ޚަބަރު / އަހުމަދު ޝިޔާމް (ފިޝަރީޒް މިނިސްޓަރު)

މިނިމަމް ވޭޖުގެ ގޮތުގައި 10،000ރ. ކަނޑައަޅަން ޝިޔާމް ހުށަހަޅުއްވައިފި

ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމު މަޖިލީހުގައި ވާހަކަދައްކަވަނީ-- ފޮޓޯ: މަޖިލީސް

އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި 10،000ރ. ކަނޑައެޅުމަށް ނައިފަރު ދާއިރާގެ މެމްބަރު އަދި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ރައްޔިތުންގެ މަޖިލީހުގެ އިގުތިސޯދީ ކޮމިޓީ އަށް މިއަދު ހުށަހަޅުއްވައިފި އެވެ.

ރާއްޖޭގައި މިނިމަމް ވޭޖުގެ ގޮތުގައި 6،400ރ. ހަމަޖެއްސުމަށް މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުން ވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލަށް ލަފާ ދީފަ އެވެ. ނަމަވެސް އޭނާ ބޭނުންވަނީ ރައްޔިތުންގެ މަޖިލީހުގެ ލަފާގެ މަތިން އެކަމުގައި އެންމެ ފަހުގެ ގޮތް ނިންމެވުމަށެވެ. އެ މައްސަލައިގައި މަޖިލީހުގެ ލަފައަކަށް ފައްޔާޒް އެދިވަޑައިގަތުމާ ގުޅިގެން، އިގުތިސޯދީ ކޮމިޓީން މިހާރު އަންނަނީ މިނިމަމް ވޭޖާ ގުޅޭ ގޮތުން ދިރާސާ ކުރަން ފަށައިފަ އެވެ.

މިނިމަމް ވޭޖާ ގުޅޭ ގޮތުން މިއަދު ބޭއްވި އިގުތިސާދީ ކޮމިޓީގެ ބައްދަލުވުމުގައި އިދިކޮޅު މެމްބަރު ޝިޔާމް ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގަތުމަށް ކުރެއްވި ކެމްޕެއިނަށް ދަމާފައި ހުރި ބެނާތަކުގައި، އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 10،000ރ. ދޭނެ ވާހަކަ ބުނެފައި އޮތް ކަމަށެވެ. އެހެންވެ، އެކަން އެގޮތަށް ކުރުމަށް އޭނާ ހުށަހެޅުއްވި އެވެ.

"އަޅުގަނޑު މި އުޅެނީ ސަރުކާރުގެ ވައުދެއް ފުއްދައި ދިނުމަށްޓަކައި އެހީތެރިވާން. އަޅުގަނޑުމެން ކީއްވެގެންތޯ ސެކްޓޯރަލް ޑިފަރެންސަސް [ދާއިރާތަކުގެ ތަފާތު] ތައް މި ކަމުގައި ގެންގުޅެންވީ. އެކި ސެކްޓާތަކަށް އެކި ވަރު ދޭންވީ. ދާއިރާތައް ތަފާތު ކުރުމުގެ ވިސްނުން ގެންގުޅެންވީ. އެހެންވީމާ ސަރުކާރުން ވައުދުވި ގޮތަށް، އަޅުގަނޑު ހުށަހަޅަން ހުރިހާ ސެކްޓާތަކަށް 10،000ރ. މިނިމަމް ވޭޖެއްގެ ގޮތުގައި ކަނޑައަޅަން. އޭރުން ކަންނޭނގޭ ސަރުކާރުގެ ވައުދު ފުއްދޭނީ،" އޭނާ ވިދާޅުވި އެވެ.

ޝިޔާމްގެ މި ހުށަހެޅުއްވުމަށް މާވަށު ދާއިރާގެ މެމްބަރު އަދި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދުގެ ތާއީދު ލިބިވަޑައިގަތެވެ.

ނަމަވެސް، ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ އަޣުލަބިއްޔަތު އޮންނަ އިގުތިސޯދީ ކޮމިޓީގެ ތާއީދެއް ޝިޔާމަކަށް ލިބިވަޑައެއް ނުގެންނެވި އެވެ.

ކޮމިޓީގައި ތިއްބަވާ އެމްޑީޕީގެ މެމްބަރުން ވިދާޅުވީ، މިނިމަމް ވޭޖާ ގުޅޭ ގޮތުން އިކޮނޮމިކް މިނިސްޓްރީން އެދިފައި ވަނީ ކޮމިޓީގެ ހިޔާލަކަށް ކަމަށާއި ޝިޔާމް ހުށަހެޅުއްވި ގޮތަށް އަގުތަކެއް ހުށަނޭޅުއްވޭނެ ކަމަށެވެ.

އެކަމަކު، މިނިމަމް ވޭޖު ކަނޑައެޅުމާ ގުޅޭ ގޮތުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް، މަޖިލީހުގެ ލަފައަކަށް އެދިވަޑައިގަތުމުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވިދާޅުވީ، އިގުތިސޯދީ ކޮމިޓީން އަދަދެއް ކަނޑައަޅުއްވަން ޖެހޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

"އަޅުގަނޑު މި އުޅެނީ ސަރުކާރުގެ ވައުދެއް ފުއްދައި ދިނުމަށްޓަކައި އެހީތެރިވާން. އަޅުގަނޑުމެން ކީއްވެގެންތޯ ސެކްޓޯރަލް ޑިފަރެންސަސް [ދާއިރާތަކުގެ ތަފާތު] ތައް މި ކަމުގައި ގެންގުޅެންވީ. އެކި ސެކްޓާތަކަށް އެކި ވަރު ދޭންވީ. ދާއިރާތައް ތަފާތު ކުރުމުގެ ވިސްނުން ގެންގުޅެންވީ. އެހެންވީމާ ސަރުކާރުން ވައުދުވި ގޮތަށް، އަޅުގަނޑު ހުށަހަޅަން ހުރިހާ ސެކްޓާތަކަށް 10،000ރ. މިނިމަމް ވޭޖެއްގެ ގޮތުގައި ކަނޑައަޅަން. އޭރުން ކަންނޭނގޭ ސަރުކާރުގެ ވައުދު ފުއްދޭނީ،" ޝިޔާމް

ޝިޔާމް ހުށަހެޅުއްވި ހުށަހެޅުއްވުމާ ގުޅިގެން ދުވާފަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިސްމާއީލް އަހުމަދު ވިދާޅުވީ، މިނިމަމް ވޭޖުގެ ގޮތުގައި ހުރިހާ ސެކްޓަރަކުން 10،000ރ. ނެގުމަށް އެމްޑީޕީގެ ކެމްޕެއިންގައި ބުނެފައި ނުވާނެ ކަމަށެވެ. އަދި ޝިޔާމްގެ ވާހަކަ ދޮގުކުރެއްވި އެވެ.

އިގުތިސޯދީ ކޮމިޓީގެ މުގައްރިރު އަލިފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވީ، ގިނަ މެމްބަރުން އެދިވަޑައިގެންނެވި ގޮތަށް މިހާރު ނިންމާފައި ވަނީ މިނިމަމް ވޭޖާ ގުޅޭ ގޮތުން، ކަމާ ގުޅޭ ފަރާތްތަކާ މަޝްވަރާ ކުރަން ކަމަށެވެ. އެހެންވެ، އެ މަރުހަލާގައި މަސައްކަތް ނުކޮށް، ކުއްލިއަކަށް ވަކި ވަރެއް ކަނޑައެޅުމަކީ އެންމެ ރަނގަޅު ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންވީމާ ގިނަ މެމްބަރުން ވިދާޅުވި ގޮތަށް، އެ ހުށަހެޅުމަށް [ޝިޔާމްގެ ހުށަހެޅުން] ވޯޓަކަށް ނާހާނަން. އަދި މިނިމަމް ވޭޖުގެ މަސައްކަތްތައް ކުރިއަށްދާ ވަރަކުން އެ ހުށަހެޅުން އަލުން އިއްޒަތްތެރި މެމްބަރު [ޝިޔާމް] ހުށަހަޅައިފިއްޔާ ވޯޓައިގެން ކުރިއަށް ދާނަން،" މުގައްރިރު ވިދާޅުވި އެވެ.

ބިގޭ އެހެން ވިދާޅުވެ، ކޮމިޓީ ނިންމަވައިލެއްވުމުން ޝިޔާމް ވަނީ އިދިކޮޅު މެމްބަރުން ކޮމިޓީގައި ތިއްބެވުމުގެ ބޭނުމެއް ނެތް ކަމަށް ވިދާޅުވެ، ނުރުހުން ފާޅުކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ، މުގައްރިރު ކަންތައް ކުރެއްވީ ވަރަށް ގޯސްކޮށް ކަމަށާއި ހުށަހެޅުމަށް ތާއީދު ލިބިފައިވާ އިރު އެ އަށް ވޯޓަށް ނޭއްސެވުމަކީ މައްސަލައެއް ކަމަށެވެ.

"މިހާރު މުގައްރިރު ބޭނުންފުޅުވާ ގޮތަށް ތި ނިންމަވަނީ. އެހެންވީމާ އަޅުގަނޑުމެން މި ކޮމިޓީގައި ތިބުމުގެ ބޭނުމެއް ނެތެއް ނޫންތޯ. އެހެންވީމާ ނައިފަރު ދާއިރާގެ ރައްޔިތުންގެ އަޑު މި ކޮޓީން ކަނޑުވައިލުމަކީ ވަރަށް ބޮޑު މައްސަލައެއް،" ޝިޔާމް ވިދާޅުވި އެވެ.

115 ކޮމެންޓް, 173 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 3%
icon angry icon angry 72%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޝައިޚް.

05 March 2020

މިހިރަ ބޯގޯސް މޮޔަ މީހެއް، ބަލަ ކަލެއަށް ނޭންގުނުދޯ ދައުލަތުގެ ޚަރަދާ، ލިބޭ މިންވަރުވެސް، ތަރައްގީއޭ، މަސްރޫއުއޭ، ގޮވާނަގާއިރު، ކަލޯމެންގެ ސަރުކާރުގަ 5 އަހަރުވީއިރު މިކަންވެސް ކޮއްލަ ނުދެވުނު، ދެން ހުރެގެން އަނގަ ފިލުވިއަސް ކަމަކު ނުދާނެ، ތީހަމަ ނޮޅިވަރަމް ދާއިރާގެ ޗޮބިސް ބެއާއެއްފަދަ މީހެއް، ގޮތެއް، ބޮލެއް، ވިސްނުމެއް ނެތް، ރާއްޖެއަށް ޖެހޭ ބޮޑެތި މުސީބާތްތީ.

The name is already taken The name is available. Register?

މުޙުއްމާ

05 March 2020

މިކަހަލަ ކޮހުން މަޖްލިހުގަތިބެގެން ކިހިނެއް ކަންތައް ރަގަޅުވާނީ. މީނަހިތަކަށް ނާރާ 10000ރ މިނިމަމް ވޭޖް ހެދީމަ ކިތައް ސަތޭކަ މީހުންގެ ވަޒީފާ ގެއްލޭނެކަމެއް. ވިޔަފާރިތައް ބަގުރޫޓްވެ އެމީހުންކާރީ ވަޒީފާއަދާކުރި މީހުންގެ ވަޒީފާ ގެއްލި ޤައުމުގެ އިޤްތިސާދު އިދަޖެހުނީމަ މީނަޔަށް އެއްކަލަ 85000ރ. ގެ ބޮޑު މުސާރަ ލިބޭނެތަ.

The name is already taken The name is available. Register?

މާދަމާދެކޭމީހާ

05 March 2020

މިހާރުވެސް ބޯޓްފަހަރުގެ ފަޅުވެރިންނައް 10000 ރުފިޔާ ލިބެނީ ދެން ތިވީ ކޮންކަމެއް އަނގަ ނުތަޅާ މުސާރަ ނަގައި ގެން ތިއްބަސް މަމެން އެއްޗެއް ނުކިޔާނޫން

The name is already taken The name is available. Register?

ރަންދެލި

05 March 2020

ރައްޔިތުންގެ މަޖިލިހުގެ މުސަރަ އއކީ މިނިމަމް ވޭޖް ކަމަށް ހަދަންވީ. ބޮޑިއްޔާ ބޮޑު. ކުދައްޔާ ކުޑަ!

The name is already taken The name is available. Register?

ހަސަނު

04 March 2020

ކީއްވެތޯ އެންމެ 10 ހާހުގަ މަޑުވީ؟؟ 80 ހާހަށް ނޭރީ ކީއްވެތޯ؟؟؟

The name is already taken The name is available. Register?

ބޮގަރު ހުއްތު

04 March 2020

ޕީޕީއެމުން ބޭނުންވަނީ ހިންނަވަރު މީހަ ބުނިބީދައިންް ކަންކުރަން

The name is already taken The name is available. Register?

ޔާޓެ

04 March 2020

10000 ސަލިއަދަދެއް

The name is already taken The name is available. Register?

ްއެދުރުބެ

04 March 2020

ކިހިނެއް ތިޔަކަން ކުރާނީ، ކުދި ވިޔަފާރިތައް ހުއްޓޭނީ ދޯ؟ އެވަރަށް ފިހާރައަކަށް ރުފިޔާއެއްނުވަދޭ އެކަމު ފިހާރައިގާ އިންނަކުއްޖާއަށް ކިހިނެއް ތިޔަ ޢަދަދު ދީގެން ފިހާރަ ހިންގާނީ؟ ޕީޕީއެމުން ބޭނުންވަނީ ހަމަޖެއްސުން ކުރަން ދޯ؟

The name is already taken The name is available. Register?

ޝާޔަދު

04 March 2020

މިމީހުންގެ 5 އަހަރުގެ ވެރިކަމުގައި ކީއްވެބާ މިކަން ނުކުރި، މިހަރު ދެން ސަރުކާރަށް ޖެއްސުން ކުރުން ނޫން އެހެން ކަމެއްނޫން ތިކުރަނި

The name is already taken The name is available. Register?

ނިހާނު

04 March 2020

1 ލައްކައޭ ބުންޔަސް ޕޕމ އަށް ވޯޓު ހަރާމް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454