ޚިޔާލު

އޮޅުންބޮޅުން: ފުއްދާއެހީ ކަނޑާލުން

އެސްޓީއޯގެ ގުދަނަކުން ފުށް ބަސްތާތަކެއް އުފުލަނީ: ހައްގު މީހުންނަށް ސަބްސިޑީ ލިބޭނެ ގޮތްތަކެއް ހަމަޖެއްސިދާނެ ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

އަހުމަދު އަބްދުﷲ

10 އޮކްޓޯބަރ 2016 - 06:26

7 comments

ޒަމާނުއްސުރެ ކާޑުގެ އަގު ރައްޔިތުންގެ އަތްފޯރާ ހިސާބުގައި ބެހެއްޓުމަށް ސަރުކާރުން ތަފާތު ފިޔަވަޅުތައް އަޅުއްވަމުން ގެންދެވި އެވެ. ކާޑު ދޫކުރުމުގައި ގެންގުޅޭ އުސޫލުތައް ހަރުދަނާކޮށްގެންނެވެ. އަދި ވަކި އަގަކަށް ވުރެ ބޮޑު އަގުގައި ކާޑުގެ ބާވަތްތައް ވިއްކުން މަނާކޮށްގެންނެވެ. ހިލޭ އެހީ އާއި އެހެނިހެން ގޮތްގޮތަށް ލިބޭ ކާޑުގެ ބާވަަތްތަކަށް ސަރުކާރުން އިތުރު އެއްޗެއް ލައިގެންނެވެ. ބޮޑު އިސްޓޯރާއި އެސްޓީއޯ އުފެއްދުމުގެ މައިގަނޑު ބޭނުމަކަށް ވަނީ ރައްޔިތުންގެ އަތްފޯރާ ހިސާބުގައި، އަސާސީ ބޭނުމަށް ރައްޔިތުން ބޭނުންކުރާ އެއްޗެތީގެ އަގު ހިފެހެއްޓުމެވެ.

ކާޑުގެ އަގު ތިރިކުރަން ސަރުކާރުން ދޭ ފުއްދާއެހީ (ސަބްސިޑީ)ގެ މައްސަލައަކީ ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ވެރިކަމުގެ ކޮންމެ ސަރުކާރަކަށް ވެސް ކުރިމަތިވި ވަރަށް ބޮޑު ގޮންޖެހުމެކެވެ. މިކަން މިހާރު މިއޮތީ ބޮޑު މައްސަލައަކަށް ވެފަ އެވެ. ފުއްދާއެހީގެ ކަންތައްތައް ދާއިމީ ގޮތެއްގައި ސަރުކާރަށް ނުދެމެހެއްޓެވޭނެތީވެ އެވެ. ބައިނަލްއަގުވާމީ މާލީ އިދާރާތަކުން އަބަދު ކަހަލަ ގޮތަކަށް ގޮވަމުން އައީ ފުއްދާއެހީގެ ކަންތައް ހަމައަކަށް އެޅުވުމަށެވެ. އެ އެހީ ސަރުކާރަށް އެގޮތަށް ދާއިމީ ގޮތެއްގައި ނުދެވޭނެތީވެ އެވެ.

ރާއްޖޭގެ އާބާދީ އަންނަނީ ބޮޑުވަމުންނެވެ. އަދި ރާއްޖޭގެ ތަފާތު މަސައްކަތްތަކުގައި އަޅުގަނޑުމެންގެ ދައުވަތަށް ސަރުކާރުގެ ހުއްދައާ އެކު އަންނަ ބިދޭސީންގެ އާބާދީ ވެސް އަންނަނީ ބޮޑުވަމުންނެވެ. މި އެންމެނަށް ފުއްދާއެހީ ލިބޭކަމަށްވާ ނަމަ ސަރުކާރަށް ފައިސާ ހޯދުމުގެ މައްސަލަތަކަކާ ކުރިމަތިވެދާނެ ކަމަށް ޤަބޫލުކުރަން ޖެހެ އެވެ.

ފުއްދާއެހީ ކަނޑާލުމުގެ ނިންމުން ރައްޔިތުންނާ ހަމައަށް މިއައީ ކުއްލިއަކަށެވެ. އަޅުގަނޑުމެންނަށް ފެންނަން ހުރި ބޮޑު މަންޒަރަށް ބަލާއިރު އެކަމަށް ސަރުކާރުން އެކަށީގެންވާ އިންޒާރެއް ނުދީ އެވެ. ރައްޔިތުންނަށް މި ނިންމުމުން ލިބޭ ސިހުން ކުޑަކުރަން ފިޔަވަޅުތަކެއް ނޭޅި އެވެ. މި ނިންމުން ނިންމެވީ ސަރުކާރުގެ އުސޫލު ކަނޑައަޅާ ފަންނީ ބޭފުޅުންގެ މަޝްވަރާ އަށް ފަހުގައި ކަމަށް ވެސް ވެދާނެ އެވެ. މި ނިންމުމަކީ އިޤްތިސާދީ ގޮތުން އެބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ދުނިޔޭގެ މަރުކަޒީ ބޭންކުން ދެމުން އަންނަ ލަފަޔާ އެއްގޮތަށް ނިންމެވި ނިންމެވުމަކަށް ވެސް ވެދާނެ އެވެ. އެހެންނަމަވެސް މި ނިންމެވުން ނިންމަވާފައިވަނީ އޭގެ ކުރިން އަޅަން ޖެހޭ ފިޔަވަޅުތައް ނާޅަ އެވެ. ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދަން ބޭނުންވާ ބަޔަކަށް ވާ ނަމަ އެވެ. މި ނިންމުމަށް އަމަލުކުރަން ނިންމާފައި ވަނީ ވެސް ނުބައި ދަނޑިވަޅެއްގަ އެވެ. ކަރަންޓުގެ އަގު ޔުނިޓަކުން ބޮޑުކުރިކަން އިޢްލާނު ކުރިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގަ އެވެ.

އެސްޓީއޯގެ ކާޑު ގުދަނެއް: އެސްޓީއޯ އުފެއްދުމުގެ އެއް ބޭނުމަކީ ވެސް ކާޑުގެ ބާވަތްތަކުގެ އަގު ހެޔޮކުރުން -- ފައިލް ފޮޓޯ/މިހާރު

ރައްޔިތުން ޓެކްސްގެ ގޮތުގައި ސަރުކާރަށް ދައްކާ ފައިސާ އަށް ބަލައިލާއިރު ކުރިން ވެރިކަންކުރި ހުރިހާ ސަރުކާރަކަށް ވުރެ އިތުރު ބޮޑު އާމްދަނީއެއް ޓެކްސްގެ ގޮތުގައި އަދުގެ ސަރުކާރަށް ލިބެ އެވެ. ޚަބަރުތަކުން އެނގޭ ގޮތުގައި އެ އާމްދަނީ ކޮންމެ މަހަކުހެން އަންނަނީ ފާއިތުވި މަހަށް ވުރެ އިތުރުވަމުންނެވެ. ރާއްޖޭގެ މަރުކަޒީ ބޭންކުންނާއި ބީއެމްއެލް އިން އަމަލީ ގޮތުން ގެންގުޅޭ ކަމަށް ފެންނަ ސިޔާސަތަށް ބަލާއިރު ރާއްޖޭގައި ޣައިރު ޤާނޫނީ ގޮތުގައި ފައިސާ ނުގެންގުޅެވޭނެ އެވެ. އެއީ "އެމީހެއްގެ މަޢުސޫމްކަން އަމިއްލައަށް ސާބިތު ނުކޮށްދޭހާ ހިނދަކު، ކޮންމެ މީހަކީ ވެސް ކުށްވެރިއެއް ކަމަށް" ބެލެވޭތީވެ އެވެ. އަޅުގަނޑު އުއްމީދުކުރަނީ މަރުކަޒީ ބޭންކަށާއި ބީއެމްއެލް އިން މިކުރާ މަސައްކަތަށް، ހިތްވަރުދިނުމުގެ ބައިނަލްއަޤްވާމީ އިނާމެއް ލިބޭނެ ކަމަށެވެ. އެފަރާތްތަކުގެ އަގުނުކުރެވޭ މަސައްކަތުގެ ނަތީޖާ މާޒީގައި ވެސް އަޅުގަނޑުމެންނަށް ވަނީ ފެނިފަ އެވެ. މުސްތަޤްބަލުގައި ވެސް ފެންނަމުން ދާނެ އެވެ.

އަޅުގަނޑުމެންނަށް ހެޔޮއެދޭ ބައެއް ގައުމުތަކުން އެހީވެދެމުން ދަނީ ރާއްޖޭގެ ތައުލީމީ ދާއިރާ އަށެވެ. އެ ގައުމުގައި އޮންނަ އިސްލާމީ ވިސްނުމަށް ރާއްޖޭގެ މުސްތަގުބަލު ބަދަލުކޮށްލާށެވެ. އަދި ރާއްޖެއަކީ ދެކުނު އޭޝިޔާގައި އެވިސްނުން ފަތުރާ މަރުކަޒަކަށް ހެދުމަށެވެ. މިހެންވުމާ އެކު އަޅުގަނޑުމެންގެ ރައްޔިތުންގެ މާލީ ތަނަވަސްކަމާއި ފުއްދުންތެރިކަން ދެމެހެއްޓުމަށް އެފަދަ ތަންތަނުގެ މާ ބޮޑު ސަމާލުކަމެއް ނުލިބި ވެސް ދާނެ އެވެ.

ފާލަމަކުން، ނަރުދަމާއަކުން، ބިންހިއްކުމަކުން، ރަސްފަންނަކުން ބަނޑުފުރާނަ މުއްތިއެއް ނުކުރެވޭނެ އެވެ. މިހާރު ނަގާ ކޮންމެ ރާޅެއް މި ބިންދާލަނީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ބޮލަށެވެ. ކާޑުގެ އަގު ބޮޑުކުރުމުގައި ހާމަކުރި ސަބަބުތަކުގެ ތެރޭގައި ވެސް ފުއްދާއެހީން ބޮޑު ބައެއް ބިދޭސީ މަސައްކަތު މީހުންނަށް ދާކަމަށްވެ އެވެ. ކާޑުގެ އަގުބޮޑުކުރުމުގެ ދަތި ކުޑަކުރަން އަޅާ ފުރަތަމަ ފިޔަވަޅެއްގެ ގޮތުގައި ކޮންމެ ގޭބިސީއަކަށް އެތަނެއްގައި ރަޖިސްޓުރީ ކޮށްފައި އޮންނަ މީހުންނަށް ސަރުކާރުން ދެއްވާ އިނާޔަތުގެ ދަށުން ނުވަތަ ފުއްދާއެހީގެ ދަށުން މަހަކަށް ކަނޑައެޅިފައި އޮންނަ އަދަދަކަށް އަސާސީ ބޭނުމަށް ދޫކުރާ ކާޑުގެ ބާވަތްތައް ދޫކުރެވޭނެ ގޮތަށް ހަމަނުޖެހެންވީ ސަބަބެއް ނެތެވެ. ކޮންމެ މަހަކު ޓެކްސްގެ ގޮތުގައި އަޅުގަނޑުމެން އެތައް މިލިއަން ރުފިޔާއެއް ދައްކަމެވެ. ބައެއް މަސްމަހު މި އަދަދު ބިލިއަނަށް ވެސް އަރައެވެ. ކުރިން ދެންނެވި ގޮތަށް މިހާރުވެސް ބައެއް އަވައްޓެރި ގައުމުތަކުގައި މިފަދަ އެހީތައް ދެމުންދެ އެވެ. އެމެރިކާ ފަދަ ތަރައްގީވެފައި އޮންނަ ބައެއް ގައުމުތަކުގައި ވެސް ފުއްދާއެހީ ދޭ ކަންތައްތަކެއް ނުވަތަ އެއްޗެތިތަކެއް ހުރެ އެވެ. ނަމަވެސް އަޅުގަނޑުމެންގެ އޮންނަ ގޮތަށް ކާޑުގެ ބާވަތްތަކަކަށެއް ނޫނެވެ.

ކުރިން ދެންނެވި ފަދަ ގޮތަކަށް ހަމަޖެހިއްޖެ ނަމަ ބިދޭސީންނަށް މިއެހީ ލިބުމުން މަހުރޫމްވެގެން ދާނެ އެވެ. ގެއިން ކައިބޮއި އުޅޭ ދިވެހިންނަށް ކެއިންބުއިމުގެ އަގު ތަންކޮޅެއް ހެޔޮވެގެން ދާނެ އެވެ. ހޮޓަލުން ކައިބޮއި އުޅޭ ނަމަ އަގުބޮޑުވެދާނެ އެވެ. ނަމަވެސް އެފަދަ ދިވެހިންނަށް ވެސް ކޮންމެވެސް ދިމާއަކުން އެ އެހީ ލިބޭނެ އެވެ. އެމީހަކު ކޮންމެ ތާކު ދިރިއުޅުނަސް އެމީހެއްގެ ރަޖިސްޓްރީ އޮންނަ ރަށަކުންނެވެ. މި އުސޫލު މިހާރުވެސް ހިލޭ ލިބޭ ކަދުުރު ފަދަ އެއްޗެތި ބެހުމުގައި ބޭނުންކުރެވެ އެވެ. މިގޮތަށް ހަމަޖެހިއްޖެ ނަމަ މިހާރު ހަމަޖެހިފައި އޮންނަ ގޮތަށް މީހާ ނިކަމެތި ކޮށްފައި އެހީ ދިނުމުގެ ބަދަލުގައި ސަރުކާރުން ދެއްވާ އެެ އެހީއަކީ ދިވެހި ކޮންމެ ރައްޔިތަކަށް އޮންނަ އެހީއެއްކަން އިޙްސާސްވެގެން ދާނެެ އެވެ. އާދޭހެވެ. އެ އެހީ ބޭނުން މީހުންނަށެވެ. އެ އެހީ ދޫކުރެއްވިޔަސް އެ އެހީގެ ބޭނުން ހުރިހާ މީހުން، ހުރިހާ އިރެއްގައި ނުކުރާނެކަން ޔަޤީނެވެ.

ދެ ހާސް އަށާރަ އާއި 2019 މިހާ ކައިރިވެފައި ވަނިކޮށް މިކަހަލަ ގޮތްގޮތަށް ވިސްނުން ބަހައްޓަން ޖެހެ އެވެ. އަޅުގަނޑުމެންނަށް ހެޔޮއެދޭ ބައެއް ގައުމުތަކުން އެހީވެދެމުން ދަނީ ރާއްޖޭގެ ތައުލީމީ ދާއިރާ އަށެވެ. އެ ގައުމުގައި އޮންނަ އިސްލާމީ ވިސްނުމަށް ރާއްޖޭގެ މުސްތަގުބަލު ބަދަލުކޮށްލާށެވެ. އަދި ރާއްޖެއަކީ ދެކުނު އޭޝިޔާގައި އެވިސްނުން ފަތުރާ މަރުކަޒަކަށް ހެދުމަށެވެ. މިހެންވުމާ އެކު އަޅުގަނޑުމެންގެ ރައްޔިތުންގެ މާލީ ތަނަވަސްކަމާއި ފުއްދުންތެރިކަން ދެމެހެއްޓުމަށް އެފަދަ ތަންތަނުގެ މާ ބޮޑު ސަމާލުކަމެއް ނުލިބި ވެސް ދާނެ އެވެ. މުއްސަދިންނަކީ ރާއްޖޭގެ އާބާދީގެ ކިތަކަކުން ސައްތަތޯ އެވެ؟ ކޮންމެ ސަތޭކައަކުން ފަސް މީހުންނެވެ. ބައެއް ހޯދުންތަކުން ބުނާ ގޮތުގައި ކޮންމެ ސަތޭކައަކުން ތިން މީހުންނެވެ. އަނގަ އާއި އަތާ ދިމާވުމަކީ މުއްސަނދިވުމެއް ނޫނެވެ.

7 ކޮމެންޓް, 17 ރިއެކްޝަންސް

icon happy icon happy 71%
icon sad icon sad 12%
icon angry icon angry 18%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކަޑަަ

11 October 2016

ކަޑަ ލިޔުމެއް..

The name is already taken The name is available. Register?

ދިވެހިން

10 October 2016

ހަކުރު ކިލޯއެއް ހަނޑޫ ކިލޯއެއް 9 ރުފިޔާއަށް ފުއް ކިލޯއެއް 6 ރުފިޔާއަށް، އެހީ އަށް އެދޭ ފޯމު ފުރުން މުސީބާތަކަށް، ދިވެހިރައްޔިތެއްތޯ ނުވަތަ ނޫންތޯ ބެލީމާ ނިމުނީ ދެން ވަޒީފާއެއް އަދާކުރާތޯ ނުވަތަ ނޫންތޯ. 2017 ، 2018 އަހުރެމެންނަށް ވޯޓުވެސް ދެން ދެވޭނީ ސަބްސިޑީ އަށް!

The name is already taken The name is available. Register?

ޝިފާގު

10 October 2016

އަހްމަދު ޢަބްދުﷲ ބުނަން ތިއުޅުނުއެއްޗެއް ރަނގަޅަށް ސާފެއް ނުވިއެވެ. އެކަމަކު އެއްވާހަކަ ބުނެލާން އެބައޮތެވެ. އެއީ (1) ދުރާލާކުރިން ފިޔަވަޅުތަކެއް އަޅާފައި ކުރާކަމެއް މިރާއްޖެއަކު މިވަގުތަކު ނުކުރެވޭނެއެވެ. (2) ރަނގަޅު ދަނޑިވަޅެއް ހޯދައިގެން ތިބެގެން ދުވަހަކުވެސް މިކަމެއް ނުވާނެއެވެ.

The name is already taken The name is available. Register?

ސުމާރު

10 October 2016

އެސްޓިއޯއިން އެކުންފުނި އުފެއްދި އަޞްލުމަޤުޞަދު ޙާޞިލުނުކުރެވޭކަމުގައިވާނަމަ ކުންފުނިއުވާލުން ކިހިނެއްތޯ؟

The name is already taken The name is available. Register?

އުނބުށެން

10 October 2016

ކަރަންޓް ސަބްސިޑީއަށްވެސް ފޯމުލީމާ ބަލާ މިންގަނޑުތަކަކަށް ބަލާފައި ސަބްސިޑީ ދިނީއެވެ. ކޮންމެހެން ފަގީރެއްގެ ގޮތުގައި ރަޖިސްޓްރީ ކުރާށެކޭ ނުބުނެއެވެ. ވީއިރު މިފަހަރު ފަގީރެއްގެގޮތުގައި ރަޖިސްޓްރީ ވާން މިޖައްސަނީ ކީއްވެބާވައެވެ. އެފަހަރު ރަޖިސްޓްރީކުރި މީހުން ގިނަ ވީމާ އެބައި މަދުކުރަންކަމަށް ވެދާނެއެވެ. އެހެންނޫންނަމަ ހަމައެގޮތަށް މިފަހަރު ކަންތައް ކުރެވުނީހެވެ. އެފަހަރު ވެސް ވިޔަފާރިތަކާއި އެހެން ވެސް އެތައް ފަރާތެއް އެއިން ނެއްޓިގެން ދިޔަހެން އެބުނާ ބިދޭސީންނާއި ޓޫރިސްޓުން މިއިންވެސް ނެއްޓިގެންދިޔައީހެވެ.

The name is already taken The name is available. Register?

ޟޮޮނޮން

10 October 2016

ވަރަށް ރަގަޅު ލިޔުމެއް....އަގަޔާއި އަތާ ދިމާވުމަކީ މުއްސަދި ކަމެއް ނޫން.

The name is already taken The name is available. Register?

ތަކުރުފާނު

10 October 2016

މަގޭ ހިތަށް އެބަ އަރާ އަނގަޔާއި އަތާ ދިމާވާން ހަމައެކނި މުއްސަނދި ތަނަވަސް މީހުންބާވައޭ!!!! ކޮބާ އަހަރުމެން މިކިޔާ މެދު ފަންތިއާއި އެއަށްވުރެވެސް ނުލިބޭ މީހުން؟؟؟؟؟؟؟؟؟؟؟؟؟ އަޅެ އަހުރެމެން ތިބެންވީ ނުކައި ނުބޮއެތަ؟؟؟؟؟؟؟ ބަކަ ކަލޭމެން ބަނޑުހައިވާ އުސޫލުން އަހުރެމެންވެސް ބަނޑުހައި ވާނެ..... ދެން މިއޮތީ ތަކެތީގެ އަގު ބޮޑު ވާހަކަ.. އަދިވެސް މަ ހަނދާން އެބަހުރި 2000 އަހަރުގަ 1ރުފިޔާއަށް 3ކާ 4ކާ ދެމެދުގެ އަދަދަަކަށް މެޓާފަދަ ތަކެތި ލިބޭކަން.... އެއާ ޚިލާފަށް މިހާރު މި ލިބެނީ 1ރުފިޔާއަށް 2ކާ 3ކާ ދެމެދުގެއް އަދަދެއް.. ގިނަފަހަރު 3 މެޓާ ލިބޭނީވެސް ވަރަށް މަދުން..... ޝޮނޮން ތިފާޅުކުރީ ވަރަށް ރަނގަޅު ޚިޔާލެއް.... މަ ހަމަގައިމުވެސް ތިކަމާ އެއް އަރާނަން އަރަންޖެހޭ ޙާލަތެއް ކުރިމަތި ވެއްޖިއްޔާ... މަހަކު 2ލައްކަ ރުފީޔާ ނުލިބުނަސް ބަނޑުފުރާނަ މުއްތިކޮށްްލުމަކި ކޮންމެ އިންސާނަކަށް ލިބިދޭންޖެހޭ ޙައްޤެއް.... މިސާލެއް ނަގާކަމުގަވާނަމަ ބާލާލަން ރަނގަުޅު ކަމަށް ފެނޭ އެންޓި އިސްލާމިކް ސްޓޭޭޓް އޮފް ސީރިޔާ އެންޑް އީރާންނުން ހަލާކުކުރަމުން ދާ ސޫރިޔާގަ ތިބި ރެފިއޫޖިން..... އަޅެ އެމީހުންގެ ކޮން ކުށެއް އޮވެގެން އުފަންވި ބިން ދުކޮށް ދާންވީ؟؟؟؟؟؟؟؟ މުސްކުޅިވެރިން ބުނެ އުޅޭ ހަރުބަހެއްގަ އޮވޭ: ދުނިޔެ ހިނގަނީ ތޮށަލި ދުލާޔެއްހެންނޭ!!!! އެކަމަކު މިހާރު އެ ދުލާ ކަނޑައިގެން ގޮސްފައި މިއޮތީ.. މާދަމާ ނޭނގޭ ވާނެ ގޮތެއް....

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454