އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ނަޒީރު މިއަދު ބީއެމްއެލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ--ފޮޓޯ: އަހުމަދު އަވްޝަމް އިލްޔާސް/ މިހާރު
15 މާޗް 2020 - 12:04
ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމަށް ކުރިމަތިވެފައިވާ ހާލަތުން މިއީ އެ އިންޑަސްޓްރީއަށް އެންމެ ބޮޑު ގެއްލުމެއް ކުރިމަތިވާނެ ފަހަރު ކަމަަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ން މިއަދު ބުނެފި އެވެ.
ޓޫރިޒަމް ދާއިރާ އަށް ބީއެމްއެމްއެލް އިން ލޯނު ދޫކުރަން ފަށަން ބީއެމްއެލްގެ އޮފީހުގައި ބޭއްވި އިވެންޓެއްގައި ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ހާލަތާ ގުޅޭ ގޮތުން މަޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ނަޒީރު ވިދާޅުވީ މިއީ ޓޫރިޒަމް ދާއިރާ އަށް އެހީ ބޭނުންވާ ވަގުތެއް ކަމަށެވެ.
"ކޭޝްފްލޯ އަށް ކުރިމަތިވާނެ ދަތިތަކަށް ހައްލެއް ހޯދުމަށް ބީއެލްއެލްއިން ވޯކިން ކެޕިޓަލަށް ހާއްސަކޮށް ލޯނު ދިނުމަކީ މި ވަގުތަށް މުހިއްމު ކަމެއް،" ނަޒީރު ވިދާޅުވި އެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމް ދާއިރާ އަށް ކުރިމަތިވަމުންދާ ދަތިތަކުން އަރައިގަތުމަށް ދެ މިލިއަން ޑޮލަރާ ހަމައަށް ލޯނު ދިނުމަށް ބީއެމްއެލުން ވަނީ ނިންމައިފަ އެވެ. މި ލޯނަށް ރިސޯޓުތަކުގެ އިތުރުން ގެސްޓްހައުސްތަކަށް ވެސް ކުރިމަތިލެވޭނެ އެވެ. މިއީ ކުންފުނިތަކުގެ ކޭޝްފްލޯ ހަމަޖެއްސުމަށްޓަކައި ބީއެމްއެލުން ހަމަޖައްސާ ފައިނޭންސް ފެސިލިޓީއެކެވެ.
ޓޫރިޒަމްގެ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ކޮރޯނާވައިރަސްއާ ގުޅިގެން މުޅި އިންޑަސްޓްރީ ވަރަށް ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހޭނެ އެވެ. އޭގެ ނޭދެވޭ އަސަރު މިހާރު ވެސް ބައެއް ރިސޯޓްތަކަށް ދަނީ ކުރަމުންނެވެ.
ރާއްޖޭގެ ހަތަރު ރިސޯޓަކުން 11 ބިދޭސީއަކު މިހާރު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. އަދި ގިނަ ބުކިންތަކެއް ކެންސަލްވެފައިވާ އިރު ބުކިން ހަދާފައިވާ މީހުންނަށް ވެސް ގައުމުތަކުން ދަތުރުފަތުރު ކުރުމުގައި އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖެ އަންނަން ދަތިތަކާ ވަނީ ކުރިމަތިވެފަ އެވެ.
ރާއްޖެއިން އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމުތައް ކަމަށްވާ ޗައިނާ އާއި އިޓަލީ އިން މީހުން އައުން ވަނީ މަނާކޮށްފަ އެވެ. މީގެ އިތުރުން ޔޫރަޕްގެ އެހެން ގައުމުތައް ކަމުގައިވާ ޖަރުމަނާއި ފްރާންސް އާއި ސްޕެއިންގެ ވަކި ސަރަހައްދުތަކުން މީހުން އައުން ވެސް ރާއްޖެއިން ވަނީ މަނާކޮށްފަ އެވެ.
މި ހާލަތު ދިގުދެމިގެންދާ ނަމަ ކުރިއަށް އޮތް ތަނުގައި ގިނަ އަދަދެއްގެ ރިސޯޓުތައް ބަންދުކުރަން ޖެހި، ރިސޯޓުތަކަށް މިލިއަން ޑޮލަރުގެ ގެއްލުމާ ކުރިމަތިވާނެ ކަމަށް ރިސޯޓުތަކުގެ އިސް ވެރިން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލްޖިބްރާ
16 March 2020
މިއީ ޓުއަރިޒަމަށް އެންމެ ގެއްލުން ވާނެ ފަހަރުކަމަށް ކަލޭ ތިބުނީ ، ކަލެއަށް ވާނެ ކަންތައްތައް ވެސް އެގެނީތަ ؟ މީއެންމެ ފައިދާވާނެ ފަހަރޭ އެއްފަހަރުވެސް ބުނީމުތަ ؟ ކަލޭމެންގެ ޖީބަށް މަދުވާން ފެށީމަ އެނޫން ކަމެއް ކަލޭމެނަށް ފެނޭތަ ؟
ޢަލީ އިބްރާހީމް
16 March 2020
ޓުއަރިޒަމް އަށް އެކަނިތަ ލޯންދެނީ ކޮބާ މަސްވެރިންނަށް ވަމުންދާ ގެއްލުން މިހާރުވެސް ލޯނު ނުދެއްކިފަ ތިބީ ކިރާމަސްކޮޅަށް ފައިސާ ނުދޭ މަސްވެރިންގެ ދަރަނިބޮޑުވެ ދަރިން ތިބީ ބިކަހާލުގަ އެވަރުވެސް ވިސްނާކަށެއް މިވެރިން ނުއުޅޭ..މަސްދޯނި ފަހަރުގެ ލޯން ލުއިކޮށްދޭން ގޮވާލަން.
ފޫހި
15 March 2020
ތިޔަ ރިސޯޓްތައް ހަދައިގެން ރައްޔިތުންނަށް ވަނީ ވަރަށް ކުޑަ ފައިދާއެއް. ބަދަލުގައި ރާއްޖޭގެ ރީތިރައްތަށްވަނީ ބިދޭސީ މަހުޖަނުން ގަނެ ދިވެހިންނަށް ފަލަސްތީން މީހުން އުޅޭހާލުގައި އުޅެން މަޖްބޫރުވެފަ. ހިތަށް އަރާ އަލުން ބަލުންޗއެހެންގޮތަކަށް ތަރްގީ ފަށާނެނަމައޭ.
ދޫނި
15 March 2020
މިއޮށް ހުރިހާ ދުވަހު ވީ ފައިދާ ސުވިސްބެންކުގަ ބަހަށްޓައިގެން ކޮން ގެއްލުމެކޭ ކިޔާކަން. އެހެންގައުމް ތަކުގަ މުންސަދި މަހުޖަނުން އެ ގައުމް ތަކުގެ ރަށްއިތުންނަށް އެކި ގޮތްގޮތުން އެހީވަނި. މި މީހުން މި ބަލަނި މި މީހުންނަށް ބެންކުތަކުން ލޯނާއި އެއްޗެހި މި ދަނޑި ވަޅުގަވެސް ނޭގޭ ގޮތްފަހި ކުރަށް.
މޯޑޭ
15 March 2020
މުޅިގައުމަށް ވެސް މީ ގެއްލުން ބޮނޑް. ޓޫރިޒަމަށް އެކަނި ބަރޯސާވެފަ އޮތް އޮތުމުގެ ނަތީޖާ މިއަދު މި ފެންނަނި.
މާޔޫސްގެ ޅނައިފަރު
15 March 2020
ދިވެހިރާއްޖޭގެ ޓޫރިޒަމް ސަލާމަތުން އޮވެގެން އަހަރެމެން މިދިވެހިރާއްޖޭގެ ޤުދްރަތީ ރީތިރައްތަކާ ފަޅުތަކުން އެއްކޮށް މަހްރޫމްވެ، ރަނގަޅު ބޯހިޔާވަހިކަމެއް އިޖްތިމާޢީ ޢަދްލެއް ހަމަހަމަކަމެއް ނެތި މިވާވަރަކީ ބިކާރީން ގޮތުގައި ފުރާނަމުއްތި ކޮށްލެވޭވަރު ވުން. އަހަރެމެން މިތިބެގެން އަމިއްލަ ގައުމުގައި ހިސޯރުވަމުންދަނީ ފަލަސްތީނު ރައްޔިތުން ފަދައިން. ހުރިހާ މަހުޖަނުން ބަނގްރޫޓްވެ 1965 އިން އަލުން ފަށައިގެންވެސް ސީދަލަށް ތަރައްގީވާނެ ނަމައޭ ހީވޭ.
ޯަިިައޯއި
15 March 2020
އެހެން ދޯ!!
އަހުމަދު ނަސީރު ރ.މީދޫ
15 March 2020
ރިޒޯޓް ނުހިންގީމަ 45،000 މީހުންނަށް މުސާރަ ލިބޭ 40% ދިވެހިންގެ އާއިލާތަކަށް ހަރަދުކުރަނީ އެފައިސާއިން ސިވިލްސާވިސްއަށް މުސާރަދޭން ފައިސާލިބޭ ކަންމަތީ ފިހާރައާއި ގޮޅިތަކުން ކާބޯތަކެތިގަތީމަ ސައިސާލިބޭ
އޮނަރަބްލް އަފީފު ދީދީ
15 March 2020
ކަމެއްދިމާވާއިރަށް ދިވެހިމަހުޖަނުން މިކަހަލަ ވާހަކަދައްކާނެ. އެކަމަކު ވިޔަފާރިރަނގަޅުވެ ތިޖޫރިތައްފުރިބާރުވެބަންޑުންވިޔަސް ދުނިޔޭގެމަހުޖަނުންކަންކުރާގޮތަށް ލިބުނުމަންފާއާންމުކޮށް އޭގެތެރެއިންބޮޑުބައެއް އިޖުތިމާއީކަމަކަށްހޭދަކުރާތަން ދުވަހަކުވެސް ފެނިފަނެތް. # ކޮވިޑް 19 އާއި ވިދިގެން ވިޔަފާރީގެ ގެއްލުމުގެ ވާހަކަ ބާއްވާފައި ދުނިޔޭގެ މަހުޖަނުން ދަނީ އިންސާނީއްޔަތަށްޓަކާ އެމީހުންގެ މުއްސަދިކަމުން ބޮޑުބައެއް ހޭދަކޮށް ދީލަތިއެހީތައް ވަމުން.
ވެލިދޫ މީހާ
15 March 2020
ގައުމަށް ވަންނަހާ ލާރިއެއް ކާލާ މީހުން ތެޅިފޮޅިގަތީ ، ފަގީރު ވެދާނެތީ ހާދަ ބިރުން ތިއުޅެނީ