24 ފެބުރުއަރީ 2020 - 06:08
ގިނަ ބަޔަކު ކުރިން ވެސް ލަފާކުރި ގޮތަށް، ސަނީ ހިންދުސްތާނީ އިންޑިއަން އައިޑޮލް ސީޒަން 11 ކާމިޔާބުކޮށްފި އެވެ.
އާދީއްތަ ދުވަހުގެ ރޭ ގެނެސްދިން ފިނާލޭ ޝޯގައި ސަނީ ވަނީ އައިޑޮލް ޓްރޮފީ އުފުލައިލުމުގެ އިތުރަށް ސޮނީން ދިން ފައިސާގެ އިނާމު ވެސް ހާސިލުކޮށްފަ އެވެ. މީގެ އިތުރުން ޓާޓާ އަލްޓްރޯޒް މޮޑެލްގެ ކާރަކާއި އިންޑިއާގެ އެންމެ ބޮޑު މިއުޒިކް ކުންފުނި އަދި ފިލްމު ވެސް އުފައްދާ ޓީ ސީރީޒްގެ ފިލްމުތަކަށް ލަވަކިޔުމުގެ ފުރުސަތު ވެސް ވަނީ ސަނީ އަށް ވަނީ ލިބިފަ އެވެ.
އައިޑޮލްގައި ސަނީ ވިދައިލީ ޕާކިސްތާނުގެ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ ނުސްރަތު ފަތޭހް އަލީ ޚާން ކިޔާފައިވާ ބޮޑެތި ލަވަތައް ހަމަ އޭނާގެ ސްޓައިލްގައިި ކިޔަން މޮޅު ލަވަކިޔުންތެރިއެއްގެ ގޮތުގަ އެވެ.
The #IndianIdol11 title goes to #SunnyHindustani.
— Sony TV (@SonyTV) February 23, 2020
Congratulations @sunny_singer11#IndianIdolGrandFinale pic.twitter.com/ESzXxKznae
ޕަންޖާބުގެ ވަރަށް ފަގީރު އާއިލާއަކަށް ނިސްބަތްވާ ސަނީ އަކީ އައިޑޮލް އަށް ދިއުމުގެ ކުރިން މަގުމަތީގައި މީސްމީހުންގެ ބޫޓް ޕޮލިޝްކޮށްދީގެން އާމްދަނީ ހޯދަމުން ދިޔަ ޒުވާނެކެވެ. ނަމަވެސް އައިޑޮލް އިން ދައްކައިލި ލަވަކިޔުމުގެ ހުނަރާ އެކު އެތައް ބައެއް ލޯތްބާ އެކު، ސަނީ ވަނީ އެތައް ފުރުސަތުތަކެއް ފަހިކޮށްފަ އެވެ.
އެގޮތުން އިންޑިއަން އައިޑޮލް ސީޒަން 11 ކުރިއަށް ދިޔަ އިރު ރިލީޒްވި ދެ ފިލްމަކަށް އޭނާ ލަވަތަކެއް ވެސް ރެކޯޑްކޮށްފައިވެ އެވެ. އެއީ މިދިޔަ މަހު ރިލީޒްކުރި "ޕަންގާ" އާއި ޑިސެމްބަރު މަހު ރިލީޒްކުރި "ދަ ބޮޑީ" އަށެވެ.
IT'S RESULT TIME! Who do you think has managed to win the hearts of the nation and become the next #IndianIdol? RT and tell us. @iAmNehaKakkar @VishalDadlani #HimeshReshammiya #AdityaNarayan #IndianIdol11 #IndianIdolGrandFinale pic.twitter.com/3yO7kwoChX
— Sony TV (@SonyTV) February 23, 2020
މީގެ އިތުރުން ކުރީގެ މިއުޒިކް ލެޖެންޑް ކިޝޯރު ކުމާރުގެ ދަރިފުޅު އަމިތު ކުމާރާއި އައިޑޮލްގެ ޖަޖްކަން ކުރި ހިމޭޝް ރޭޝަމިއާ އާއި މަޝްހޫރު މިއުޒިކް ޑައިރެކްޓަރު/ލަވަކިޔުންތެރިޔާ ބައްޕީ ލެހެރީ ވެސް ވަނީ ސަނީ ލައްވައި ލަވަތަކެއް ރެކޯޑް ކުރުވައިފަ އެވެ.
އިންޑިއަން އައިޑޮލް ސީޒަން 11 ގެ ދެވަނަ ލިބުނީ ރޯހިތު ޝާމް ރައުތަށެވެ. ތިން ވަނަ ގެންދިޔައީ ވައިލްޑް ކާޑްގެ ދަށުން ވާދަކޮށް، ފައިނަލަށް ވާދަކުރި ހަމައެކަނި އަންހެން ބައިވެރިޔާ ކަމަށްވާ އަންކޯނާ މުކަރްޖީ އެވެ. ހަތަރު ވަނަ އަކީ ރިދަމް ކަލިޔާނެވެ. ފަސް ވަނަ ލިބުނީ އަދްރީޒް ގޯޝްއަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރަބަރު
24 February 2020
ނުޞްރަތު ފަތަޙް ޢަލީ އަކީ މަޝްހޫރު ޤައްވާލެއް. އޭނަކިޔަނީ ލަވައެއް ނޫން. ޤައްވާލީ. އެކަމަކު ޤައްވާލީ އަކީ ޕާކިސްތާނު އިންޑިއާ ގައި ވަރަށް މަޤްބޫލުކަން ހޯދާފައިވާ މަގޭ ބޮލުގަ ރިއްސާ އެއްޗެއް. ބަހރްދެ ޖޯލީ މެރީ ޔާ މުޙައްމަދު މިއީ 1970 ގެ އަހަރުތަކުގައި ވަރަށް ވިދާލި ޤައްވާލީ އެއް. އެއްދުވަސްވަރެއްގައި މީގެ އަޑު ނުކެޑި ދިޔަ. ހަތަރު ފަރާތުން ލައުޑް ސްޕީކަރުން މިއަޑު އިވުނު.
ކަސަބު
24 February 2020
މަވެސް ލަފާކުރީ ސަނީ އެކަމަކު ސަޕޯޓުކުރީ އަންކޮނާ އަށް.