކުރުމަށް ދައުލަތުގެ މުދަލެއް ބޭނުން ކުރި ވަގުތަކު ނޫން. އެކަމަކު ޕާޓީގެ އެކްޓިވިސްޓެއް އަދި މަގުމަތީ ޚަރަކާތުގެ އިސްމީހެއްގެ ގޮތުގައި ހުރެ ރައްޔިތުންގެ މުދަލެއް ކޮރަޕްޝަނަށް މަގުފަހިވާނެހެން ބޭނުންކުރަމުންދިޔަ ވަގުތެއްގައި. އެއީ ޒީރޯ ޓޮލަރަންސް ޓު ކޮރަޕްޝަންގެ ދަށުން ޖެހި ފެނެއް.
އަލިކުއްދާ
16 February 2020
ޑރ ޖަމީލުގެ ކާރަށް ބޮނޑިބަތް ޖެހި، މައުމޫނުގެ ކާރުގެ ބިއްލޫރި ތަޅާލި ޖަމާލުއްދީން ކައިރިން، މައުމޫނުގެ ކާރާއި ދިމާލަ ރޯކޮށްފައި އޮތް ޓަޔަރެއް އެއްލި، ( ޢައްޑޫގައި) ޔާމީނުގެ ނައިބު ރައީސަކަށް އެންމެ ފަހުން ހުރި ބޭފުޅާގެ ކާރު ގުރުއާން މަރުކަޒު ކުރިމަތިން ހިފަ ހައްޓައިގެން އޭގައި ތެޅި.
މަ ވެސް ތި ހާލު
16 February 2020
ހެހެހެ، މިއީ އަޅުގަނޑު ސައިކަލުގައި އަދި ހިނގާފަ މަގު މަތިން ދާއިރު އާންމު ކަމެއް. ގަރުދިޔަ ބަތް އެއްފަހަރު، މޮޕެއް ބޭނުންކޮށްފަ އެ ފެން އެއްފަހަރު، އޭ.ސީން ފައިބާ ފެން އެންމެ ގިނައިން، ދެން ގޮތް ނޭނގޭ އެއްޗެހި ވެސް ގަޔަށް ފައިބާފައި އެބަހުރި، މި މައްސަލަތައް ފުލުހުންނަށް ހުށަހެޅޭކަމެއް މީގެކުރިން ނޭނގޭ. ދެން ރިޕޯޓުކުރާ ނަން.
ކެނެޑީ
16 February 2020
މަގޭ ބޮލަށްވެސް ފެންއެޅޭ މީސްމީހުން ބެލްކަނީގަ ގަހަށް ފެންދޭއިރު
އައްޔަނަ
16 February 2020
ޕާޓީ އަކައް ދަނީކޮއް 7 ވަނަ ފުލޯއިން ބިދޭސީއަކު ކުޅުގަޑެއް ޖެހި އަހަރެން ގެ ބޮލައް
ސަލީމާ
16 February 2020
ބެލްކާނޯތަކުން އެސީ ފެނާ، ގަސްތަކަށް ޖަހާ ކެމިކަލް އާ، ކުޅު ޖެހުން މިއީ އާއްމުދިރު އުޅުމެގެ ބައެއް. ރައްވެހިން ގިނައީ މާލޭގައި ކޮންމެ ފަތިހަކަށް ހާޕަތު ދަނީ ދަށަށް
މޮރަބޫކާ
16 February 2020
މިގައުމަށް ބޭނުންވަނީ ރަގަޅު ލީޑަރުން. ތަންފީޒީ އިދާރާތައް ހިންގޭނެ މީހުން . ސޮހުންނެއް ނޫން، ގާނޫނޫނު ތައް ހުރީހަދިފައި އަދި ނުވާތަނަކަށް ގައުމުތައް ހިގާތަހްޒީބީ މިންގަޑު އެގޭކަހަލަ ބަޔެއް.