ރަންދެލީގެ ވިލާއެއްގައި ރޯވެ އަނދާ ހުލިވެފައި--
21 މާޗް 2020 - 12:47
ޝެވަލް ބްލެން ރަންދެލި ރިސޯޓްގެ މޫދު ވިލާއެއްގައި ރޭ އަލިފާން ރޯވެ ބޭނުން ނުކުރެވޭ ވަރަށް އަނދައިފި އެވެ.
ފުލުހުން މިއަދު ބުނީ ރޭ 3:30 ކަންހާއިރު ހިނގި އެ އަލިފާނުގެ ހާދިސާގައި އަނދައި ހުލިވެފައި ވަނީ އެ ރިސޯޓުގެ 47 ނަމްބަރު ވިލާ ކަމަށެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.
އެ ވިލާ ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފަ އެވެ.
ރަންދެލީގެ ވިލާއެއްގައި ރޯވެ އަނދާ ހުލިވެފައި--
ރަންދެލި ރިސޯޓްގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވި ގޮތުގައި ރޯވި ވިލާ އަކީ ބޭނުން ކުރަމުން އައި ތަނެއް ނޫނެވެ. އެ ހާދިސާއާ ގުޅޭ އިތުރު މައުލޫމާތެއް ނުދެ އެވެ.
ފުލުހުން ބުނީ އެ ހާދިސާ ހިނގި ގޮތް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރީތި މޫސަ
21 March 2020
ބަޔަކަށްދެކަމެއްވާއިރަށް ހަމްދަރުވުމުގެ ބަދަލުގަ ކީއްވެބާ އުފާވަނީ ކޮންމެރިސޯޓަކީ އެތަށްބަޔެއްގެ ދިރުން އެތަނުގަ ވަޒިފާއަދާކޮށްގެން އަނބިދަރިންގޮވައިގެންއުޅޭ އެތަށްބަކުއުޅޭ ތިމާމެންނާގުޅުންފަރާތެއް ނުވަންޏާ އެއްވެސް ޖެހިލުމެއްނެތި ހިތުހުރިހާއެއްޗެއްތިކިޔަނީ ހަމަ ތިމާމެންނަށްވެސް މިފަދަކަމެއް ދިމާވެދާނެކަން ހަދާންކޮށް ހެޔޮބަހެއް ބުނެބަލަ ޔާﷲ ގެއްލުމުގެ މިންވަރުކުޑަކުރަށްވާ އިތުރުކުރަށްވާފާދޭވެ. އާމީން
ީއިންޝުރަންސް
21 March 2020
އަނެއްކާ ވެސް އޮފްސީޒަން ދުވަސް ކޮޅާ ދިމާކޮށް ރޯވީ ދޯ. އިންޝުރަން ކަވަރ ކުރާނެ ހާސް ނުވޭ.
ރަން_ދެލި
21 March 2020
"ރަންދެލި ކޭސް" އަކީ އަޅުގަޑުމެން ލޯ ކިޔެވި އިރު އުސްތާޒުން ކިޔާ ދެއްވައެވެ. ވާގޮތަކީ ރައްދެލި އަށް ބިޑް ކުރި ފަރާތް ތަކުގެ ތެރެއިން އެއްމެ ގިނަ މާކުސް ލިބުނު ފަރާތަށް އެވޯޑް ލެޓަރ ނުފޮނުވި އޮއްވައި އެބޭފުޅާ ކުއްލި އަކަށް ނިޔާވީ އެވެ.ދެން ސަރުކާރުން އެރަށުގެ އެވޯޑް ކުރީ އެ މަރުހޫމްގެ ވާރިސުން ނަށެވެ. މިކަމާ ދެވަނަ އަށް ދިޔަ ބިޑަރ ކޯޓަށް ހުށަހެޅި މައްސަލަ ނިމުނީ ވާރިސުން ނަށް ބިޑް އެވޯޑް ކުރީ ރަގަޅަށް ނޫން ކަމަށެވެ.
ރަބަރު
21 March 2020
މިއަހަރު ފެށުނީއްސުރެ ފެންނަމުން މިދަނީ ވަރަށް ހިތާމަވެރި ހާދިސާތަކެވެ. މިކަމުން ސަލާމަތް ކުރެއްވުންއެދި ދުއާކުރުމަކީ މިއަދު ހުރިހާ އެންމެންގެ ވާޖިބެއް. ﷲ އަޅަމެން މިފަދަ ހާދިސާތަކާއި ވަބާތަކާއި އެންމެހާ ނުރައްކާތަކުން ރައްކާތެރި ކުރައްވާށި. އާމީން
ޢަބްދުﷲނާފިޒް
21 March 2020
މިފަދަ ހާދިސާތައް ދިމާވީމަ އެކަމާ އުފާވާ ބަޔަކުވެސް އަހަރުމެންގެ ތެރޭގަ އުޅެޔޭ އުތަ، އެފަދަ މީހުންގެ ގެދޮރު ފަދަ ތަނެއް އަނދާދިޔައިމަވެސް އެމީހުން ހަމަ އުފާ ކުރާނެބާ!؟ ހުރި ހިތާމައެއްގެ ބޮޑު ކަމާއެވެ.
ކޮތަރު
21 March 2020
މުޅިދުނިޔެއަށް އައިސްގެންއުޅޭ ބަލިމަޑުކަން އައިމަވެސް އުފާވާބަޔަކުއުޅެއެވެ.
ޒަރީޜު
21 March 2020
މަ ބުނީ އަނދައިގެންދިޔަ ތަނުގެ ދެލި ހުރީ ހަމަ ރަނުންތަ؟
ނަރެލް
21 March 2020
ކޮންމެކަމެއްގަ މާމަޖާނުވެބަލަ