ޚަބަރު / ރައްޔިތުންގެ މަޖިލިސް

ކޮވިޑް-19: ކުރެއްދޫގެ ވެރިން ހައްޔަރުކުރަން ގޮވާލައިފި

ކޮވިޑް-19 ރާއްޖެއަށް ފެތުރެން މެދުވެރިވި ގޮތުގެ ޖިނާއީ ތަހުގީގު ހިންގާ އިރު ކުރެއްދޫ އައިލެންޑް ރިސޯޓްގެ ވެރިން ހައްޔަރުކުރަން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް މަޖިލީހުގައި މިއަދު ގޮވައިލައްވައިފި އެވެ.

ސަރުކާރުގެ ފަރާތުން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ކުރެއްވި ބަހުސްގައި މީކާއިލް ވިދާޅުވީ ރާއްްޖޭގެ ޖިނާއީ އަަދުލުގެ ނިޒާމުގައި ކަންތައްތައް ބައްޓަން ވެފައި އޮތީ ވަރަށް ބޭއިންސާފު ގޮތަކަށް ކަމަށެވެެ. އެގޮތުން ރިހާކުރު ފުޅިއެއް ވަގަށް ނަގާ މީހާ ތަހުގީގަށް ބަންދުކޮށްފައި ހުންނަ އިރު، ބޮޑު ބައްްޔެއް ރާއްޖޭގައި ފަތުރިދާނެކަން އެނގި ހުރެ ދޫކޮށްލި މީހާގެ ތަހުގީގު ހިނގާ އިރު އޭނާ ހުންނަނީ މިނިވަންކޮށް ކަމަށް ވިދާޅުުވި އެވެ.

"މިއީ ކޮން ފަދަ އިންސާފެއްތޯ؟ ހެއްކަށް ނުފޫޒު ފޯރުވަން އެންމެ ބޮޑަށް އެކަށީގެންްވަނީ، ނޫނިއްޔާ އެފަދަ ރިސޯސްތަކެއް އެންމެ ބޮޑަށް ލިބިގެން ވަނީ އެ މަހުޖަނު މީހާއަށް ނޫންތޯ އަޅުގަނޑުގެ ހިތުގައި މިއަދު ސުވާލު އުފެދޭ،" މީކާއިލް ވިދާޅުވި އެވެ.

"އަޅުގަނޑު ހަމަ ގައިމުވެސް ގަބޫލުކުރަނީ ކޮރޯނާ ވައިރަސް ދިވެހިރާއްޖޭގައި ފަތުރަން އެނގި ހުރެ އެ ފުރުސަތު ދިން މަހުޖަނު މީހާގެ ތަހުގީގު ހިނގަމުން ދާއިރު އޭނާ ހުންނަން ޖެހޭނީ ކުޑަގޮޅީގައި ހައްޔަރުކޮށްފައި."

ކުރެއްދޫ އައިލެންޑް ރިސޯޓަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާގައި ޓޫރިޒަމްގެ ވިޔަފާރި ކުރަމުން އަންނަ ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ތަނެކެވެ. އެކަމަކު ކުރެއްދޫގައި ޗުއްޓީ ހޭދަކުރުމަށް ފަހު އިޓަލީއަށް ދިޔަ ފަހުން ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވި ފަތުރުވެރިޔާ، ހުން އައިސް ހުއްޓާ ރާއްޖެ އިން ފުރުވާލީ، ރިސޯޓްގެ މެނޭޖްމަންޓުން ހަމަ ގަސްދުގައި ކަން މިހާތަނަށް އެނގިފައެއް ނުވެ އެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވީ ކުރެއްދޫގައި އޭނާ ބަލިވެ އުޅުނު އިރު ފަރުވާ ދޭން އެހީތެރިވި ޑޮކްޓަރުގެ ފިރިމީހާ ކަމަށްވެ އެވެ. އެކަމަކު އޭގެ ފަހުން އެ ފަތުރުވެރިޔާއާ ގުޅުމެއް ނެތް ބަތަލާ ރިސޯޓުން ވެސް ވަނީ ބިދޭސީންތަކެއް އެ ވައިރަހަށް ޕޮޒިޓިވް ވެފަ އެވެ.

މީކާއިލް ވިދާޅުވީ ރާއްޖޭގައި އަބަދުވެސް ކަންހިނގާ އުސޫލަކީ ރިސޯޓްތަކުގެ ވެރިން ފަދަ މުއްސަނދިންނާ ގުޅޭ ޖިނާއީ ތަހުގީގުތަކުގައި ވަކި ގޮތްތަކެއް ހަދައިދިނުން ކަމަށެވެ.

އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް: އޭނާ ވިދާޅުވީ ކޮވިޑް-19 ފެތުރުނު މައްސަލަ ތަހުގީގުކުރަން ޖެހޭނީ ވަރަށް ބޮޑު ކުށެއްގެ ގޮތުގައި ކަަމަށް.

ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވީ އިންސާނިއްޔަތަަށް ބޮޑު ގެއްލުމެއް ލިބޭ ފަަދަ އިހުމާލްތައް ދުނިޔޭގެ އެހެން ގައުމުތަކުގައި އޮންނަނީ ވަރަށް ބޮޑު ކުށަކަށް ހަދާފައި ކަމަށެވެ. އެހެންކަމުން ކޮވިޑް-19 ރާއްޖެއަށް ފެތުރުނު މައްސަލަ ބަލަން ޖެހޭނީ އެމޭރުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއީ މުޅި އިންސާނިއްޔަތަށް އެކަމުގެ އަސަރުކޮށްފައިވާ ކަމެއް. އޭގައި ޖިނާއީ ކުށެއް އެކުލެވިގެން ވަންޏާ އެއީ ވަރަށް ބޮޑު ކުށެއް،" ހަސަން ވިދާޅުވި އެވެ.

ކުރެއްދޫގައި ޗުއްޓީ ހޭދަކުރި އިޓަލީގެ ޓޫރިސްޓަށް ބަލި ޖެހިފައި ހުރެ، އޭނާ ފުރައިގެން ދިޔަ އިރު ނޭނގުނު މައްސަލަ ފުލުހުން މިހާރު އަންނަނީ ތަހުގީގުކުރަމުންނެވެ. ޖިނާއީ މައްސަލައެއްގެ ގޮތުގައި އެ ކަން ތަހުގީގުކުރަން އަމުރު ކުރެއްވީ ޕްރޮސެކިއުޓަ ޖެނެރަލް ހުސައިން ޝަމީމެވެ.

90 ކޮމެންޓް, 200 ރިއެކްޝަންސް

icon happy icon happy 26%
icon sad icon sad 4%
icon angry icon angry 71%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިމްތިހާނެއް

13 March 2020

މިއީ އިމްތިހާނެއް. ސަރުކާރަށާއި ރައްޔިތުންނަށް. ހެޔޮވެރިކަމެއްގެ ނަމުގައި މިކުރެވެނީ ކޮންކަހަލަ ވެރިކެމެއްތޯ؟ ސިޔާސީ މީހުން ދައްކާ ވާހަކަ ޤަބޫލުކުރަންވާ މިންވަރު އަދި ސިޔާސީ ކަންކަމުގައި އުޅެންވާމިންވަރު، ވަޢުދެއް ވެވޭއިރު ދެއްކޭ ވާހަކަ އާއި ފެކްޓްސް ތަކަކީ ކޮބައިކަން؟ ހުސް އިމްތިހާނު. ކުރިއައްއޮތް ތަނުގައި ރަނގަޅު މީހުން ހޮވަންވީ. ޕާޓީ އެއްނޫން، ޤައުމު އިސްކުރަންވީ، އަންނި ޔާމީނެއް ނޫން، ހަޢްޤުގޮތް ހޯދަންވީ. ލޯމަތީގައިވާ ކަންކަން.ހުސްއިމްތިހާން

The name is already taken The name is available. Register?

ހުސްގޯސް

13 March 2020

އެމް.ޑީ.ޕީގަ އުޅެނީ ކޮންކަހަލަ ބައެއްތަ؟ ހައްޔަރުކުރުމުގެ ކުރިން އަޅާފައިވާ ފިޔަވަޅުތައްވެސް ބަލާބަލަ. އޮންއެރައިވަލް ކަރަންޓީން ފެސިލިޓީއެއް ނެތް. އޮތްނަމަ މިއަދު ހަޤީޤަތުގައިވެސް ވާނީ ނޯކޮރޯނާ ސޭފް ހޭވަން އަކަށް. އޭރުން އިޤްތިޞާދުވެސް ވާނީ ވަރުގަދަ. އެގޮތައް ޓުއަރިޒަމް ބައްޓަން ކުރަން ދިރާސާތައްވެސް ޕްބްލިޝްކޮށްފައި ހުރި، އެކަމަކު ފިޔަވަޅު އެޅީ އާއްމު އުޞޫލުން. ޓުއަރިޒަމަށް ބަރޯސާވާ ޤައުމެއް ހިމާޔަތްކުރަން އެޅިނަމަ ތަފާތުވީސް. ދުރުނުވިސްނޭ...!

The name is already taken The name is available. Register?

1 ޖަހައިރު

12 March 2020

ތީގަ އެޗް ޕީ އޭ ގެ އިޙްމާލު ވަރަށް ބޮޑު އެޗް ޕީ އޭގެ ކަމަކީ ދެފައި ހަލުވާލަ ހަލުވާލާ ތިބުން ކުރާހާވެސް ކަމަކީ އެސްއެމް އެސް ކުރުން މާރުކޭޓުގައި ބުލަލާ މީދަލާ ފަތީލައިގެން އުޅޭއިރުވެސް ނުބަލާ އަދި ކޮބައި ކޮބައިތޯ ކެޔޮ ދޮންކުރުމާ ތަރުކާރީއަށް ބޭސް ޖަހައިގެން ވިއްކާއިރުވެސް އެޗް ޕީ އޭގެ ހޭވެރިކަމެއް ނުވެ ނިދާފަ އެޗްޕީ އޭއިން ހޮތާ ތައް ސާފެއް ނުކުރޭ

The name is already taken The name is available. Register?

މީހުންތައް

12 March 2020

ޅ ، އަތޮޅައް ނިސްބަތްވާ މާލޭގަ ދިރިއުޅޭ އެންމެން ވެސް ކަރަންޓީން ކުރަން ފެނޭ

The name is already taken The name is available. Register?

ބ.އަތޮޅު މީހާ

11 March 2020

އެމް.ޑީ.ޕީ ގައި ތިބޭނީ ހައްތާވެސް މިކަހަލަ ތަނެއްދޮރެއް ނުދަންނަ ބީތާއިން.

The name is already taken The name is available. Register?

ހަގީގަތް.

11 March 2020

ކުރެއްދޫ އިން ހޕއ އަށް އެންގީމަ އަޅާ ނުލާފަ ދެން ކޮން ބައެއް ހައްޔަރު ކުރާކަށް؟ ހައްޔަރު ކުރަންވީ އައްނި އެންމެ ފުރަތަމަ. ގައުމަށް އޮތް ވަބާ އެއް މި ބައްޔައް ވުރެން. ދެން އަދި އެއްޗެއް ނޭނގޭ މީހުން މާ އިނގިގެން ވާހަކަ ދައްކާތީ ހުރިހާ ކަމެއް ގޯސް ވަނީ އަނގަ އޮތީމަ ތަޅުވަނީ. ބޯހަލާކު!

The name is already taken The name is available. Register?

ނީރާ

11 March 2020

އައްދު. އިކޮނޮމިކްސް ކިޔާ އެއްޗެއް ރަނގަޅަށް ދަންނަ މީހަކަށް ރާއްޖޭގައި ހުރީ އެންމެ މީހެއް. އޭނަވެސް މިވަގުުވީ ޖަލުގަ. މީހުން ބުނާތީ އަޑުހަން. ރަނގަޅު އިކޮނޮމިސްޓެއް ވިއްޔާ އެކަން ކުރާނެޔޭ.

The name is already taken The name is available. Register?

ވިސްނާށޭ

12 March 2020

ރަނގަޅު ވާހަކައެއް އޭ ފައްކާ “އިކޮނޮމިކްސް” އެއް އޭނާގެ މިކުސް މޮޅުކަމުގެ މުސީބާތް މިޖެހެނީ

The name is already taken The name is available. Register?

އިހުމާލް

11 March 2020

ސަރުކާރުން، އިހައްރައްކާނުވުމުގެ ނަތީޖާ، ތިޔައީ، ހައްޔަރު ކުރައްނާ ކުރަން ވީ، ވަޒީރު،

The name is already taken The name is available. Register?

އަމިންޑ

12 March 2020

އަމީނު އަދިވެސް އިސްތިގުފާ ދޭކަށްނުވޭތާ؟

The name is already taken The name is available. Register?

އިއްސޭ

11 March 2020

އެމްޑީޕީ މިފަހަކަށްއައިސް މުޅިންވެސް ގުއިރޯނުގައި ޖެހޭތަން މިފެންނަނީ މިހެންމިވަނީ ހުންގާނުގައި ހުރި ކުރީގެ ރައީސްގެ އެއްވެސް އުރައްޕެއް ނެތީމައި

The name is already taken The name is available. Register?

ސްޕީކާ

11 March 2020

މމމ މީނަ އަށް ނޭގޭ ކިޔޭ ނުކިޔޭ އެއްޗެއް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454