ސީއެސްސީގެ ބައެއް މެމްބަރުން މަޖިލީިހުގެ ކޮމެޓީއެއްގައި
26 ފެބުރުއަރީ 2020 - 23:04
މިނިސްޓްރީތަކުގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) އިން އައްޔަން ކުރުމުގައި އެ މިނިސްޓްރީއެއްގެ މިނިސްޓަރުގެ ލަފާ ހޯދަންޖެހޭ އުސޫލަށް އިސްލާހު ގެންނަމުން އަންނަ ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ން މިއަދު ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް ހާޒިރުކޮށް، އެ ކޮމިޝަނުގެ މެމްބަރުންނާ ކުރި ސުވާލަކާ ގުޅިގެން ނެރުނު ނޫސްބަޔާނެއްގައި ސީއެސްސީން ބުނީ 2016 ވަނަ އަހަރު، މަޖިލީހުން ގާނޫނަށް ގެނައި އިސްލާހެއްގެ ދަށުން، ޕީއެސް އިން އައްޔަން ކުރަނީ ކަމާ ގުޅޭ މިނިސްޓަރުގެ ލަފައާ އެކު ކޮމިޝަނުން ކަމަށެވެ. އެކަމަކު، މިނިސްޓަރުގެ ލަފައާ އެއްގޮތަށް ޕީއެސް އިން އައްޔަން ކުރާ އުސޫލަށް މިހާރު އިސްލާހު ގެންނަމުން އަންނަ ކަމަށް ކޮމިޝަނުން ބުންޏެވެ.
ނަމަވެސް، އެ އިސްލާހަކީ، މިނިސްޓަރުގެ ލަފާ ނުހޯދުން ކަމެއް ނުވަތަ ގެންނަ ބަދަލެއް ސާފުކޮށެއް ނުބުނެ އެވެ.
ކޮމިޓީގައި ސިވިލް ކޮމިޝަނާ ސުވާލު ކުރީ، ޕީއެސް އިން ނެގުމުގެ ކުރިން، ކޮންމެ ފަހަރަކު ވެސް އެކަމާ ގުޅޭ އުސޫލު ބަދަލުކުރާ ކަމަށް ތުހުމަތުކޮށެވެ. އެގޮތުން ބައެއް ފަހަރު، މަގާމުގެ ޝަރުތު މަތިކުރާއިރު، އަނެއް ބައި ފަހަރު ލުއިކުރާ ކަމަށް، މެމްބަރުން ވިދާޅުވި އެވެ. ކޮމިޓީން ތުހުމަތު ކުރިގޮތުގައި ޝަރުތުތަކަށް ބަދަލު ގެންނަނީ ވަކި މީހަކަށް މަގާމު ދިނުމުގެ ގޮތުންނެވެ.
މެމްބަރުން އެހެން ސުވާލު ކުރެއްވީ، ހެލްތު މިނިސްޓްރީގެ ޕީއެސްގެ މަގާމުގެ ޝަރުތުތަކަށް ދެ ފަހަރަށް ބަދަލުކޮށްގެން އިއުލާން ކުރުމުންނެވެ.
އެ މިނިސްޓްރީގެ ޕީއެސްގެ މަގާމުގައި ހުންނެވި ހަދީޖާ އަބްދުއް ސަމަދުގެ ދައުރު ހަމަވާތީ އެ މަގާމަށް ބޭފުޅަކު ހޯދުމަށް މިދިޔަ ޖެނުއަރީ މަހު އިއުލާނުކުރި އެވެ. ނަމަވެސް އެ އިއުލާނާ ގުޅިގެން ޝަރުތު ހަމަވާ ބޭފުޅުން އެކަށީގެންވާ މިންވަރަށް ކުރިމަތިިލާފައިނުވާތީ، ސީއެސްސީ އިން ވަނީ މި މަހުގެ 12 ވަނަ ދުވަހު އެ މަގާމަށް އަލުން އިއުލާނުކޮށްފަ އެވެ. އެއިން ކޮންމެ ފަހަރަކު ވެސް އިއުލާން ކޮށްފައިވަނީ ޝަރުތުތައް މަތިކުރުމަށް ފަހު އެވެ.
އެކަމާ ގުޅޭގޮތުން އިއްޔެ "މިހާރު"އާ ވާހަކަ ދައްކަވަމުން، ސިވިލް ސާވިސްގެ ޑިރެކްޓާ ޖެނެރަލް އަބްދުﷲ ސައީދު ވިދާޅުވީ ހެލްތުގެ ޕީއެސްގެ މަގާމުގެ ޝަރުތުތަކަށް ފަހުން ބަދަލުތަކެއް ގެނައީ، އެންމެ ފުރަތަމަ ކުރި އިއުލާނާ ގުޅިގެން ޝަރުތު ހަމަވާ ބޭފުޅުން އެކަށީގެންވާ ވަރަށް ކުރިމަތިލާފައި ނުވާތީ ކަމަށެވެ. ނަމަވެސް ކުރިމަތިލި ބޭފުޅުންގެ އަދަދެއް ހާމައެއް ނުކުރެ އެވެ.
އެނގިފައިވާ ގޮތުގައި، ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވެސް ބޭނުން ވަނީ އެ މިނިސްޓްރީގެ ޕީއެސްގެ ޝަރުތަކީ މާސްޓާސް ޑިގްރީ ހާސިލްކޮށްފައިވާ ބޭފުޅަކަށް ވުމެވެ. ސިވިލް ސާވިސްގެ މަގާމުތަކަށް މީހުން އައްޔަން ކުރުމުގައި، ކޮމިޝަންގެ ފަރާތުން ސިޔާސީ ނުފޫޒު ވަދެފައިވާ ކަމަށް ގަބޫލު ކުރެވޭ ހާލަތްތައް ދިމާވެފައިވާ ކަމަށް ބައެއް މިނިސްޓަރުން ފާހަގަ ކުރައްވާފައިވާ ކަމަށް މަޖިލީހުގެ ކޮމިޓީގައި މެމްބަރުން ވިދާޅުވި އެވެ. އެގޮތުން ވަޒީފާ އަދާކުރާތާ 10 މަސް ފަހުން، އޭނާ މަގާމަށް ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅައި ވަކިކުރި ކަމަށް، މިނިސްޓަރަކާ ހަވާލާ ދެއްވައި މެމްބަރުން ވިދާޅުވި އެވެ.
އޭގެ ޖަވާބެއްގެ ގޮތުން ސިވިލްް ސާވިސް ކޮމިޝަނުން ބުނީ ސިވިލް ސާވިސްގެ ގަވައިދާ އެއްގޮތަށް މުވައްޒަފުން ނަގަނީ އެ މިނިސްޓްރީއަކުން ކަމަށާއި އެކަމަކު، ގަވައިދާ ހިލާފަށް ވަޒީފާ ދީފައިވާކަން އެނގިއްޖެ ނަމަ، ވަޒީފާ އިން ވަކި ކުރާނެ ކަމަށެވެ. އަދި ކޮމިޝަނުން ކުރި ތަހުގީގަކުން އެ ފަދަ މައްސަލައެއް ސާބިތު ކުރެވުނު ކަމަށާއި އެހެންވެ، މުވައްޒަފު ވަކި ކުރި ކަމަށް އެތަނުން ބުންޏެވެ. އެކަމަކު އެކަން ކުރީ ސިޔާސީ ނުފޫޒެއްގެ ދަށުން ކަމަށް އެ ކޮމިޝަނުން އެއްބަހެއް ނުވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދާއިރާ މީހާ
27 February 2020
ސިވިލްސާރވިސް ކަމިސަނުގެ ނުފޫޒު އޮވެ މިނިސްްރީ އޮފް އެޑިޔުކޭޝަނުގެ ފައިނޭންސް ޑިވިޜަނުގެ ޑީޖީގެ މަޤާމު ދީފައިވަނީ ޝަރުތު ހަމަނުވާ މީހަކަށް. އެކަން ބަދަލެއް ނުކުރެ. އެކަން އެގޮތަށް ކުރުމުގެ ސަބަބަބުން މުޅި މިނިސްޓްރީގައި ފިތުނަފަސާދައާއި ހަމަނުޖެހުން. މީ ހަޤީޤަތަކީ ދެން ކީކޭބާ ބުނާނީ....
ޢަލީިި
27 February 2020
އެމްޑީޕީ ކުދިން ކިޔާލަން ރަގަޅު ހަބަރެއް. ކަންކަން ވަމުންދާ ގޮތް ބަލާނެ ކަމެއް ނެތް. ބާރަށް އަތް ޖަހާ. ހަމަ ބުނާނެ އެކައްޗެއް ވެސް ނެތް. ހުއްޓާނުލާ ތިބެ ވީހާވެސް ބާރަކަށް އަތްޖަހާ.
އަހައްމާ
27 February 2020
އަސްލު މީލިއުންކިޔަންވީ ޕީޕީއެމް ކުދީން ސިޔާސީ ނުފޫޒު ފޯރުވުމަށްޓަކައި މިގާނޫނު 2016 ވަނަ އަހަރު ބަދަލުކުރީ ޕީޕީއެމްގެ މަޖުލިސް މެމްބަރުން ނޫންތޯ ؟ މިހާރު ވެސް އެކިއެކި އޮފީސްތަކާއި ކުންފުނި ތަކުގައި ޝަރުތު ހަމަނުވާ ، ވަޒީފާއަށް އެކަށީގެންނުވާ ވަރަށް މީހުންލާފަ ރަގަޅު މަސައްކަތެއް ނުކުރެވޭނެކަށް ގަބޫލު ކުރަށްޖެހޭނެއެވެ. ރަގަޅު ޝަރުތު ހަމަވާ މީހުން އެތިބީ ގޭގައި، ފުލެޓް ތަކަށް ވެސް ވީމިގޮތް ނޫންތޯ ؟
މުޥައްޒަފުމީހާ
27 February 2020
ތިކޮމިޝަނުން ހަދާފައޮންނަ ޤަވާޢިދެއްގެ ޞަބަބުން ވަޒީފާދޭން މިޖެހެނީ ލެމެނޭޓްކޮށްފައޮން ޑިގްރީ ކަރުދާސްގަނޑަކަށް، އޮފީސްތަކުގައި މަސައްކަތްކޮށް އެތައްއަހަރެއްގެ ތަޖްރިބާލިބި މަސައްކަތް ރަނގަޅަށް އެނގޭމީހަކަށްވިއަސް އެކަރުދާސްގަނޑުނެތިގެން ވަޒީފާއެއްނުލިބޭ، ސަރުކާރުގެ އޮފީސްތަކުންދޭ ޚިދުމަތްތަކާއި މަސައްކަތުގެ ފެންވަރު އިންތިހާއަށް ދަށްވަމުންމިދަނީ މިހެންވެ. ދިވެހިބަހުން ރަނގަޅަށް ސިޓީއެއްލިޔެލަން ނޭނގޭ މީސްމީހުން މިހާރު ތި އޮފީސްތަކުގަ ގިނައީ
ތުއްފާޝަނާކިލެގެ
27 February 2020
ކޮމިޝަންގެ މެންބަރުން ވަކިކުރަން ނިންމީމަ ދެން ކޮންކަމެއް ސަލާމަތްކުރަންތޯ ނުފޫޒުގައި ކަންކުރާގޮތަށް ތިބަދަލްވީ، ތީގަ އެއްވެސް ކްރައިޓީރިއާއަކަށް ބަލާނެކަމެއްނެތް، ތިއޮތީ މިނިސްޓަރު ބޭނުންވާ މީހަކު ޢައްޔަންކުރީމަ ނިމުނީ ކޮންމެހެން އެހެން ކަންތައްތަކަކަށް ބަލާނެކަމެއްނެތް، ހުރިހާކަމެއްވެސް ޕްރޮފެޝަނަލްވީމަ ވާނީތިހެން.
ރޯމާދުވާލު
27 February 2020
ސިވިލްސަރވިސް ކޮމިޝަނަކީ ދޯދިޔާ ކަމުގެ ބޭމިސާލުގެ އެއްވަނާގައި އޮތްތަން ފޯނުނަގާ މުވައްޒަފަކު ނޫޅޭ ތިމާ އިޞްލާހްނުވެ އެހެން މީހުން އިޞްލާހްކުރަން އުޅޭތީ މިފެންނަނީ މިތަނުގެ ނަޒާހަތްތެރިކަން މިހާހިސާބަށް ގެއްލިފަވާއިރު އިންޓަގްރިޓީ ކޮމިޝަނުން ވިންދުޖަހައިނުލާ ނިދާފަ
ޑިމޮކްރަސީ
27 February 2020
މިއީ މިކްސް ޑިމޮކްރަސީ އެއް ހިންގާތަނެއް ނަމުގަ ޑިމޮކްރަސީ ކުރަނީ ހުރިހާ ތަނެއްގަވެސް ރަސްކަން
ސިވިލްސާވަންޓެއް
27 February 2020
ޕަބްލިކް ސާރވިސް ޑިވިޝަނުން ވަޒީފާގެ ކަންކަން ކުރިއިރު އޮފީސްތަކުން ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކެއް ގެ މަޢުލޫމާތު ރައީސް އޮފީހަށް ފޮނުވުމުން އެއޮފީހުން ބަލާ ޗެކްކުރުމަށްފަހު ރައީސް އޮފީހުން ވަޒީފާ ދެނީ. މިހާރު ހުރިހާކަމެއް އޮފީސްތަކަށް ދޫކޮށްލުމުން އޭގެ ނާޖާއިޒު ފައިދާއޮފީސްތަކުން ނަގަނީ. އެބަޔަކު ބޭނުންވާ ގޮތަށް އޮނިގަނޑު ހަދައިގެން ބޭނުން މީހަކަށް ދެނީ.މީހަކު ޝަކުވާއެއް ކޮށްފިއްޔާ ބަލާއުސޫލު މިއޮންނަނީ.ކޮންމެ މީހަކު ޝަކުވާއެއްނުކުރާނެ.
ފިކުރީ ހަނގުރާ މަ
27 February 2020
ސިވިލް ސަރވިސްގެ އެން މެ މަތީ މަަގާ މު މިހާރު ސިޔާސީ ވެއްޖެ... މިނިސްޓަރުގެ ބްލެސިންގަ ވަޒީފާ ލިބުނީ މަ ޕީ އެސް އުޅެންޖެހެނީ މިނިސްޓަރު ރުއްސަން.... ސިވިލް ސަރވަންޓުންގެ ދިފާއުގަ އުފްވެސް ބުނަން ނުކެރިފަ...ކުރިން އޮތްގޮތް މާރަގަޅު..
ޢަޒީ
27 February 2020
ޕީ.އެސް. އަށް މިނިސްޓަރުގެ ރުހުން އޮންނަން ޖެހޭތީ ހިންގަން ވަރަށް އުނދަގޫ! ސިޔާސީ ސަަބަބުތަކަށް ޓަކައި، މިނިސްޓަރ އަންގަވައިގެން މުއައްޒަފުންނަށް މަޤާމުގެ ކުރި އެރުން ދިނުމާއި، މަޤާމުން ވަކި ކުރުމަކީ މިނިސްޓްރީ ތަކުގަ އާއްމު ކަމަކަށް ވެއްޖެ!
ތީނަމެން
27 February 2020
ޕީއެސް ނެގުމުގަ ދާއިރާގެ ސިވިލް ސާވަންޓުންގެ ދައުރެއް އޮންނަންޖެހޭ