ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ބަޖެޓް ކޮމިޓީގައި ވާހަކަދައްކަވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު
08 މާޗް 2020 - 15:06
މިދިޔަ މަސް ނިމުނު އިރު ދައުލަތަށް ލިބުނު އާމްދަނީ އަށް ވުރެ ޚަރަދު ބޮޑު ކަމަށް، ފިނޭންސް މިނިސްޓްރީން އާންމުކުރި ކޭޝްފްލޯ ސްޓޭޓްމަންޓުން ދައްކައިފި އެވެ.
ކޭޝްފްލޯ ސްޓޭޓްމަންޓުގައި ވާގޮތުން މިދިޔަ މަހު އާމްދަނީގެ ގޮތުގައި 4.9 ބިލިއަން ރުފިޔާ ލިބުނު އިރު ހަރަދުގެ ގޮތުގައި 5.2 ބިލިއަން ރުފިޔާ ހޭދަވެފައިވެ އެވެ. އެހެންވެ އާމްދަނީ އަށް ވުރެ އިތުރަށް 221 މިލިއަން ރުފިޔާ ވަނީ ޚަރަދުވެފަ އެވެ.
މިދިޔަ އަހަރު ވެސް ބައެއް މަސް މަހުގައި ސަރުކާރަށް ވަން އާމްދަނީ އަށް ވުރެ ޚަރަދު ބޮޑުވެފަ އެވެ. އެގޮތުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އާމްދަނީ އަށް ވުރެ ހަރަދު 800 މިލިއަން އިތުރުވެފައިވެ އެވެ. މީގެ އިތުރުން އޭޕްރީލް، މެއި، އޮގަސްޓް، ސެޕްޓެމްބަރު އަދި އޮކްޓޫބަރު މަސް ވެސް ނިމުނީ ކޭޝްފްލޯ މައިނަސްކޮށެވެ.
މިދިޔަ ފެބްރުއަރީ މަހު ވެސް އެންމެ ބޮޑު ހޭދައެއް ކުރީ ސަރުކާރު މުވައްޒަފުންގެ މުސާރަ އާއި ސަރުކާރުގެ ހިންގުމަށެވެ. އެގޮތުން މިދިޔަ މަހު ވެސް 1.6 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަކޮށްފައި ވަނީ މުވައްޒަފުންނަށް މުސާރަ ދީ، ސަރުކާރުގެ ހިންގުމުގެ ހަރަދުތައް ބެލެހެއްޓުމަށެވެ.
އާމްދަނީ އަށް ވުރެ ކުރަން ޖެހުނު ހޭދަ މިދިޔަ މަހު އިތުރުވެފައިވާ އިރު މިދިޔަ އަހަރުގެ ފެބްރުއަރީ މަހާ އަޅާބަލާއިރު ދައުލަތަށް ލިބުނު އާމްދަނީ ވެސް ވަނީ 174 މިލިއަން ރުފިޔާ ވަނީ ދަށްވެފަ އެވެ. ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް އަސަރުކޮށް ޓީޖީއެސްޓީ ވެސް ވަނީ މަދުވެފަ އެވެ. އެގޮތުން ފެބްރުއަރީ މަހު ލިބުނު ޓީޖީއެސްޓީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހާ އަޅާބަލާއިރު 36 މިލިއަން ރުފިޔާ މަދެވެ.
ސަރުކާރުގެ ކޭޝްފްލޯ އަކީ ކޮންމެ ދުވަހަކުހެން ބަދަލު އަންނާނެ އެއްޗެކެވެ. އެގޮތުން ކޮންމެ މަހަކު ވެސް ޓެކްސް އާއި އެ ނޫން ގޮތްގޮތަށް ލިބޭ އާމްދަނީން އެ މަހެއްގައި ކުރާ ހޭދަ ކޭޝްފްލޯއިން ފެންނާނެ އެވެ. ކޭޝްފްލޯ އިން ސަރުކާރުން ހިންގާ ޕްރޮޖެކްޓްތައް ހިންގުމުގެ ގާބިލްކަން އެނގޭނެ އެވެ. އަދި ސަރުކާރުގެ މާލީ ގާބިލުކަން ހުރި މިންވަރު ސާފުވާނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަރިއަތް
09 March 2020
މިނިސްޓަރަށް ޚަރަދުކުޑަކުރަން ކުރެވުނީ ކޮންކަމެއް. ކުރި އަމުރަށް ކިޔަމަންނުވީީމަ ވީ ކޮންކަމެއް. ކޮންބަޔަކު ކުރި ޚަރަދެއް. ބޮޑެތިމީހުން ދަތުރުތައް ހޭވައްޓާލާފައި ކުރަނީ. މިނިސްޓަރަކާ މިނިސްޓަރެއް. މަގާމުދޭގޮތަށް ދެނީ
ކައުންސެލަރު
08 March 2020
އަތުން ލޭހިލެންދެން އަތްޖަހާ! ޢިލްމާ ޙިލްމަކީ ހާދަހާވާއަގުހުރި އެއްޗެކެވެ. އަދި އިޚްލާސްތެރިކަމަކީވެސް އެހާއަގުހުރި އެއްޗެކެވެ. ކަމެއް ކުރަން ނޭނގުމާ އަމިއްލަޖީބަށް ބަންޑާރަ ރުފިޔާލުން ހާދަހާ ގޯހެވެ. ރަށަކަށް 3 ވެރިންގެ ބަދަލުގައި 5 ވެރިން ލީމާ ނުފޯރާފޮތިން ގެޅެނީފުލެވެ. ވެރިމީހާ ބުނަނީ ސަރުކާރަކަށް ބުރައެއްނޫނެވެ. ވަޒީފާލިބެނީ އަދިވެސް މުސާރަ ބޮޑުމީހާއަށެވެ. އަނެއްކާވެސް ކެޓި މާލެސިޓީގެ ބޮޑުމީހާއަށް އަނެއްވަޒީފާ ރެޑީވަނީއެވެ. ދެން އަތްޖަހާށެވެ.
ކަނބިލި
08 March 2020
ކަމުގެ ވައްޓަފާޅި ނޭގޭ ތަޖުރިބާ ނެތުމާއި ތަޖުރިބާހުރި މީހުން އެއްފަރާތްކޮށް އެމީހުންނަށް ބަ ދުބަސް ރައް ދުކޮށް ތިމާ މެންނަށްވުރެ މޮޅުބަޔަކު ނެތިގެން އުޅުމުގެ ނަތީޖާ. ސަރުކާރެއްގެ ޚަރަ ދުތައް ކުޑަކުރަން ކުރާނެ ކަމެއް ނޭގެއްޔާ މައްސަލައެއްތީ.
ޙާލުތީ
08 March 2020
ދިވެހި ރައްޔިތުންގެ ޙާލުތީ ކޮންމެމަހަކުވެސް.ނޫސްތަކުގަ ނުލިޔާތީ ނޭގެނީ.
ކަނަމަނަ
08 March 2020
ވަރައްސަޅި ކުރިޔައްއޮތްތަނުގަވެސް ތިކަންވާނީތިގޮތައް ވެރިންގެގޮހޮރު ވަރައްފުންވާނެ
އަހުމަދުބޭ
08 March 2020
މިއީ ސަރުކާރަށް ވަރަށް ރަގަނޅު ދުވަސް ކޮޅެއްކަންނޭގެ، ކޮންމެ ކަމެއްވެސް ގޮސްގުޅު ވައިލާނީ ކޮވިޑް 19 އާ އޭރުން ދެން ދެއްކޭނެ ވާހަކައެއް ނޯންނެދޯ، ހެޔޮނުވާނެ ކައުންސިލްތަކުގެ އަދަދު މަދުކޮށް ސިޔާސީގޮތުން ކޮންމެ ސަރުކާރަކަށް ބަދަލް އަރާ މީހުން މަދުކޮށް ހެދުމުން ލިބޭ އާމްދަނީ އިން ދެކޮޅުޖެއްސޭނެ،
ރަދީފް
08 March 2020
އަތް ޖަހާ ، އަތް ޖަހާ ރީނދުލޭމެން.
އެމްޑީޕީމީހާ
08 March 2020
ދިވެހިންނަ އެގިއްޖެ ކަލޭމެން ހޮވުމަކީ ގޯހެއްކަން.
މަންޑޭލާ
08 March 2020
ފިނިފެންމާ ކުލާހުގަ ދަތުރުކޮއްފަ 7 ތަރީގެ ހޮޓަލެއްގަ މަސްދުވަސް ރޭކޮއްފަ ތައުލަތުގެ ބަޖެޓު ދެކޮޅުޖެހޭނީ ކިހިނެއްތަ؟ ރަތްއިތުން އުމްމީދު ފެނަށް
ޝޮކްތެރަޕީ
08 March 2020
އެމްޑީޕީ ވެރިކަމުން ދުރުކުރާއިރު. ދައުލަތް އޮންނާނީ ދަރާވިކި މިނިވަންކަން ގެއްލޭހިސާބުގަ. މި ސަރުކާރު އިންޑިޔާއާ އެކީ ހަދާފަހުރި ޑީލްތަށް މަޑުމަޑުން ތިލަވަމުން އަންނަނެ.